ބިސް ޓްރޭއެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
14 މާޗް 2024 - 14:20
ކުކުޅު ބިސް ވިއްކާއިރު ރައްކާތެރިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ކުކުޅު ބިސް ވިއްކުމާއި ގެންގުޅުން އަދި ރައްކާކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
އެހެންވެ، ބިސް ވިއްކުމާއި ގެންގުޅުން އަދި ރައްކާކުރާއިރު ނަޖިސް ހަރުލާފައި ނުވަތަ ބިހުގެ ތޮށި ހަށިވެފައި ހުންނަ ބިސް ނުގަތުމާއި ފްރިޖުގައި ބަހައްޓާފައި ހުންނަ ބިސް ގަންނަން އިސްކަންދިނުމަށް ވެސް އެ އެޖެންސީން ވަނީ އެދިފަ އެވެ.
އޭގެ އިތުރުން؛
- ރެނދުލާފައި ހުންނަ ބިސް ނުގަތުން.
- ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބިސް ނުގަތުން.
- ބިސް ދޮވެގެން ބޭނުން ނުކުރުން (ބިސް ދޮވުމުގެ ސަބަބުން ބިހުގެ އެތެރެއަށް ޖަރާސީމާއި ކެމިކަލް ވާސިލްވުމަށް މަގުފަހިވޭ)
- އެހެން ކާބޯތަކެތި ތަޣައްޔަރު ނުވާނެހެން ފްރިޖުގައި ބިސް ރައްކާކުރުން.
- ރޯނުފިލުވާ ހުންނަ ބިސް ބޭނުންކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުން އަދި މިފަދަ ތަކެތި އައިސް އަލަމާރިން ބޭރުގައި ދެ ގަޑިއިރަށް ވުރެ ގިނަ އިރު ނުބެހެއްޓުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުދުރު
14 March 2024
ކުށްވެރިވަނީ ބިސް ކާ މީހުން. ދައުލަތުން ބޮޑެތި މުސާރަ ނަގައިގެން އެކަންތައް ބަލަހައްޓަން ހަދާފައިވާ އިދާރާ ފުޑް އެންޑ ޑްރަގް އޮތޯރިޓީ މީހުން އެއްގޮތަކަށް ވެސް އެމީހުންގެ ވާޖިބު އަދާ ނުކުރޭ. ވަރަށް ދެރަކަމެއް.
ާއާސިމާ
14 March 2024
ޢެމް.އެފް.ޑީ.އޭ ދޯ؟ ޢޮޅިއްޖެ
ފޮނިޓައްޕު ހަސަނު
14 March 2024
ރާއްޖެއަށް ތިބުނާ ހަޑި މުޑުދާރު ބިސް އެތެރެ ކުރަނީ އިންޑިއާއިން، އެބިސް ރާއްޖެ އެތެރެވާއިރު އެއަށް އިންޑިއާގެ ހެލްތު އިދާރާއަކުން ދޫކުރާ ސެޓްފިކެޓް އަދި އެ ބިސް ޝިޕްމަންޓް ފިޒިކަލީ ބަލައި ހަދަނީ ތިބުނާ ފުޑް އެންޑު ޑްރަގް އޮތޯރިޓީން. ކީއްވެހޭ އެބިހުގައި ނަޖިސް ހުންނަ އިރު އެކަން އެނގިހުރެ ތިޔަ ދޫކުރަނީ. ތިޔަ އޮތީރިޓީގެ މުވައްޒަފުން ދައުލަތުން ބޮޑެތި މުސާރަ ނަގައިގެން ތިބެ މަސްއޫލިއްޔަތު އަދާ ނުކުރާކަން ދޭހަވަނީ.
ވިލް
14 March 2024
ބިސް ދޭއިރު ރައްކާތެރިވާން ނުޖެހޭތަ؟
ހުސައިން
14 March 2024
" ބިސް ދޮވެގެން ބޭނުން ނުކުރުން (ބިސް ދޮވުމުގެ ސަބަބުން ބިހުގެ އެތެރެއަށް ޖަރާސީމާއި ކެމިކަލް ވާސިލްވުމަށް މަގުފަހިވޭ)" މިބުނާ އެއްޗެއް 2 ގޮތަކަށް މާނަ ކުރެވިދާނެ. #1. ކެއްކުމުގެ ކުރިން ދޮވުން. #2. ކެއްކުމުގެ ފަހުން ދޮވުން. ރަނގަޅު ގޮތަކީ ކޮބައިތޯ؟
އިމާނާ
14 March 2024
ދެން ތީގެ ބިސް އެތެރެކޮށް ވިއްކާ މީހުންނަށް ފިޔަވަޅުއަޅަންވީނު؟؟؟!!
ވޮލަރެސްމަ
14 March 2024
ހޯލްސޭލް ކުރާމިހުންގެ ގުދަންތަކުގެ ފިނިހޫނުމިން ހުންނަނީ ރައްކާތއރި މިންގަނޣެއްގައިނޫން. ގިނަތަންތާ ފިނިކަމެއް ނުވެސްހުރޭ. ހެލްތުން މިކަންބަލާނަމަ ކިހައި ރަނގަޅު. ބައެއްތަންތާ މީދާ އެހާއިގިނަ.
ދޮން ހަސަނު
14 March 2024
ބިސް ބަލަނީ މެޑަމް ސާޖިގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން. ބަޔާން ނެރެނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން. މިވާގޮތެއް ނޭގުނު؟
ސާއިމާ
14 March 2024
އާސިމާ ނިޒާރުމެން ހަބަރު ލިޔާއިރު ވެއްްޖެ މައްސަލައިގެ ހައްލުގެ ގޮތުގައި ކުރެވޭނެ ކަންކަން ހިމަނަން. އެނޫން ބިސް ވިއްކަން ނެތިއްޔާ ކީއްކުރާނީ. ހުރިހާ ފަރުދުން ނުވާނެ އެހައި ތަންދޮރު ފިލާ ބަޔަކަށް. ޓެކްސް ފައިސާއިން އެޗްޕީއޭއަށް ބަޖެޓް ދެނީ މި ކަންކަން ހުއްޓުވަން.
ގައްދާމް
14 March 2024
އެޗް.ޕީ.އޭ އިން ނިކަން ހޮޓްލައިން ވައިބަރ ނުވަތަ ޓެލެގްރާމް ނަންބަރެއް ހަދަންވީ. ނަޖިސް އުނގުޅިފަ ހުންނަ ބިސް ވިއްކާ ފިހާރަތަކާއި އެތަކެތީގެ ފޮޓޯ ނަގާފަ އެޗްޕީއޭއަށް ފޮޓޯ ފޮނުވާ ޕްރޮމޯޝަނެއް. ކޮންމެ މަހަކުވެސް މިފަދަ ފަރާތްތަކުގެ ފޮޓޯ ފޮނުވާ ފަރާތް ތަކުގެ ތެރެއިން ސައްހަ ފޮޓޯ ފޮނުވާ މީހުންގެ މެދުގައި ގުރުއަތުލައިގެން އިނާމެއް ދޭ ގޮތަށް