އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ.--
11 ޑިސެމްބަރ 2023 - 17:59
ގްރޭޑް 10އިން މަތީގެ ދަރިވަރުން މާލެ އާއި އެކި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ދަރިވަރުން އިމާމުވެ ހުކުރު ނަމާދާއި ހުތުބާ ކިއުމުގެ ހުއްދަ މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ނުދެ އެވެ. އެކަމަކު ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުން ހުކުރުކޮށް ހުތުބާ ކިޔުމުގެ ހުއްދަ ދޭން ނިންމާފައިވާކަން އިއްޔެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިއުލާންކުރައްވައިފަ އެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދައަށް ހުށަހަޅާނީ އޮންލައިން ފޯމެއް މެދުވެރިކޮށް ކަމަށެވެ. އެ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.
1. ދަރިވަރުގެ އައިޑީކާޑު ކޮޕީ
2. ތައުލީ ސެޓްފިކެޓްތަކުގެ ކޮޕީ
3. ގުރުއާން މުބާރާތުން ވަނަ ލިބިފައިވާނަމަ ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
4. ސްކޫލްގައި އުޅޭނަމަ އެކަމުގެ ލިޔުން
5. 18 އަހަރު ނުވާނަމަ ބެލެނެވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން
ހުކުރު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިލު
13 December 2023
ޙުކުރުކުރަން އެދޭ އަންހެން ކުދިންނަށްވެސް މި ފުރުސަތު ދޭންވާނެ
އާދޭސް
12 December 2023
ޚުޠުބާ ލިޔުން ޢާންމުންނަށް ހުޅުވާލާނީ ކޮންއިރަކުންތޯ؟ ޚުޠުބާ ފާސްކުރާ މަޖިލީހެއް ހައްދަވާނީ ކޮންއިރަކުންތޯ؟ ދީނީ މަޢުލޫމާތު ފެތުރުން އިތުރުކުރުމަށްޓަކައި ސްކޫލްތަކަށް ޚާއްޞަ ދަރުސް ޕްރޮގްރާމްތަކެއް ފަށްޓަވާނީ ކޮންއިރަކުންތޯ؟ ފޭސްބުކްގަ ހުންނަ ވީޑިއޯ ކްލިޕްތަކުގެ މެދުތެރެއިން ދީނީ މެސެޖެއް ފޯރުކޮށްދެވޭ ގޮތަށް ހައްދަވާނީ ކޮންއިރަކުންތޯ؟ ޕޯން ސައިޓްތަކަށް ނުވަދެވޭގޮތަށް ހައްދަވާނީ ކޮންއިރަކުންތޯ؟
އަންތަރުބިން ޝައްދާދު
12 December 2023
ބާލިޣުވެފައިވާ މީހާގެ ފަހަތުގައި ނަމާދު ސައްހަ ކަމުގައި ވިޔަސް، މީސްތަކުން ގޮވައިގެން ހުކުރު ނަމާދުފަދަ ނަމާދު ކުރާނީ ތަސައްރުފް ފުދިފައިވާ އިލްމީ ގާބިލް ބޭފުޅުން. މި އުޅެނީ މިސްކިތުގައި އިދެގެން ކުޑަކުދިންގެ ރީތި ގުރްއާން ކިޔެވުން އަޑު އަހާކަށްނޫން. އެއަށްވުރެ ބޮޑަށް އިލްމީ ގާބިލްކަން ހުރެގެން ޑެލިވަރ ކުރާ ޚިތުބާ ގެ އަޑުއަހަން. އޭގެ އަސަރު މީސްތަކުންނަށް ކުރާލެއް މާ ބޮޑުވާނެ. މާބޮޑަށް ސުރުހީ ހޯދުމުގަ މިއުޅެވެނީ. އެކަން ހުއްޓާލަންޖެހޭ.
ކަދުރު ބްރޯ
11 December 2023
ތިއީ ރަނގަޅު ކަމެއް ކަމަށްފެނޭ. އެކަމަކު ފެންނަފެނުމަށް މިކަން ހީވަނީ ޑރ. ޝަހީމުގެ ހަގުދަރިއަށް ފަރުމާކުރާ ކަމެއްހެން.