ދުނިޔެ / ސައޫދީ އަރަބިއްޔާ

ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް

މާޗް 10، 2023؛ ޗައިނާގެ އިސް ޑިޕްލޮމޭޓް ވާންގް ޔީ (މ) އާއި ސައޫދީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުސާއިދު ބިން އަލް އައިބާން (ވ) އާއި އީރާންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ، އެޑްމިރަލް އަލީ ޝަމްޚާނީ، އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސަލާމް ކުރައްވަނީ. --އޭއެފްޕީ

12 މާޗް 2023 - 13:23

4 comments

ސުންނީ މުސްލިންގެ އެންމެ މަގުބޫލު ގައުމުކަމަށްވާ ސައޫދީ އަރަބިއްޔާ އާއި ޝީއީ މުސްލިމުންގެ އެންމެ މަގުބޫލު ގައުމު ކަމަށްވާ އީރާނާ ދެމެދު ދާއިމީ ދެކޮޅުވެރިކަމެއް އޮތުމަކީ، މެދުއިރުމަތީގައި ހަން ފެތުރުމަށް އެމެރިކާ އާއި އިޒްރޭލަށް އޮތް އެންމެ ފަހި ފުރުސަތެވެ. އެހެންކަމުން، އެ ދެ ގައުމުގެ ދެމެދުގައި ދެކޮޅުވެރިކަމާއި އަދާވާތްތެރިކަން އުފެދޭނެ ހުރިހާ ކަމަކަށް އެމެރިކާ އާއި އިޒްރޭލުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެކަމުގައި އެމެރިކާ އާއި އިޒްރޭލު ގެންގުޅޭ ސްޓްރެޓެޖީއަކީ، އީރާނަކީ މެދުއިރުމަތީގެ ގައުމުތަކަށް އޮތް ބޮޑު ނުރައްކަލެއްކަން އެ ސަރަހައްދުގެ ގައުމުތަކަށް ވިސްނައިދިނުމެވެ. އަދި އެ ނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެ މުޖައްރިބު ގޮތަކީ، އިޒްރޭލާ އެކުގައި ސުލްހަ ގާއިމުކޮށް ގާތް ގުޅުމެއް އުފެއްދުންކަން ވެސް އެ ގައުމުތަކަށް ވިސްނައިދިނުމެވެ.

އެމެރިކާ އާއި އިޒްރޭލުން ވަނީ އެ ސްޓްރެޓެޖީ ފެތުރުމުގައި ކޮންމެވެސް ވަރަކަށް ކާމިޔާބު ވެސް ހޯދައިފަ އެވެ. އިޒްރޭލާ އިންވެގެން އޮތް ބައެއް އިސްލާމީ ގައުމުތަކާއި މާ ދުރުގައި އޮތް އިސްލާމީ ބައެއް ގައުމުތަކުން ވެސް، އިޒްރޭލާ އެކުގައި ގުޅުން ބަދަހިކޮށް ދެކޮޅުވެރިކަމުގެ ޒަމާން މާޒީއަށް ފޮނުވާލައިފަ އެވެ.

މާޗް 10، 2023؛ ޗައިނާގެ އިސް ޑިޕްލޮމޭޓް ވާންގް ޔީ (މ) އާއި ސައޫދީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުސާއިދު ބިން އަލް އައިބާން (ވ) އާއި އީރާންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ، އެޑްމިރަލް އަލީ ޝަމްޚާނީ، އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސަލާމް ކުރައްވަނީ. --އޭއެފްޕީ

ނަމަވެސް، މިދިޔަ ހުކުރު ދުވަހު، ޗައިނާގައި އެ ގައުމުގެ އިސް ޑިޕްލޮމޭޓް ވާންގް ޔީގެ ދެފަރާތުގައި، ސައޫދީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މުސާއިދު ބިން އަލް އައިބާން އާއި އީރާންގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ، އެޑްމިރަލް އަލީ ޝަމްޚާނީ ތިއްބަވައިގެން އިއުލާން ކުރެއްވި އެއްބަސްވުމުން، އެމެރިކާގެ ސްޓްރެޓެޖީގައި ރެނދުލާފައިވާ ކަން ދުނިޔެއަށް ވަނީ ހާމަވެފަ އެވެ.

މިއީ އެމެރިކާ އާއި އިޒްރޭލަށް ލިބުނު ބޮޑު ހުތުރަކަށް ވުމުގެ އިތުރުން، މި އެއްބަސްވުމަކީ މެދުއިރުމަތީގައި އޮތް އެމެރިކާގެ ނުފޫޒުގެ މައްޗަށް ޗައިނާގެ ނުފޫޒު ގަދަކުރަމުން އަންނަ ކަމުގެވެސް ހެއްކަކަށް ފުދެ އެވެ. އީރާނާއި ސައޫދީ އަރަބިއްޔާ އިން ސޮއިކުރި އެ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ދެ ގައުމުގެ ދެމެދުގައި އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމެވެ.

އީރާނާ އެކުގައި އޮތް ޑިޕްލޮމެޓިން ގުޅުން ސައޫދީ އަރަބިއްޔާ އިން ކަނޑައިލީ، އީރާންގެ ވެރިރަށް ތެހެރާންގައި ހުރި ސައޫދީ އެމްބަސީ އަށް އީރާންގެ އާންމުންތަކެއް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ. ސައޫދީއާ ދެކޮޅަށް މުޒާހަރާ ކުރަމުން ގޮސް އެމްބަސީ އަށް ވަދެގަތީ، ސައުދީގެ މަޝްހޫރު ޝީއީ އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ބުނީ ޗައިނާ މެދުވެރިވެގެން ސައޫދީ އާއި އީރާނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލަން އުޅޭ ކަމުގެ މައުލޫމާތު ކުރިން ލިބިފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުންގެ ސަބަބުން، ޔަމަންގައި މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް މަގުފަހިވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.

މި އެއްބަސްވުމާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ނޫސްވެރިން ސުވާލު ކުރުމުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން، އީރާން އަދި ސައޫދީގެ ވެސް ނަން ބޭނުން ނުކުރައްވައި ވިދާޅުވީ، "އިޒްރޭލާއި އިޒްރޭލުގެ އަވައްޓެރި އަރަބިންނާ ދެމެދު ގުޅުން ބަދަހިވި ވަރަކަށް، އެންމެންނަށް ވެސް އެކަމުގެ މަންފާ ކުރާނެ" ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔޫ ބުޝްގެ ވެރިކަމުގައި އެމެރިކާގެ ސަފީރެއްގެ ގޮތުން ސައުދީގައި މަސައްކަތް ކުރެއްވި ޖޭމްސް އޮބާވެޓާ ވިދާޅުވީ ސައޫދީ އަރަބިއްޔާއަކީ މިހާރު އެމެރިކާ އިން ބަރޯސާވެވޭ ފަދަ ގައުމެއް ނޫން ކަމަށެވެ. އަދި ސައޫދީގެ އަމަލުތައް މިހާރު ހުންނަ ގޮތުން އެމެރިކާ ވަރަށް ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި ޗައިނާގެ ނުފޫޒު ގަދަވަމުން ދަނީ، އެމެރިކާ އާއި ސައޫދީއާ ދެމެދު އޮތް ގުޅުމުގައި، އެމެރިކާގެ މިހާރުގެ ސަރުކާރުން ބާގަނޑެއް އުފެއްދީމަ އެވެ. ސައޫދީގެ ތެރެއަށް ޗައިނާ ދެމިގަތީ އެ ބާގަނޑުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްރަހު ދިރާސާ ކުރާ ބައެއް މީހުން ބުނާ ގޮތުގައި އެ ދެ ގައުމު ސުލްހަ ކުރުވަން އެމެރިކާ ބޭނުންވި ނަމަވެސް، އެމެރިކާ އަށް އެކަމުގައި ކާމިޔާބެއް ނުލިބުނީހެވެ. ފުރަތަމަ ސަބަބަކީ، އެމެރިކާ އާއި އީރާނާ ދެމެދުގައި އޮތް ޒަމާންވީ އަދާވާތްތެރިކަމެވެ.

ޗައިނާގެ އިސްނެގުމަށް އަދި މެދުވެރިއަކަށް ވެގެން ކުރި މަޝްވަރާތަކަށް ފަހު، ސައޫދީއާ އެކުގައި ގުޅުން ގާއިމުކުރަން އީރާން އެއްބަސްވީ ވެސް، އެމެރިކާގެ ނޫފޫޒުން މެދުއިރުމަތި މިންޖުކުރުމަށް އީރާން ގެންގުޅޭ ސިޔާސަތުގެ ސަބަބުންނެވެ. އެމެރިކާގެ މައިގަނޑު އަމާޒަކީ ކޮންމެ ސަރަހައްދެއްގައި ވެސް، އެ ސަރަހައްދެއްގެ ގައުމުތަކުގެ މެދުގައި ދެކޮޅުވެރިކަން އުފައްދައި، އެތަނުން ކޮންމެވެސް އެއް ގައުމަކަށް ނުވަތަ ގައުމުތަކަކަށް ތާއީދުކޮށްގެން އެމެރިކާގެ ނުފޫޒު އެ ސަރަހައްދެއްގައި ފެތުރުމެވެ.

4 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަ އެނަލިސްޓް

12 March 2023

އެމެރިކާ ލަދުގަތަސް ނުގަތަސް ސައުދީ އީރާނުގެ ސުލްހައާމެދު އަހަރެން ދެކެނީ ޝައްކުގެ ނަޒަރަކުން. ސައުދީގެ ވެރިކަމުގެ ޚާންދާނަކީ އަޑިއަޑިން އިޒްރޭލާ ބައިއަތު ހިފައިގެން ތިބިބައެއް. ފާޅުގަ ނުބުންޏަސް ކިންގް ސައުދުގެ އާއިލާއަކީ އިޒްރޭލަކީ ދައުލަތެއްގެ ގޮތުގަ އިއުތިރާފް ވެގެން ތިބިބައެއް. ކަން މިހެން އޮތުމުން އީރާން ލައްވައި އިޒްރޭލުގެ ސަލާމަތަށް ގެރެންޓީ ހޯދުމާއި އީރާނާ އިޒްރޭލާ ދެމެދު ގުޅުން ގާއިމްކުރުމަކީ ސައުދީގެ މަގްސަދަކަށް ވުމަކީ ނެތްކަމެއްނޫން.

The name is already taken The name is available. Register?

މޫޑުން

12 March 2023

ވ އުފާވެއްޖެ، މިއާޓިކަލަކީ ކަމުގެ ޙަގީގަތް ހާމަކޮށް، އެވެރީންގެ ޚަބަރެއް ތަރުޖަމާ ނުކޮށް. އެމެރިކާގެ ދެފުއްދެގޮތް ސިޔާސަތާއި އިޒްރޭލަށް ވިކިފައިވުމުގެ ސަބަބުން

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

12 March 2023

ސާބަހޭ ޗައިނާ. މަރުހަބާ އިރާން އަދި ސައުދީ.މިހެން ގިނަ ގައުމުތައް ގުޅިގެން ޖިއޯ ޕޮލިޓިކްސްގެ މިސްރާބް ބަދަލުކުރެވޭނެ.އެމެރިކާ ވެސް ޖެހޭނީ ސައިޒްވާން.ވ.ވެދުން

The name is already taken The name is available. Register?

މިތުރާ

12 March 2023

މަރުހަބާ ޗައިނާ އަދި އީރާން އެންޑް ސައޫދީއަށްވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454