އުތުރު ތިލަ ފަޅުގައި ކޯސްޓުގާޑު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގައި މޯހަން މުތާ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
16 ސެޕްޓެމްބަރ 2023 - 21:06
އުތުރު ތިލަ ފަޅުގައި އިންޑިޔާ ސަރުކާރުގައި އެހީގައި ތަރައްގީ ކުރަމުން އަންނަ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބަނދަރާ ގުޅުވައި ތަފާތު ތުހުމަތުތައް ދަނީ ކުރަމުންނެވެ. އެތަނުގައި އަޅަނީ އިންޑިޔާގެ އަސްކަރީ މަރުކަޒެއް ކަމަށް އެއްބަޔަކު ބުނެ އެވެ. ބޮޑެތި ބަޑި ބަހައްޓައިގެން އިންޑިއާ ސިފައިން ތިބި ތިބި ކަމުގެ ވާހަކަތަކެއް ވެސް ވަރަށް ގަދައަށް ދައްކަ އެވެ. އިންޑިޔާގެ ހުއްދަ ނެތި އެމްއެންޑީއެފަށް އެތަނަށް ނޭރޭ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
ޔޫޓީއެފްގައި އަޅަމުންދާ އެމްއެންޑީއެފްގެ "އެކަތަ ބަނދަރު" ގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތް ބަލައިލަން މިއަދު ހަވީރު ބައެއް ނޫސްވެރިން އެތަނަށް ގެންދިޔަ އެވެ.
ނޫސްވެރިން އެ ތަނަށް ފޭބި އިރު ވެސް، ވަށައިގެން ފެންނަން އޮތީ ފަޅު ހިއްކާފައި އޮތް ފަސްގަނޑެވެ. ވެލި ފުރޭނުމާއި ފަސްގަނޑު އެއްވަރުކުރުމުގައި ބޮޑެތި ޑަމްޕަރު ތަކާއި ހައި މާކުތައް ދެކޮޅަށް ދުއްވަ އެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިޔާގެ މޯހަން މުތާ ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުން ވެސް ރަށުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނުނެވެ.
އުތުރު ތިލަ ފަޅުގައި ކޯސްޓުގާޑު ބަނދަރު ތަރައްގީ ކުރަން ބިން ހިއްކާފައި --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އިންޑިއާ ކުންފުންޏެއް ވީމާ ގިނައީ އިންޑިއާ މީހުން. އެކަމަކު ބަންގްލަދޭޝް މީހުން ވެސް އުޅޭނެ،" އެމްއެންޑީއެފް އިސް އޮފިޝަލަކު ނޫސްވެރިން ގާތު ވިދާޅުވި އެވެ.
އެކަމަކު އޭގެ ތެރެއިން ގިނަ މީހުން ކޮންމެ ދުވަހަކު މަސައްކަތް ނިންމާފައި ނިދަން ދަނީ ހުޅުމާލެ އާއި ތިލަފުށިގައި ހުންނަ އެކޮމޮޑޭޝަން ތަކަށެވެ. އެއީ އެ އެންމެން ބޭތިއްބޭ ވަރަށް އުތުރު ތިލަފަޅުގައި އަދި އެކޮމޮޑޭޝަން ނެތުމުންނެވެ. އެ ތަނުގައި މަސައްކަތް ކުރާ ހުރިހާ މީހުންނަކީ ވެސް ސިވިލް މީހުން ކަމަށާއި އަސްކަރީ އެއްވެސް މީހަކު ނެތް ކަމުގެ ޔަގީންކަން ވެސް އެމްއެންޑީއެފުން ދިނެވެ.
ރަށުގެ ހުޅަނގު ފަރާތުގައި އިތުރު އެކަމަޑޭޝަން ބްލޮކްތަކެއް އަޅަމުންދާ އިރު، އެ މަސައްކަތް ވެސް ނުނިމެ އެވެ. މުޅި ރަށުގައި ހުރީ މަދު އިމާރާތްތަކެކެވެ. އެއީ 2013 ވަނަ އަހަރު ސިފައިން އަމިއްލަ އަށް ހިއްކި އެއް ހެކްޓަރުގެ ބިމުގައި އަޅާފައި ހުރި، ޖެޓީ އާއި އިންވެގެން ހުރި އިމާރާތްތަކެކެވެ. ދެން ހުރީ އެ ތަނުގައި މަސައްކަތް ކުރާ ބިދޭސީން ބޭނުންކުރާ ކޮންޓެއިނަރު އެކަމަޑޭޝަންތަކަކާއި އިންޖީނުގެ އާއި ބަދިގެ އެވެ.
އުތުރު ތިލަ ފަޅުގައި ކޯސްޓުގާޑު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގައި މޯހަން މުތާ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފަނަރަ ހެކްޓަރުގެ ބިން ހިއްކައިގެން މިދިޔަ ޖެނުއަރީ މަހު ތަރައްގީ ކުރަން ފެށި އެކަތަ ހާބަރުގައި ބަޔަކު ތިބޭނެ މާ ގިނަ ތަންތަނެއް އަދި ނެތެވެ. މީގެ 24 މަސް ފަހުން، ޖެނުއަރީ 2025 ގައި މަޝްރޫއު ނިމޭ އިރު، އެ ރަށުގައި ހަދަނީ ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކޮށް، މަރާމާތު ކުރެވޭނެ ތަނެކެވެ. އެކަމަޑޭޝަނާއި ކްލާސްރޫމްތައް ހުންނަ އިމާރާތަކާއި ހެލިކޮޕްޓަރު ޖެއްސޭ ގޮތަށް ހެލިޕޭޑެއް ވެސް އެތަނުގައި ހަދާނެ އެވެ.
"މިއީ އަސްކަރީ ގޮތުން ތަރައްގީ ކުރާ ތަނެއް ނޫން. މިއީ ބަނދަރެއް. މި ތަނުގައި ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ގެނެސް މަރާމާތު ކުރެވޭ ގޮތަށް ތަރައްގީ ކުރާނީ،" މިހާރު ކޯސްޓްގާޑު އުޅަނދުތައް ތިލަފުއްޓަށް ގެންގޮސްގެން މަރާމާތުކުރުން ނިމުމަކަށް އަންނާނެ ކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވި އެވެ.
އުތުރު ތިލަ ފަޅުގައި 2013 ގައި ސިފައިން އަމިއްލަ ހިއްކި ސަރަހައްދުގައި ބަހައްޓާފައި ހުރި ރަމްޒީ ބަޑިއެއް. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މި ތަނުގައި އޮންނާނީ އެމްއެންޑީއެފްގެ ފުލް ކޮންޓްރޯލް. މި ތަނުގައި ބޭރުގެ ސިފައިންނެއް ނެތް. އަދި ނުވެސް ތިބޭނެ،" އޭނާ ވިދާޅުވި އެވެ.
އެއީ އެމްއެންޑީއެފުން ދިން ޔަގީންކަމެވެ. މިއީ އެއްވެސް ހާލެއްގައި ގިނަ އަދަދަކަށް ސިފައިން ތިބެން ހަދައި އަސްކަރީ މަރުކަޒެއް ނޫން ކަމެވެ. އެތަނަކީ ބަނދަރެކެވެ. ތިބެންޏާ ވެސް ތިބޭނީ އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ އޮފިސަރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯލިހެއްނޫން ސޮހޮލެއް
17 September 2023
މިހާރު ތިކުޅުވާ ޑްރާމާ ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ. ތިޔަ ސުވާލައް އިބުރާހިމް ދެއްވާ ޖަވާބުންވެސް އެނގިގެން ދިޔައީ އިންޑިއާ ސިފައިން މިގައުމުގަ ގިނަ އަދަދަކަށް އެބަތިބިކަން. ދެން ފަހަރަކު ތަނަކަށް އެތަނުން އަނެއްތަނަށް އެމީހުން ބަދަލުކޮއްފަ ސަރުކާރުގެ ނޫސްވެރިން ގެންގޮސް ދައްކާއިރު އެއްވެސް ވަރަކައް އެމީހުން ތިބިކަމަކަށް ނުވާނެ.. ހަމަ މާލޭ މީހުނަށް ގޯތިދިންހެން ހުރިހާކަމެއްވެސް އޮޅުވާލުމުގެތެރެއިން.
ފަސާދަބެ
17 September 2023
ކަލޭ ދައްކާވާހަކަ އަހަރެމެން ގަބޫލުކުރަންޖެހެނީ ކީއްވެ؟
ސަލާމަތް
17 September 2023
އެއްބަސްވުން ދައްކައިފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނުމުން ރައްޔިތުން މިބީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ އެގްރިމެންޓްތަކެއް ހެއްދެވީތީ އިބޫސާލިހަށް ނޫނެކޭބުނަން ކެތްމަދުވެފައި.
ކޮންސަލާމަތެއް
17 September 2023
"ރާޑަރާއި އުތުރު ތިލަފަޅު ވާހަކަ ވެސް ޔާމީންގެ ސަރުކާރުގައި ދައްކާފައި އޮތް ކަމަށާއި އޭގެ ފަހުން މި ސަރުކާރުން ކަންކަން ކޮށްފައި އޮތީ ކުރީގައި ވާހަކަ ދެކެވިފައި ހުރި ފޯމެޓަށް ކަމަށް" ޖޭޕީ އިން ބުނި! އަދިވެސް ދޮގުހަދައިގެން ރައްޔިތުން މޮޔަހެއްދޭތޯ ބަލާ!
ފޯމެޓް
17 September 2023
ކުރީގައި ވާހަކަދެކެވިފައި އޮތް ފޯމެޓަށް އޮތްނަމަ އެވަރުގެ ސިއްރު އެއްޗަކަށް މިހާރު ވެގެން އުޅެނީ ކީއްވެ؟ ޔާމީނުގެ ޕާޓީން އެ ހޯދަން ކޯޓަށް ދާ ހިސާބަށް ކަންކަން ދާންވީ ކީއްވެ؟ އިންފޮރމޭޝަން ކޮމިޝަނަރ ބުނެގެންވެސް ނުދެއްކުނީ ކީއްވެ؟
މޮޔައެއްނޫން
17 September 2023
ޔާމީނު ޕާޓީއިން ހުރިހާ ޗަރުކޭހެއް ތިޖައްސަނީ ވެރިކަންހޯދަން
ޕޫރުބެ
17 September 2023
ތީ ބޮޑު ދޮގެއް! ޢެތަނުގެ 5/1 ބައިގެ ކޮންޓރޯލްވެސް ނޯވޭ.
ފޫހި
17 September 2023
ޓޫ ލޭޓް. ނޫސްވެރިން ގެންގޮސްގެން ޑްރާމާކުޅޭއިރު ދެންތިބި މީހުންތިބީ ހަމައިންނެއްޓިފައެއްނޫން. ބަލަ ތިޔަ ތަނުގެ ބަދަރު އެމްޓީސީސީ އަށް ނުހެދޭންވީކީއްވެ؟ ކޮން މޯހަން މުތާ އެއް. މުއިއްޒުގެ ވެރިކަމުގައި މި މޯހަން މުތާގެ ބާރު ކަނޑުވާލާ ސައިޒްގައި ބަހައްޓަން ގޮވާލަން. އަހަރެމެން މިހާރު ތިޔަ ޑްރާމާ ބަލާކަށް ނެތީމު
މިހާލަތް
17 September 2023
މިހާރު ދެން މާލަސްވެއްޖެ ހާމަ ކުރަން. ތިކަން ކަން ޤަބޫލުކުރާނި ބަޔަކުނެތް
ަލަންބޫޖީ
17 September 2023
ނޫސްވެރިންގެންގޮސްގެން ތިޔަ ކުޅޭ ޑްރާމާ ކުޅެނީ އަދި ތީ ހިއްކަމުންދާތަނެއް ވީމާ. ތިޔަތާ ޑްރޯވިންތަކާއި ޑިޒައިންތައް ނިކަން ދައްކާލަބަލަ ކެރެންޔާމުން. ދިވެހި ކުޑަކުުއްޖާއެއްވެސް އެގޭނެ އެއިރުން ދިވެހި ސިފައިން ގެންގުޅޭ ތިން ހަތަރު ބޮއްކުރާ އެހެލާކަށް ތި ސްކޭލެއްގެ ތަނެއްބޭނުންނުވާނެކަން. މިސަރުކާރަށް އިތުރުދައުރެއް ދީފީޔާމުން ތިޔަތަން ހިއްކާނިމުނީމާ ތިޔަތަންވާނީ އިންޑިއާގެ ނޭވީބޭސް އަކަށް .
ޢެމެރިކާ
17 September 2023
ދޮގާ މަކަރާ ޢޮޅުވާލުން އެމްޑިޕީ ތެރޭގަ އޮތީ.
ހައްގު ތެދު
17 September 2023
އަޅުގަނޑު މެންގެ ވަލީއުލްއަމުރު އަކީ ރޯމާދުވާލު ވަރަށް ފަރިތަކޮއް ދޮގު ހަދަން ދަންނަ ވެރިއެއް އެބޭ ފުޅާ ކޮންޓްރޯލް ކުރާ މުއައްސަސާތައް ވެސް ފަރިތަވާނޭ ކަމަށް ބެލެވޭނީ
ތެދެއްނަހަދާނެ
17 September 2023
ދޮގާއި މަކަރާއި އޮޅުވާލުމާއި ވައްކަމާއި ކަރަޕްޝަނާއި އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަމާއި ބޭއިންސާފާއި ފިތުނަފަސާދައަކީ މިސަރުކާރަށްވުރެ ކުރީގެސަރުކާރާއި ދޯޅުސިފަތަކެއް
ޞާލިހު
17 September 2023
އުތުރުތިލަފަޅުގަ އޮންނަނީ ދިވެހި ސިފައިންގެ ބާރު ނުންކަން އިނގޭނެ ތިތަނުގެ ބިން ސާވޭކުރަން ދިޔަ ޓީމަށްވެސް
1206
17 September 2023
ސާބިތުކޮށްދީ.