ޑިމޮކްރެޓްސްއަށް ސޮއި ކުރި 3،500 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަނާ ހަސަން ލަތީފް ހަވާލުކުރައްވަނީ. -ފޮޓޯ: މިހާރު
06 ޖޫން 2023 - 09:03
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އުފައްދަން މަސައްކަތް ކުރާ ޕާޓީ އަށް ސޮއިކުރި މީހުންނަށް ސަރުކާރުން ބިރު ދައްކާ ކަމަށް ބުނެ، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ބޮޑު ނާކާމިޔާބީ އަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަންގެ ޑިމޮކްރެޓްސް އަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓުގައި އާންމުނުކުރަނީސް، އެ ލިސްޓު ލީކުވި މައްސަލައެއް ޑިމޮކްރެޓްސް އިން ވަނީ އެ ކޮމިޝަނަށާއި ފުލުހުންނަށް ވެސް ކުރިން ހުށަހަޅައިފަ އެވެ.
އެކަމާ ގުޅުވައި ހަސަން މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، މި މަހުގެ އެއް ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު ސަރުކާރުން "ވަގަށް ހޯދައި" އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީހުންނަށް ގުޅައި، ބިރު ދައްކަމުންދާ ކަމަށެވެ.
"ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަޑައިގަންނަވަނީ އެ މުޑުދާރު އަމަލު ހިންގަވަމުންނެވެ،" އެމްޑީޕީގެ ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ހަސަން ހުށަހެޅުއްވި މައްސަލާގައި ވެ އެވެ.
ސްޓޫޑެންޓް ލޯނާއި ގޯތި ނުވަތަ ފްލެޓަށް އެދިފައިވޭތޯ ބެލުމަށް ފަހު، އެކަން ބޭނުންވާ ނަމަ، ޑިމޮކްރެޓްސް އަށް ކުރި ސޮއި އަނބުރާ ގެންދިއުމަށް ބުނެ އިންޒާރު ދެމުންދާ ކަމަށް ވެސް ހަސަން ތުހުމަތު ކުރެއްވި އެވެ.
ހަސަންގެ މައްސަލާގައި ތުހުމަތު ކުރެއްވި ގޮތުގައި އެ އަމަލުތައް ހިންގުމުގައި އިސްކޮށް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ހަސަން ވިދާޅުވީ، އެއީ އެމްޑީޕީ އުފެދުނު ނުދިނުމަށް އޭރު އޮތް ސަރުކާރުން އެ ޕާޓީ އަށް ސޮއި ކުރި މީހުންނަށް ކުރިމަތިކުރުވި ފަދަ ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ.
"...އެ އަނިޔާވެރި ނާތަހުޒީބު އަމަލުތަކާއި ބިރު ދެއްކުމުގެ މަސައްކަތް މިއަދު ހިންގަވަމުން އެ ގެންދަވަނީ އެމްޑީޕީގެ އެތައް ހާސް މައުސޫމް މެމްބަރުންގެ ނަމުގައި އުފެދިފައި އޮތް ސަރުކާރެއްގައި ހުންނެވި އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވާތީ އެވެ،" އެ މައްސަލާގައި ބުންޏެވެ.
ސަރުކާރުގެ ބިރުދެއްކުމުގެ އަމަލުތަކާ އެކު ވެސް، ޑިމޮކްރެޓްސް އަށް ސޮއިކުރި މެމްބަރުން ސާބިތުކަމާ އެކު ތިބުމަށް ހަސަން އެދިވަޑައިގަތެވެ.
ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 3،500 މެމްބަރުންގެ ފޯމު އީސީ އަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ލިސްޓު ލީކުވި ކަމަށް ތުހުމަތުކޮށް، ޑިމޮކްރެޓްސް އިން ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މެމްބަރުންގެ ލިސްޓު އާންމުކުރުމުގައި އީސީން އަމަލުކުރަން ޖެހޭ އުސޫލެއް އޮންނަ ކަމަށެވެ. އެ އުސޫލުގެ ތެރެއިން އެ މައުލޫމާތު އާންމުކުރަން ޖެހެނީ އެ ކޮމިޝަންގެ ވެބްސައިޓްގައި ކަމަށް ވިދާޅުވި އެވެ. އެކަމަކު، ވެބްސައިޓުގައި އާންމުކުރުމުގެ ކުރިން، ބައެއް އާންމު މެމްބަރުންގެ އަތުގައި މިހާރު އެ ލިސްޓު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ލީކުވި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
07 June 2023
ޗާބީދީގެން ގެންގުޅޭ ކުދިންކޮޅެއް، ބޮޑު ސްޓޯރީއެއް ހަދާލީ. ތިހުންނަނީ އަންނި ޖައްސާ ސްޓަންޓް.
ޖައިސާމް
06 June 2023
ޔަގީން އަންނި އަނބުރާ ގޭސްގަނޑެއްކަން. މިގައުމުގަ އެމީހަކު ތާއީދުކުރާ ޕާޓީއަކަށް ވުމަށް މިނިވަންކަން އޮވޭ.
އިބިރަހިމާ
06 June 2023
ކޮބާތަ އަމިއްލައަށް އޮނަރަބަލް ވެގެން އުޅޭ އަފީފު ދީދީ. އޭނާ ކޮމެންޓެއް ކުރީމަ ނޫނީ އެހެން މީހަކު ކޮމެންޓެއް ކުރަން ހެޔޮނުވާނެ. ނޫނޭ ވާ ލައްކަ މަތީމީހެއް.
ވައިސްތަބުރަގު
06 June 2023
ފިކުރެއްގެ ދިރުމަށް ސޮއިކުރި 50،000 މީހުން ތިބީ އާސަހަރާ ބިމު އަޑީގަތޯ؟
އަޙުމަދު.
07 June 2023
އެއީ ލޮނުމިދު ފިކުރު، ވާނީ ހުލި. ޕްރައިމަރީގަ ނުހޮވުނީމަ ބޮލުރޮދި ކެނޑުނީމަ ތިހުރިޙާ ފިކުރެއްވެސް ނިކުމެގެން ތިއުޅެނީ،
އަޅޭދެންދޯ
06 June 2023
ދަ ޑްރާމާ ކުއީސް!
ފޯޅަވަހި
06 June 2023
ޢަހަރެން އަމިއްލަ އަށް ވެގެން އުޅެނީ "މަންޑޭލާ" އަށް، ޑިމޮކްރަސީގެ އައްޕައަށް، އަހަރެންނަކީ ވެރިކަން ކުރި މީހެއް، އަހަރެންނަކީ ދައުރު ނުނިމެނީސް އިސްތިއުފާދިން ފުރަތަމަ ރައީސް، އަހަރެންނަކީ ކޮމޭޑިއަން އެއް، އަހަރެންނަކީ މިހާރުގެ މަޖްލިސް ރައިސް،...، މިހާރު މީހުން އަހަންނައް ކިޔަނީ 'މުގާބޭ"....އަސްލު އަހަރެންނަކީ ކާކު؟؟؟؟!!!
ރައްޔިތުމީހާގެބަސް
06 June 2023
ތިއީ ކަލޭމެން ޗަރުކޭސް ކުޅެންވެގެން ރައްޔިތުންގެ ޓެކްސްފައިސާއިން މުސާރަނަގައިގެން ވަދެތިބޭ މަޖިލީހެއްނުން، ކަލޭމެން ބޭނުންއެއްޗެއް ވައްދާފަ ކަލޭމެން ބޭނުން އެއްޗެއް ހަމަ ނެރެންވީނުން، ހިތާމައަކީ ތިމަންނަމެންނީ މީ މާ ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ ވަފާތެރިންނޭ ބުނާތީ، ތިޗަރުކޭސްކުޅެން ތިތާތިބެގެން ތިނަގާ ބޮޑު މުސާރައާއިމެދު ސުވާލުކުރެވޭނެ ދުވަހެއް އަދި އައްނާނެކަން ހަނދާންކޮށްލުމަކީވެސް ނެތްކަމެއްނޫން
ގެދާނޯމޮސް
06 June 2023
ބޯވަދިލަ މަހެއް ދެޕާޓީ އަށް ބިރުދެއްކުން މީ ހައްލެއް އޮތްކަމެއް ނޫނެވެ. އެސޮރަކީ ކުލަބަދަލުކުރާ ދެކޮޅަށް ދުވާއެއްޗެކެވެ.
އަސްލު...
06 June 2023
މީހުން ސޮއި ނުކުރާތީ ދޮގުވާހަކަފަތުރަނީ، މިއަދުމަޖިލީހުގައި އަމަލުކުރިޚުދުމުހުތާރު އަމަލުފެނުމުންވެސް އަޅުގަނޑުމެން ފޫހިވެއްޖެ...
އަލިބެއްޔާ، އެކުވެރިސުވައިދީބް
06 June 2023
ދިވެހި ކޮންމެ ރައްޔިތަކުވެސް އެމީހަކު ބޭނުން ޕާޓީއަކަށް ސޮއިކޮށް ތާއީދު ކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެކެވެ. ބިރު ދައްކައި މަޖުބޫރުން ކަންކަން ކުރުވުމަކީ ޖަންގަލީގެ އުސޫލެވެ.