މާލެ އިންޑަސްޓްރިއަލް ޒޯން: އެތަން ސަރުކާރާ ހަވާލުކުރަން ސިޓީ ކައުންސިލްގެ މައްޗަށް ވަނީ އަމުރު ކޮށްފައި --- ފޮޓޯ/މިހާރު
24 ޖުލައި 2024 - 11:55
މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ސަރުކާރާ ހަވާލުކުރަން ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ހުސްކޮށް، އެތަން ސަރުކާރާ ހަވާލުކުރަން ހައުސިން މިނިސްޓްރީން 2022 ވަނަ އަހަރު އެންގުމުން ވެސް ސިޓީ ކައުންސިލުން ވަނީ އެއީ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް ބުނެ އެތަން އަނބުރާ ހަވާލުކުރަން ދެކޮޅު ހަދައިފަ އެވެ. އަދި އެ ސަރަހައްދުގައި ތިލަމާލެ ބްރިޖްގެ މަސައްކަތް ހިނގަމުން ދާތީ، އެތަން ތިން ވަނަ ފަރާތަކަށް ނުދިނުމަށް ވެސް މިދިޔަ އަހަރުގެ ކުރީކޮޅު ސަރުކާރުން އޮތީ އަންގައިފަ އެވެ.
އެ ބިން އަނބުރާ ހޯދަން ހައުސިން މިނިސްޓްރީން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ މައްސަލާގައި ސިޓީ ކައުންސިލުން ކޯޓުގައި ޖަވާބުދާރީވެފައި ނުވާ ކަމަށާއި އެހެންވެ، ސަރުކާރުން ހުށަހެޅި ކަންކަމަށް ބަލާއިރު އެ ބިމަކީ ސަރުކާރުގެ ބިމެއް ކަން ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެ ބިމުގައި ސިޓީ ކައުންސިލުން ކުރާ ހުރިހާ ކަމެއް ހުއްޓާލުމަށްފަހު މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ބިން ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ސިޓީ ކައުންސިލްގެ މައްޗަށް އަންގާ ކަމަށް އެ ކައުންސިލްގެ ޣައިރު ހާޒިރުގައި ކުރި ހުކުމުގައިވެ އެވެ.
އިންޑަސްޓްރިއަލް ޒޯންގެ ބޮޑު ބައެއް މިހާރު ބޭނުން ކުރަނީ ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކް ކުރުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާލާމަތު
24 July 2024
ސިޓީކައުންސިލަކީ މަގުމަތި ސާފުކުރަން އެކަނި ތިބޭބަޔަކަށް ވެފަ މިއޮތީ. ދެން ގޯހެއް ނޫން އެގޮތްވެސް. ދެ ސަރުކާރެއް ނުހިންގޭނެތާ.
ނޫންތަ؟
24 July 2024
ވެރިކަން ކުރާ ރަށުގައި ކައުންސިލެއް އޮންނާކަށް ނުފެނޭ. ވެރިކަން ކުރާ ރަށުގައި ކައުންސިލެއް އޮތުމުން ވެރިކަން ކުރާރަށަށް ގެންނަން ބޭނުންވާ ތަރައްގީ އޮންނާނީ ސަރުކާރާއި ކައުންސިލާ ދެމެދު ތާށިވެފައި. ދެން ޖެހޭނީ ސަރުކާރުން ބާރުގެ ބޭނުން ކޮށްގެން ގަދަކަމުން ވެރިކަން ކުރާ ރަށަށް ތަރައްގީ ގެންނަން. އެކަމާ ކައުންސިލަކަށް ކުރެވޭނެ ހަމައެއްކަމެއް ނޯންނާނެ. ސިނަމާލެ ބުރިޖަކީ އޭގެހެތްކެއް. އެހެންވީމާ ވެރިކަންކުރާ ރަށުގައި ކައުންސިލެއް އޮތުމަކީ ބޭކާރުކަމެއް.
ފިލާވަޅުތައް
24 July 2024
މިހިރަ ކަންކަމަކީ އިބުރަތް ހާސިލުކުރަން ރަނގަޅު ފިލާވަޅުތަކެއް
ބުއިއްޒު
24 July 2024
ތިއީ މުއިއްޒުގެ ބިމެއް. މުއިއްޒު ކައުންސިލުގައި ކައުންސިލްބިމެން. މުއިއްޒު ވެރިކަމުގައި ސަރުކާރުބިމެއް. މުއިއްޒު ވެރިކަންނިމުނުން ކުރީ ސަރުކާރު ބިމެއް
ގަދަ ބްރޯ
24 July 2024
ހެހެހެ އެންމެ ސަޅި ކޮމެންޓް
ސަންދާންނުބެ
24 July 2024
މީގެންވެސް އިގޭ މިގައުމުގެ ހާލަތު ހުރުގޮތް, ބޮލެއް ހުރިމީހަކަށް ވިސްނޭނީ, މީ ފުލެޓަށްވެސް ހަމަވާގޮތް, މީ އަދި ނޯމަލް,
ތޮށަލި
24 July 2024
މުއިއްޒު ސިޓީ ކައުންސިލްގެ ވެރިޔަކަށް ހުރިއިރު ސިޓީ ކައުންސިލްގެ ބިމެއް. މުއިއްޒު ސަރުކާރުގެ ވެރިޔަކަށް ހުންނައިރު ސަރުކާރުގެ ބިމެއް.
ކަށިކެޔޮ
24 July 2024
އެހެންވީމާ އަސްލު މިއީ މުއިއްޒުގެ ބިން.
ހަމަނުޖެހޭ
24 July 2024
ބައްލަވާ! މައްސަލަ ހުށައެޅީ ކުރީ ސަރުކާރުން. މައްސަލަ ބަލަނީ ކޯޓުން. ކޯޓުން ހުކުމްކުރިއިރު ވެރިކަން ބަދަލުވެފަ އޮތީމާ އެކަމާ މުއިއްޒާ ކޮންކަމެއްތޯ؟ މުއިއްޒު ސަރުކާރުގައި ހުރީމާ ސަރުކާރަށް ބިމޭ ބުނީމާ ހަމައެއް ނުޖެހޭ.