ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް: އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާން މިއަދު ވަނީ ހުޅުވާލާފައި --- ފޮޓޯ/މިހާރު
13 ފެބުރުއަރީ 2024 - 17:10
އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އެ ޕާޓީން ހުޅުވާލައިފި އެވެ.
އެ މަގާމު ހުސްވީ މިދިޔަ އަހަރުގެ ޖޫން މަހު، އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. އޭގެ ފަހުން އެމްޑީޕީން ވަނީ އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފަ އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވާނެ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމަށް އެދޭ މެމްބަރުންނަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހަށް ހުޅުވާލާފައި ވާއިރު، އެ މަގާމަށް ޝައުގުވެރިވާ މެމްބަރުން ކުށުގެ ރެކޯޑު ސާފު ކުރުމަށްފަހު ފޯމު ހުށަހެޅުމަށް އެ ޕާޓީން އެދެ އެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ނަޝީދު އިސްވެ ހުންނަވައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. ނަމަވެސް އެމަނިކުފާނު މިހާރު ހުންނެވީ ސިޔާސީ ކަންކަމުން ދުރުވެ ވަޑައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުބޭ
25 April 2024
އެމްޑީޕީގެ ރައީސްގެ މަގާމަށް އަންނަމީހަކީ ވަރަށް ހިތްވަރުގަދަ މީހަކަށް ވާންޖެހޭނެ. މީހަކު އެއްޗެއްބުނާއިރަށް ފިލަން ދުވާ މީހަކަށް ވެގެން ނުވާނެ. އަންނި ހެން ހިތްވަރު ހުންނަންވާނެ. ޕާޓީގެ އެތެރޭގައި ތިބެގެން ކަމެއް ނުކޮށް އަމިއްލަ މަސްލަހަތު އިސްކުރާ މީހަކަށް ވެގެންނުވާނެ
ކިއްލި
14 February 2024
އެމްޑީޕީ އުޅެބަލަ ތިލަފުށީ ކުނިގޮނޑުން ކުރާނެ ކަމެއް ލިބޭތޯ،މިގައުމުގެ ވެރިކަމަކަށް ދުވަހަކުވެސް ދެން އެމްޑީޕީ އަޔަކަ ނުދޭނެ ރައްޔިތުންގެ ވޯޓަކުންއިންޝާ ﷲ،އެކަން ވ ސާފް،ބަލަން ތިބެމާ،އެމްޑީޕީ ހުޅަނގުގެ ޕާރޓީ ކުދިން އަވަހަށް އެޕާރޓީ ދޫކޮށްލުމަށް ގޮވާލަން،އަދި މުއިއްޒުވެސް މިރާއްޖެއިން މައުމޫނުއާއި އަންނި ހެދި ހުޅަނގުގެ ޕާރޓީ ސިސްޓަމް އަވަހަށް އުވާލާ ދީނީ ޖަމިއްޔާ ތަށް ހެދުމަށް ވެސް ގޮވާލަން،އަދި ﷲގެ ޝަރީއަތް ޤާއިމް ކުރުމަށްވެސް ގޮވާލަން،
ބަނގުރޫޓު ވިޔަފާރިވެރިޔާ
14 February 2024
އެމްޑީޕީ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް ޖާބިރު އިއުލާނު ކުރީމައި އަވަސް އަވަހަށް ޖާބިރު ވަކިކުރީ މިކަން ކުރަންތާ
އަސޭލ
14 February 2024
15 އަހަރުގެ ވަރުގަދަ ޕާޓީ އެއް ފުންޑާލި މޭސްތިރިޔާ
ދެހަނާން
14 February 2024
ހަސަން ލަތީފު ރަނގަޅުވާނެ. އެމް.ޑީ.ޕީ މީހުންނާ ގުޅިގެން އަންނިގެ ސިޔާސީ ކެރިއަރ އެހުރީ ހުއްޓުވާލާފަ. އަންނި އެހުރީ ޤަޢުމުގެ ދުވަސް ދުއްވާލަން ތައްޔާރަށް. އެމް.ޑީ.ޕީ ވީ އުވާލަން. ރާއްޖެ ޓީވީ އާމިރު މިކަމަށް ސަޕޯޓް ކުރާނެ
އެއްހަނާން
14 February 2024
މޮޔަ ފުޅު ވީ ތޯ ؟
މުބާރިގައުމާތެކުއްދާ
14 February 2024
ތިޔަޕާޓީގެ ރައީސަށް އެންމެ ކުފޫހަމަވާ ބޭކަލަކީ އަލްފާފުޅު ޖާބިއްރު. އެބޭޅާއަތުން ޓިކެޓު ފޭރިގަތްނަމަވެސް އެއީ އެންމެ ކުފޫހަމަވާ ކުށެއްނެތް މަކާރިމުލް އަހުލާގުގެވެރި އިއްޒަތްތެރި މެންބަރެއް.
ޔޫޓޫ
14 February 2024
ފައްޔާ އަވަސްކުރައްވާ ނުކުންނަވާ މަޖީދީމަގު ޒިކުރާ މިސްކިއްކާރިއަށް އެތަނުންމީހަކު ހޯދާ ތިޔަޕާޓީރައީސްކަން މިހާރުތިޔަކުރާގޮތައްވުރެ ހެޔޮކޮށް5މިލިއަންމޯލްޑިވިއަންއަށްނުދަރާތިޔަޕާޓީގެރައީސްކަންކޮށްދީފާނެ
އަބްޑޫޅް +
14 February 2024
ހޫނ. އަހުރެން ފޯމު ވައްޓާލާނަން.
އބޫ ނޫން ގޮތއް
13 February 2024
ނަސީދ އެއީ ރޫހަކީ. ލެޓްސް ސީ
މިކޯ
13 February 2024
ތިކަން ކުރަން އެންމެ ރަނގަޅީ ޝާހިދު
މހ24
14 February 2024
އައްޗީޑި.. ޑީއާރުޕީން އުފެދިގެން އައި ކުރިއެއްގަ، އެމް.ޑީ.ޕީގެ ކުލަ ހުއްޓަސް އެތެރޭގަ ރީދޫ ކުލައެއްނެތް.. މައުމޫނިޒަމްގެ ތެރެއިން ނިކުމެގެން އައީ އިސްލާހަކަށް ނޫން.. ވެރިކަން ހޯދަން.. މިފަހަރު ފޮރިން މިނިސްޓަރަށް ހުރެގެން ޕީޕީއެމް މީހުންވެސް ވަޒީފާތަކަށް ގެނައި..މަހުލޫފުވެސް ކުޅުނީ ހަމަ އެ ގޭމް.. އެހެންވީމަ މަގޭ ވޯޓެއް ނުލިބޭނެ..ސާފު ރީނދޫކުލަ ހުރި މީހެއް ބޭނުމީ.. ގިރިޓީ ރީނދޫ ކުލައެއް ބޭނުމެއް ނޫން.. ވަރަށް ސާފު..