ޚަބަރު / މަރު

ފުވައްމުލަކުގައި ޑައިވިން އަށް ދިޔަ ޗައިނާގެ ޓޫރިސްޓަކު މަރުވެއްޖެ

ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި ޗައިނާގެ ޓޫރިސްޓު މީހާ ފުވައްމުލަކަށް ގެންދަނީ.

ފުވައްމުލަކުގައި ޑައިވިން އަށް ފޭބި ޗައިނާގެ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

އެއީ އެ ރަށުގެ ޑައިވިން ސެންޓަރެއްގެ ހަވާލުގައި ޑައިވިން އަށް ދިޔަ 70 އަހަރުގެ ފިރިހެނެކެވެ.

ފުވައްމުލަކު މީހަކު ބުނީ އެ މީހާ ޑައިވިން ނިންމައި މައްޗަށް އަރައި ދޯނީގައި ހުއްޓައި ކުއްލިއަކަށް ހޭނެތިގެން ކަނޑަށް ވެއްޓުނީ ކަމަށެވެ. އެ މީހާ ދޯންޏަށް ނެގި އިރު އޮތީ ޚަަބަރު ހުސްވެފައި ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ރަށަށް ގެނައިރު ވެސް އޮތީ މަރުވެފައި،" އޭނާ ބުންޏެވެ.

ފުލުހުން ބުނީ ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިނަށް ދިޔަ ޓޫރިސްޓަކު ޑައިވިން ނިންމައި ދޯންޏަށް އެރި ފަހުން ހާލު ދެރަވެގެން އެ ރަށު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު މެންދުރު 11:26 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.

"މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.

4 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 90%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

07 June 2024

ޑިކޯ ވީ ނޫންބާ؟

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

06 June 2024

70 އަހަރުގެ މީހުން ޑައިވިން އަށް ގެންދަންވާނެތަ؟ އެފަދަ އުމުރުގެ މީހުން ތިޔަބުނާ ވޭލްސާރކް ބަލަން ގެންދަން ޖެހޭނީ ސަބްމެރީން އެއްގަ!ޑައިވިން ސެންޓަރުން ފައިސާ ހޯދަންވެސް މިފަދަ ކަންކަން ކުރަން ހެޔޮނުވާނެ! ޑައިވިން ޕޮރޮސީޖަރ ރާޢްޖޭގައި އަދިވެސް ހަދަން ނުވޭބާ؟

The name is already taken The name is available. Register?

ކޮރަލް

06 June 2024

ތަހުގީގު ކުރާތީ އިތުރު މައުލޫމާތު ދެވޭކަށް ނެތެވެ.

The name is already taken The name is available. Register?

ބާބޫޖީ

06 June 2024

"މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން،" ... އިތުރު ސުވާލު ކުރުން މަނާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454