22 ޖޫން 2023 - 12:07
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވުމަކީ އެމްޑީޕީގެ ނިމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ސިފަކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ނަޝީދު ކުރައްވަން އޮތް މަސައްކަތް އެމްޑީޕީއާ ހިސާބުން ނުނިމޭ ކަމަށާއި އެއީ ލިބިވަޑައިގަންނަވާ ހިތްވަރެއް ކަމަށެވެ.
"...އަޅުގަނޑަށް ދެން އެނގޭ ހަގީގަތަކީ މިއީ އެމްޑީޕީގެ ނިމުން. މިއީ އެމްޑީޕީގެ ނިމުން،" އީވާ ވިދާޅުވި އެވެ.
އޭނާ ދެން ވަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އެމްޑީޕީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ވެއްޓިގެންދާނެ މިންވަރު ސިފަކުރައްވަން މަލާމާތެއް ކުރައްވައިފަ އެވެ.
"އަޅުގަނޑަށް ލަފާކުރެވެނީ އަންނަ އަހަރު މި ދުވަސްކޮޅު ބަލާލާއިރު، އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައި ހެން،" އީވާ ވިދާޅުވި އެވެ.
އީވާ އިޝާރާތްކުރެއްވީ ރާއްޖޭގައި އޭރު އޮތް އެންމެ ބޮޑު ޕާޓީ ޑީއާރުޕީ ފަނޑުވަމުން ގޮސް، އެ ޕާޓީ އުވާލުމާ ހަމައަށް އެ ޕާޓީގެ ޗެއާމަންގެ ގޮތުގައި ޖާބިރު ހުންނެވި މާޒީއަށެވެ.
އަޅުގަނޑަށް ލަފާކުރެވެނީ އަންނަ އަހަރު މި ދުވަސްކޮޅު ބަލާލާއިރު، އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައި ހެން: އީވާ
އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެ މަނިކުފާނު އެމްޑީޕީގަ އާއި ވެރިކަމުގައި ހުންނަވަނީ "ފައިސާ ބައްސަވައިގެން" ކަމަށާއި ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބަޗާނެ އިނގޭތޯ. މަގުމަތިވާނީ ފަހަތުން މި އުޅުއްވާ ބޭފުޅުން،" އީވާ ވިދާޅުވި އެވެ.
އީވާއާ އެކު އެމްޑީޕީގައި ތިއްބެވި މަޖިލިސްގެ 13 މެމްބަރުން އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. އަދި އިއްޔެ ނަޝީދުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޑި
23 June 2023
އަދި ކިރިޔާ މި ދަޑި މޮކް ރެޓުންންނަކީ ކޮންބައެއްކަން މިއެނގެންފެށީ. މިއުޅެނީ އަޅެފަހެ ރާއްޖެތެރޭ މީހުންނާ ބަނޑުމުސާރަޔަށް ބައްދަންތަ.
ޢީވާ ގެ ޑިމޮކްރެސީ އަކީ އަންނިބެ
23 June 2023
ދަޑިމޮކްރެޓްސް ހިންގޭނީވެސް އުޅެވޭނީވެސް އަންނި އާ އީވާ ބުނާގޮތް ހަދާމީހުނަށް. ޒުވާނުން ވާވައްދަން ވަރަށް ޑިމޮކްރެޓިކް ކަމަށް ދެއްކިގެން އުޅެދާނެ. ޢެކަމު އެމީހުން ހިތްނުރުހޭ އެކަކުވެސް މަޤާމެއްގަ ނުބަހައްޓާނެ. ދަޑިމޮކްރެޓްސް ވާނީ އަންނިއާ އީވާ އެޅިހާ ބަތަކަށް ރިހަ ޕާޓީއަކަށް. ބަލަންތިބޭ.
އާވަސް
22 June 2023
އަގަ ތަޅައިގެން ކައިގެން ބޮއެގެން އުޅޭ މީހުން އީވާމެން މީ. އަބަދުވެސް ކޮންމެވެސް ހެޑްލައިން އަކަށް އަރަން އުޅޭނީ.
ގިނި
22 June 2023
ޑިމޮކްރަސީ = ހަވާ ނަފްސު
ބަލްގާ
22 June 2023
ތަމޮޔަ ނުގޮވާ. މިގައުމަކީ އައްނި އާއި ތަމަމެންނަށްވުރެ ބޮނޑޮއް. އެމްޑީޕީ ކުރިޔަށް. ދިވެހިރާއްޖެ ދިވެހިންނަށް.
އަސްލު އީވާ
22 June 2023
ފަމެލީތެރޭގަތިބި 10 ޒުވާނުންބޭނުން ކޮއްގެން ތިމައްނަމެން މީ ޒުވާނުންގެ ޕާޓީޔޭ ބުނީމަ ޒުވާނުންގެ ޕާޓީޔަށް ކަށް ނުވާނެ. ތިޔަޕާޓިގަ ފުރުތަމަ އުފައްދަން ފޯމުލީވެސް 1990 ގަވެސް ހަމަ ޒުވާން ޕޮލިޓީޝަން ކިޔައިގެން އުޅުނު ހަސަންކޮ، ކަމަނާޔަކީ ހަމަ 1990 ސުމެއްސުރެ ހަމަ އެެކަނި ގަލޮޅުގެ ޕޮލިޓީޝަން. ޔޫތޭ ކިޔައިގެން ކަމަނާ ކޮންމެ އެއްޗެއްކިޔަސް ވޭތުވެދިޔަ 20 އަހަރު ކަމަނާ ތިމައްނަޔާ ތިމަންނަގެ ފެރެންޑުސް އަދި ފެމިލީ މީހަކު ނޫން މީހަކަ ކަމަނާ ފުރުސަތެެއް ނުދޭ
ައަސްލު
22 June 2023
ގައުމެއްގެ އެންމެ މަތީ ޕޮޮލިސީ ހިންގަން ޒުވާނުން ތިބި ގައުމެއް ވިދާޅުވެ ދެއްވަފާނަންތޯ. ޕޮލިޓިކްސް ގައި އުޅެމުން، އެދާއިރާއިން ކިޔަވަމުން ތަޖުރިބާ ހޯދަމުން ގޮސް ޒުވާނެއްގެ ދައުރު ނިމެންދެން އެދާއިރާގައި އުޅެމުންގޮސް ދެން ބޮޑު މީހަކަށް ވީމަ ތަޖުރިބާއާއި އެކު ސިޔާސީ ދާއިރާގެ ހަރު ވަޒީފާ އަދާކުރެވޭނީ. މަޖްލިސް މެމްބަރު ވިޔަސް ވަޒީރަކަށް ވިޔަސް. ޒުވާނުން ޒުވާނުން ކިޔަސް ކަމަކުނުދާނެ. ކުޑަކޮށް ދުނިޔެވެސް ބަލަންޖެހޭ
ހަސޮ
22 June 2023
އީވާމެންގެ އަސްލުސޫރަ މިހާރު ފެންނަނީ. އީވާ ޔާމީނުގޮވައިގެން އިންތިޚާބަށް ނިކުންނަންވީނު.
ސްމާ
22 June 2023
އީވާ އެބުނީ ހަމަ ރަނގަޅަށް! އެމްޑި÷ީ އެއް ދެނެއް ނޯންނާނެ! 2024 މަޖުލިސް އިންތިޚާބަށް ބަލަމާ!
ހަސޯ
22 June 2023
ސްމާ ލައިކްސް ލިބިފަހުރިގޮތަށް ބަލާލަބަލަ.
އަސަ
22 June 2023
އީވާ އެބުނީ ހަމަ ތެދެއް. އެމްޑީޕީ އުފެދުނީ އެކެއްގެ މުށުތެރޭ ހުރިހާކަމެއް އޮތް އޮތުން ނައްތާލާ، އެކެއްގެ ވަށައިގެން ހުރިހާ މުއައްސަސާއެއް އޮތް އޮތުން ނިމުމަކަށް ގެނައުމަށް. ނަޝީދުގެ ވެސް ހުރިހާކަމެއް ފުރިހަމައެއްނޫން. އެހެންނަމަވެސް މިހާރު މިހިނގާ އެމްޑީޕީ ހިނގާގޮތަށް ނަޝީދު ދުވަހަކުވެސް ކަމެއް ހިންގިކަމަކަށްފެންނާކަށް ނެތް. މި ދެންނެވި ފިކުރާއި ދުރުވީމަ ދެން ތިޔަ ޕާރޓީ ތިޔަ ނިމުނީ. ނަޝީދު ފަހަތައް އަރާވަރަށް މީހުން އަދިވެސް ގިނަ ވާނީ
ހަސަނު
22 June 2023
ބަޗާ އިރު ފަހަތުގާ ތިބޭ މީހުން ބާކީވިއަސް މިއަދު އެވެރިންނަށް ލައްކަ ލާރި ލިބޭ.. އަދި ކޮބާ, ތިމާގެ މީހަކު ކިތަންން ބޮޑު ކުށެއް ކޮށްގެން ޖަލަށްލާފައި ހުއްޓަސް ރައީސް ގެ ހާއްސަ އަފުއާމުގެ ދަށުން އެހެރަގެން ދަނީ މިނިވަން ވެގެން.. އެހެންވިމާ ފަހުން ބާކީ ވިއަސް ނެތްތާ މައްސަލައެއް..
ބޮޑުމީހާ
22 June 2023
އިންސާފާއި އަދުލުގެ ނިޒާމް ނެތްތަނެއް ދާނީ ފަަހަތަށް. އެމްޑީޕީވެސް ޑިމޮކްރެޓްަަްސް ވިޔަސަ މިކަން އޮތީ މިހެން.