ނަޝީދު އެމެރިކާގައި: އެ މަނިކުފާނު ވަނީ އދ.ގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައި. -- ފޮޓޯ: އޭއެފްޕީ
25 ޖެނުއަރީ 2017 - 10:25
ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީން ބައިވެރިވާނެ މަންދޫބުންގެ ނަންތައް ސީދާ އދ. އަށް ހުށަހަޅަން އެ ޖަމާއަތުން އެދިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމެރިކާގައި މިހާރު ހުންނެވި ނަޝީދު ވަނީ، އެ މަނިކުފާނު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް ޖެފްރީ ފެލްޓްމަން އާއި ސީނިއަ އެޑްވައިޒަ އޮން ޕޮލިޓިކަލް އެފެއާޒް ތަމްރަތު ސެމިއުލްއާ ބައްދަލުކުރައްވައިފަ އެވެ.
"އދ. އިން ދެކޭ ގޮތުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިވާނެ މަންދޫބުންގެ ނަންތައް ހުށަހަޅަންވީ އދ. އަށް،" އެ ބައްދަލުކުރެއްވުމުގެ ތަފްސީލު ދެއްވުމެއް ނެތި، ނަޝީދު ވިދާޅުވެފައިވެ އެވެ.
Met UN USG Feltman with Special Envoy Samuel. UN's view is for MDP to send the names of their delegates for all Party talks to the UN.
— Mohamed Nasheed (@MohamedNasheed) January 24, 2017
ނަޝީދުގެ ޓުވީޓް.
މަޝްވަރާތައް ފަށަން މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވިިޔަސް، އަދިވެސް ކުރިއެރުމެއް ލިބޭ ގޮތެއް ނުވެ އެވެ. މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރައްވަން އދ. އިން ކަނޑައަޅާފައިވާ މަންދޫބު ތަމްރަތު އެންމެ ފަހުން ވަޑައިގެން ވެސް، ވަކިވަކި ފަރާތްތަކާ އެކު ބައްދަލުކުރައްވައި "ޕްރޮކްސިމިޓީ ޓޯކްސް" ބާއްވަން މަސައްކަތް ކުރެއްވިޔަސް، އެކަމުން ވެސް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ.
އދ.ގެ މަންދޫބު ތަމްރަތު ރައީސް ޔާމީނާ ބައްދަލުކުރައްވަނީ: މަޝްވަރާތައް ބާއްވަން އދ. އިން މަސައްކަތް ކުރަމުން އަޔަސް، އަދިވެސް ކުރިއެރުމެއް ނުލިބޭ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
އެންމެ ފަހުން މަޝްވަރާތަކަށް ހުރަސް އެޅުނީ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރަން ރައީސް އޮފީހުން އެދުމުންނެވެ. ހާއްސަކޮށް، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަން އުފެދި، ދެ ފެކްޝަނުން މަޝްވަރާތަކަށް މަންދޫބުން ކަނޑައެޅުމުން، މި މައްސަލަ ބޮޑުވެ، މަޝްވަރާތަކަށް ވަނީ ހުރަސް އެޅިފަ އެވެ.
ސަރުކާރުން ކުރިން ބުނި ގޮތުގައި، މަޝްވަރާތައް ނުފެށި ލަސްވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އެއްބާރުލުން ނުލިބޭތީ އެވެ. ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދާއި އަދާލަތު ޕާޓީގެ އޭރުގެ ރައީސް އިމްރާން އަބްދުﷲ އެ ވާހަކަތަކުގައި ބައިވެރިކުރަން ސަރުކާރުން ދެކޮޅު ހެދުމުން، އެ ދެ ޕާޓީން އަދި މަންދޫބުންގެ ނަންތައް ރައީސް އޮފީހަކަށް ނުފޮނުވަ އެވެ.
ސިޔާސީ ދެކޮޅުވެރިކަން ރާއްޖޭގައި ބޮޑުވަމުން ދާތީ އދ. އިން މިދިޔަ މަހު ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ބޭރުގެ ބައެއް ފަރާތްތަކުން ވަނީ ޕާޓީތަކުގެ މަޝްވަރާތައް ބޭރުގައި ބާއްވަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު، ސަރުކާރުން ބުނެފައި ވަނީ އެ ފަދަ ހުށަހެޅުމެއް ރަސްމީކޮށް ލިބިފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާރީ
26 January 2017
މިހާރު ކޮން މަޝްވަރާއެއްގެ ވާހަކައެއްތަ ތި ދައްކަނީ ، ވެރިކަމުގަ ހުރިއިރު ރައްޔިތުންގެ އެއްވެސް އަޑެއް ނާހާ ބެލީ ތިމާގެ ހުރި ނުލަފާކަން ދައްކާލެވޭތޯއެއްނުން އަދި ދީނާއި ޤައުމަށް ޣައްދާރުވެވޭތޯއެއްނުން ، އެމްފަހުން ވެރިކަން ހިފަހައްޓާނުލެވިގެން ގޮސް ވެއްޓުނީ ، ދެންވެސް މަޑުން ތިތާ ހުރެވޭތޯ ބަލާބަލަ، ޖަލުގަވެސް އޮންނަން ނުކެރިގެން ދޮގުހަދައިގެން ރާއްޖެ ދޫކޮށް ދިޔާއީނުން، އެހެންވީމަ ދެން ރަނގަޅުވާނީ ރާއްޖެއާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކިއްޔާ ދިވެހިންނަށް މިހާރު އެނގޭ ތީ ކިހާ ފެންވަރެއްގެ ނުބައި ނުލަފާ މީހެއްކަން،
ހޭނެތިއްޖެ
25 January 2017
މަމެން އަލިފުދާލުގެ ހުރިހާ ޕޯރޓަލްސް ތައް ބަލައިފީމެވެ. ނެތް ރަންރީނދޫ ބޮޑޭ އާއި އަލިފުދާލުގެ އެކަކު ވެސް ބައްދަލު ކުރި ކަމުގެ މިނިޓްސް އެއް އެ ތަނުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި. އެހެން މީހުންގެ އެބަހުއްޓެވެ. ކަން މިހެން ހުރުމުން ސިޔާސީ ޕާރޓީ ތަކުގެ މަޝްވަރާ ތަކުގައި ބައިވެރިވާ އެމްޑީޕީ މެމްބަރުންގެ ނަންތައް އަލިފުދާލަށް ފޮނުވާދޭށޭ ބޮޑޭ ކައިރީގައި ބުނީ އެއީ އަލިފުދާލަށް ބަނަސް ވިއްކާ " ރާޖާބާބޫ ޕާން އެން ބަނަސް ވިއްކާ " ސަަޕްލަޔަރެެވެ. މަމެންނަށް ދެން މި ޚަބަރު އަޑު އިވުމުން އެކޮއި މަމެން ހޭނެތެނީއޭ، ހޭނެތެނީއޭ، ހެނޭތެނީއޭ އިނގޭ. ހޭނެތެނީއޭ އިނގޭ، ހޭނެތެނީ އޭ އިނގޭ. ހޭނެތިއްޖެ، ހޭނެތިއްޖެ، ހޭނެތިއްޖެ އެވެ. ދެން އަވަހަށް ފެން ތައްޓެއް ގެނެސް އަތުން ތަށިން ފެން ނަގައިގެން މަމެން މޫނަށް ބުރުވަން އުޅެގަ މަމެން ހޭއަރުވަން އިނގޭ.
ހިތުގެ ރައީސް
25 January 2017
ޢެއީ އަސްލުވެސް ހަމަ ހުރިހާ ހިތެއްގެ ރައީސް. ޢެހެންވީމާ ރަނގަޅުވާނީ ހިތްތަކުގެ ރައީސްގެ ގޮތުގައި ރޫހާނީ ވެރިކަން ކޮށްލަ ކޮށްލާ މުޅި އުމުރަށް ހުރިއްޔާ...ކެކެކެކެކެ..
ބޭޅާ
25 January 2017
މި ބޭޅާ އަދިވެސް އެބައުޅޭ ދެއްތޯ...ޕަކާސް....
އަހްމަދު އަލީ، ހިތަދޫ
25 January 2017
މި ގައުމާ އަންނަން އޮތް ޖީލަށްޓަކާ ތިވާ ގުރުބާނީއަށް ޝުކުރުއަދާކުރަން. އަޅުގަޑުގެ ހާލަތު ހުރި ގޮތުން އަޅުގަޑުގެ ދަރިންނަން މި ރާއްޖޭގެ މާދަމާ ރަގަޅު ކުރަން މާ ބޮޑު މަސައްކަތެއް ނުކުރެވެ. އެހެންވީމާ އަޅުގަޑުގެ ދަރިންނަށްޓަކައި އަދި މުޅި މި ޖީލާ އަންނަން އޮތް ޖީލައްޓަކައި ތިކުރާ މަސައްކަތަށް ޓަކާ މަނިކުފާނަށް ޝުކުރު އަދާކޮށްލަން ބޭނުންވީ.
އަބްދުއްލާ އަލީ
25 January 2017
އަދިވެސް ނަސީދަށް މި އުޅެވެނީ ކުރީ މަޖީދިއްޔާ ގައި އުޅުނު އިރު ގްރޭޑް 8ކަނޑާލަން ޖެހުނު ދުވަސްވަރު އުޅުނުހެން.މިކަންކަން އިސްލާހުކޮށްގެން ރީތރި އިޅުމެއް އުޅެން ވެއްޖެ އެއްނު. ބުނަން އދ . އަކުން ދިވެހިރާއްޖެ އަށް ކުރެވޭނެ އެއްވެސް ކަމެއް ނޫންނާނެ.
ކަތީބު
25 January 2017
ތީ މިޤައުމައް ޖެހިފައިވާ މުސީބާތެއް
މުހައްމަދު
25 January 2017
ސުވާލެއް އެބައޮތެވެ. އެއީ އެމްޑީޕީން އދ.އަށް ނަން ފޮނުވަން ބޭނުންވީއެވެ. ނަން ފޮނުވީއެވެ. ދެން އެހެން ޕާޓީއަކުން އދ.އަށް ނަން ފޮނުވަން ބޭނުން ނުވީއެވެ. ނުފޮނުވަނީއެވެ. އދ.ން ދެން ހަދާނީ ކިހިނެތްހެއްޔެވެ؟ އެޕާޓީއެއް އދ.އަށް އުވާލެވޭނެހެއްޔެވެ؟
މާޟަ
25 January 2017
ދެން ފޮނުވަބަލަ ....
ޖަސްޓްގޮނާ
25 January 2017
މަޝްވަރާ ގައި އަލިފުދާލު ބައިވެރި ކުރުމުގެ ނަމުގައި ފޭކް ގޭމެއް ޖައްސާ ރަންރީނދޫ ބޮޑޭ އެބަލަނީ މިރާއްޖެ ބިނާ ކުރަން ތައްްޔާރުކޮށްފައިވާ ޒުވާން ޖީލު އަނެއްކާ ހަލާކު ކޮށްލަން އޭ މަމެން ބުނަން ނެތީމު އެވެ. މިއަންނަނީ އޭގެ ސީން އެއް. މީ ކޮން ބްލޫސް ކުދިން ތަކެއްތޭ ކުރިމަތިން މިއޮށް ގެން ދަނީ މަމެން ކުރިމަތިން. މަމެން ދަންނަމޭ އޭނާ، އެހެނަކުން ނޫނޭ މި ތިބީ ކިހިނެއް ވެފައި ތިބި ބަޔެއްތޭ. ހެޔޮ ނުވާނެ ގާނޫނު ކިޔަވަން ދަގަ. ދެން ހިނގާ ބްލޫސް ކުދިން ނާއި ދިމާއަށް އަތް ހޫރަމުން ރެޕް ޑާންސް ކުރަމުން ރެޕް ޑާންސް އެއް ޖައްސަން ބެރިކޭޑް ކައިރީގައި ތިބެގެން ދޯ. ނައު އައު ނޯ ވީ ސެއިޑް ތިންގްސް ޑިޑް ތިންގްސް އެން އެކްޓް ބޭޑް ދެން ޔޫ ޑޫ ވަޓް ޔޫ ގޮޓާ ޑޫ... ޖަސްޓް ގޮނާ ވެއިޓް އެން ސީ ދަވޭ ޔޫ ރިއެކްޓް. ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަ ޔޫ ރިއެކްޓް. އައި ލަވް ދަވޭ ޔޫ ރިއެކްޓް.
ވަލީމާ
25 January 2017
ޖީލެއް ހަލާކުވާނީ 3 އަހަރުންތަ ނުވަތަ 30 އަހަރުންތަ؟