ރާއްޖެ އިން ކޮވިޑް ފެނުމާ އެކު، އެންމެ ކުރީކޮޅު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.
23 ޖުލައި 2024 - 13:27
ޖިނާއީ ދައުވާއެއް ކޮށްދިނުމަށް އިންފޮމޭޝަން ކޮމިޝަނާ އޮފީސް (އައިކޮމް) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް ހުށަހަޅާފައި ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރީގެ މައްސަލައެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އިއްޔެ ވަނީ ރައީސް އޮފީހުން އެ ކޮމިޝަނަށް ތަބާނުވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ރަސްމީކޮށް ބަލަން ނިންމާފައިވާ ކަން ހާމަކުރައްވައިފަ އެވެ.
އެ މައްސަލައިގައި ޕީޖީން ބުނެފައި ވަނީ އައިކޮމުން ހުށަހެޅި މައްސަލާގައި ޖިނާއީ ކުށުގެ އަމަލެއް ހިންގާފައި ވޭތޯ ބަލައި ގާނޫނުގައި ވާ ގޮތުގެ މަތީން ތަހުގީގުކުރުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.
ޕީޖީން ބުނެފައި ވަނީ މި މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ، ތަހުގީގުގެ ހޯދުންތަކަށް ބަލައި އަމަލު ކުރަން ޖެހޭ އިޖުރާއަތްތަކުގެ ތެރެއިން ކަމަށެވެ.
އާރްޓީއައި ގެ ދަށުން، ރައީސް އޮފީހުން މަޢުލޫމާތު ނުދީގެން، ޖިނާއީ ދަޢުވާކޮށްދެއްވުން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ، މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން. އެއީ، މި ސަރުކާރު ފެށުމުގެ މާކުރީން ކޮވިޑް ވެކްސިންގެ މަޢުލޫމާތުތަކެއް…
— Heena Waleed (@MvSpokesperson) July 23, 2024
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ރައީސް އޮފީހުން މައުލޫމާތު ނުދީގެން ޖިނާއީ ދައުވާކޮށް ދިނުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީ އަށް ހުށަހަޅަފައިވަނީ މި ސަރުކާރާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ.
އެއީ 2022 ވަނަ އަހަރު ކޮވިޑް ވެކްސިންގެ މައުލޫމާތުތަކެއް ސާފުކުރަން ހުށަހަޅައި، އޭރު މައުލޫމާތު ނުދީ އޮތް މައްސަލައެއް ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު އިސްތިއުނާފުނުކޮށް، އެ ނިންމުމަށް އަމަލު ވެސް ނުކޮށް ވަނިކޮށް 45 ދުވަސް ފާއިތުވެއްޖެ ނަމަ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މައުލޫމާތު (އާރުޓީއައި) ހޯދަން ހުށަހަޅާ ވަރު އިތުރުވެފައިވާއިރު، އެންމެ ގިނައިން މައުލޫމާތު ހޯދަން މީހުން ހުށަހަޅާ އިދާރާއަކީ ރައީސް އޮފީހެވެ. އެ އޮފީހުން މައުލޫމާތު ނުދިނުމާއި ހުށަހަޅާ ހުށަހެޅުންތަކާ މެދު އެއްވެސް އެއްޗެއް ނާންގާ މުއްދަތު ހަމަވެގެންދާ މައްސަލަތައް ވެސް ގިނަ ކަމުގެ ޝަކުވާ ބޮޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޒިލް އަލީ
24 July 2024
އިބޫ ސަރުކާރުން އަހަރެމެންނަށް ލިބުނު މައުލޫމާތެއް ނެތް. ދައުވާވެސް ކޮށްގެން މައުލޫމާތެއް ހޯދެނީ
ބީނާ
24 July 2024
ކުރީ ސަރުކާރުދޯ. ހެހެހެހެހޭއް ހެހެއްހެހޭހޭއް.
ބަދަލު ގެނެސްގެން ވީކަމެއް ހަރާން
23 July 2024
އެހެންވީމަ ތިމައްސަލަ ސަރުކާރު ބަދަލުވަންދެން ދައުވާ ނުކޮށް ލަސްކުރީމަ އިންފޮމޭޝަން ކޮމިޝަނަރުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ. ވީމާ އިންފޮމޭޝަން ކޮމިޝަނަރުގެ އިތުބާރުނެތްކަމަށް އެބަ ނިންމަންޖެހޭ.
މަސްމިރުސް
23 July 2024
އެސަރުކާރު މިސަރުކާރެއް ނޯންނާނެ ސަރުކާރުވާނީ ސަރުކާރަށް. އާސްރުކާރު އައިފަހުން ގައުމުގަ ދެސަރުކާރެއް އޮންނަ ކަމަށް ރައްޔިތުނނަށް ދައްކަން މަސައްކަތްކުރަނީ
ބީސީސީ
23 July 2024
ބަލަ މައްސަލަ މިއުޅެނީ ވަކި ސަރުކާރަކު ނޫނެވެ. މައްސަލަ ޖެހިގެން މި އުޅެނީ އަޅުގަނޑުމެންގެ ގައުމު ހިންގުމުގެ ނިޒާމުގައެވެ. ހުރިހާވެސް މައްސަލައަކީ ނިޒާމުގައި ވަކި ގޮތަކަށް އަމަލުކުރަން އޮންނަ އުސޫލަކަށް ދައުލަތުގެ އޮފީހަކުން އަމަލު ނުކުރުމެވެ. ވަކި ސަރުކާރެއް ކިޔާނެކަމެއް ނެތެވެ. މިހާރުވެސް އަވަހަށް ތިޔަ މައުލޫމާތާއި އަދިވެސް އިތުރަށް އެކިފަރާތްތަކުން އެދިފައިވާ މައުލޫމާތު ލަސްނުކޮށް ދޭންވީއެވެ. މި ސަރުކާރަކީ ދެފުށްފެންނަ ސަރުކާރެއްތާއެވެ.
ބަރަވެލި
23 July 2024
އެންމެ ގިނައިން މައުލޫމާތު ހޯދަން މީހުން ހުށަހަޅާ އިދާރާއަކީ ރައީސް އޮފީހެވެ. އެ އޮފީހުން މައުލޫމާތު ނުދިނުމާއި ހުށަހަޅާ ހުށަހެޅުންތަކާ މެދު އެއްވެސް އެއްޗެއް ނާންގާ މުއްދަތު ހަމަވެގެންދާ މައްސަލަތައް ވެސް ގިނަ ކަމުގެ ޝަކުވާ ބޮޑެވެ. މި ސަރުކާރުގެ މައްސަލަތައް ޝަރީއަތަށް ހުށަހަޅާނަމަ ކޯޓްތަކުން އެހެން ކަމެއް ކުރާކަށް ވަގުތެއް ނުވާނެކަންނޭންގެ.
ހެޕީ ފެމިލީ
23 July 2024
ދެން އެބުނީ މައުލޫމާތެއް މިހާރުވެސް ދޭންވީނު ލަސްނުކޮށް، ދައުވާ ކުރުމުގެ ކުރިން
އެމެރިކާ
23 July 2024
އެންޑީޕީ ސަރުކާރުގަ ބޮޑެތި ވައްކަންތަ ދިޔައީ ފޮރުވަމުން.
މުހައްމަދު ނިޗާން
23 July 2024
އަދި އެމްޑީޕީއިން އުޅުނޭ މިކަންވެސް މި ސަރުކާރުގެ ބޮލުގަ އަޅުވަން. ލަދު ދެން
އައިމަން އަލީ
23 July 2024
އިބޫ ސަރުކާރުން ރަސީދެއް މިއޮތީ ފޮރުވާފަ. މިއީ ފުކެއް ބޮޑު ވަރުއަ