އާދިއްތަ ދުވަހު މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ހިނގި މާރާމާރީގެ މައްސަލަ ފުލުހުން ދަނީ ބަލަމުން
31 ޖެނުއަރީ 2024 - 18:24
މިދިޔަ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ހިނގި މާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ނާފިޒު ވިދާޅުވީ މެންބަރުންގެ މެދުގައި ހިނގި މާރާމާރީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ބައެއް މެންބަރުންނަށް ވެސް ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަނިޔާވުމުގެ މައްސަލަތަކުގެ އިތުރުން ބައެއް މެންބަރުންނަށް އެކި ކަހަލަ އިންޒާރުތައް ލިބުމުން އެ ބޭފުޅުންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވެ ފުލުހަށް ހުށަހެޅި މައްސަލަތައް ވެސް ހިމެނޭ ކަމަށް ނާފިޒު ވިދާޅުވި އެވެ.
މެންބަރުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފުލުހުން ބުނިއިރު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ މެންބަރުންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
އެ ދުވަހުގެ ހަމަނުޖެހުމުގެ ތެރެއިން މަޖިލިސް އިދާރާގެ ބޭރުގައި މުޒާހަރާ ކުރަމުންދިޔަ ސަރުކާރަށް ސަޕޯޓްކުރާ ބައެއް މީހުން ވަނީ މަޖިލިސް އިދާރާއަށް ގާ ފަދަ ތަކެތި ވެސް އުކާފަ އެވެ.
ކެބިނެޓްގެ މިނިސްޓަރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާ ބޮޑު ހަމަނުޖެހުމަކަށްވެ، ބޮޑެތި އަރާރުންތައް އެ ދުވަހު މަޖިލީހުގައި ހިނގާފައިވެ އެވެ.
އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފައިގައި، މެންބަރު ޝަހީމް ހިފަހައްޓައި ވައްޓާލުމާ ގުޅިގެންނެވެ. ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު މަސައްކަތް ކުރައްވާފައިވެ އެވެ.
ނަމަވެސް، އޭގެ ފަހުން ވެސް މެންބަރު އީސާ އާއި ޝަހީމާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ޝަހީމަށް އަނިޔާވީ އީސަ، އޭނާގެ ގައިގާ ކަކޫ އަޅުވައި އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުންނެވެ. ޝަހީމްގެ ކަންފަތް ކައިރިއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އެ ހަމަނުޖެހުން ހުއްޓުވަން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވެ އެވެ. ޝަހީމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުނެވެ.
އޭގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޒަރީރަށް އަނިޔާވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގަ އެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެންބަރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމުދީދީގެކާފަ
02 February 2024
ތިތާ ހިނގާ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަ ނުބަލަންވީ ކީއްވެ. އެއްވެސް މީހަކަށް އަނެއްމީހަކު ދައްކާވާހަކަޔާ ޖަދަލުކޮށް ނުހެދޭނެ. ކޮންމެ މެމްބަރަކީ ވަކިން ފަސްހާހަށްވުރެ ގިނަމީހުންގެ ޙައްޤުތަކެއް ލިބިގެން ޙޮވާފައިހުރި މީހެއް. އެމީހަކަށް ފެންނަ ޚިޔާލެއް ޖަލްސާތަކަށް ހުށަހެޅޭނީ. ޖަދަލުކޮށް ޒުވާބެއް ނުކުރެވޭނެ. ހުރިހާ ކަމެއްވެސް ބެލެންޖެހޭނެ. މަޖިލިސް ރައީސްގެ މިޤާބިލުކަން ނެތީވިއްޔާ ދުރަށްދޭ ތިޔައީ ޖަވަވާރުގެ ޒުލެއްނޫން..
ހީހީ....
01 February 2024
ރަގަޅު ތައުލީމެއް ނުލިބި މަޖްލީހަށް ވަދެގެން އުޅޭ އިއްޒަތްތެރި ގޭންގު ގޮލާމެން އުޅޭގޮތުން ހަމަ ހީހީ ހަލާކު...
ކޮންމެ ވޯޓަކުން މަންފާ
31 January 2024
އީސަ ބުނާނެ ޝަހީމު ވަޑައިގަންނަވަނިކޮށް ތިމަންނަ ފައިގައި އަޅައިގަތީ ކަމަށް. ޝަހީމު ބުނާނެ އަޅައިގަތީމަ އީސަ ވެއްޓުނު ވަގުތު ތިމަންނަގެ ބޮލުގައި އޭނަގެ ފައިން ޖެހުނީ ކަމަށް. މަވޯޓާ ބުނާނެ އެއީ އެކަން ހިނގިގޮތް ކަމަށް. މިހާރު ވެސް ބަލާ އެމީހުން ތިބޭނެ ކޮފީގައި.
ޔަޤީން
31 January 2024
ކަލޭމެންނަށް ބަލައިގެން އެއްޗެއް ފެނޭތަ؟
ހޭހެ
31 January 2024
ހެހެ ހެހެ. އަދި ކިހާވަރަަކަށް ބެލީމާ ކިހާވަރަކަށް ފެންނާނީ؟
އަލީ69
31 January 2024
އެކަމު މިބައިމީހުނަށް ފުލެޓާއި އޭތިމީތި ދޭންޖެހޭ ކަމެއްނުވާއިރުވެސް. ހެހެހެ
ކިހިނެއް
31 January 2024
ރަނގަޅު ނިންމުމެއް
ބަ ޚަބަރު ލައިވު
31 January 2024
އެންމެ ރަނގަޅަށް ތި މައްސަ ބެލޭނީ
މާރިޔާ
31 January 2024
މާރާމާރީ ހިންގިޔާ ބެލެން ޖެހޭނެ ކޮންމެ ތަނެއްގަ ވިޔަސް
ސިލްމާ ޒާހިރު
31 January 2024
މުޢިއްޒު އެ އުޅެނީ އިދިކޮޅު މެންބަރުން ހައްޔަރުކޮށްގެން ސަރުކާރު ހިންގަން!
ދޯދިޔާ
31 January 2024
އިދިކޮޅުން ހެޔޮދޯ މާރާމާރީ ހިންގިޔަސް
ދައްދޮޅި
31 January 2024
ދައްދޮޅި ދުއްވާލަން ސިފައިންވެއްދިކަހަލަ ޒާމާނެއް މިއޮތީ އަނެއްކާ. ރަގަޅު އިދިކޮޅު މެންބަރުން ގޭން/އަތުން ފިސްތޯލަ ނުފެނިއްޖިއްޔާ