ޚިޔާލު

އަހަރެމެން ތަހުޒީބު ވަނީ އަނގައިން، އަމަލުން ހަމަ ސުމެއް

މި މަހުގެ 7 ވަނަ ދުވަހު ހުޅުމާލޭގެ ހިޔާ ފްލެޓެއްގެ ބެލްކަނީގައި ހިފި ހުޅުގަނޑު ބޭރަށް ނުކުމެފައި.

އިހަކަށް ދުވަހު އާންމުވީ އަންހެނަކު ވަރަށް ހަމަޖެހިލައިގެން ސައިކަލްގައި ގޮސް ކުނިތަކެއް މަގުމަތީގައި ބަހައްޓާފައި ދާ ތަން ފެންނަ ވީޑިއޯއެކެވެ. އެއްވެސް ކަހަލަ ހާސްވުމެއް، މީހަކަށް ފެނިދާނެތީ ޖެހިލުން ވެފައި ހުރި ތަނެއް އޭނާގެ ފަރާތަކުން ނުފެނެ އެވެ. ފެންނަ ފެނުމަށް އެއީ އާންމު ކަމެއް ހެން ވެސް ހީވެ އެވެ. ދެން މިހާރު ފެންނަނީ ސިނިގިރެޓް ބޮއެފައި އެއްލައިލާ ފިލްޓަރާއެކު ހިޔާ ފްލެޓްތަކުގައި ރޯވާ ތަނެވެ. މި ރޯދަމަހުގެ މިހާތަނަށް ސިނގިރެޓް ފިލްޓަރުގެ ސަބަބުން ހިޔާގެ ދެ ފްލެޓެއްގެ ބެލްކަނީގައި ރޯވެއްޖެ އެވެ.

ހިޔާ ފްލެޓްތައް 25 ބުރިއަށް ނަގައި، ރޭގަނޑު ދިއްލާލާފައި ހުންނައިރު ވަރަށް ޗާލެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ހަދާފައި ހުންނަ ކަހަލަ 25 ބުރީގެ ބޮޑެތި އިމާރާތްތަކާ އެކު ތަހުޒީބުކަން ވެސް ފެންނަ ފަދަ އެވެ. އަހަރެމެން ދައުވާ ކުރަނީ ވެސް ހަމަ އެހާ ތަހުޒީބު ބައެއްގެ ގޮތުގަ އެވެ. ސައި މޭޒުގައި ދައްކާނީ ވެސް ސިންގަޕޫރާއި ދުބާއީ ފެންވަރުގެ ވާހަކަތަކެވެ. މިސާލު ވެސް ނަގާނީ އެފަދަ މަތީ ފެންވަރުގެ ތަހުޒީބު ގައުމުތަކުންނެވެ. އަމިއްލަ ރަށް ވެސް އެ ފެންވަރަށް ތަރައްގީ ވެފައިވާ ނަމައޭ ކިޔައި ވަރަށް މޮޅެތި ވާހަކަތައް ދައްކާނެ އެވެ. ސައި މޭޒުގައި ވާހަކަ ދައްކައި ނިމޭއިރު އަހަރެމެންހާ ތަހުޒީބު މުޖުތަމައެއް ވެސް ނޯންނާނެ އެވެ. އެކަމަކު، އެއީ އަނގައިން އެކަންޏެވެ. އަމަލީ ގޮތުން އުޅެނީ އެންމެ ނާތަހުޒީބީ ގޮތަށެވެ.

ކިތަންމެ ރީތި ފްލެޓެއްގައި ދިރިއުޅުނަސް ސިނގިރެޓް ފިލްޓަރު އެ އުސް ޓަވަރުތަކުގެ މަތިން ތިރިއަށް އެއްލައިލީމާ ދެން ވާނެ ގޮތެއް އަހަރެމެންގެ މި ތަހުޒީބު ސިކުނޑިތަކަށް ނުވިސްނެ އެވެ. ވަޔާއެކު، ގޮސް ޖެހިގެން ހުރި އެހެން ފްލެޓެއްގެ ބެލްކަންޏަށް ފިލްޓަރު ވެއްޓި ރޯ ވެދާނެ ކަމަށް ވިސްނައި ވެސް ނުލަނީ އެވެ. ތިރީގައި ހުންނަ ބެލްކަނިތަކުގައި ތިބޭ މީހުން އުޅެނީކީ ސިނގިރެޓް ފިލްޓަރެއް މަތިން އުދުހިފައި އަތުވާދެނެ ކަމަށް ބަލައިގެނެއް ނޫނެވެ. އަދިވެސް މާލޭގެ ހާލަތު ހުންނަ ގޮތުން ހަމަޖެހިލައިގެން ފްލެޓްގައި އުޅެވޭނީ ބެލްކަނިތަކުގައި ވެސް އެއްޗެހި ބަހައްޓައިގެންނެވެ. އޭގެ ތެރޭގައި ފަސޭހައިން ރޯވާ ޒާތުގެ އެއްޗެހި ހުންނާނެކަން ގައިމެވެ. ބައެއް ފަހަރު ގޭސް ސިލިންޑަރު ވެސް ބެލްކަނިތަކުގައި ބަހައްޓަ އެވެ. ސިނގިރެޓް ފިލްޓަރު ވައްޓާލާ މީހާގެ ހައްގަަށްޓަކައި ބެލްކަނިތަކުގައި އެއްވެސް އެއްޗެއް ނުބަހައްޓަން ގޮވާލާ ހިސާބަށް ވެސް ދިވެހިންގެ ވިސްނުން މިހާރު ވަނީ ގޮސްފަ އެވެ.

ހިޔާ ފްލެޓެއްގެ ބެލްކަނީގައި އިއްޔެ ރޭ ރޯވި އަލިފާންގަނޑު ނިއްވަން ސިފައިން ހަރަކާތްތެރިވަނީ

ސިނގިރެޓް ފިލްޓަރު ވައްޓައިލުމުން އިއްޔެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން "މިހާރު" ގައި ލިޔުނު ޚަބަރުތަކަށް ކޮމެންޓް ކުރި ބައެއް މީހުންނަށް ގޯސްވީ ބެލްކަނިތަކުގައި އެއްޗެހި ބަހައްޓާ މީހުންނެވެ. ސިނގިރެޓް ފިލްޓަރެއް ބެލްކަންޏަށް ވެއްޓި ރޯވެދާނެ ކަމަށް އެ މީސްމީހުން ގަބޫލު ވެސް ނުކުރަނީ އެވެ. އޭގެ ބަދަލުގައި ސިނގިރެޓް ބޯ މީހުން ފިލްޓަރުތައް 25 ބުރީގެ އުސް އިމާރާތުން ވައިގެ ތެރެއަށް ދޫކޮށްލުމުގެ ބަދަލުގައި ފިލްޓަރު ކަނޑާނެ ގޮތެއް ބެލްކަނީގައި ހަމަޖައްސަން ގޮވައިލި ނަމަ ތަހުޒީބުކަން އެނގޭނެ އެވެ. ފިލްޓަރުތައް އަޅާނެ އެއްޗެއް ބެލްކަނިތަކުގައި ބަހައްޓަން ގޮވާލެވޭ ވަރަށް ސިކުނޑި ތަނަވަސް ނޫނެވެ. ނޫނީ ހަމަ "ތަހުޒީބު" ކަމުން އެ ވާހަކަ ދައްކަން ވެސް ނޭނގެނީ އެވެ.

ސިނގިރެޓް ފިލްޓަރުގެ އުނދަގުލާ ހެދި ހިޔާ ފްލެޓްގެ ބައެއް މީހުން ބެލްކަނިތަކުގައި އެއްޗެހި ބެހެއްޓުން ވެސް ހުއްޓާލާފައިވާ ކަމަށް ވެ އެވެ. އާންމު އުސޫލުން އަމިއްލަ ސަލާމަތް ހޯދާނީ އެ މީހެކެވެ. ގޯސްކޮށް ކަންކަން ކުރާ މީހާ ހުއްޓުވުމުގެ ބާރެއް މި ތަހުޒީބު މުޖުތަމައުގައި ނެތެވެ.

ސައި މޭޒުގައި ދައްކާނީ ވެސް ސިންގަޕޫރާއި ދުބާއީ ފެންވަރުގެ ވާހަކަތަކެވެ. މިސާލު ވެސް ނަގާނީ އެފަދަ މަތީ ފެންވަރުގެ ތަހުޒީބު ގައުމުތަކުންނެވެ. ސައި މޭޒުގައި ވާހަކަ ދައްކައި ނިމޭއިރު އަހަރެމެންހާ ތަހުޒީބު މުޖުތަމައެއް ވެސް ނޯންނާނެ އެވެ. އެކަމަކު، އެއީ އަނގައިން އެކަންޏެވެ. އަމަލީ ގޮތުން އުޅެނީ އެންމެ ނާތަހުޒީބީ ގޮތަށެވެ.

އަހަރެމެންނަށް ތަހުޒީބު މުޖުތަމައާ ހިސާބަށް ދެވޭނީ ވަރަށް އާދައިގެ ކަންކަން ރަނގަޅު ކޮށްގެންނެވެ. ކޮފީ މޭޒުގައި ދައްކާނީ މާލޭގެ މުހިންމު ސަރަހައްދުތަކުގައި ޑަސްބިން ނުހުންނަ ވާހަކަ އެވެ. އެކަމަކު، އެ އެެއްޗެއް ހުންނަ ކިތަންމެ ތަނަކަށް ކުނި އަޅާލާފައި ހުންނަ ތަން އަހަރެމެންނަށް ނުފެންނާނެ އެވެ. އެތައް ބަޔަކު އެންމެ ގިނައިން އެއްވާ ތަނަކަށް ބަލަމާ ހިނގާށެވެ. ހުޅުމާލޭގެ ލަކުޑި ޖެޓީ ކައިރީގައި ޑަސްބިން ނެތީ ހެއްޔެވެ؟ މާލޭގެ އާޓިފިޝަލް ބީޗްގައި ޑަސްބިން ނެތީ ހެއްޔެވެ؟

އެކަމަކު، ކައިރީގައި ހުންނަ ކުދިކުދި "ހަޓްތަކުން" ގަންނަ ކޮފީ ކަޕާއި ފުޅިތަކާއި އެހެނިހެން ސާމާނު އެ ދަނީ އިށީނދެގެން ތިބޭ ތަނުގައި ބަހައްޓައިފަ އެވެ. ޖެހިގެން ހުންނަ ޑަސްބިނަށް އަޅަން ބުރައަކުން ކަމެއް ނޫނީ ތަހުޒީބު ކަމުން ކަމެއް ނޭނގެ އެވެ. ޑަސްބިން ވެސް ބަހައްޓާފައި ހުންނަން ޖެހެނީ އިށީނދެގެން ހުންނަ ތަނަކާ ޖެހިގެންނެވެ. ކުޑަ ތަންކޮޅަކަށް ހިނގާލާފައި ގޮސް ޑަސްބިނަށް އެއްޗެއް ވައްޓާލެވޭ ވަރަށް އަހަރެމެން ކަންނެތެވެ.

މާލޭގެ މަގެއްގައި ކުނިތަކެއް ބަހައްޓާފައި: ބައެއް މީހުންނަށް މިއީ އާދައިގެ ކަމެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަހަރެމެން ދިވެހިންގެ ގެއިން ކުނި ބަލަން ވެމްކޯ އިން ނައުމުން އެއްވެސް ޖެހިލުމެއް ނެތި ކުނި އަޅާލަނީ މަގުމައްޗަށެވެ. ނުވިތާކަށް ކުނިވާ ޒާތުގެ އެއްޗިއްސާއި އުކާލަންޖެހޭ ފަރުނީޗަރު ފަދަ ތަކެތި ވެސް މަގުމައްޗަށް އުކާލަން އަހަރެމެން ޖެހިލުމެއް ނުވެ އެވެ. ކުނިތައް ގޮސް ބަހައްޓާނީ ވެސް ކުނި އެޅުން މަނާކަން އަންގައިދޭ ބޯޑުގެ ކުރިމަތީގަ އެވެ. އަހަރެމެންގެ ތަހުޒީބުކަން ބޮޑުކަމުން އާންމު ތަންތަނުގައި ހުންނަ ނޯޓިސްތަކަށް އަމަލުކުރުން ވަނީ ހަޑި ކަމެއް ކަން ނޭނގެ އެވެ.

މަގުމަތީގައި ހުންނަ ކުނިތަކުގައި ފުޅައެޅުމުން ދެން އެ ފެންނާނެ އެވެ. ޑަސްޓްބިނަށް ކުނި އަޅަން ކަންނެތް ވެފައި ހުންނަ މީހާ ވެސް އެ ފޮޓޯ ސޯޝަލް މީޑީއާ އަށް ލައިގެން ދައްކާނީ އެ ފުޅަތަކުގެ ވާހަކަ އެވެ. ތިމާގެ ގައިގައި ނެތް ތަހުޒީބު ކަމެއް ނުފެންނާނެ އެވެ. ދިވެހިންގެ ގޮތެއް ނެތް ވާހަކަ ވަރަށް ދައްކާނެ އެވެ. އެކަމަކު، ތިމާއާ ޖެހުނީމާ ހަމަ އަމަލު ކުރާނީ އެހެންނެވެ.

ދުފައިގެން އަނގަ ރަތް ކޮށްގެން ރަތްކުޅު އެ ޖަހާލަނީ މަގު މެދަށެވެ. ކައިރިން ދާ މީހަކަށް ބެލުމެއް ނެތެވެ. މަގުގެ ސާފުތާހިރުކަމަށް ތިމާ އަމިއްލަ އަށް ވިސްނާކަށް ނުޖެހެ އެވެ. ސައިކަލްގައި ދަމުން ވެސް ކުޅު ޖަހާލަނީ އެވެ. އިރުކޮޅަކުން ކޮފީ މޭޒަށް އަރައި އެ ކަމަށް އަމިއްލަ އަށް ފާޑުކިޔާނެ އެވެ. އެ ބަހުސްގައި އޮންނާނީ އެހެން މީހުންގެ ގޮތެއް ނެތް ކަމުގެ ވާހަކަތަކާއި ތަހުޒީބު ނޫން ކަމަށް ބުނެ ވާހަކަ ދެއްކުމެވެ.

ދެން އޮތީ ފިޔަވަަޅުގެ ވާހަކަ އެވެ. ސިނގިރެޓް ފިލްޓަރުތަކުގެ ސަބަބުން ހިޔާ ފްލެޓްތަކުގެ ބެލްކަނީގައި މި ރޯދަމަހު ދެވަނަ ހާދިސާއެއް ހިނގުމާއެކު، އާބަންކޯ އިން ނެރުނީ ވަރުގަދަ އިންޒާރެކެވެ. ބިރުން ހަލާކުވި އެވެ. ސިނގިރެޓް ފިލްޓަރު އެއްލައިލާ މީހަކު އެނގޭ ހިސާބުން އެ ފްލެޓެއް ވެސް ހުސްކޮށް، މީހުން ނެރޭނެ ވާހަކަ އެވެ. އަމަލު ކުރެވިއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. މި އުޅެނީ ކުލި ނުދައްކައިގެން އުޅޭ މީހާ ވެސް ތި ހިޔާ ފްލެޓުން ނުނެރެވިގެންނެވެ. އެތައް ސިލިންޑަރެއް ބަހައްޓައިގެން ކައްކައި ހަދާ ބިދޭސީންގެ ފްލެޓްތައް ހުންނަ ވާހަކަތަކެއް ވެސް އިވެ އެވެ. އެކަމަކު، މާ ބޮޑު ނަތީޖާއެއް ނެރެވުނު ހެއްޔެވެ؟

އާބަންކޯގެ އިންޒާރަށް އިހުތިރާމް ކުރަމެވެ. އެންމެ މީހަކާ ހެދީ އެތައް ބައެއްގެ ފުރާނަ ބޮޑު ނުރައްކަލަކަށް ހުށަހެއް ނޭޅޭނެ އެވެ. އެހެންވެ، ފްލެޓްތަކުން މީހުން ނެރެގެން ވިޔަސް އެ ކަން ކުރި މީހަކަށް ބޮޑު އަދަބެއް ދޭން ޖެހޭނެ އެވެ. އެ ބިރު ވެސް އެ މީހުންގެ ސިކުނޑީގައި އަށަގަންނުވަން ޖެހޭނެ އެވެ. އެކަމަކު، ކުރަން އުޅެން ވާނީ ކުރެވޭ ކަންތަކެވެ.

އާބަންކޯގެ އެ އިންޒާރާއެކު، ސޯޝަލް މީޑިއާ އަށް ދެން ބަޔަކު އާންމުކުރީ، މަސައްކަތް ނުކުރާ ކަމަށް ބުނާ އަލިފާން ނިއްވާ ނިޒާމުގެ ފޮޓޯތަކެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ޓަވަރުތަކުގެ ފަޔާ އެގްސްޓިންގިއުޝާތައް ހުރީ ހަލާކުވެފަ އެވެ. މާނައަކީ މިކަން ވެސް ރަނގަޅު ކޮށްލާށެވެ. އާންމު މީހާ ތަހުޒީބު ނުވާކަން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ވެސް ވިސްނެން ޖެހޭނެ އެވެ. އެ ތަހުޒީބު ނުވާ މީހާ އަށް ފިޓްވާނެ ފެންވަރަށް ސިސްޓަމްތައް ހަމަޖެހިފައި ހުންނަން ވާނެ އެވެ.

ޑަސްބިނަށް ކުނި އަޅަން ކަންނެތް ވެފައި ހުންނަ މީހާ ވެސް އެ ފޮޓޯ ސޯޝަލް މީޑީއާ އަށް ލައިގެން ދައްކާނީ އެ ފުޅަތަކުގެ ވާހަކަ އެވެ. ތިމާގެ ގައިގައި ނެތް ތަހުޒީބު ކަމެއް ނުފެންނާނެ އެވެ. ދިވެހިންގެ ގޮތެއް ނެތް ވާހަކަ ވަރަށް ދައްކާނެ އެވެ. އެކަމަކު، ތިމާއާ ޖެހުނީމާ ހަމަ އަމަލު ކުރާނީ އެހެންނެވެ.

ދިވެހިންގެ ބައެއް މީހުންގެ ވިސްނުމުގައި ހުރިހާ ކަމެއްް ރަނގަޅު ކުރަން ޖެހެނީ ސަރުކާރު ނުވަތަ އެ ކަމަކާ ހަވާލުވެ ތިބޭ ބައެކެވެ. ތިމާ މީހާ ހުރިހާ ކަމެއް ކުރަން ޖެހޭނީ ނާ ތަހުޒީބު ގޮތަށެވެ. މަގުމަތިން ދާ މީހާގެ މޫނަށް ސިނގިރެޓް ދުން ދިޔަސް އެންމެ ރަނގަޅެވެ. އެކަން ހުއްޓުވޭނެ ގޮތެއް ހަދާފައި ނެތީ ކަމާ ބެހޭ އިދާރާތަކުން ކަމަށް ވާތީ ގޯސްވާނީ އެ އިދާރާ އެވެ. އަހަރެމެންގެ ބައެއް ޒުވާނުން ކޮފީ ނިންމާފައި ތެދުވާ ތަން ދެކެމު ހެއްޔެވެ؟ މުޅި މޭޒުމައްޗަށް އޮންނަނީ ކޮފީ އާއި ސަޔާއި އޭތި މީތި އަޅައިފަ އެވެ. އެކަމަކު، އަހަރެމެން އުޅެން ޖެހެނީ ސިންގަޕޫރުގެ އަގު ބޮޑެތި ރެސްޓޯރަންޓްތަކާއި ކެފޭތަކުގައި މީހުން އުޅޭ ފެންވަރަށެވެ. އެ ގޮތަށް މޭޒުމަތި ހަޑިކޮށްލާފައި ދާ ތަން އެ ތަހުޒީބު މުޖުތަމައުން ފެނޭ ހެއްޔެވެ؟

ދިވެހިން ވާނީ ދިވެހިންނަށެވެ. މޮޅެތި ވާހަކަ ދެއްކުނީމާ ނިމުނީ އެވެ. ތިމާގެ އައިބެއް ތިމާ އަށް ނުފެންނާނެ އެވެ. ސިންގަޕޫރުގައި ހުންނަ ފެންވަރުގެ ހޮސްޕިޓަލްތަކާއި ފްލެޓްތައް ހެދިޔަސް އަދި ތަހުޒީބު ވީއެއް ނޫނެވެ. އެ ތަންތަނަށް ވަންނަ މީހުން ފުރަތަމަ ހޭލުންތެރިވެ، ތަހުޒީބު ވާން ޖެހެ އެވެ. ދައްކާ ވާހަކައަކުން އަދި ތަހުޒީބެއް ނުވާނެ އެވެ. ދިވެހިންނަށް ވެގެން މި އުޅެނީ އެހެންނެވެ.

44 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 7%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 76%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަޅުސޮރު -1

18 April 2023

މިއީ ހަަމަ ކަން ހިގާގޮތް. އަހަރެން ހިތަށް އަރާ ކިހިނެއް ކުދިން ތަމްރީނު ކުރީމަބާވައޭ އެފަރުދީ ޒިންމާ ނަގާނީ؟ ބޮޑުސޯބު އެނބުރޭނީ ކުޑަސޯބު އެބުރޭ ގޮތަށޭ ބުނާގޮތަށް، ދައުލަތުގެ (ސަރުކާރުގެ) އިސްވެރިންވެސް މިކަހަލަ ކަންކަމަށް ހޭލުން ތެރި ނޫނީ! އަހަރެމެން ހަމަ ތަހުޒީބީ ހަމަ އަނގައިން، އަމަލުން ސުމެއް!

The name is already taken The name is available. Register?

ފާފު

18 April 2023

ވަރަށްފުރިހަމަ ލިޔުމެއް! ޢަމަލުތަކުން ފެންނަނީ އެންމެ ނާތަހުޒީބީ މީހުންގެ އުޅުން. މަގުމައްޗަށް ކުނި އެޅުން، ސިނގިރެޓް ބޮއެފަ ފިލްޓަރތައް އެއްވެސް ބެލުމެއް ނެތި ޖެހުނުތަނަކަށް އުކަމުން ދިއުމާއި ސައިކަލް ކާރުފަދަ ތަކެތި ދުއްވާފައި ދާއިރު ޓްރެފިކްގަ މަޑުކޮށްލަން ޖެހުނީމަ ބަރުގޮން އަޅަމުން ދާގޮތާއި، އެހެން މީހުން ފުރާނައަށާއި ތިމާ މީހާގެ ފުރާނައަށް ބެލުމެއްނެތި ދުއްވާފައި އެހެރަ ދާގޮތުން ތަހުޒީބުކަން ވަރަށް ސާފުކޮށް އެނގިގެންދޭ!

The name is already taken The name is available. Register?

ހަސަނު

17 April 2023

އަހަރެމެން ހަމަ ނާތަހުޒީބީ.. އަދި ކިއެއްތަ އަނެކާ އަށް އިހުތިރާމް ކުރުމަކީ މިތާ މަނާ ކަމެއް ފަދަ.. އިސްލާމް ދީނުންވެސް އަހަރެމްނަށް މި ދަސްވެފައި މި އޮންނަނީ ހެދުން އަޅާނެ ގޮތް އެކަނި... އަދަބް އިހްތިރާމް ކުރުމާ، އަނެކާއަށް ކަމޭ ހިތުމާ، މުޖުތަމައު އަށް ފައިދާވާ ޒާތު ކަންކަން ކުރުމާ، ފަސާދު ނުކުރުމާ، ސާފުތާހިރުކަމާ މިޒާތު ކަންކަން އަހަރެމެންނަށް ދަހެއް ނުވޭ...

The name is already taken The name is available. Register?

ރަންނަ

17 April 2023

ގާނޫނު ނުހިނގާ ގައުމެއްގަ ތަހުޒީބު މީހުންނަށް ވަރަށް އުނދަގޫވާނެ ހަމަޖެހިގެން އުޅެން. ނާތަހުޒީބު މީހާގެ ސުވަރުގެ މީ. ގަވާއިދަށް އުޅޭމީހާ ވަރަށް ލިމިޓެޑް ވާނެ މިތާ

The name is already taken The name is available. Register?

ހިރިގާ އަލީ

17 April 2023

މުޅި މާލެ' މިއޮތީ ގޮޑަކަށް ވެފަ، މިތަން ހީވަނީ 80ގެ ތެރޭގައި މެޑަރާސްހެން، އެހާވެސް މުޑުދާރު، ދުވާވަސް ވެސް އެހާމެ ނުބައި. ސިޔާސީ ޕާޓީތަކަށް އާހެދުން ލައިގެން ރީދޫ ނުވަތަ ފިޔާތޮށި ލިޕްސްޓިކު ނުވަތަ ޓައި އަޅައިގެން ދާ އެންމެނަށް މިޤައުމަށް މިވާ ގޯތް އެގޭބާޔޭ ހިތަށް އަރާ. ހާދަ ހާދަ ދިވެހިންގެ އާދަތަކާއި ތިރިއުޅުމުގެ ފެންވަރު ދަށަށް ގޮއްސިޔޭ

The name is already taken The name is available. Register?

ހަސާނިކުބޭ

16 April 2023

އަދިކިރިއައި މިގައުމު ތަހުޒީބު މިވަނީ އަނގައިންކަން އެގުނީ. މިއީ ގައުމެއްގެ އިދާރީ އޮނިގަޑު ފާލުންނެއްޓި ފެއިލްވާނެ އެންމެބޮޑަކަށް ފެއިލްވީމަ ފެންނާނެ އަލާމާތް. ގަވާއިދެއް ގާނޫނެއް ނުހިގާ އެމީހަކު ހިތުހުރިގޮތަކަށް އުޅެވިޔަދީފަ ދެން ކޮންގޮތަކަށްބާ ރަގަޅު ކުރާނީ. ނުވާނެ

The name is already taken The name is available. Register?

މުސްކުޅިޔާ

16 April 2023

މައުމޫނުގެ ދައުރުގައި ތީގެ އެއްވެސް ކަމެއް ކުރަން ލާހިކައެއްނޫން. ހައްގު ހޯދަން ގޮވިމީހުންތީގެ ޒިންމާނަގަންޖެހޭނީ

The name is already taken The name is available. Register?

ސަޅި މުޙައްމަދު

16 April 2023

އާޓިކަލް ވަރަށް ބަރާބަރު! ދިވެހީންނަކީ ޖުމްލަކޮށް ބުނަންޏާ "ސުޕޮއިލްޑް ޓީނޭޖާ" އެއް.

The name is already taken The name is available. Register?

ޙދހބ

16 April 2023

ކީއްކުރަންތަ އެހާ އަގުބޮޑުކޮށް ގަނެފަ އެބައިވެސް އެއްލާލަނީ . ޜަގަޅު ވާނީ އެފިލްޓަރު ބުރިވެސް ހަފާލައިގެން ކާލީމަ. ޢޭރުން އެހެންމީހުނަށް އޭގެ ސަބަބުން މިކަހަލަ އުދަގުލެއްވެސްނުވާނުން. މި ބޯމީހުން އެހެންމީހުނާމެދު ވިސްނުމެއް ނުގެންގުޅޭނެ.

The name is already taken The name is available. Register?

ޖދޖސޖޖސ

16 April 2023

އެމްޑީޕީ އަދާލަތު މި ޕާރޓީތަކަކީ އިޖުތިމާއީ ފޭރާން ފެށުން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454