ސިޔާސީ ބޭނުމަކަށް އަމިއްލަ މަންފާއަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މާލޭ ސިޓީ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
04 މެއި 2023 - 13:05
ޕީޕީއެމް ސެނެޓުގެ ކޮންޓްރޯލް ނަގަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޕާޓީގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފި އެވެ.
މުއިއްޒަށް ކުރެވޭ މި ތުހުމަތު އޭނާ ދޮގުކުރެއްވީ، މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގަ އެވެ.
ސެނެޓުގެ ކޮންޓްރޯލް ނެގުމަށް ޕީޕީއެމްގެ ގިނަ ބަޔަކަށް ސިޓީ ކައުންސިލުން ވަޒީފާ ދޭ ކަމަށް ކުރެވޭ ތުހުމަތާ ގޮތުން ނޫސްވެރިއަކު ތަކުރާރުކޮށް ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ އެފަދަ ކަމެއް ކުރައްވަން އޭނާ ނޫޅުއްވާ ކަމަށެވެ.
އަޅުގަނޑެއް ނުކުރާނަން [ސެނެޓުގެ ކޮންޓްރޯލް ނަގަން ނޫޅޭނަން] މި ދެންނެވީއެއް ނޫންތޯ. އަޅުގަނޑު ނުކުރަމޭ ސިޔާސީ ބޭނުމެއްގައެއް އަޅުގަނޑުގެ އަމިއްލަ ކަމެއް: މުއިއްޒު
"އަޅުގަނޑަކީ މީހުން އަދި ދައްކާހާ ވާހަކައެއް ހަގީގަތަކަށްވާ ގޮތަށް ކަންކަން ކުރާ މީހެއް ނޫން އިނގޭތޯ. އަޅުގަނޑުގެ ޕްރޮފެޝަނަލް މިންގަނޑު ދޫކޮށްލާފައި ކުރާނެ އެއްވެސް ކަމެއް ނޯންނާނެ. ބަޔަކު އަދި ވާހަކައެއް ދެއްކިޔަސް އެއީ ހަގީގަތަކަށް ވާކަށް ނުޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑެއް ނުކުރާނަން [ސެނެޓުގެ ކޮންޓްރޯލް ނަގަން ނޫޅޭނަން] މި ދެންނެވީއެއް ނޫންތޯ. އަޅުގަނޑު ނުކުރަމޭ ސިޔާސީ ބޭނުމެއްގައެއް އަޅުގަނޑުގެ އަމިއްލަ ކަމެއް."
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މާލޭ ސިޓީ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކައުންސިލުން އެންމެފަހުން "މިހާރު" އަށް ދިން މައުލޫމާތުގައިވާ ގޮތުން އެތަނުގައި ކޮންސަލްޓެންޓުންގެ ގޮތުގައި 13 މީހުން މަސައްކަތްކުރެ އެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި، އެއީ ޕީޕީއެމްގެ ވަކި ބަޔަކަށް ވަޒީފާ ދިނުމަށް ކުރި ކަމެކެވެ. އެކަމަކު، ސިޓީ ކައުންސިލުން އެ ވާހަކަ ދޮގުކޮށް ބުނެފައި ވަނީ ވަޒީފާތަކަށް މީހުން ނަގަނީ ވަކި ޕާޓީއަކަށް ނުބަލައި އުސޫލުގެ ތެރެއިންނެވެ.
ސެނެޓުގެ ކޮންޓްރޯލް ނަގަން އުޅޭ ވާހަކަ މުއިއްޒު ދޮގުކުރެއްވި ނަމަވެސް، ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒް، މުއިއްޒަށް ކެމްޕެއިން ކުރައްވަން އުޅޭ ކަމުގެ ތުހުމަތުކޮށް އޭނާ ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ހާޒިރުކުރަން އުޅުމުން ވަނީ ޕާޓީން އިސްތިއުފާ ދެެއްވައިފަ އެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދީފައިވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދިވެސް ޖަލުގައި ހުންނެވުމުން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުންތައް ބޮޑު ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ. އެކަމަކު، ޕީޕީއެމުން ތަކުރާރުކޮށް ބުނަމުން އަންނަނީ ޔާމީން މިނިވަންވެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީވޭ
05 May 2023
މުއިއްޒު ވާހަކަޔާ ރާގު ހުރިގޮތުން ހީވަނީ ކަމަކުން ސަލާމަތް ނުވެގެން އުޅޭހެން، އާދޭސްކޮށްފައޭ މިބުނީ އަޅުގަނޑު ދެން ތިކަހަލަ ކަމެއް ނުކުރާނަމޭ، މިބުނީ ނޫންހޭ ނުކުރާނަމޭ.
ދޮނާ
05 May 2023
މުއިޒް އަދާލަތުފާޓީން ދޮންކުރާ މީހެއް. މުއިޒް ގެ ރަނިންމޭޓަކީ ސަހީމް
ރަށްއިތުމީހާ
05 May 2023
މުއިޒް ސިޓީ ކައުންސިލާ ހަވާލުވި ފަހުން މާލޭ މަގުތަށް އިތުރަށް ތޮށްޖެހުނީ. އެހެންތާ ވާނި މުޅިމާލޭ މަގުތަށް ފާކިންއަށޭ ކިޔާ ކުށްޔަށް ދިނީމަ
މޯޑް
05 May 2023
މުއިޒް ދިމްޔާތު ތެރޭ ކުރާ ކެންފޭނޯ. ގައިމް އަހަރަމެންނަށް ފެނޭ މުއިޒް ސިޓީކައުންސިލަށް ކުރިމަތިލާގެން އުޅުނި އިރު ގެންގުޅުނި ކެންފޭނު ޓީމް މިހާރުވެސް ވަދެވަދެފަ ނިކުންނަ ތަން
އިތުރުގޮތެއް ނޯންނާނެ
05 May 2023
ދެން ޔާމީނު އަރަންޖެހޭނީ މުއިއްޒު ފަހަތަށް.
އަންދަލޫސިޔާ
05 May 2023
ކާށި ބަހައިފި. ކަރާ ބަހައިފި. ކޮތަޅު ބަހައިފި. ދެން ކުރިމަތިލާނީ ރައީސްކަމަށް. ޔާމީނުފަދަ ކޮރަޕްޓް މީހެއް. ފްލެޓްތައް ހިތުހުރިގޮތަކަށް ބަހާލި މީހެއް.
ސަމީރު އަހްމަދު
05 May 2023
ހެޔޮނުވާނެ މިކަހަލަ ދޮގު އިލްޒާމް މުއިއްޒް ކަހަލަ މީހެއްގެ ބޮލިގައި އަޅުވާކަށް. މުއިޒް ހުރީ ގަދަކޮށް ރައީސް ޔާމީން ފަހަތުގައި.
ދަގަނޑު
05 May 2023
މުއިއްޒު މިހާރު ވެސް ކެމްޕެއިންގައި. މުއިއްޒު ކުރިމަތިލާކަން ޕޕ ކުދިންނަށް އެނގޭ
ސައީދް އާފާގް
05 May 2023
މުހައްމަދު މުއިޒް ރައީސް ޔާމީން މިނިވަންކުރަން ކުރާ މަސައްކަތް ވެރިކަމަށް ގެންނަން ކުރާ މަސައްކަތް އިނގޭ ނަމަ މިކަހަލަ ސުވާލު ނޫސްވެރިން ނުކުރާނެ. ސިޓީ ކައުންސިލް އިންވެސް ކުރަނީ ރައީސް ޔާމީންއަށް މާލޭ ރައްޔިތުންގެ ތާއިދު ހޯދުމުގެ މަސައްކަތް. މިއީ ދެން ވަރަށް ވާހަކަ.
މަހްމޫދް ސަޢީދް
05 May 2023
މުއިޒް ވަޒީފާ ދީފަ ހުރި ގިނަ މީހުންނަކީ ރައީސް ޔާމީން ބުނެގެން ދީފަ ހުރި މީހުން. ރައީސް ޔާމީންގެ ލޯޔަލް މީހުންނަށް. މިސާލަކަށް ކައްޕި، ޝަހީދު އަދި ސަންޓޯ. ތި ދައްކަނީ ހުސް ހޮޅި ވާހަކަ
ޝަފްނިޔާ
05 May 2023
ރައީސް ޔާމީންގެ އެއްމެ އިހްލާސްތެރި ސަޕޯޓަރަކީ މުއިޒް. މިއީ މިކަން އޮތް ގޮތަކީ. ރައީސް ޔާމީން މިނިވަންކުރަން ޕީޕީއެމްއިން އުޅެނީ މުއިޒް އަދި އާދަމް ޝަރީފް އެކަނި.