ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިން: މެމްބަރު ޖާބިރުގެ ގެއިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި ދެމީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
30 ޖެނުއަރީ 2024 - 11:06
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެ، ހ. ތިމާވެށިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ހ. ތިމާވެށި، ފަސްވަނަ ފްލޯއިން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއް ރިޕޯޓްކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން، 30 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ދެ މީހުންގެ ތެރެއިން 30 އަހަރުގެ މީހާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހެވެ. އަނެކަކު ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އެ ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.
އެ ގެއިން ވަގަށް ނެގި ބައެއް ތަކެތި މިހާރު ހޯދާފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ތަކެތި ފެނުނީ ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދިރިއުޅޭ ގެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަތުކުރީ ގަޑި ހިމެނެ އެވެ. އަދި މި ތަކެތީގެ އަގު މިލިއަނަކަށް ވުރެ ބޮޑެވެ،" ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގުމަތީލޯޔަރ
30 January 2024
ތިމާވެށިން ވައްކަންކޮށްގެން ކުށްވެރިއެއްނުވާނެ.
މުޑަހަންޖާ
30 January 2024
މިއެނގެނީ މިހާރުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމުގަ ފޭލިވެފަވާކަމެއްނު.
ތެފައާސާ.
30 January 2024
ޗެއާރމަން މީ އަސްލު ރިޗު ގޮލައެކޭ ދޯ؟
ޖޭލޮލް
30 January 2024
މިއޮތި ވަކްތުން ވަކްތަށް ފިޔަވަޅު އަޅާފަ!
ޒެލެންސްކީ
30 January 2024
ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ކޯޓުތަކުން ކީއްވެބާ މަރުގެ މައްސަލައާއި ޑްރަގު ބޮޑެތި މައްސަލަ ތަކުގައި އާންމުކޮށް ޖައްސަވަނީ 5 ދުވަސް. ޖާބިރު ވީމާ ވަކި ގޮތެއް، ވަކި އުންސުރެއް ދޯ
ޢަކި
31 January 2024
5 ދުވަސް ދެނީ ވަކީލަކު ހަަމަޖެއްސުމަށް. ވާ އެއްޗެއް އެނގިގެން އަގަތަޅާބަ
ތި ދެވަގު ހަވާލު ކުރަންވީ ޖާބިރާ
30 January 2024
އޭރުން އިންސާފު ޤާއިމް ކުރާނެ!
މިއައު
30 January 2024
އިއްޒަތްތެރިވީމަ މިކަންވެސް ވޭދޯ
ރާއްޖޭ ގެ 90 ޕަސެންޓް
30 January 2024
ރާއްޖޭ ގެ 90 ޕަސެންޓް ހޮޓާ ކެފޭ އަދި ގޮޅި ރެސްޓޯރަންޓް ފަދަ ތަންތަނުން ލިބޭ ފައިސާ ބިދޭސީ ކޭޝިއަރުން އެދަނީ ޑޮލަރަށް ހަދާ ކޮންމެ ދުވަހަކު ގައުމަށް ފޮނުވަމުންނެވެ. އެއީ ވަގަށް ބޭރު ކުރާ ފައިސާ އެވެ. ކޭޝިއަރުންގެ ގޮތުގަ ކޯޓާ ނުދޭ މާގާމް އެއް ގަ އެހުންނަނީ ގާނޫނާ ހިލާފް އަށެވެ. ބަލާނެ ބަޔަކު ނެތެވެ.
ފާނަކޮށި
30 January 2024
ވަރަށްފަސޭހަ ދޯ ހޯދައިގެން ހައްޔަރުކުރަން.....
އަޅި އަލީ
30 January 2024
ޖާބިރު 2028