މަހަށް ނުކުމެ އުޅެނިކޮށް ބިންދައިގެން ދިޔަ ގއ. ގެމެނަފުށި "އޯކިޑް 707" މަސްދޯނި.-- ފޮޓޯ: އޯކިޑް 707 ފޭސްބުކް ޕޭޖް
11 ނޮވެމްބަރ 2023 - 15:14
މަހަށް ނުކުމެ އުޅުނު ގއ. ގެމަނަފުށީގެ މަސްދޯންޏެއް މިއަދު ދެބުރިވެއްޖެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަން އެމްއެންޑީއެފުން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫގެ ހުޅަނގު އުތުރުން 25 ނޯޓިކަލް މޭލު ބޭރުން، "އޯކިޑް 707" މަސްދޯނި ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ސިފައިންގެ ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ.
އެ ހާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާ ކަމަށް ސިފައިން ބުންޏެވެ.
"... ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ހާލު ރަނގަޅު ކަމަށް ވަނީ މައުލޫމާތު ލިބިފައި،" ސިފައިން ބުންޏެވެ.
ސިފައިން ބުނީ އެ ސަރަހައްދުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ދޮށިމޭނާ" މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ގެމަނަފުށިން ވާހަކަދެއްކި މީހަކު ބުނީ އެ ދޯނި ބިންދައިގެން ދިޔައީ މިއަދު ހެނދުނު 11 ޖަހާކަށް ހާއިރު ކަމަށެވެ. އެ ދޯންޏަކީ ދަގަނޑު ހޮޅި އަޅާފައި އޮތް ދޯންޏަކަށް ވާތީ، ދޯނި ދެބުރި ވިޔަސް، އެއްކޮށް ދެބައި ވަކިނުވާ ކަމަށް އޭނާ ބުންޏެވެ.
"އޯކިޑް 707" އަކީ 111 ފޫޓުގެ ބޮޑު ދޯންޏެކެވެ.
އޭނާ ބުނި ގޮތުގައި، މީގެ ހަ ވަރަކަށް އަހަރު ކުރިން ބަނދެފައި އޮތް އެ ދޯނީގައި 30 ވަރަކަށް މީހުންނަށް މަހަށް ދެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާށިދޫ ވާހަކަ ކިޔާ އަބްދުލްހަކީމު
12 November 2023
އަހަރުމެންގެ ކާބަފައިން ފުނަ ކަނޑައިގެން ފަށަން ދަމައިގެން ބެންނި އެއްވެސް ދޯންޏެއް ހަލާކެެއް ނުވާނޭ އެއީ އެވެރިގެން މޮޅުކަމޭ. ފޮނިކަނޑާފަ އެވެރިން ވާހަކަ ދައްކަނީ ދެއްކެން އޮތީމައޭ. މިހާރު ފައިބަރުންނޭ ބަންނަނީ އެވެސް ގިނައިން ބަނގޯއިން މަސައްކަތު މީހުންނަށް ތިބެގެނޭ. ވިހި ފީފާ ރެސިން ގެނައިއްޔާ ދިހަ ފީފާ ވިއްކާލާފަ އެނެއް ދިހަ ފީފާއާ ޖެލް އެއްކޮށްފަ ބާކީ ފެން އެއްކޮށްގެންވެސް އެވެރިން ހެދުނު އެއްޗެއް ހަދަނީއޭ. މިކަން ބަލާނެ މީހަކުވެސް ނެތޭ.
ސުވާލެއް
12 November 2023
ދެ ހަލް ލާފަ މަސްދޯނި ނުބަންނަނީ ކީއްވެބާ ރާއްޖޭގަ؟
ނަމޭ
12 November 2023
މިހާރު ތީ ދިވެހިންގެ ލޭނާރެއް ނޫން. މިހާރު ތީ ބިދޭސީންގެ ލޭނާރު... ދިވެހީންގެ ދަށުނާރު....
މަރީ މުޝްތާގު
11 November 2023
ހަވަރަކަށް އެއީ ދިވެހީން ކިޔައި އުޅޭ ގޮތެއް ނޫން. ކިޔާނީ ހައެއްކަ
އަލީ!
11 November 2023
ދިވެހީންގެ ލޭނާރުގަ މިއުޅެނީ މެޖޯރިޓީ ބިދޭސީން،
ނޯ ލިމިޓް
11 November 2023
ރާއްޖޭގައި ކޮންމެ އަހަރަކު ހައެއްކަ މަސްދޯނި ބިންދައިގެން އެބަ ދޭ! ކިހިނެއްވާ ކަމެއްތޯބަލަން ބޭނުންވާ ބަޔަކު އުޅޭހެންނެއް ހިއެއް ނުވޭ. އެކަމަކު ދޯނިފަހަރު ބަންނަ ވަރަށް ބަންނަމުން ދަނީ.
ޔެސް
12 November 2023
އާނ! ދޯނިތައް ބިންދައިގެންދިއުން މައްސަލައެއް މީ! މިކަން ނުބަލަނީބާ!
އެޑްމުންޑޯ
11 November 2023
10 ދިވެހިން 13 ބިދޭސީންނޭ ކިޔާގެން ގިނަބަޔަކު ކޮމެންޓް ކުރާއިރު ، ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ދިވެއްސަކަށް 10 ބިދޭސީން ތިބޭކަން ނޭގެނީބާ ، ކުންފުނިތަކާއި ފިހާރަތަކުގައިވެސް ދެގުނަ ބިދޭސީން ގިނަވާނެ ،
ހެސްކިޔާފަދިގުކޮށްލާ
11 November 2023
ތިދެން އާއްމުކަމެއްނު. މަސްވެރިންނަކީ ދޯނިހަދާ މީހުންނަށްވީމަވާގޮތްތީ
ށަވިޔަނި
11 November 2023
ހަ ވަރަކަށް" "ހައެއްކަ"
ޓެރޭސް
11 November 2023
އަސްލު މައްސަލަ ބާއްވާފައި ބިދޭސިންގެ މައްސަލާގައި ބަހުސް ކުރަނީދޯ