ތ. ގުރައިދޫގައި އެއާޕޯޓް އެޅުމަށް އެއްބަސްވުން ބަދަލުކުރުން.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
18 އެޕްރީލް 2024 - 23:41
ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ އެ ފަސް ރަށުގައި އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ސަވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއުތައް ހަވާލުކުރުމަށް މިއަދު ވަކިވަކިން ރަސްމިއްޔާތުތައް ވެސް ބާއްވައިފަ އެވެ.
ކޮމަންޑޫ އެއާޕޯޓްގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.
އެ ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން އާއި ސަރުކާރުގެ އިސްވެރިން އެހެން ބައެއް ބައިވެރިވެވަޑައިގެންނެވި އެވެ.
ގުރައިދޫ އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ.
ށ. ކޮމަންޑޫގައި އެއާޕޯޓް އެޅުމަށް އެއްބަސްވުން ބަދަލުކުރުން.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
އެ ރަސްމިއްޔާތުގައި ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު އާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެހެން ރަށްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް މިނިސްޓްރީ އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ ފަސް މަޝްރޫއުގެ އިތުރު ތަފުސީލު އަދި ހާމައެއް ނުކުރެ އެވެ.
މިލަންދޫ، ކޮމަންޑު، ގުރައިދޫ އަދި ވިލުފުށީގައި އެއާޕޯޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންމެ ފުރަތަމަ ދީން
20 April 2024
ރަސޫލާ (ޞއވ) އަށް ފުރައްސާރަ ކުރެވުނު ހިނދު، އެކަލޭގެފާނުގެ ދިފާއުގައި ގަރާރެއް ފާސްކުރަން އިދިކޮޅުހެދި ފިކުރަކަށް އަދި މެމްބަރަކަށް އެނގިހުރެ ވޯޓްދީގެން ﷲގެ ހަޟްރަތުގައި ޖަވާބުދާރީވާން އަހަރެން ބިރުގަނޭ. އެންމެ ފުރަތަމަ ދީން. ދުނިޔޭގައިވާ އެއްވެސް އެއްޗަކަށްވުރެ ﷲއާއި ރަސޫލާ އިސްނުކުރެވޭހާ ހިނދަކު އީމާންކަން ފުރިހަމަވެގެން ނުވެ. ބަނދަރާ، ފްލެޓާ، މަގު ފަދަ މާއްދީ ކަންކަމަށް އަހަރެން ބަލާނީ ދީނަށްފަހު. މީސްތަކުންނޭޥެ! ﷲއަށް ބިރުވެތިވާށެވެ!
ވާވާ
20 April 2024
ކޮންމެ ރަށެއްގައި އެއަރޕޯޓެއް! މީ މިހާރު ބޮޑު ޖޯކެއް
ބާބޫޖީ
19 April 2024
ބަޔަކު ހިތްހަމަޖެހުނަސް އަތޮޅު ދެކޮޅުގައި އެއާޕޯޓު އެޅުންއެއީ ބޭކާރު ކަމެއް. މިހެން ވައުދުވާނަމަ ޖެހިގެން އޮންނަ ރަށުގައިވެސް އެއާޕޯޓު އަޅާނެ.
ފާތުން ސޯލިހް
19 April 2024
އެއްމެ ފަހުން އަޅުގަނޑުގުމެން އެދެމުން އައި ކަމަށް ނިމުން މިއައީ. އަލްހަމްދުﷲ
ތިބިޔާން
19 April 2024
އަހަރުމެން ރަށްވެސް އެބައިން. އުފާވެެރިކަން
އާސިމް ރިޒާ
19 April 2024
މީގެ ސަބަބުން އިގްތިސާދު ފުޅާވެ އެތައް ވަޒީފާއެއް މި ރަށް ރަށުގަ މި އަތޮޅު ތަކުގަ އުފެދޭނެ
ނިމާލް ހަސަން
19 April 2024
މިއީ ޓޫރިޒަމް ފަޢްކާ ކުރަން ވަރަށް މުހިއްމު ކަމެއް. ރަނގަޅު ނިންމުމެއް
ފީސިބުލްވާނެ
19 April 2024
ރާއްޖޭގެ ކޮންމެރަށެއްގައި އެއާޕޯޓެއް އަޅައިގެން ތިތަންތަނަށް ޖައްސާނީ ކޮތަރުތަ. ހިޔެއްނުވޭ މޯލްޑިވިއަން އިން ގެއްލުމުގައި ތިއިން ކޮންމެއެއާޕޯޓަކަށް ދާއިމީކޮށް ދަތުރުތައް ކުރެވޭނެހެން. ހަގީގަތުގައި ފީސިބުލްނޫންކަމެއް ކުރުމަކީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން. އެއީ މިއަދު ބަޔަކު އެވަރަށް ވިސްނާކަމެެއްހެން ހީނުވޭ.
މައިހޯމް
19 April 2024
ކުޑަކުޑަ އަތޮޅެއްގައި ފުނަދޫ އެއަރޕޯޓާއި އެކު ހަތަރު އެައރޕޯޓް ، ދައުލަތުގެ ފައިސާ އިސްރާފްކުރުން މިއި
އަފްޝީނާ އަކްރަމް ޖަމީލު
19 April 2024
އަފްޝީނާ ދެކެން ބޭނުންވާ ހުވަފެނަކީ މުޢުނީފަދަ ގާބިލް ބޭފުޅަކު ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ އެމްޑީކަން ކުރާތަން.