ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މި ބުރު މާލޭ މީހުންނަށް 6،200 ގޯތި ދޭނެ، އަންނަ މަހު ގޯތި ހަވާލުކުރާނެ: ރައީސް

ސަރުކާރުން ޕްލޭންކޮށްފައި ވަނީ ހުޅުމާލެއިން 2،200 ގޯތި، ގުޅިފަޅުން 2،000 ގޯތި އަދި ގިރާވަރު ފަޅުން 2،000 ގޯތި ދިނުމަށް.

ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕްލޭނިން މިނިސްޓަރު އަހްމަދު އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މި ބުރުގައި މުޅި ޖުމްލަ 6،200 ގޯތި ދޭން ނިންމައި، އަންނަ މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކ. ގުޅިފަޅުން އިތުރު ބިން ހިއްކަން ފެށުމުގެ ގޮތުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދިނުމަށް ބިން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ބިމުން 2،200 ގޯތި ދޭނެ އެވެ. ގުޅިފަޅުން މަދުވެގެން 2،000 ގޯތި ދޭނެ އެވެ. އަދި ގިރާވަރު ފަޅު ހިއްކައިގެން ވެސް 2،000 ގޯތި ދޭނެ އެވެ.

ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ބޭނުންވާ ބިމުގެ އެއް ބައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު އޮތީ ހަމަޖެހިފައި: ރައީސް

"މިއީ ކުރިން ދުވަހު މިނިސްޓަރު އަސްލަމް ވިދާޅުވި އަދަދަށް ވުރެ ވެސް ކުޑަތަންކޮޅެއް އިތުރު އަދަދެއް،" ރައީސް ވިދާޅުވި އެވެ.

"ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ބޭނުންވާ ބިމުގެ އެއް ބައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު އޮތީ ހަމަޖެހިފައި. މި ސްކީމަށް ބޭނުންވާ އިތުރު ބިން ހަލުވި ދުވެއްޔެއްގައި އެ އަންނަނީ ގިރާވަރު ފަޅުގައި އިތުރުވަމުން. މިއަދު އަޅުގަނޑުމެން މި ފަށަނީ ގުޅިފަޅުގެ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫއު،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ފުރަތަމަ އިއުލާންކުރީ 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް، ފަހުން ރައީސް ވިދާޅުވެފައި ވަނީ ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނެ ކަމަށެވެ. މި ބުރު ފޯމު ހުށަހެޅި މީހުންގެ ތެރޭގައި ގޯތި ލިބޭ 10،000 ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕްލޭނިން މިނިސްޓަރު އަހްމަދު އަސްލަމް އެ މަޝްރޫއު ފައްޓަވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ގުޅިފަޅުގައި މިހާރު ހިއްކާފައި އޮތް 68 ހެކްޓަރުގެ އިތުރުން 150 ހެކްޓަރު ހިއްކަން ވަނީ ނިންމައިފަ އެވެ. އެއާއެކު ގުޅިފަޅުގައި 218 ހެކްޓަރު ބިން އޮންނާނެ އެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެވެ. ބިޑަކާ ނުލައި ބޮސްކާލިސްއާ އެ ޕްރޮޖެކްޓް ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެ ޕްރޮޖެކްޓަށް ދެ ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުއަށް ފައިނޭސް ކުރަނީ ޔޫރަޕްގެ ދެ ބޭންކް ކަމަށްވާ އެބީއެން އަމްރޯ ބޭންކާއި އޭކޭއޭ ބޭންކުންނެވެ.

ގުޅިފަޅުން ހިއްކާ ބިމުގެ ބައެއް، މާލޭގެ ޕޯޓު އެ ރަށަށް ބަދަލުކުރުމަށް ވެސް ބޭނުންކުރާ ގޮތަށް މާސްޓަޕްލޭން އޮތީ އެކުލަވާލައިފަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، ގުޅިފަޅު ވާނީ މާލެ ސަރަހައްދުގެ އިގްތިސާދީ ހަބަކަށެވެ.

136 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 3%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

04 July 2023

https://mihaaru.com/report/92221 މި ޚަބަރު ބުނާ ގޮތުން ގުޅިފަޅު ހިއްކައިގެން އެންމެ ގިނި ވިޔަސް ދެވޭނީ 750 އފ ގެ 1200 ގޯތި( ޖުމްލަ 9 ލައްކަ އފ). އެކަމަކު މިހާރު އެބަ ބުނޭ 2000 (ޖުމްލަ 1.5 މލ. އފ) ގޯތި ދޭން. ހިއްކަނީ 150 ހެކްޓަރު (16 މ އފ). މިހާ ހ-މާލެ ގޯތީގެ ސައިޒުން (1250 އފ) ބަލާނަމަ 1200 ގޯތި އެއީ 1.5 މލ. އފ އަދި 2000 ގޯތި އެއީ 2.5 މލ. އފ. ބަނދަރު ވެސް އެ ރަށުގައި. 2000 ގޯތީގައި ލައްކައެއް ނުވަތަ ދޮޅުލައްކައެއް ހާ މީހުން އާބާދު ވާނެ.

The name is already taken The name is available. Register?

އިންސާފް

04 July 2023

މާލޭ މީހުންނައް ގޯތި ދޭނެކަމެއްނެތް ހުރިހާރަށެއްގެ މީހުންނައް ދޭންވީ ގޯތިވެސް ފުލެޓުވެސް،މާލޭގަ އުޅޭނީ ހުސްމުއްސަނދިން ހުޅުމާލެ އެއީ ހުރިހާރަށެއްގެ މީހުންނައް ގޯތިދޭން ހެދިތަނެއް،ރައްރަށުގަ އުޅޭ އެންމެންނަކީ ވަރައް ނިކަމެތި ބައެއް،ހުރިހާރަށެއްބާއްވާ އެމީހުން އީދުޗުއްޓީއައް ދާން.ހުޅުމާލެއެއީ ރައްރަށުމީހުންގެ ތަނެއް.

The name is already taken The name is available. Register?

ސުން

04 July 2023

ނުދޭނެ. ހުޅުމާލޭން ޔާމީނު ހިއްކާފައި އޮތްތަނުން އެމްޑީޕީގެ އިސް 500 އެއްހައި މީހުންނަށް ގޯތި ދޭން ކިޔާހައި އެއްޗެތި ތިއީ. އެމީހުންނަށް ތިގޯތިތައް ބަހާލާނެ.

The name is already taken The name is available. Register?

ޅޮސްބެ

03 July 2023

ގަޓު އިބޫ! ދެވަނަ ދައުރެއް ހައްގު

The name is already taken The name is available. Register?

ފޫހި

03 July 2023

ނޯ ގޯތި ނޯ ވޯޓް. ދަރަޖަ ތަފާތުކުރިލެއް ބޮޑުކަމުން އަހަރެން މިހުރީ ހައިރާންވެފަ. ކުރިއަށް އޮތް 50 އހަރަށް މާލޭގެ ޒުވާންޖީލު އަށް ތަނަވަސްކަން ހޯދައިދިނުމަށް ބިންދީފި. އަތޮޅުތެރޭގެ ޒުވާންޖީލު ކުލީގެ އަޅުންނަށް ހަދައި ދީފި. ފްލެޓަކީ ވެސް ހަމަ ކުލި. ޝުކުރިއްޔާ ރައީސް.

The name is already taken The name is available. Register?

ނޯ ގޯތި ނޯ ވޯޓު - ހަކުރުދޫ

03 July 2023

ސާބަހޭ އެބަ ރަނގަޅުވޭ

The name is already taken The name is available. Register?

ނަރުދޫ

03 July 2023

ނޯ ގޯތި ނޯ ވޯޓު

The name is already taken The name is available. Register?

ރެޑޯ

03 July 2023

މާލެ ބޭޅުންގެ ނަށާ ޕާޓީގެ ޕިއޯން ބައި ނޯ ގޯތި ނޯ ވޯޓު - ރާއްޖެތެރެ މީހާ

The name is already taken The name is available. Register?

ފަރަހަނާޒް

03 July 2023

ކުލީގެ ގަނަތެޅޭ އެންމެންގެ ނުރުހުމާއި ބަދުދުއާ އަބަދަށް ލިބޭނެ ކަމެއް

The name is already taken The name is available. Register?

ނިކަމެތި

03 July 2023

އެހެންވީމާ 6200 މީހުންގެ ވޯޓުން ވެރިކަމަށް އާދޭ

The name is already taken The name is available. Register?

އަސްލަމްޓެ

03 July 2023

ދަރިންގެ ދަރިން ކުލީގެ އަޅުވެތިކަމަށް މަޖުބޫރުކުރި އިބްރާހީމަށް މަށާ އަހަރެންގެ މުޅި އާއިލާގެ ވޯޓްވެސް ހަރާން

The name is already taken The name is available. Register?

ހަސީމާ އަލީ

03 July 2023

މިއަށް ވުރެ ވަކިން ބޮޑު ބޭއިންސާފެއް އަނިޔާވެރިކަމެއް ރާއްޖެ އަދި ނުދެކޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454