އޭޑީކޭ ހޮސްޕިޓަލް: އޭދަފުށީގެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މާލެ ގެނެސް، އެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
15 މެއި 2023 - 22:19
ބ. އޭދަފުށީގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އިތުރު ފަރުވާ އަށް މިރޭ މާލެ ގެނެސްފި އެވެ.
ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 18 އަހަރުގެ ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށް އެނގިފައި ވެ އެވެ.
އިތުރު ތަފުސީލު ލިބޭ ގޮތެއް އަދި ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ހާލު ސީރިއަސްވި މި ޒުވާނާއަކީ މާޒިޔާ ސްޕޯޓްސް ކްލަބުގެ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ)ގެ ކޮއްކޮ އެވެ.
މި އެކްސިޑެންޓުގައި ދެން އަނިޔާވި 40 އަހަރުގެ މީހާއަށް މާ ބޮޑު އަނިޔާއެއް ނުލިބޭ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި، އަނިޔާވި 18 އަހަރުގެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބި، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ބެލެވެ އެވެ.
އޭދަފުށި ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ އެ ރަށުގެ ބަނދަރު މަގުގައި ކަމަށެވެ. އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ޔަގީންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންނާ އާ އާ އޯ އޯ އާ.
16 May 2023
މިހާރު ދަސްކޮއްފިން ރާގުވެސް. އޭބަލަ ކޮއްކޯ ލަވައައް. ވަރައް ބޭނުން މަހްރަޖައައް އަރަބި ދެބަސް ކިޔާލަން. ދެވަނަ ލަފުޒު 10 ސިކުންތައް ދަމާލާފަ ކިޔާނީވެސް. ބުނެބަލަ، މި ހާލަތުގަ ބޭނުންކުރާ ލަފުޒު ކޮޅު ކިޔާ ވަގުތު ޖެހިއްގެތަ؟ ހޮސްޕިޓަލުން ބުނަނީ ކީކޭތަ؟ ސަންދޯއް ތައްޔާރު ކުރަން ގާތްވެއްޖެތަ؟
ޗދެޗފރ
16 May 2023
ފުރަތަމަ ސުކުން ދަސްކުރޭ
ބުރުގާ
15 May 2023
އަޅެ އެޔޮއް ކުޑަކުޑަ ރަށުގަވެސް މިމީހުން ސައިކަލު އެދުއްވަނީ އަޑައްވުރެ ބާރެއް. ދެން މިމީހުން މާލެތެރޭ ސައިކަލު ދުއްވާނެގޮތް އަންދާޒާކޮއްލާ....... ވަރައް ފޫހިވޭ ދެން.....
އޯއް ނޯން
16 May 2023
މާލޭގައި އޮވޭތާ ސައިކަލް ދުއްވަން ޖާގަ؟ މަގުތައް ތޮއްޖެހިފައި. ގެދޮރު ތޮއްޖެހިފައި. ހަމަޖެހިގެން ފުންނޭވާއެއް ލެވޭވަރުގެ ތަނެއްގެ ވާހަކައެއްނޫން 'ބުރުގާ' ތިބުނީކީ.
ވިސްނާ ވ
15 May 2023
ސައިކަލަށް އެރޭއިރަށް ބައެއް ޒުވާނުންނަށް ހީވާކަހަލަ ތިމާ މިއީ އެންމެ ފަރިތަ މީހާއޭ ސައިކު ދުއްވަން. ބާރަށް ދުއްވުމަކީ ސަޅިކަމެއް ނޫން. ގަޓުކަމެއްވެސް ނޫން. އެއީ އެހެން މީހުންނަށް އިޚްތިރާމްނުކުރުން. އެހެންމީހުންނަށް ނުރައްކާކުރުން. މަގުމަތީގެ އަމާންކަން ނަގާލުން.
1828
15 May 2023
މިއީ ރާއްޖެތެރޭގެ ހޮސްޕިޓަލްތައް މިސަރުކާރުން އަޕްގްރޭޑް ކުރީމައި ލިބޭ ފައިދާ. ނުޖެހޭނެ އިތުރު ފަރުވާއަށް މާލެ ގެންދާކަށް. މިނޫން ދުވަހެއް ރާއްޖެތެރޭ މީހުން ދުވަހަކުވެސް ނުދެކޭނެ. ސަބަބަކީ މާކުރިންސިރެއް ސިޔާސަތު ބައްޓަންކޮށްފައިވަނީ މާލެއަށް އަރަންޖެހޭ ގޮތަށް. މާލޭގެ ކުލީ ވިޔަފާރިން، މާލޭ މީހުންނަށް 'އީޒީ މަނީ' މޭކް ކުރެވޭނެ ގޮތަށް. އެކަން ތަންފީޒް ކުރަނީ ރާއްޖެތެރޭ މީހުން މާލެއަރަން މަޖުބޫރުކޮށްގެން. މިނޫން ދުވަހެއް ދައްކަވާށި. އާމީން.
ޢަރުތަ
16 May 2023
ރާއްޖޭތެރޭ ހޮސްޕިޓަލްތައް މިސަރުކާރުން ނުޖެހޭނެ އަޕްގްރޭޑް ކުރާކަށް، ކުރީ ސަރުކާރުން އޮންނާނީ ތިހުރިހާ ކަމެއް ކޮށްފަ، ކޮންމެ ގެއަކަށް އާއިލީ ޑޮކްޓަރުންވެސް ފޮނުވާ ތިބޭނެ، އެހެންވެގެން ރައްޔިތުން ނުކުމެ ހޯހޯއޭ ދެން ހެވޭ ބުނީ.
ސުން
16 May 2023
ސްޕެޝަލިސްޓް ކޮންސަލްޓޭޝަނަކީ 3 މީހުން އުޅޭ ރަށްރަށުގައި ފިޒިކަލީ ދެވޭނެ ޚިދުމަތެއްނޫން. ތިފަދަ ކޭސްތައް އޮންލައިން ކޮންސަލްޓެންސީގައި ނިންމޭކަށް ނޯންނާނެ.
1828
16 May 2023
ސުން. ނުބުނަމޭ 500 މީހުންގެ އާބާދީއަކަށް ސްޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ހަމަޖައްސާކަށް. މިކިޔަނީ ރާއްޖެތެރެ މީހުންނަށް މާލެ ނޫން އެހެން ގޮތެއް ހޯދައިދޭން ޖެހެއޭ. މާލެ ނޫން ތަނެއް ތަރައްޤީ ނުކުރަނީ ކުރިން މިބުނި ކަންކަން ކޮށްދޭން ޖެހިދާނެތީ. ޢަރުތަ ކުރިން ސަރުކާރު ގިނަ ދިވެހި ރައްޔިތުން ބަދަލުކުރީ ކަމުނުދާތީ. ދެން އެސަރުކާރުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. މިސަރުކާރުން އެކިޔަނީ ޚިދުމަތް ލިބޭނެއޭ (މާލެނަރާ) ރަށްފުށުން. މަރުވާން ދާން މިޖެހެނީ މާލެ