މުނިފޫހިފިލުވުން / މެންޓަލް ހެލްތް

ޓޮމް ހޮލެންޑު ކުޅުނު ރޯލަކު އޭނާއަށް ފުން އަސަރުތަކެއް ކޮށްފި

ޓޮމް ހޮލެންޑް: "ދަ ކްރައުޑެޑް ރޫމް" ގައި އޭނާ ކުޅެނީ ޑެނީ ސަލިވަން ކިޔާ މީހެއްގެ ރޯލު.

އެޕަލް ޓީވީން ޕްލަސް އިން އުފައްދާފައިވާ ސައިކޮލޮޖިކަލް ތުރިލާ ސީރީޒް "ދަ ކްރައުޑެޑް ރޫމް"ގައި ލީޑު ރޯލު ކުޅޭ ޓޮމް ހޮލެންޑަށް އެ ސީރީޒްގެ ސަބަބުން ނަފުސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ހޮލެންޑުގެ އާ ސީރީޒް ބިނާކޮށްފައި ވަނީ 1979 ވަނަ އަހަރު އުޅުނު ބިލީ މިލިގަން ކިޔާ ކުށްވެރިއެއްގެ ހަޔާތަށެވެ. ޑެނިއަލް ކީސް 1981 ވަނަ އަހަރު ލިޔެފައިވާ ނޮން-ފިކްޝަން ވާހަކަ ފޮތެއް ކަމަށްވާ "ދަ މައިންޑްސް އޮފް ބިލީ މިލިގަން" އަށް ބިނާކޮށް މި ސީރީޒް އުފެއްދީ އަކިވާ ގޯލްޑްސަމަން އެވެ.

ބިލީ މިލިގަން (ކ) އާއި ޓޮމް ހޮލެންޑް.

މި ސީރީޒްގައި ދައްކާނީ އެމެރިކާގެ މެންހަޓަން ސިޓީގައި 1971 ވަނަ އަހަރު ހިނގާ ކަންތައްތަކެކެވެ. އެ ސިޓީގެ ތަނެއްގައި ބަޑިޖެހުމުގެ ކުށުގައި އޭރު ޑެނީ ސަލިވަން (ހޮލެންޑް) ހައްޔަރުކުރެ އެވެ. އަދި އޭގެ ފަހުން ހިނގާ ތަހުގީގުގެ ތެރެއިން އޭނާ ކޮށްފައި ހުރި ކުށްތައް ކުރަން މެދުވެރިވި ސަބަބުތައް ހަނދާނެއްގެ ގޮތުގައި ގެނެސްދެ އެވެ.

ހޮލެންޑުގެ ކެރެކްޓާ ޑެނީ ބިނާކޮށްފައި ވަނީ މިލިގަން އަށެވެ. މިލިގަން އަކީ 1979 ވަނަ އަހަރު ތިން އަންހެން ކުދިން ރޭޕުކުރި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.

ޓޮމް ހޮލެންޑް: "ދަ ކްރައުޑެޑް ރޫމް" ގައި ޑެނީ ސަލިވަން ގެ ރޯލުން

"އެންޓަޓެއިންމަންޓް ވީކްލީ" އަށް ދިން އިންޓަވިއުއެއްގައި ހޮލެންޑު ބުނީ އޭނާގެ ކެރެކްޓާގެ ތެރެއަށް ވަދެވުނުލެއް ބޮޑުކަމުން، ނުވަ މަހުގެ ދިގު ޝޫޓު ނިންމާލުމަށް ފަހު އޭނާއަށް، ޑެނީ އާއި އޭނާގެ އަމިއްލަ ނަފުސު ވަކިކުރަން އުނދަގޫވި ކަމަށެވެ.

"އަހަންނަށް ޑެނީގެ ކެރެކްޓާއިން ފެންނަނީ އަހަރެންގެ އަމިއްލަ ނަފްސު، އެކަމަކު އަހަރެންގެ އަމިއްލަ ދިރިއުޅުމުގައި،" ހޮލެންޑު ބުންޏެވެ.

ޓޮމް ހޮލެންޑް: "ދަ ކްރައުޑެޑް ރޫމް" ގައި ޑެނީ ސަލިވަން ގެ ރޯލުން

އޭނާ ބުނި ގޮތުގައިި، އެއް ދުވަހަކު ޝޫޓިން ނިންމައި، ގެއަށް ދިޔަ ގޮތަށް ބޮޑު "މެންޓަލް ބްރޭކްޑައުން"އަކަށް ދިޔަ އެވެ.

"އަހަރެން ވިސްނީ އަހަރެންގެ ބޯ ބާލަން. އެއީ އެ ކެރެކްޓާ އަހަރެންގެ ގައިން ފޮހެލަންވެގެން. އެކަމަކު އެއީ ޝޫޓިންގެ މެދުތެރެއިން ކަމަށް ވުމުން އެކަން ނުކުރަން ނިންމީ. އެއީ އަހަރެން މީގެ ކުރިން ދުވަހަކު ވެސް ތަޖުރިބާ ކުރި ކަމެއް ނޫން،" ހޮލެންޑު ބުންޏެވެ.

"ދަ ކްރައުޑެޑް ރޫމް" ގެ ޓްރެއިލާގެ މަންޒަރެއް

ކޮންމެ އެޕިސޯޑެއްގައި ވެސް ގަޑިއިރެއްގެ ދިގުމިން ހުންނާނެ "ދަ ކްރައުޑެޑް ރޫމް" ގައި 10 އެޕިސޯޑު ހިމެނެ އެވެ. އެ ސީރީޒްގައި ހޮލެންޑުގެ އިތުރުން، އަމާންޑާ ސޭފްރިޑް އާއި އެމީ ރޯސަމް އާއި ސާޝާ ލޭން ފަދަ އެކްޓަރުން އުޅޭނެ އެވެ.

އެ ސީރީޒްގެ ފުރަތަމަ ތިން އެޕިސޯޑު އަންނަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ސްޓްރީމްކުރުމަށް ފަހު، ކޮންމެ ހަފުތާއަކު އެޕިސޯޑެއް ގެނެސްދޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454