އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 މެއި 2024 - 16:31
ހުއްދަ ނުނަގައި މަޝްއަރު ޓުއާސް އިން އުމްރާ އަށް މީހުން ގެންދިޔަ މައްސަލަތަކެއް ތަހުގީގުކުރަން ފުލުހުންގެ އިދާރާ އަށް ހުށަހަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި "މިހާރު" އިން ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ފަހުން ލިބުނު މައުލޫމާތުތަކާ ގުޅިގެން، ބައެއް މައްސަލަތައް ތަހުގީގު ކޮށްދިނުމަށް އެދި މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިނިސްޓްރީން ހުށަހަޅާފައިވަނީ ހުއްދަ ނެތި މިދިޔަ ރޯދަ މަހު އުމްރާ އަށް ގެންދިޔަ މަޝްއަރު ގްރޫޕްގެ މައްސަލަ އެވެ.
އެ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ 53 މީހުންގެ ތެރެއިން، އޭސް ޓްރެވެލްސް އިން ނެގި 50 ޓިކެޓަށް ވާ ފައިސާއަށް ދިން ޗެކް ބައުންސްވި މައްސަލަ މި ފަހަރު ފެންމަތިވި އެވެ. އެއީ އޭސް ޓްރެވަލްސް ކަނޑައެޅި މުއްދަތުގައި އެ އެޖެންސީން ފައިސާ ނުދެއްކުމުންނެވެ. އެކަމަކު، ފަހުން ހަމަ އެ އެޖެންސީގެ ހަރަދުގައި ވަނީ އެ އުމްރާވެރިން ރާއްޖެ ގެނެސްފަ އެވެ.
އުމްރާ ގްރޫޕުތަކެއްގެ މައްސަލަތަކަށް ފުލުހަށް ހުށަހެޅިއިރު، ބައެއް ގްރޫޕުތަކުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް އިރު ވެސް އެ ހިދުމަތް ދަނީ ދެމުންނެވެ. އެކަމުގެ ތެރެއިން ބައެއް މީހުންނަށް ލަނޑުތައް ލިބިފައިވެ އެވެ.
އިރާދަކުރެއްވިއްޔާ ޓްރެވެލް އެޖެންސީތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ހިއްސާ ކުރަމުން ގެންދާނަން. އެއީ މި ކަންކަމުން ސަލާމަތް ކުރުމަށްޓަކައި،"--- ޝަހީމް
އެހެންވެ، މިނިސްޓަރު ވަނީ އުމްރާ އަށް ދާން ފައިސާ ދައްކަނީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮންނަ ބައެއްތޯ ބެލުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެ ހުއްދަ ނުލިބުމުން ބައެއް ކުންފުނިތަކުން އުމްރާއަށް ގެންދަނީ "ސައުދީ ޓުއާ" ޖަހައިގެން އިޝްތިހާރު ކޮށްގެންނެވެ. އުމްރާގެ އަޅުކަން ވެސް ހިމަނާފައި ވަނީ އެ ޓުއާގެ ތެރޭގަ އެވެ.
"އުމްރާގެ އަޅުކަމަކީ ވަރަށް ތަފާތުކޮށް، ވަރަށް ރައްކާތެރި މާހައުލެއްގައި ވަކި ކަހަލަ އުސޫލުތަކެއްގެ ތެރެއިން ސައުދީގައި ވެސް އެކަން އޮންނަނީ. ގަވައިދުތަކެއް އެބަހުރި ހެދިފައި. އެ ގަވައިދުތަކަށް ތަބާވާ ނިޒާމެއްގެ ތެރެއިން އަޅުގަނޑުމެން ވެސް ދާންޖެހޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް އެދިވަޑައިގަތީ އުމްރާގެ އަޅުކަމަށް ދާން ފައިސާ ދައްކަނީ ހުއްދަ އޮންނަ ބަޔަކަށްތޯ ކަށަވަރު ކުރުމަށެވެ. ވިދާޅުވީ، ވަރަށް ގިނަ އުމްރާ ގުރޫޕްތަކަށް މިނިސްޓްރީން ހުއްދަ ދީފައިވާއިރު، އެ މިނިސްޓްރީގެ ވެބްސައިޓުން އެ މައުލޫމާތުތައް އެނގޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ޓްރެވެލް އެޖެންސީތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ހިއްސާ ކުރަމުން ގެންދާނަން. އެއީ މި ކަންކަމުން ސަލާމަތް ކުރުމަށްޓަކައި،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މި ފަދަ ކަމެއްގައި ބޭރު ގައުމަކަށް ގޮސް އުޅެނިކޮށް ހާލުގައި ޖެހިއްޖެ ނަމަ ދިވެހި ސަރުކާރުން އެހީތެރިކަން ދޭނެ ކަމަށާއި އެއީ ޝައްކު ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، އެހީވާނެ ކަމުގެ އުއްމީދުގައި ކަންކަން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހުއްދަ ނެތް ގްރޫޕުތަކުގެ ފަރާތުން މީހުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުނާ
09 May 2024
ފަހުން އެގުރޫޕުން ފައިސާ ދައްކައިގެން ގެނައީ.
ހަސްނަބެ
09 May 2024
އާއްމުން ވެސް ހޭލަން ވެއްޖެ. މިދިޔަ ސަރުކާރުން ފެށިގެން އެބުނާ މީހުންނަށް ވަނީ ހައްޖާއި އުމްރާއަށް މީހުންގެ ގެންދިއުމަށް ނަމާކޮށްފައި.. އެއްކޮޅު ޓިކެޓް ނަގައިގެން ގެންދަނީ. މިކޮޅަށް އަންނަންވީމަ ދެން ޓިކެޓް ނަގަން އުޅެނީ. މީހުން ހާލުގައި ޖެހި އެތައް އުނދަގޫތަކެއް އެބަވޭ.
މައުސޫމް މުހައްމަދު
09 May 2024
ފެނިގެން މިދަނީ ރައްޔިތުންގެ ހައްގުތަކަށް އަރާ އިރު މި ސަރުކާރުން އެކްޝަން ނަގާތަން.
ފާތުމަތު ސާނިމް
09 May 2024
މިިދޔަ ސަރުކާރަށް މިކަން ކުރަން ނުކެރުނު. ތިބީ އެތައް ބަޔަކަށް ލަޑު ދިންއިރުވެސް ބަލަން.
އަކްމަލް އަލީ
09 May 2024
މިކަން ކުރަން ލަސްވެސް ވެއްޖެ.
ދިމެހިން
08 May 2024
ވަރުގަދަ މަސްވަރު ޓުއާރެއްތާ
ވެންގަބޯ
08 May 2024
ހުޅުމާލޭގެ ރެޑްވޭވް ކައިރީގައި ހުންނަ ވަގުތީ މިސްކިތް ބަންދުކުރި ކީއްވެތޯއެވެ އާމިސްކިތެއްއަޅަނީތޯ އެހިސާބުގަނޑުގެ މީހުންނަށް މާދުރައް ދާންޖެހެނީ އުމުރުން ދުވަސްވީމީހުންނަށް ދުރައްހިގާފަދިއުމަކީ އުނދަގޫކަމެއް މިސްކިތެއް މިތާ އަލާނެތޯ ނާލާނެތޯ މިސުވާލަށް ޖަވާބެއް ދީބަލަ
ކެލާ
09 May 2024
މިސްކިތް މިހާ ކައިރި ކައިރީގަ ހުންނަ ގައުމެއް މަދުވާނެ އެއްކޮޅުން ވާލިދައިނި މިސްކިތް އަނެއްކޮޅުން އަޒީޒާ މޫސާ މިސްކިތް ޣާޒީ ސްކޫލުކައިރިން ހުޅަނގު އުރުރަށް ދާއިރު ރަޝީދު މިސްކިތް ވާލިދައިނި މިސްކިތާ މާދުރުނޫން ހިސާބުގަ ސަހަރާ މިސްކިތް. މި މިސްކިތްތައް ޗާޓުން ބަލާލަބަލަ. ކޮންމެ ގެއެއްގެ ދޮރުމަތީ ޕާކިންއަކާ މިސްކިތެއް ނުހުންނާނެ.