ޚަބަރު / ކ. ކާށިދޫ

ކަނޑުވި ދެ މީހުން ތިބީ އެއް ދުވަސް ވަންދެން ޕެލެޓެއް މަތީގައި

ކާށިދޫ ކަނޑުގައި ދެ މީހުން ތިބި ޕެލެޓް ލޯންޗަށް އަރުވާފައި: ދެ މީހުން ސަލާމަތްކުރިއިރު ހާލު ރަނގަޅު ކަމަށް ލޯންޗުގެ ވެރިފަރާތުން ބުނޭ.

މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ދޯންޏެއް އަޑިއަށް ގޮސް ކަނޑުވި ދެ މީހުން އެއް ދުވަސް ވަންދެން ތިބީ ކާށިދޫ ކަނޑުގައި ޕެލެޓެއް މަތީގައި ކަމަށް ސަލާމަތްކުރި ލޯންޗުގެ ވެރިފަރާތުން ބުނެފި އެވެ.

ދިވެއްސަކާއި ބިދޭސީއަކު ދަތުރުކުރި "ޖަމްބޯ" ދޯނި މާލެއިން އިއްޔެ ހެނދުނު 10:30 ގައި ފުރިއިރު ވެސް މޫސުން ގޯސްކަމުގެ އިންޒާރުދީ، މެޓު އޮފީހުން ވަނީ އެލާޓް ނެރެފަ އެވެ. ހިލަވެލި ބަރުކޮށްގެން ފުރި ދޯނިން ދެ މީހުން ދަތުރުކުރެވުނީ ކ. އަތޮޅު ނިމޭ ހިސާބަށެވެ.

ދޯނި އަޑިއަށް ގޮސް ދެ މީހުން ކަނޑުވީ އެވެ. އެ ދެ މީހުން ސަލާމަތްކަން ހޯދީ، ދޯނީގައި އޮތް ޕެލެޓެއްގައި ރީނދޫ ހަން އައްސައިގެންނެވެ. ދެ މީހުން ފެނުނުއިރު އެކަކު އިނީ އޭގެ މަތީގައި އިށީނދެގެންނެވެ. އަނެކަކު އޮތީ އެލިގެން ކަމަށް އެ މީހުން ސަލާމަތްކުރި ލޯންޗުގެ ވެރިފަރާތުން ބުންޏެވެ.

ދެ މީހުންގެ ހަބަރެއް ނުވެގެން ހޯދަން މަސައްކަތް ކުރުމަށް ފަހު ގެއްލުނުކަން އެމްއެންޑީއެފުން އިއުލާންކުރީ ރޭ 23:43 ހާއިރު އެވެ. ދެ މީހުން މިއަދު ހެނދުނު ފެނުނީ ހޯދަން ނުކުމެ އުޅުނު ލޯންޗަކަށެވެ.

ކަނޑުވި ދެ މީހުން ސަލާމަތް ކުރި، ޓްރެވަލީ ފިޝް ފައިޓާސް މެނޭޖިން ޑިރެކްޓަރު އަދި އެ ޗޯންޗުގެ ވެރިފަރާތް އަލީ ރާޝިދު "މިހާރު" އަށް ބުނީ ދެ މީހުން ހޯދަން އެ ލޯންޗުން ނުކުތީ ހެނދުނު ހަތެއްޖަހާކަށް ހާއިރު ކަމަށެވެ.

"ރައްޓެއްސެއް ގުޅާފަ ބުނީ އެހީވެދޭން. އެހެންވެ ރަށުން (ދަރަވަންދޫ)ން ދެ ލޯންޗު ނުކުތީ ދެ މީހުން ހޯދަން. އެންމެ ފުރަތަމަ ވަރަށް ދުރުން ފެންނަނީ ރީނދޫ ހަމެއް. ދެން ކައިރިއަށް ދިޔައީމަ އެނގުނީ އެއީ އެ ދެ މީހުންކަން،" އޭނާ ބުންޏެވެ.

ރާޝިދު ބުނި ގޮތުގައި ކާށިދޫ ބޭރުން ދެ މީހުން ފެނުނީ ހޯދާތާ ތިން ގަޑިއިރު ފަހުންނެވެ.

"އޭރު އެއީ 10:30 ހާއިރު. ޕެލެޓެއްގައި އޮތީ ދެތިން ހަން އައްސާފައި. އެ މީހުން ދޯނިގައި ގެންގުޅުނު ލައިފްޖެކެޓުތައް ހުރީ ޕެލެޓުގައި އައްސާފަ. އެކަކު އިނީ ޕެލެޓެއްގެ މަތީގައި. އަނެއް މީހާ އޮތީ ޕެލެޓުގައި އެލިގެން."

ރާޝިދު ބުނީ އެ ހާދިސާ ހިނގީ ކިހިނެއްތޯ ނާހާ ކަމަށާއި އޭނާގެ ލޯންޗު ނުކުތީ މީހުން ސަލާމަތް ކުރަން ކަމުން އެ މީހުންނަށް އިތުރު ހާސްކަމެއް ކުރިމަތި ކުރުވަން ބޭނުން ނުވީ ކަމަށެވެ.

ނަމަވެސް އެ މީހުން ކަނޑުވެފައި ތިބޭތާ 24 ގަޑިއިރަށްވުރެ ގިނައިރު ވާނެ ކަމަށް އެ ދެ މީހުން ބުނި ކަމަށް ރާޝިދު ބުންޏެވެ.

"ބޮޑަށް ލަފާކުރެވެނީ ފާޅެއް ޖެހީ ކަމަށް. ކޮންމެވެސް ވަރަކަށް ހުރި ތަންތަން މަށައިގެންގޮސް އަނިޔާ ލިބިފައި. މާބޮޑު އަނިޔާއެއް ނުލިބޭ ނަސީބަކުން،" އޭނާ ބުންޏެވެ.

ދޯނި އެންމެ ފަހުން ލޮކޭޓް ކުރެވިފައިވާ ސަރަހައްދު.

އެ ދެ މީހުން ސަލާމަތްކޮށްގެން ފުރަތަމަ ގެންދިޔައީ ކާށިދުއަށެވެ. ފަހުން ލޯންޗުގައި އެ މީހުން ވަނީ މާލެ ގެނެސްފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި "ޖަންބޯ" ދޯނިން ދަތުރުކުރި ދެ މީހުން ހޯދުމުގެ މަސައްކަތުގައި ރެއިން ފެށިގެން ކޯސްޓްގާޑްގެ، ނޫރައްދީން ލޯންްޗް ހަރަކާތްތެރިވި އެވެ. މިއަދު ހެނދުނު އެމްއެންޑީއެފްގެ ޑޯނިއާ އެއާކްރާފްޓް ވެސް އެ ދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

18 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 80%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަންނަ މީހާ

13 May 2023

އެމްއެންޑީއެފް އިން ޖަހަނީ މަކަރު، މީހުންސަލާމަތް ކުރަން ނަމުގައި އުޅެނީ އެކަށީގެންވާ މަސައްކަތެއް ނުކުރޭ، ދެން މީޑިއާއަށް މެސެޖް ދޫކޮއްލީމަ ނިމުނީ ހުރިހާކަމެއް، އެވެރިންގެ މީހަކަށް ކަމެއް ވާދުވަހު ހިތައްއަރާނެ ސަހަރޯއޭ

The name is already taken The name is available. Register?

ޢިހްސާސް.

13 May 2023

ދިވެހިސިފައިންގރ ކޯސްޓުގާޑު ދުވަނީ ކިހާވަރަކަށްބާ؟ ކަނޑުމަތީ ފުލޯޓުވާއެއްޗެށް މިލިޓަރީ ރާޑަރަށް ނާރަނީ ދިވެހި އަސްކަރިއްޔާގައި އެވަރު ނެތީތޯ؟

The name is already taken The name is available. Register?

މޮޒް

13 May 2023

މިޒަމާނުގެ އެއްމެ ފަހުގެ މޫސުމާއި ބެހޭ އެތެއް އެޕަކުން އަދި ދިވެހި މޫސުމާއި ބެހޭ އޮފީހުން އެލާޓް ނެރެފައިވަނިކޮށް ދަތުރު ކުރުމަކީ ހެދުނު އެއްމެބޮޑުގޯސް. މީހުންހޯދަން ކުރާހަރަދު އެހާމެބޮޑު އެހެންވީމާ ކަމާއިބެހޭފަރާތްތަކުން މިކަހަލަ ހާދިސާ ހުއްޓުވޭނެގޮތް ހަދާބަލަ.

The name is already taken The name is available. Register?

ޙަސަނު74849

13 May 2023

ކޮންމެންޓު ކިޔާލީމަ އެބަ ފޭނޭ ތަންދޮރު ނުދަންނަ މީހުން.. އަމިއްލަ މީހެއްގެ ލޯންޗަކުން ކަނޑުވި މީހުން ހޯދުމަކީ ދިވެހި ސިފައިންގެ ކަޑަ ކަމެތްނޫން… އެއީ ހަމަ ހޯދަން ދިޔަ މީހުންނާއި، ކަނޑުވި މީހުންގެ ނަސީބު… ފާހަގަ ކޮއްލަން.. މި ދޯނި ހިލަވެލި ބަރުކޮއްގެން ނިކުތީ ކާށިދޫ ކަނޑައް.. އެވެސް އެލާރޓް ނެރިފަ އޮއްވާ… ހަމަ އެހާ އާރޖެންޓް ދަތުރަކީ ބާ؟

The name is already taken The name is available. Register?

ހަސަނަށް

13 May 2023

ކަމެއް ހަޖަމުނުވެފަ ތިއޮތީ.

The name is already taken The name is available. Register?

މުހައްމަދު..

13 May 2023

މަޑު އުޅަދުތަކުގައި އޮތްތަން އެގޭ ނިޒާމު ހަރުކުރުމުން ދައުލަތަށް ޚަރަދު ކުޑަވާނެ.

The name is already taken The name is available. Register?

ކީސް

13 May 2023

މިއުޅެނީ ބޯގަންވިލާގެގެއްލިގެންނެއްނޫނެއްނު 5މިނެޓުންހޯދާކަށް އެހެންނޫނަސް އެއޮތީ ރައްޔިތުމީހާ ހޯދާފައެއްނު ކޮޮންމެ ރައްޔިތެއްގެ ފަރުދީޒިންމާވެސް އޮންނާނެއްނު. ޢެވަރުކަމެއްވީއިރު ރައްޔިތަކަށް ރޭކާލާފިއެއްނު

The name is already taken The name is available. Register?

ލޮގިން

13 May 2023

الحمد لله ދެމީހުން ސަލާމަތުން ފެނުނީތީ

The name is already taken The name is available. Register?

އެނަލިސްޓް.

12 May 2023

ތީގައި ކުއްވެރިވަނީ ކެޕްޓަން އެވަރަށް ކަނޑުތައް ގަދަވާނެއޭ މޫސުންގޯހޭ ގޮވަގޮވާ އޮއްވާ ފުރާގެން ދިޔައީމަ..

The name is already taken The name is available. Register?

ހސގސވ

12 May 2023

އޮޔާ ވަޔަށްބަލަން އެނގޭ ކަނޑުމަތީ އުޅަނދަކަށް އަދި އެއާރކުރާފްޓަަށް އެމީހުން އުޅޭނެ ހިސާބު އަޅައިނުގަތީ ކަނޑު މާގަދަކަމުންދޯ. އަމިއްލަ ފަރާތަށް ޝުކުރު. ނުފެނިގެންް ހުއްޓާނުލަނީސް ނުކުތްކަން ރަނގަޅު

The name is already taken The name is available. Register?

އަބޫބާ

12 May 2023

އެމްއެންޑީއެފްގެ ސާރޗާމަދު ސުވާލު އުފެދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454