ޚަބަރު / އެމްޑީޕީ

ކަރަންޓު އަގުހެޔޮ ކުރުމުގެ ވައުދު ދަނީ ފުލުން: އެމްޑީޕީ

އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީން މީގެ ކުރިން ބޭއްވި މުޒާހަރާއެއްގައި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ކަރަންޓުގެ އަގު ބޮޑުކުރާތީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވާ ކަމަށް އެމްޑީޕީން ބުނޭ. - ފޮޓޯ: އެމްޑީޕީ

ކަރަންޓުގެ އަގު ހެޔޮކޮށް ރައްޔިތުންގެ ޖީބަށް ލުއިވެގެން ދާނެ ކަމަށް ސަރުކާރުން ހާމަކުރިޔަސް އެ ވައުދު ދަނީ ފުލުން ކަމަށް އިދިކޮޅު އެމްޑީޕީން ރޭ ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން އަމަލު ކުރަމުން އަންނަނީ ކަރަންޓުގެ ހިދުމަތް ދިނުމުގައި ރައްޔިތުންނަށް އޮޅުވާލާއި ގައުމުގެ އިގްތިސާދަށް ނުހަނު ނޭދެވޭ އަސަރުތަކެއް ކުރާނެ ގޮތްތަކަކަށް ކަމަށާއި އެކަމާ އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.

އާންމު ގޭބިސީތަކަށް ދޫކުރާ ކަރަންޓްގެ އަގު ހެޔޮ ނުކޮށް އުޅެނިކޮށް ވިޔަފާރިތަކަށް ސަރުކާރުން ބިލް ކުރަމުން އައި ގޮތަށް ބަދަލު ގެނެސް، 3000 ޔުނިޓަށް ވުރެ މައްޗަށް ހިނގާ ޔުނިޓަށް އަގު ކުރެވޭ ރޭޓް އިތުރު ކުރެވިފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

މިހެން ހެދުމުން، ކަރަންޓު ގިނަ އިން ބޭނުންކުރާ މީހުންގެ ބިލް 23 ޕަސަންޓު ނުވަތަ އެ އަށް ވުރެ އިތުރު ވެގެންދާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އާއްމުކޮށް ކަރަންޓު ބޭނުން ކުރުން އިތުރުވެގެން ދާނީ ވިޔަފާރިކުރާ ތަންތަނުގައި ކަމަށްވާތީ މިއީ ވިޔަފާރިކުރާ ފަރާތްތަކަށް ހުރި ބޮޑު ގޮންޖެހުމެއްކަމުގައި ދެކެމެވެ. --އެމްޑީޕީގެ ބަޔާން

އެ ޕާޓީގެ ބަޔާނުގައިވާ ގޮތުން މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކެތްކޮށްލަން އުނދަގޫވާ ފަދަ ހާލަތަށް ދާނެ ކަމަށް ބެލެވެ އެވެ. ވިޔަފާރިކުރާ މީހުންނަށް މިފަދަ ދަތިތަކާ ކުރިމަތިވުމުން މިކަމުގެ ސީދާ ގެއްލުން ރައްޔިތުންނަށް ކުރާނެ އެވެ.

މީގެ އިތުރުން ވިޔަފާރި އަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި މުދަލާއި ހިދުމަތްތަކުގެ އަގު ބޮޑުކުރުމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގުތައް އަތް ނުފޯރާ ފަށަށް ގޮސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށް ވާ ތަން ފެންނަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ހަމައެއާއެކު، ގިނަ މީހުން އެއް ގެއެއްގައި އުޅޭ ކަމުގައިވާ ނަމަ އެގޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ބިލް ބޮޑުވެގެންދާނެ އެވެ. ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ހާލަތު ހުރި ގޮތުން، ގިނަ ފަހަރު ގިނަ މީހުން އެއް ކޮޓަރިއެެއްގައި ނުވަތަ އެއ ގެއެއްގައި އުޅެން މެދުވެރިވަނީ ތަންކޮޅެއް ފޯރުންތެރިކަން ކުޑަ އާއިލާތަކުގަ އެވެ. ކަރަންޓުގެ ހިދުމަތަށް މި ގެނެވުނު ބަދަލުގެ ސަބަބުން ގިނަ އާއިލާތައް ދިރިއުޅޭ ގެތަކުގެ ބިލް ވެސް ވަރަށް ބޮޑު ތަން އިތުރުވެެ ގޮސްފައިވާކަން ހިތާމައާ އެކު ފާހަގަ ކުރަމެވެ." ބަޔާނުގައިވެ އެވެ.

ސްޓެލްކޯގެ މައި އިމާރާތް. ވިޔަފާރިތަކަށް ޗާޖުކުރާ ކަރަންޓްގެ އާ ޓެރިފް ރޭޓްތަކާ އެކު ބޮޑެތި ވިޔަފާރިތަކުގެ ކަރަންޓް ބިލް ވަނީ ބޮޑުވެފައި. ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ކަރަންޓުގެ އަގު ބޮޑު ކުރީ ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެކަމަށް ސަމާލުކަމެއް ނުދީ ސަރުކާރަށް ލިބޭ ފައިސާ އިތުރުކުރުމަށެވެ.

އެ ބަޔާނުގައިވާ ގޮތުން ކަރަންޓު އަގަށް ކުއްލި ބަދަލުތައް އައުމުން ވިޔަފާރިތަކަށްވާނެ ދަތިތަކާއި އެ ވިޔަފާރިތަކުން ހަދާފައިވާ ޕްލޭންތަކަށް ބުރޫ އަރާނެ މިންވަރާ މެދު ސަރުކާރުން ނުވިސްނާކަން ސާފުވެ އެވެ. އަދި މިއީ އިގްތިސާދީ މާހިރުން ކަން ކުރައްވާނެ ގޮތް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެހެންވެ އެމްޑީޕީން ވަނީ އޮޅުވާލައިގެން ހޯދާ ފައިސާ ކޮރަޕްޝަންގެ އަމަލުތަކުން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ބުނެ އެކަން ކުށްވެރިކޮށް ކަރަންޓު ބިލް ބޮޑު ނުކުރުމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުންނަ ވަރަށް އަތްފޯރާ އަގުގައި ތެޔޮ ފޯރު ކޮށްދިނުމަށާއި ސަބްސިޑީ ކަނޑާނުލުމަށް ގޮވާލައިފަ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމަރު

12 June 2016

ކަރަންޓް އެއީ ސަރުކާރުގެ ބޮޑު ވިޔަފާރިއެއް، އެހެންވެ ކަރަންޓް އަގުބޮޑީ، މިހާރުވެސް ބާޒާރުގައި ފީފީއެއްގެ އަގު އުޅެނީ 50 ޑޮލަރުން ދަށުގައި އެކަމަކު އަދިވެސް ސަރުކާރުން ކަރަންޓް ކުންުފުނިތަކަށް ތެިޔވިއްކަނީ ފީފާއަކަށް 104 ޑޮލަރުގެ މަގުން، ކަރަންޓް އަގުހެޔޮވާނީ އެސްޓީއޯއިން ތެޔޮ އެގުހެޔޮކުރުމުން

The name is already taken The name is available. Register?

ޖާރިޔާ އަހުމަދު ދީދީ

12 June 2016

އަނހަ މިގްރޫޕް އަދިވެސް އެބަ އުޅޭތަ. ހާދަ ދުވަހެއް ކޮށްލާފަ ޚަބަރެއް މިވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454