ލައިފްސްޓައިލް / އިންޑޮނީޝިއާ

ތުއްތު ކުއްޖެއް ނޫން، 24 އަހަރުގެ ޒުވާނެއް

ސާރީ (ކ) ކުޑަ ކުއްޖަކާ އެކު ކުޅެނީ

ސާރީ ރެޒީޓާ އަރިޔާންޓީގެ އިސްކޮޅަކީ އެންމެ 87 ސެންޓި މީޓަރު (2.8 ފޫޓް) އެވެ. ބަރުދަނުގައި ހުންނަނީ 20 ކިލޯ އެވެ. ބަލާބެލުމަށް އޭނާ އަކީ އުމުރުން ތިން ހަތަރު އަހަރުގެ ކުއްޖެކެވެ. އެކަމަކު އެއީ 24 އަހަރުގެ ޒުވާނެކެވެ.

އިންޑޮނީޝިއާ އަށް އުފަން ސާރީ އަށް ނުހިނގޭތީ އިންނަނީ ފުރޮޅުލީ ގޮނޑީގަ އެވެ. ވާހަކަ ދައްކަން ވެސް އޭނާއަށް ވަރަށް ދައްޗެވެ. ކިޔޭ މަދު ބަސްތައް ވެސް ސާފުވާ ގޮތަކަށް ނުކިޔެ އެވެ.

އުމުރުން ދެ އަހަރު ވީއިރު ވެސް ސާރީގެ ސިއްހީ މައްސަލައެއް ހުރި ކަމެއް އޭނާގެ މަންމައަކަށް ނޭނގެ އެވެ. އެހެންވެ ސާރީގެ ބަލި ދެނެގަނެވުނުލެއް ލަސްކަމުން ފަރުވާ ކުރުމަށް ޑޮކްޓަރުންނަށް ވީ ދަތި ކަމަކަށެވެ.

އާއިލާގެ ފަސް ކުދިންގެ ތެރެއިން ދެ ވަނަ އަށް ހުރި ސާރީ ދިރިއުޅެނީ މަންމަ ސުރްޔާނީ އެޗް ސޫދު އާއި ދައްތަ ލޭލާއާ އެކު އިންޑޮނީޝިއާގެ ދީދީ ޖާޔާ ޑިސްޓްރިކްޓްގައި ހުންނަ އެމީހުންގެ ކުޑަކުޑަ ގޭގަ އެވެ. ސުރްޔާނީ ބުނީ ކުޑައިރު ސާރީ އަކީ ވަރަށް ރީތި ކުއްޖެއް ކަމަށާއި އެއްވެސް ނުކުޅެދުންތެރިކަމެއްގެ ނިޝާނެއް ނެތް ކަމަށެވެ. ނަމަވެސް ދެ އަހަރުގައި ސާރީއަށް ހިނގާބިނގާވެ ނޫޅެވެން ފެށި އެވެ. އަދި ވާހަކަ ވެސް ނުދެއްކެން ފެށި އެވެ.

"އަހަރެންގެ އެހެން ކުދިން ރީތިކޮށް ހިނގާ ވާހަކަ ދައްކާ އުޅުނުއިރު މި ދަރިފުޅަށް އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭތީ އަހަރެން ވަރަށް ދެރަވި. ސާރީއާ ޚިލާފަށް އެކުދިންގެ ސިއްހަތު ވެސް ބަރާބަރު. ސާރީގެ ހާލު ފެނިފައި އަހަންނަށް ޝޮކެއް ލިބުނު ނަމަވެސް ސާރީގެ އެއްބަނޑު އެއްބަފާ ކުދިން އޭނާ ދެކެ ވާ ލޯބި ފެނިފައި މާތްﷲ އަށް ޙަމްދުކުރިން،" ސާރީގެ މަންމަ ބުންޏެވެ.

ސާރީ މަންމައާއެކު ގޮނޑި ދުއްވާލަނީ

އޭނާ ބުނީ ސާރީ ފެންނަ ބައެއް މީހުން ފާޑަކަށް ބަލަހައްޓައިގެން ތިބޭ ކަމަށާއި އަނެއް ބަޔަކު އޭނާއަށް ނުހިނގެނީ ކީއްވެތޯ އާއި ދިގު ނުވަނީ ކީއްވެތޯ ސުވާލުކުރާ ކަމަށެވެ. އަދި ކުޑައިރު ސާރީ ގޮވައިގެން ބާޒާރަށް ދިއުމުން ވެސް ބައެއް މީހުން، އަނެއް ދަރިފުޅާއި ސާރީއާ އެހާ ތަފާތީ ކީއްވެތޯ ވެސް ސުވާލު ކުރާ ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް ދެރަވޭ. އެމީހުންގެ ސުވާލުތަކަށް ޖަވާބެއް ނުދެވޭ،" ސާރީގެ މަންމަ ބުންޏެވެ.

ބަލާ ބެލުމަށް ސާރީ ކުޑަޔަސް އެ އުމުރުގެ އަންހެން ކުއްޖެއްގެ ހުރިހާ ކަމެއް އެބަހުއްޓެވެ.

ސާރީއަށް ވާހަކަ ދެއްކެނީ ވެސް ކުޑަ ކުއްޖަކު ވާހަކަ ދައްކަން ފަށައިގަންނައިރު ވާހަކަ ދައްކާ ރާގަށެވެ. އޭނާގެ މަންމައަށް ނޫނީ އޭނާ ކިޔާ އެއްޗެއް މާ ބޮޑަކަށް ނޭނގެ އެވެ.

ސާރީ ޑޮކްޓަރަށް ދައްކަނީ

ފަގީރު ކަމުން މާބޮޑު ފަރުވާއެއް ސާރީ ކުޑައިރު ނުކުރެވުނެވެ. ރަނގަޅު ޑޮކްޓަރަކަށް ދައްކައިގެން އޭނާގެ ބަލި ދެނެގަނެވުނީ އުމުރުން 13 އަހަރުގަ އެވެ.

"ޑޮކްޓަރުން ބުނަނީ ސާރީގެ ހޯމޯން މަދުވުމުގެ މައްސަލައެކޭ އުޅެނީ. އެމީހުންނަކަށް ވެސް ހަގީގަތުގައި ވެގެން އުޅޭ ގޮތެއް ނޭނގޭ. ދެން ބުނަނީ ފިޒިއޮތެރަޕީ ހަދާށޭ. އޭރުން ހިނގާބިނގާވެ އުޅެވޭނޭ."

ސިގްލީ ސިޓީގައި ހުންނަ އިބްން ސީނާ ހޮސްޕިޓަލުގެ މެޑިކަލް ޓީމުން ސާރީ ބެލުމަށްފަހު ބުނެފައިވަނީ ހޯމޯނަލް ގްރޯތު ޑިސްއޯޑާއެއް ކަމަށެވެ. އަދި މިއީ ޓާނާ ސިންޑްރޯމް ކިޔާ ބައްޔެއް ކަމަށް އެ ޑޮކްޓަރުން ލަފާ ކުރެ އެވެ. މިއީ ޖެނެޓިކް މައްސަލައެކެވެ. ކޮންމެ 2،000 އާއި 2،500 އާ ދެމެދުގެ ކުއްޖަކަށް މި ބަލީގެ އަސަރުތައް ކުރާ ކަމަށްވެ އެވެ. މިއީ ހަމައެކަނި އަންހެންކުދިންނަށް ޖެހޭ ބައްޔެކެވެ.

ސާރީ މަންމައާ އެކު

މި ބަލި ޖެހުމުން އެ ކުއްޖެއްގެ ހެދިބޮޑުވުން ހުއްޓެ އެވެ. އަދި ދަރިމައިވުމާ ގުޅިފައިވާ ގުނަވަންތައް އުފެދެންވާ ގޮތަކަށް ނުއުފެދެ އެވެ. މި ބައްޔަށް މިހާތަނަށް ބޭހެއް ހޯދިފައެއް ނެތެވެ. ނަމަވެސް ދުރާލާ ބަލި ދެނެގަނެވި ފަރުވާ ދެވިއްޖެ ނަމަ ބަލި ޖެހިފައިވާ މީހާ ތަހައްމަލުކުރަންޖެހޭ ވޭންތައް ކުޑަވެ އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބޭ ކަމަށްވެ އެވެ. ނަމަވެސް ޑޮކްޓަރުންނަށް ސާރީ ފެނުނުއިރު ވެސް އޭނާއަކީ ޓީންއޭޖް ކުއްޖަކަށް ވާތީ އެ އުމުރުގައި ކޮށްދެވޭނެ މާބޮޑު ކަމެއް ނެތެވެ. މިހާރު ޑޮކްޓަރުންނަށް ކޮށްދެވެން އޮތް ހަމައެކަނި ކަމަކީ ފިޒިއޮތެރަޕީ ދީގެން ސާރީ އަށް ރީތިކޮށް ހިނގާބިނގާވެ އުޅެވޭގޮތް ހެދޭތޯ މަސައްކަތް ކޮށްދިނުމެވެ.

2 ކޮމެންޓް, 203 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 97%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒޒޒޒޒ

05 February 2017

ކުލަދުންވަންތަކަން

The name is already taken The name is available. Register?

ގެދާނޯމޮސް

05 February 2017

ހިނިތުންވުމުން ދޭހަވަނީ ތިމާހެއްދެވި ޚާލިޤުވަންތަ ﷲ ތިމާއަށް އެއްވެސް ކަމެއް އުނިކުރައްވާފަ ނުވާކަމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454