ހުވަދޫ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
30 އޯގަސްޓް 2023 - 20:51
މުޅި ރާއްޖެ ގުޅާލަން މި ސަރުކާރުން ހިންގާ އާރުޓީއެލްއަކީ "ބޮޑު ދަތުރު"ގެ ގޮތުގައި ސިފަކުރައްވައި ކާމިޔާބީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ދެއްކެވީ ކުޑަ މިސާލަކުންނެވެ. ހުވަދު އަތޮޅުގެ 21 ރަށް ގުޅާލުން ރަސްމީކޮށް ފާހަގަކުރަން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ 2،500ރ. އަށް ކުރަމުން އައި ދަތުރު މިހާރު ވަނީ 125ރ. އަށް ކުޑަވެ އާއްމު މީހާގެ ޖީބަށް ލުއިވެފައި ކަމަށެވެ.
"މިއީ ބޮޑު އަތޮޅެއް، ވަރަށް ގިނަ ފަހަރަށް ގަދަވޭ، އެތެރެވަރިއަކީ ގަދަތަނެއް. ރަށާ ހަމައަށް ދެވޭއިރު ހުންނަނީ އުނަގަނޑުގައި ރިއްސާފައި. 2000-2500ރ. އަށް ވުރެން ކުޑަކޮށް ލާހިކެއް ނޫން ދަތުރުކުރާކަށް. މިއަދު ދާނެ 125ރ. އަށް،" އަސްލަމް ވިދާޅުވި އެވެ.
"މިއީ ނޫންތޯ އަޅުގަނޑުމެން ގައުމަށް ގެންނަންވާ ބަދަލަކީ."
މިނިސްޓަރު ވިދާޅުވީ އެމްޓީސީސީގެ އާރުޓީއެލް ފެރީގެ ހިދުމަތް ކާމިޔާބު ކަން، އެ ހިދުމަތް ހޯދާ މީހުންގެ އަދަދުތަކުން ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާ ކަމަށެވެ.
ގދ. ތިނަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގއ. އާއި ގދ. (ހުވަދު އަތޮޅު)ގެ 21 ރަށް ގުޅުވައިދިން އެމްޓީސީސީގެ އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް އެއްކޮށް ގުޅާލެވިގެން ނޫނީ ތަރައްގީ ނުގެނެވޭ ކަމަށެވެ. އާރުޓީއެލް ފެރީގެ ހިދުމަތަކީ އެ ތަރައްގީ ހޯދުމަށް ކުރާ އެންމެ ބޮޑު "ދަތުރު" ކަމަށް އޭނާ ވިދާޅުވި އެވެ.
ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ ލޯންޗުތައް ގދ. ތިނަދޫ ބަނދަރުގައި އަޅާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ރައީސް ވެސް އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައި ވާނެ ރަނގަޅަށް ޕްލޭންކޮށްގެން ކުރާ ކަމެކޭ ހަގީގަތުގައި ކާމިޔާބީއާ ހަމައަށް ދެވޭނީ. މިއީ ރަނގަޅަށް ޕްލޭންކޮށްގެން ހިންގާ މަޝްރޫއެއް،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފެރީގެ ނިޒާމަކުން ރަށްތައް ގުޅާލުމަށް އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ވެސް މަސައްކަތްކުރި އެވެ. އެކަމަކު، ވެރިކަން ބަދަލުވެ ދެން އައި ސަރުކާރުން އެ ހިދުމަތް ތަރައްގީ ނުކުރީ އެވެ. އެ މަސައްކަތް އަލުން ފަށައި، ކާމިޔާބު ކުރީ މި ސަރުކާރުން ކަމަށާއި މި ހިދުމަތަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައި ވާތީ ދެން ހުއްޓާނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން މިކަން ކުރުމުގައި ގެންގުޅޭ ތަސައްވަރާއި ފެންވަރާ. މިއީ ދެން ދިވެހިރާއްޖޭގެ އެއްވެސް ބަޔަކަށް ހުއްޓުވޭނެ ކަމެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.
ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އާރުޓީއެލް ފެރީގެ ހިދުމަތަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބުނު ކާމިޔާބީ މިނިސްޓަރު ފާހަގަކުރެއްވީ އެ ހިދުމަތް ހޯދިން މީހުން އަދަދުތަކުންނެވެ. އެއީ؛
• ހއ، ހދ، ށ، ގެ 41 ރަށަށް މިދިޔަ އަހަރެއްހާ ދުވަހު 322،238 މީހުން ދަތުރުކުރި.
• ހދ. ކުޅުދުއްފުއްޓަށް އެކަނި 103،026 މީހުން ދަތުރުކުރި.
• ހދ. ހަނިމާދު އަށް އެކަނި 28،654 މީހުން ދަތުރުކުރި.
• ހއ. ދިއްދު އަށް އެކަނި 27،069 މީހުން ދަތުރުކުރި.
• ށ. ފުނަދު އަށް އެކަނި 19،256 މީހުން ދަތުރުކުރި.
އަސްލަމް ވިދާޅުވި ގޮތުގައި، ތިނަދުއަށް އާރުޓީއެލްގެ ހިދުމަތް ފެށިތާ މިވީ އެއް މަސްދުވަހުގެ ތެރޭގައި އެކަނިވެސް، 2،896 މީހުން މި ރަށަށް އައިސްފައިވެ ވެ. އަދި ހުވަދޫގެ އެކި ރަށްތަކަށް 10،836 މީހުން ދަތުރުކޮށްފައިވެ އެވެ.
ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މި އަތޮޅުގައި އެންމެ އެކަހެރިކޮށް، ކުޑަ އާބާދީއެއް އޮންނަ ރަށް ނަޑެއްލާ އަކީ. އެކަމަކު މިއަދު ނަޑެއްލާ އަކީ އެކަހެރި ރަށެއް ނޫން. މިދިޔަ އެއް މަސް ތެރޭގައި 362 މީހުން ނަޑެއްލާއިން ދަތުރަށް އަރައިފި. މިއީ ނޫންތޯ މި ބޭނުންވާ ކަމަކީ،" އޭނާ ވިދާޅުވި އެވެ.
އާރްޓީއެލްގެ ދަށުން ސްޕީޑު ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ދޭން ނިންމާފައި ވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. ރާއްޖޭގެ އެންމެ އުތުރުން ހއ، ހދ، ށ އަދި ޅ އަތޮޅުގައި އެ ހިދުމަތް ވަނީ ފަށައިފަ އެވެ.
އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް އާރުޓީއެލްގެ ހިދުމަތް ހުރިހާ އަތޮޅެއްގައި ފެށުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރާންސިޓް
31 August 2023
އެއްގަމާއި ކަނޑުގެ އާރުޓީއެލް ގެ ގެއްލުންބޮޑު ދަތުރުފަތުރުގެ ނިޒާމަށް ރައްޔިތުންގެ ފައިސާއިން ސަބުސިޑީގެ ގޮތުގައި އޮއްސާ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވާހަކަ ފާހަގަނުކުރީ ކީއްވެބާ؟ ނޭޝަނަލް ބަޖެޓްގައި އެކަމަށް 800،000،000.00ރ ޖެހި! ވީމާ، ތިޔަކަންތަށް ސަސްޓެއިން ކުރެވިދާނެ ބާ؟
ތުނޑުހަސަނު
31 August 2023
ތިޔަކީ ކާމިޔާބެއް ނޫން. 2007 ގައި އޮތް މިންވަރަށް ތިޔަ އާދެވުނީ. ހުވަދުއަތޮޅަކީ މީގެކުރިން އެމްޓީސީސީ މެދުވެެރިކޮށް ލޯންޗުފެރީގެ ނިޒާމަކުން ރަށްތައް ގުޅިފައި އޮތް އަތޮޅެއް. 2008 ގައި ތިޔަ ޕާޓީގެ ކަނޑުކޮހަކު ވެރިކަމަށް އައިސް އަމިއްލަ ދައިދާއަށް ނުވަތަ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދަދިނުމަށް އެނިޒާމު ހުއްޓުވާލީ. އެމްޓީސީސީއާއި ހުވަދު އަތޮޅުގެ ރައްޔިތުން މިކަމަށް ހެކިވާނެ. ހުވަދު އަތޮޅުގައި އާކަމެއް ނޫން ތިކުރެވުނީ.
ޜޖތރމހ
31 August 2023
މާލޭ އުފަން މީހާ ވީމާ 20މލ އަމިއްލަ ހަރުމުދާ ސަރުކާރުގެ ހަޒާނާއިން ރައްފުށު މީހާ ވީމާ ލޯން ކުލި ދަރަނި ދެވަނަ ދަރަޖަ ރައްޔިތުން މިގައުމަށް ގެނައްސި ތަފާތު ހިސާބު ގައްދާރުން ބާލާ ތަފާތު ކިރުން ނައްތާލާ
ކުލީއަޅު
31 August 2023
ތިނަދޫ މީހުންވީމަ އަތޮޅުތެރޭ މީހުންވީމަ ސަރުކާރަށް އެތައްމިލިއަން ރުފިޔާއެއް ދަރާގޮތަށް ކުލީއަޅުންގެ ގޮތުގަ ފްލެޓު. މާލޭގަ މިހާރުވެސް ކުލީ ވިޔަފާރި ކުރާ މާލޭ މީހުންނަށް މާލެ އަތޮޅުގަ އޮްތްހާ ފަޅެއް ރައްޔިތުންގެ ފައިސާއިން ހިއްކާފަ ހިލޭ ބޮޑަތި ސިންގާ ބިން. މީކޮން އިންސާފެއް. އަތޮޅުތެރޭ ސިޓީއާ މާލެ ސިޓީއާ ނަމުން އެއްގޮއްކޮއްފަ ކަމުން ތަފާތު. މިފަހަރު މަގޭ ވޯޓު ގާސިމަށް. އިބޫ މުއިއްޒު،ނާޒިމް އަކީ މާލޭގަ ކުލީ ވިޔަފާރިކޮއްގެން މުއްސަދިވިމީހުން.
އަހްމަދ
31 August 2023
އަސްލަމް އަށް ވަރަށްގިނަ ދިވެހިން މާފު ނުކުރާނެ.
މާފު
31 August 2023
މީހަކަށް މާފުކުރުމަކީ، ތިމާގެ ފާފަފުއްސަވާ ސުވަރުގެ ވަނުމުގެ ދޮރު ހުޅުވިގެންދާ ކަމެއް މާފު ނުކުރަނީ، ޕީޕީއެމް އިން ނުކުރާ މިކަހަލަ އެތައް ކަމެއް ކުރާތީ ތޯއްޗެއް
ޖަމީލުބެ
30 August 2023
ރައްޔިތުންނަށް ލިބޭ ކޮންމެ ލުޔަކީ އުފާވެރިކަމާއި އެކު ފާހަގަ ކުރަން ޖެހޭކަމެއް. الحمد لله
ޝުކުރު
31 August 2023
ރައްޔިތުންނަށް ލިބޭ ކޮންމެ ގެއްލުމަކީ ހިތާމައާއި ނިކަމެތި ކަމެކެވެ. މިސާލަކަށް ޖީއެސްޓީ ބޮޑުކުރި %2 އާއި ވެންޓިލޭޓަރ ނުލިބި ގެއްލުނު ފައިސާއާއި އެމްއެމްޕީއާރުސީގެ ފައިސާއަކީ މުޅި ދައުލަތް ލަދުގަންނަ ވަރުކަމެކެވެ. ނިކަމެތި ރައްޔިތު މީހާއަތުން ވެސްނަގާ ޓެކްސްގެ ފައިސާ ކޮޅުވެސް ވެރީންގެ ރުހުމާއިއެކު އެމީހުން ހުސްކޮއްލީއެވެ. އެތިބީ ބޮޑެތި މަގާމު ތަކުގައެވެ.
ބބަވަބ
30 August 2023
މީ ހަމަ ތައުރީފު ހައްޤު ޚިދުމަތެއް. ޝުކުރިއްޔާ ރައީސް.
މޭރާ ޚެޔާލް
30 August 2023
ކިތައްމެ ވަޢުދެއްވިޔަސް ވައުދު ފުއްދަން އެނގޭ ބައެއްނޫން
ފީލިންގ
31 August 2023
ހަހަ. ފުއްދާފައި އޮތް ވައުދަކަށް ކޮށްފައި އޮތް ކޮމެންޓެއް މިވެސް؟ ލޮލް
އަލީތައްޙާން
30 August 2023
2500ރ އިން 125ރ އަށް ހަގީގަތުގަ އަގު ތިރިވެގެން ތޯ ތި ދަތުރު ތިކުރަނީ ނޫނީ ދައުލަތުން އެމްޓީސީސީއަށް 800މިިިލިޔަންގެ ސަބްސިޑީ ދީގެންތޯ . މިހެން 2500ރ ނަގައިގެން ދަތުރުކޮއްދޭ އާއްމުފަރާތްތަކުންވެސް ސަބްސިޑީ ދޭނަމަ 50ރ އަށް ވެސް ދަތުރު ނުކުރެވޭނެ ނޫންތޯ. ހަގީގަތުގަ ރައީތުންނަށް މިޖެހެނީ މި ބައި އެކިއެކި ޓެކްސްތަކުން އަގު އަދާކޮއް ދައްކަން. މިޔެއްނޫން އަގުހެޔޮވުމަކީ އޭގެބަދަލުގަ ތަކެތީގެ އަގުތައް ހެޔޮވާނެ އިގުތިސޯދީ ތަރައްގީ ގައުމަށް ހޯދަދޭންވީ
އަލިމޯ
31 August 2023
ކަލޯ މޮޔަނޮގޮވާ ،