ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި އެ ކޯލިޝަންގެ ޕީޖީ ގުރޫޕްގެ ބައެއް މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް
23 މެއި 2023 - 18:08
ސަރުކާރާ އިދިކޮޅު ހަރަކާތް ވަރުގަދަ ކުރަން ބޭނުންވާތީ ކަމަށް ބުނެ، މެމްބަރުން އެންމެ ގިނަ އިދިކޮޅު ހަރަކާތް ޕީޕީއެމް/ޕީއެންސީއާ ގުޅެން ބޭނުންވާ ޕާޓީތަކާއި މެމްބަރުންނަށް އެ ކޯލިޝަންގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ ގުރޫޕް) އިން މިއަދު ދައުވަތު ދީފި އެވެ.
"ރައްޔިތުންގެ މަޖިލިހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ކުރެވެން ހުރި މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، ޕީޕީއެމް/ޕީއެންސީގެ ޕީޖީ ގުރޫޕާ ގުޅިގެން އެކުގައި މަސައްކަތް ކުރަން ބޭނުންވާ އެންމެހައި މެމްބަރުންނަށާއި ޕާޓީތަކަށް ދައުވަތު އަރުވަން،" އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން މިއަދު ކުރި ޓުވީޓެއްގައި ވެ އެވެ.
އެ ޕާޓީން އެހެން ބުނީ، ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމާ އެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްގެ ތަރުޖަމާން، އަފްޝަން ލަތީފް އިއްޔެ ވިދާޅުވުމުން، ކޯލިޝަންގެ ސުވާލު އުފެދިފައިވަނިކޮށެވެ. އެ ސުވާލު އުފެދުނީ ދަ ޑިމޮކްރެޓްސްގެ ވެސް ކެންޑިޑޭޓަކު ނެރޭނެކަން އެ ހަރަކާތުން އިއުލާން ކޮށްފައިވާއިރު، ޕީޕީއެމާއި ޖޭޕީގެ ވެސް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާފައި ވާތީ އެވެ.
ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ޕީޕީއެމް/ޕީއެންސީގެ 8 މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު އެހެން މެމްބަރުންނަށާއި އެހެން ޕާޓީތަކަށް މި ހުޅުވައިލީ އަފްޝަންގެ ވާހަކަތަކާ ގުޅިގެން މީޑިއާ އިން ސުވާލު ކުރިޔަސް އެ ކޯލިޝަންގެ ލީޑަޝިޕުން ޖަވާބެއް ނުދީ ތިބުމަށް ފަހު އެވެ. އަފްޝަންގެ ވާހަކަތަކަށް އެ ލީޑަޝިޕުން އަދިވެސް ސީދާކޮށް ވަކި ޖަވާބެއް ނުދެ އެވެ.
ސަރުކާރާ އިދިކޮޅު އެހެން ފަރާތްތަކާ ގުޅިގެން ޕީޕީއެމް/ޕީއެންސީން މިހާރު މަސައްކަތް ކުރަނީ ޗާގޯސްގެ މައްސަލާގައި އުފައްދާފައިވާ ޕްލެޓްފޯމުގަ އެވެ. ޗާގޮސްގެ މައްސަލާގައި ސަރުކާރުން އެޅި ފިޔަވަޅާ ދެކޮޅަށް އެކުގައި މަސައްކަތް ކުރަނީ ޕީޕީއެމް/ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި ނަޝީދުގެ ފެކްޝަނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރު އަދި އާއިޝަތު އާޒިމާ ޝަކޫރެވެ.
އިތުރު ސިޔާސީ މަސައްކަތެއް ކުރާ ކަމަކަށް އަދި އެ ބޭފުޅުން ވިދާޅެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރަމެޓިކް
24 May 2023
އަދުރޭމީ ހާދަ ޖަންކީ ގޮލައެކޭ........
ގޮއްޔެ
24 May 2023
ނުފޯރާ ފޮތިން ފޫނުގަޅާ!
އިވާން ޖަމީލް
24 May 2023
ރައްޔިތުން ނިކުމެ ޔާމީން ބަލިކޮށްފިއޭ އަދި ޖަޒީރާ ރައީސެއް ހޮވައިދީފިޔޭ
އަންޑޭ
24 May 2023
8 މަޖުލިސް މެންބަރުންގެ ބޮޑު ބިޔަ ކޯލިޝަނާ ގުޅެންވީ 17 މަޖުލިސް މެންބަރުން؟ އަންނި އެކަނިވެސް 13 މެންބަރުން އެބަ ގެންގުޅޭ! ތިޔަ ދެ ބައި މީހުން ވެރިކަމަށް ހިފާވަރުން ތެލާ ފެނާ އެކުވިޔަސް ތިޔަ ދެބައި މީހުން އެކެއް ނުވާނެ. މިދާމަގުން ކަންތައްތައް ދަންޏާ އިބޫ ފަސޭހަކަމާ އެކު 2023 ނަގާނެ.
ހަސަންކާރު
24 May 2023
ތިޔަ ގޮވަނީ ބޮއްކުރާ ދޮށަށް އޮޑި ކަނބަންތަ؟؟ އެންމެ 8 އެމްޕީ މިގޮވަނީ 13 އެމްޕީންނަށް އެމީހުންނާ ގުޅެން އަންނާށޭ؟؟
ވާވާ
24 May 2023
ޕީޕީއެމް ގައި ތިބީ އެންމެ 5 ވަރަކަށް އެމްޕީސް! އަންނިގެ ދަ ޑިމޮކްރަޓްސްގަ ވެސް ތިޔައްވުރެ ގިނަ! ތިވަރުން ކިހިނެއް ކަލޭމެންގެ ފަހަތަށް އެހެން ބަޔަކު އަރާނީ؟
ހަސަނު
24 May 2023
ލޮލް
މަ ބުނީ
24 May 2023
މަ ބުނީ ޖުހާ ވެސް ތިބާވަތުގެ ކަމެއް ނުކުރޭ ! 6 މީހުންނާ އި ، ފަޅި ހިމެނޭ ކުރޫޕަކުން ބޮޑު ބިޔަ ލަސްކަރަށް ތިޔަ ގޮވަނީ ތިމައްނާމެންގެ ފަހަތަށް އަ ރާ ށޭ !
ޢަރުތަ
23 May 2023
"އަފްޝަންގެ ވާހަކަތަކަށް އެ ލީޑަޝިޕުން އަދިވެސް ސީދާކޮށް ވަކި ޖަވާބެއް ނުދެ އެވެ". ޕްރޮފެސަރުމެން ހާދަ ފިނޑިއޭދޯ، ތިވަރުގެ މީހުން ތިއުޅެނީ ޖަލުގަ އޮތް ގައިދީއަކު މިނިވަން ނުކުރެވިގެން!
ހައްވައްތަ
23 May 2023
އެއްކަމެއްވެސް ކޮޅެއްގަ ޖެހޭވަރު ވޭތަ ކަލޭމެންނަށް. ރ.ޔަމީނު ޖަލުގަ ބާއްވާފަ ތިއުޅެނީ ފޯޅަވަހިކޯލިޝަން އޭ ކިޔައިގެން ޕާރޓީ ހަލާކުކުރަން. ކޮޅެއް މެދެއް ވަތްކެއް ނުވޭ މިހާރު އާންމު މެމްބަރުންނަކަށް.