މާލޭގައި ފެން ބޮޑުވެފައި: އީދު ދުވަހު މެދު ރާއްޖެ ތެރެއާއި ދެކުނަށް ވިއްސާރަކުރާނެ ކަމަށް މެޓު އޮފީހުން ލަފާކުރޭ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
07 އެޕްރީލް 2024 - 12:05
ކުރިއަށް އޮތް ފިތުރު އީދު ދުވަސް ކަމަށްވާ ބުދަ ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
މި ރޯދަ މަހު، މުޅި ރާއްޖެ އަށް އާދަޔާ ހިލާފަށް ހޫނު ގަދަކޮށް އޮތުމަށް ފަހު، ރެ އިން ފެށިގެން މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވާރޭވެހި، މުޅި މާލޭގެ މަގުތަކުގައި ވަނީ ފެން ހެދިފަ އެވެ.
އެކަމާ ގުޅިގެން މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، މިހާރު ކުރަމުން ދަނީ ދެ މޫސުން ބެދެމުން ދާތީ ކުރާ ވިއްސާރައެއް ކަމަށެވެ. މިއަދާއި މިރޭ ވެސް މެދު ރާއްޖެތެރޭގެ ތެރޭގެ ރަށްތަކަށް ވިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މާދަމާ ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާ ރަކުރާނެ ކަމަށް ވިދާޅުވި އެވެ.
އަންނަ ބުދަ ދުވަހު، އީދު ފާހަގަކުރުމަށް މުޅި ރާއްޖެ އިން ތައްޔާރުވަމުން އަންނައިރު އެ ދުވަހުގެ މޫސުން ލަފާކުރާ ގޮތުގައި މެދު ރާއްޖެތެރެ އާއި ދެކުނަށް ވެސް ވިއްސާރަ ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މެޓުން ލަފާކުރާ ގޮތުގައި އީދު ދުވަހު، ރާއްޖޭގެ އުތުރަށް މޫސުން ރަނގަޅުވާނެ އެވެ.
ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މި ވަގުތު ވެސް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.
މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ކ. ގާފަރަށެވެ. އެ ރަށަށް 52.9 މިލިމީޓަރުގެ ވާރޭވެހުނެވެ. ގދ. ކާޑެއްދު އަށް 49 މިލިމީޓަރުގެ ވާރޭވެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސްނު
07 April 2024
މި ފަހަކަށްއައިސް އީދު ދުވަސްވަރު ވިއްސާރަވޭ. އެހެން ދޯ ވަނީ އީދުގައި ވެސް ނާޗަރަންގީ ކުޅެން ވިއްޔަ ތައްޔާރުވެގެން ތިބެނީ.
އައްދުރޭ
07 April 2024
ދެކުނު 0 : އުތުރު 1
ދޮންދޮން ދޮންމަނިކު
07 April 2024
ފެންވުމަކީ މައްސަލައެއްނޫން. ފެންވީމާ ކުރާންވީކަމަކީ ވެހޭތާ ފެންނަގާންވީން. ދެން އެފަހަށް ރައްކާކުރުން.
ބީރުބޮލުވަޒީރު
07 April 2024
ފެނެއްނުވާނެ ވާރެއާ ތެމުނީމައެއް. އޭރުން ފެންޖެހުމުގެ ހަރަދު ސަލާމަތްވީ.