އާފިޔާ.
14 މެއި 2024 - 14:37
ކެންސަރު ބައްޔަށް އެތައް ބަޔަކު ފަރުވާކުރެ އެވެ. އެކަމަކު، ރާއްޖޭގައި އެކަމަށް ފަރުވާ ދިނުމަށް މި ވަގުތު ތިބީ އެންމެ ތިން ޑޮކްޓަރުންނެވެ. އަމްރިތާ ހޮސްޕިޓަލާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި މި ވަގުތު އޮންކޯ ސެންޓަރެއް ހިންގިއަސް، ރާއްޖޭގައި ސްޓޭޝަން ވެގެން ގަވައިދުން ފަރުވާއެއް ނުލިބެ އެވެ.
ރާއްޖޭގައި އޮންކޮލޮޖިސްޓުން މަދުވުމުގެ ގެއްލުން މި ފަހަރު ލިބުނީ ކެއާ ސޮސައިޓީގެ ފައުންޑަރު ފާތުމަތު އާފިޔާއަށެވެ.
އޭނާ، އަމިއްލަ ތަޖުރިބާ ހިއްސާކޮށް ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކިހިލިފަތަށް އުރަމަތީގެ ކެންސަރު ފެތުރުނީ، ދޮޅުމަސްވަންދެން އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން އަގުބޮޑު ޓެސްޓުތައް ހަދަން ވަގުތު ނެގުމުން ކަމަށެވެ. އާސަންދަ ހަމަޖެހި، މިދިޔަ އަހަރުގެ ޖުލައި މަހު ބެންގަލޫރުގެ އެޗްސީޖީ ހޮސްޕިޓަލަށް ދެއްކުމުން ކިހިލިފަތުގެ ތިން ލިންފްނޯޑަށް ކެންސަރު ފެތުރިފައިވާކަން އެނގުނު ކަމަށް އާފިޔާ ވިދާޅުވި އެވެ.
އެހެންވެ، އެ ބަލީގެ ގޮތުން ކެންސަރު ޖެހިފައިވާ މީހުންގެ ކަންތައްތައް ވަގުތުން ނިންމުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ ކެންސަރު ބަލި މީހުންގެ ފުރާނައަށް ގެއްލުން ނުވެ، ބަލި ބޮޑުވިޔަ ނުދީ ފުރާނަ ސަލާމަތްކުރުމަށް ވެސް މުހިއްމު ކަމެއްކަން ފާހަގަކުރެއްވި އެވެ.
"ރާއްޖެއިން ކެންސަރުގެ ބަލި މީހުން ޓެސްޓުތައް ހައްދަން ގިނަ ދުވަހު މަޑުކުރަން ޖެހޭ ކޮންމެ ދުވަހަކީ ފުރާނައަށް ގެއްލުންވާ ކަމެކެވެ. އެހެން ނަމަވެސް ދޮޅުމަސް އަދި އެއަށްވުރެ ގިނަ ދުވަހު މަޑުކުރަންޖެހިދާނެ އެވެ." އޭނާ ވިދާޅުވި އެވެ.
އާފިޔާ މިދިޔަ މާޗު މަހު ހެދި އެޕޮއިންޓްމަންޓަކުން އޮންކޮލޮޖިސްޓަށް ދެއްކުނީ މި މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ޑޮކްޓަރު ބަލިވެ ނުވަތަ ޗުއްޓީއަށް ދިއުމުން ބަލި މީހުން ކިއުގައި މަޑުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިބާގެ ހާލަތު ވެސް އެއް ވަނަ ދަރަޖައިން ދެ ވަނައަށް ވެއްޓުނީ ވަގުތުން ފަރުވާ ނުކުރެވިގެންނެވެ. ފުރަތަމަ އޮތީ ހަމައެކަނި ރޭޑިއޭޝަން ތެރަޕީ އިން ފަރުވާކޮށް ނިމޭ ގޮތަށެވެ. ނަމަވެސް، ކެންސަރު ފެތުރި، ފަހުން ޖެހުނީ ކީމޯ ތެރަޕީގެ ސައިކަލްތައް 12 މަސް ވަންދެން ނަގާށެވެ. އަދިވެސް ހަތް ސައިކަލް ކީމޯތެރަޕީ ނަގަންޖެހެ އެވެ." އާފިޔާ ވިދާޅުވި އެވެ.
ކެންސަރަށް ފަރުވާ ހޯދުމުގައި ކުރި ތަޖުރިބާ ހިއްސާކުރައްވައި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި އާފިޔާ ވިދާޅުވި ގޮތުގައި އެ ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތް ފުޅާކުރަންޖެހޭ ކަމަށެވެ.
"ރާއްޖޭގައި ކެންސަރު ބަލި މީހުންނަށް ހާއްސަ ފަރުވާ ދެވޭނެ ހޮސްޕިޓަލެއް ރާއްޖޭގައި އެޅުން މުހިއްމެވެ. އައިޖީއެމްއެޗްގައި މިހާރު މަދު ހިދުމަތްތަކެއް ކެންސަރު ބަލި މީހުންނަށް ލިބެ އެވެ. ވަރަށް ފަހުން ހެދުނު އޮންކޮލޮޖިސްޓް ޑިޕާޓްމަންޓެއް ހުރެ އެވެ. ހުޅުމާލެ ހޮސްޕިޓަލުން ވެސް ކީމޯތެރަޕީ ދެވޭ ގޮތަށް ހުރެ އެވެ. މިއީ، ކުރިއާ އަޅާބަލާއިރު ކުރިއެރުމެކެވެ. އެހެން ނަމަވެސް، ހާއްސަ ޑޮކްޓަރުންނެއް ނުތިބެ އެވެ. ހާއްސަ ހިދުމަތްތަކެއް ނެތެވެ،" އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރުގެ ރިވިއުއަކަށް އިންޑިއާއަށް އަންނަން އޮތީ މީގެ ދެ މަސް ކުރިންނެވެ. މިތާގެ ޑޮކްޓަރުން އިތުރު ޓެސްޓުތައް ހެދުމަށް ވިދާޅުވި އެވެ. އާސަންދައިގެ ކަންތައްތައް މިދިޔަ އަހަރު ހަމަޖެހުނަސް، މި އަހަރު އަދި ވާ ގޮތެއް ނޭނގެ އެވެ. އެހެންކަމުން، ފަރުވާ ހުއްޓާލާފައި ރާއްޖެއަށް ފުރަން މި ނިންމީ އެވެ..-- އާފިޔާ
ހަތް މަސް ވަންދެން ބެންގަލޫރުން ފަރުވާ ހޯއްދެވުމަށްފަހު، މިދިޔަ މާޗު 15 ވަނަ ދުވަހު މާލެ ވަޑައިގަތީ ސާޖަރީ ހަދައި، ކީމޯތެރަޕީގެ އަށް ސައިކަލް އަދި ރާއްޖެއިން ނުލިބޭ ރޭޑިއޭޝަންގެ 17 ސައިކަލް ފުރިހަމަކުރުމަށްފަހު ކަމަށް އާފިޔާ ވިދާޅުވި އެވެ. ބެންގަލޫރަކީ ދިރިއުޅުން އަގުބޮޑު އަދި އުޅެން އެހާ ފަސޭހަ ތަނަކަށް ނުވާތީ، ފަރުވާ ލިބޭނަމަ ބޭނުންވަނީ ރާއްޖޭގައި ހުރެގެން އެކަން ފުރިހަމަކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މިދިޔަ ޖުލައި މަހު އޭޑީކޭ ހޮސްޕިޓަލުން އަލަށް ގެނައި ޕެޓް ސްކޭނުން ހެދި ޓެސްޓަށް އެރި 1،038 ޑޮލަރު ނުވަތަ 16،016ރ. އާސަންދައިން އެއްކޮށް ދެއްކި އެވެ.
އެކަމަކު، ރިވިއުއަށް މި މަހު ބެންގަލޫރަށް ވަޑައިގެން ހެދި ޕެޓް ސްކޭނަށް ޖުމްލަ 540 ޑޮލަރު (8،326ރ.) އެރިއަސް، އާސަންދައިން އެޗްސީޖީ ހޮސްޕިޓަލަށް ބިލްކުރީ 150 ޑޮލަރު (2،313ރ.) އެވެ. ބާކީ ބައި ދައްކަން ޖެހުނީ، އާފިޔާ ވިދާޅުވި ގޮތުގައި އަމިއްލައަށެވެ.
"ޑޮކްޓަރުގެ ރިވިއުއަކަށް އިންޑިއާއަށް އަންނަން އޮތީ މީގެ ދެ މަސް ކުރިންނެވެ. މިތާގެ ޑޮކްޓަރުން އިތުރު ޓެސްޓުތައް ހެދުމަށް ވިދާޅުވި އެވެ. އާސަންދައިގެ ކަންތައްތައް މިދިޔަ އަހަރު ހަމަޖެހުނަސް، މި އަހަރު އަދި ވާ ގޮތެއް ނޭނގެ އެވެ. އެހެންކަމުން، ފަރުވާ ހުއްޓާލާފައި ރާއްޖެއަށް ފުރަން މި ނިންމީ އެވެ." އާފިޔާ ވިދާޅުވި އެވެ.
"ރާއްޖޭގައި ކެންސަރުގެ ބަލި މީހުންނަށް ހާއްސަކުރެވިފައިވާ ކެންސަރު ހޮސްޕިޓަލެއް ވަރަށް އަވަހަށް އެބަ އަޅަންޖެހެ އެވެ. ރާއްޖެއިން މި ހިދުމަތްތައް ލިބުން މުހިއްމެވެ. އެތައް މަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ތިބެގެން ކެންސަރަށް ފަރުވާ ހޯދުމަށްވުރެ ހަމަ ގައިމު ވެސް ރާއްޖޭގައި ތިބެގެން ކެންސަރު ބައްޔަށް ފަރުވާ ކުރެވޭނެ ނަމަ ދައުލަތުގެ ބަޖެޓު ކުޑަވެފައި ރައްޔިތުންގެ އަތުން ދާ ހަރަދު ކުޑަވެފައި، ސަރުކާރުން ރާއްޖެއިން ބޭރަށް ހޮސްޕިޓަލްތަކަށް ކުރާ ހަރަދު ކުޑަވެފައި އަދި ކެންސަރު ބަލި މީހުންގެ ހިތްހަމަޖެހުން ބޮޑުވާނެ އެވެ." އޭނާ ވިދާޅުވި އެވެ.
އާސަންދައިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ކެންސަރަށް މިދިޔަ އަހަރު އެކަނި ވެސް 10،000 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދި އެވެ. އޭގެ ތެރޭގައި ކެންސަރަށް ޝައްކުކުރެވުނު މީހުން އަދި އަސްލު ފަރުވާ ހޯދި މީހުން ވެސް ހިމެނެ އެވެ.
ފާއިތުވި ފަސް އަހަރަށް ބަލާއިރު، ކެންސަރަށް އެންމެ ގިނަ މީހުން ފަރުވާ ހޯދާފައިވަނީ 2021 ވަނަ އަހަރެވެ. އެ އަހަރު 30،096 މީހުން އަދި ޖެހިގެން އައި 2022 ވަނަ އަހަރު 23،500 މީހުން ކެންސަރަށް ފަރުވާ ހޯދި އެވެ.
އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ކުރީގެ ސަރުކާރުން ވެސް ކެންސަރު ހޮސްޕިޓަލެއް އަޅަން ނިންމި އެވެ. އެކަމަކު، ލ. ގަމުގައި އަޅަން ނިންމި ހޮސްޕިޓަލްގެ އެއްވެސް މަސައްކަތެއް ނުފެށި އުޅެނިކޮށް، މި ސަރުކާރުން ވަނީ އެ ހޮސްޕިޓަލް މާލެއަށް ބަދަލުކޮށްފަ އެވެ. ނަމަވެސް، އޭގެ އަމަލީ މަސައްކަތެއް އަދި ނުފެށެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހާއުު
15 May 2024
އުންމީދަކީ މިކަމަށް އަވަސް ހައްލެއްލިބިގެންދިޔުން. އަދި ކެންސަރު ކޮންޓްރޯލް ކުރަން މުހިންމު ފިޔަވަޅުތަކެއް އެޅިގެންދިޔުން.
ޒާހިދްް
15 May 2024
ރާއްޖޭގައި ތިބިގެން ކެންސަރަށް ފަރުވާހޯދުމަކީ ދިވެހިންނަށް ލިބޭނެ ބޮޑު ލުޔެއް. އުންމީދަކީ ރާއްޖޭގެ 3 ސަރަހެއްދެއްގައި ކެންސަރަށް ފަރުވާދޭނެ މަރުކަޒުތަށް ޤާއިމްވެގެން ދިޔުން.
އާދިލްް
15 May 2024
ކެންސަރު ހޮސްޕިޓަލެއް މި ސަރުކާރުން ގާއިމްކުރަނީ މީގެ މުހިންމުކަން އެގޭތީ. ރައްޔިތުންނަށް ހައްޤު މިންވަރު ކަށަވަރު ކޮށްދޭނެ.
އެޑަމް
14 May 2024
ދީދި ތިޔަހެން ރައްކޮޅޭ މަތީރައްފުޅޭކިޔަސް އެކަހަލަބޮޑަތި ޚާއްސަޚިދުމަތްދޭތަންތަން މާލޭގަނުވަތަހުޅުމާލޭގަހަދަންނިންމަނީ މާލެމަތީރައްފުޅައްވާތީއެއްނޫން ސަރުކާރުންބައްލަވަނީމިކަހަލަބޮޑޚިދުމަތެއްފަށާއިރުރައްޔިތުންނައްވީހާފަސޭހަވާނެގޮތަކައް,މިގޮތައްބަލާއިރުމާލެއޮތީރާއްޖޭގެމެދުގަ މަކުނުދޫ މީހުންޚިދުމަތެއްހޯދަން ލ.އައް ނުވަތަ ސ.އައްދާންޖެހޭނަމަނުވަތަޚިދުމަތެއްހޯދަން އައްޑޫމީހުން ތުރާަކުނައްދާންޖެހޭނަމަ ޚަރަދާތަކުލީފައް އަދިކެއުންބުއިމާ އެރަށުގާއެކޮމަޑޭސަން ގެދަތިކަމާ މިހެންގޮސް............ވާހަކަދައްކާއިރުކޮންމެކަމެއްގާ މަލަާމާތާ,ދިމާކުރުމާޒާތީގޮތްނުގެންގުޅެންނަސޭހަތްތެރިވަމެވެ ކަންކަމުގަދިމާކުރާއިރުދެކޮޅުބަލާހޯދާފަވާހަކަދެއްކުންރަގަޅުވާނެ!
ހަލީމަތު.
15 May 2024
ސަރުކާރުން މާލެގައި ތިހުރިހާ ކަމެއް ކުރަނީ މާލޭ މީހުންގެ ގެދޮރު ކުއްޔަށް ހިފާނެ މީހުން އެރަށަށް ގެންދަންވެގެން. ކާދު ގުދަންވެސް ތިރަށުގައި ބަހައްޓަނީ ތުރާކުނު މީހާއާއި އައްޑޫ މީހާއަށް ފަސޭހަ ކުރަންދޯ ؟
ރާއްެޖެތެރޭ މީހާ
14 May 2024
މާލެއަށް ހުރިހާ ޚިދުމަތެއް ލައްޔާ ދިވެހި ރާްއްޖެ ހުރިހާ އެންމެންނަން މާލޭގަ ހިލޭ އުޅެވެން ޖެހޭނެ
ކޮރަލް
14 May 2024
އަވަހަށް ކެންސަރު ހޮސްޕިޓަލެއް އަޅަން ވީ އެވެ. ދެން ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބު ތައް ބަލާ ރާއްކާތެރި ކަމުގެ ފިޔަ ވަޅު އަޅަން ވީ އެވެ. މިހާރު ކޮންމެ މަގެއްގަ ކަހަލަ ގޮތަކަށް ވޭޕް ކުރާ ތަނެއް ވަށައިގެން ބަންދު ކޮށްފަ އެބަ ހުރެ އެވެ. ނުވި ތާކަށް ހޮޓާތަކުގެ އަދަދަށް މަސާޖް ޕާލާ ތައް އެބަހުއްޓެވެ. އެއިޑްސް ވެސް ހުރި ވަރެއް ބަލަން ވީ އެވެ.
އޮނަރަބްލް އަފީފު ދީދީ
14 May 2024
ލ.އަތޮޅުގައި އަޅަމުންދިޔަ ކެންސަރު ހޮސްޕިޓަލް މާތްވެގެންވާ މުޤައްދަސް ރަށްކޮޅަށް ބަދަލު ކުރުމުން އާފިޔާ ފަދަ ކ.މާލޭގެ ބިންވެރިންނަށް އަގުހެޔޮކޮށް ފަރުވާ ހޯދުމުގެ ފުރުސަތު ފުޅާވުނުގެ އިތުރުން ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްރަށުގެ ރައްޔިތުން (ބަލިމީހާ އާއި އެހީތެރިޔާ) އަތުން ކުލީ ކޮޓަރި ވިއްކައިގެން ފަރުވާ ހޯދާ މުއްދަތުގައި އެތައް ހާސް ރުފިޔާގެ އާމްދަނީ ޖީބަށް އަޅާކެވޭނެ. ލ.އަތޮޅުގައި ހޮސްޕިޓަލް އެޅިނަމަ އެހީތެރިޔާ ހުންނާނެކޮޓަރި "ހިލޭ" ދެވޭނެ.
ސޯލިހު
14 May 2024
ލ އަތޮޅުގަ އެޅިނަމަ އަދި މާލެއަށްވުރެން ކުލިބޮޑުވުންގާތީ
raajje
15 May 2024
ލ.ގަމުގައި ކެންސަރުހޮސްޕިޓަލުވެސް އަދި އެހެންތަންތަންވެސް އަޅާނަން، ސަރުކާރުން ނޭޅިއްޔާ އަހަރެމެން ރައްޔިތުން އަމިއްލައަށްވެސް އަޅާނަން، ލ.ގަމުގައި މިރާއްޖޭގެ ވެރިކަންވެސްކުރާނަން، ލ.ގަމަކީ ރާއްޖޭގެ މުސްތަގުބަލް، މިހާރުގަމަށްބަދަލުވާ މީހުނަށް ފަހުން އެކަމުގެ ފައިދާފެންނާނެ
އޮނަރަބްލް އަފީފު ދީދީ
14 May 2024
މާލޭގައި ކަމެއްކުރާންޖޭއިރަށް "މާލެއަކީ ރާއްޖެއަށް" އެބަބަދަލުވޭ. އިންޑިޔާސަރުކާރުގެ ހިލޭއެހީގެދަށުން ލ.އަތޮޅުގައި އަޅަމުންދިޔަ ކެންސަރު ހޮސްޕިޓަލް ޑރ މުއިއްޒުގެ ސަރުކާރުން ކ.އަތޮޅުމާލެއަށް ބަދަލުކުރީ "ރާއްޖޭގެ" ނުވަތަ ކ.އަތޮޅު މާލޭމީހުންނަށް ލ.އަތޮޅުގައި ހޮސްޕިޓަލްހުރުމުން ފަރުވާހޯދަން އުދަގޫވާނެކަމަށްބުނެ. # ކ.މާލޭގައި ހޮސްޕިޓަލްހުރުމުން އެހެން ހުރިހާރަށްރަށުގެމީހުން އިންޑިޔާއަށްދިއުމަށްވުރެން ބޮޑުޙަރަދު ކޮޓަރިކުއްޔަށް އެކަނިވެސް ކުރާންޖެހޭނެ.
މުޤައްދަސް މާލޭ މީހެއް
14 May 2024
ޢަފީފު ދީދީ ހަޖަމް ކުރަން ދަސްކުރަން އެބަޖެހެއެވެ! ދިވެހިރާއްޖޭގެ އާބަދީގެ ބޮޑުބައެއް މިހާރު ދިރިއުޅެނީ މާލެ ސަރަޙައްދުގަ އެވެ. މާލެ އޮންނަނީ ގާތްގަނޑަކަށް، ދިވެހި ރާއްޖޭގެ މެދު ތެރޭގަ އެވެ. އެގޮތުން މާލެ ހިމެނެނީ މެދުރާއްޖެތެރޭގަ އެވެ. އެހެންކަމުން ލ. އަތޮޅަށްވުރެ އައިސްގޮސް އުޅުމަށް ފަސޭހަވާނެ އެވެ.
ހިތަދޫކޮއްޔާ
14 May 2024
އައްޑޫގަ ހުރެފަ ލ. އަތޮޅަށް ނުވަތަ ލ. ކައްދޫ އަށް ދާން ފްލައިޓެއް ހޯދަން ބަލާލި އިރު ކަމަކުދާކަށް ނެތް. "މާލެ ދާން ކެލަޔަށް" ދާން ޖެހެނީ. މާނަޔަކީ ސ. ގަ ހުރެފަ ލ. އަށް ދާން މޯލްޑިވިައަނުން ޓިކެޓް ނަގަން ޖެހެނީ ގޭން/މާލެ/ކައްދޫ. އަޅެ އަފީފުދީދީ ދެން ބުނެބަލަ. މާލޭ ގައި ހޮސްޕިޓަލް ހުރީމަކާ ނޫންތަ ރަނގަޅީ.
އޮނަރަބްލް އަފީފު ދީދީ
15 May 2024
ހިތަދޫކޮއްޔާ އާއި މުޤައްދަސް މާލޭމީހާއަށް: އަހަރުމެން ތިޔަރަށްކޮޅަށް "މާތްވެގެންވާ މުޤައްދަސް ރަށޭ" ކިޔަނީ ސަބަބެއްނެތިއެއްނޫން އިގޭތޯ. # އަދި ރާއްޖޭގެ އެހެންހުރިހާ ރަށެއްގެމީހުންނަކީ ދެވަނަދަރަޖައިގެ މީހުންކަމަށްހެދުމަށްޓަކާ ތިރަށުމީހުނާއި ތިރަށުގައިއުފެދޭ ސަރުކާރުތަކުގެ ބޮޑުންވެސް އެހެން ރަށްރަށުގެމީހުނަށް ނިސްބަތްކޮށް "ރާއްޖެތެރޭ މީހުންނޭ" ނުވަތަ މިހާރުގެގޮތަށް ކިޔާނަމަ "އަތޮޅުތެރޭގެ ރައްޔިތުންނޭ" ކިޔަނީ ކީއްވެގެންކަންވެސް އިގޭބަޔަކަށް އިގޭނެ.