އެމްއެންޑީއެފް ކޯސްޓުގާޑުގެ އުޅަނދެއް: މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ގެއްލުނު ތުރާކުނު ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުން އަންނަނީ ކުރަމުން.
26 ފެބުރުއަރީ 2017 - 14:25
ބޮޑު ކަންނެލީގެ މަސްވެރިކަމަށް 12 މީހުންނާ އެކު ނުކުމެ އުޅެނިކޮށް ގެއްލުނު ދޯނި ހޯދުމަށް އިންޑިއާ އާއި ސްރީ ލަންކާގެ އެހީތެރިކަމަށް އެމްއެންޑީއެފުން އެދިއްޖެ އެވެ.
ހއ. ތުރާކުނުން މަސްވެރިކަމަށް ނުކުތް "ބްލޫ ފިޝް 1" ނަމަކަށް ކިޔާ ދޯންޏާ އެންމެ ފަހުން ގުޅުނީ ކ. ދިއްފުށި ބޭރުގައި އޮއްވައި މިދިޔަ ހޯމަ ދުވަހުގަ އެވެ. ދޯނި ގެއްލުނު ކަމަށް ކޯސްޓު ގާޑަށް ރިޕޯޓްކުރީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ދޯނީގެ މައުލޫމާތު އިންޑިއާ އާއި ލަންކާގެ ކޯސްޓުގާޑާ ހިއްސާކޮށް، ދޯނި ހޯދުމުގައި އެހީތެރިވެދޭން އެދިފައިވާ ކަމަށެވެ. އެމްއެންޑީއެފުން ވެސް ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ދޯނީގެ ދިގުމިނަކީ 87 ފޫޓެވެ. ދޯނީގެ ބޭރުގައި ގަދަ ނޫ ކުލައިގެ ދަވާދު ލާފައިވާއިރު ގެ ގަނޑުގައި ހުރީ ހުދު ކުލައިގެ ދަވާދު ކަމަށް ވެސް ކޯސްޓު ގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ދޯންޏާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ހިއްސާކޮށްދޭން އެމްއެންޑީއެފުން އެދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމް
26 February 2017
މިޤައުމު ކުރިނާރާ ސަބަބު މިފެންނަނީ، މިކަހަލަ ދެރަ ހާދިސާއެއް ވެއްޖެޔާ އަހަރަމެން ޖެހޭނޭ އެއްބައިވެގެން އެކީ މަސަތްކަތް ކުރުން، ނަމަވެސް އަބަދުވެސް އުޅޭނެ ކަންކަން ސިޔާސީ ކޮށްލާ މީހުން؛ ދެވެނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނު މީހުން އެއްކަމެއް ވެސް އަކަކު އަނެކަކު ބޮލުގަ ނާޅުވާ އެކީ މަސަތްކަތް ކުރަން ފެށީ؛ އޭރު އެމީހުންގެ ޤައުމު އޮތީ އަހަރަމެންގެ ގައުމަތް ވުރެން މާހާލުގަ؛ މިހާރު ކޮބާ؟ ތަރައްޤީ ވިލެއް ބޮޑުކަން ބަލާބަ؛ ދިވެހީރާއްޖޭގައިވެސް މިޙެން ވާނެ ދުވަހަކަށް އިންތިޒާރުކުރަން
ރޯނުަައެދުރު
26 February 2017
ހާދަަ ދެރައޭ ...އެ ބާރަ މީހުންގެ އާއިލާތަށް އުފުލާނެ ހިތާމަ ވަޒަން ކޮށްލެވޭ ނޫސްވެރިންވެސް މި ބާރަ މީހުންގެ ތަފްސީލީ މައުލޫމާތު ގެނެސް ދެއްވުން އެދެން ދުއާއަކީ ހެޔޮހާލު ތިއްބަ ފެނުން ....
GAN Island
26 February 2017
އިހައްދުވަހު ގެނައި ލޯންޗް ތަކެއްގައި ''މިސައިލް ހަރުކުރެވެން ހުރި'' ވާޙަކަ އަޑު އިވުނު. އެއޮތް އަގުބޮޑުކޮށް މިސައިލް ހަރުކުރެވޭ ލޯންޗް ބައްލަވައިގަތީ މީހުން ހޯދާ ވައްތަރުގެ މިސައިލް އީޖާދުކުރަން އުޅޭތީތޯ ؟؟
ރޯނުަައެދުރު
26 February 2017
.GAN Island ބުނަންތަ ރަގަޅުވާހަކަ އެއް ކޮންމެ މީހަކަށްވެސް މޮޅެތި ވާހަކަ ދެއްކިދާނެ...ބޭފުޅާ އަޑު ނައައްސަވަންތޯ؟ މިގެނައި ފަހު އުޅަނދުތަކު ހަރުކޮށްފަ ހުރި ނައިޓް ވިޝަން ކެމަރާގެ އެހީ ގަ އިހަކަށް ދުވަހު ޑައިވިންއަށް ފޭބ 3 މީހުން ގެއްލި ފައިވަނިކޮށް ހޯދި..އަދި ލަންކާ ސަރުކާރުން އެމީހުންގެ މަސްވެރިންތަކެއް ގެއްލިގެން ރާޢްޖޭގެ އެހީއަށް އެދުމުން އެމީހުން ހޯދުމުގެ އޮޕަރޭޝަންގަ މި ފާސްޓް އިންޓާޜސެޕްޓާ މުހިންމު ދައުރެއް އަދާކުރި ... .މޮޅެތި ވާހަކަ ނުދައްކަ ހެޔޮދުއާކޮށްބަލަ ކޯސްޓުގާރޑް ސެއިލަރުން މި 12 މީހުން ހޯދުމަށް އެ ކުރާ މަސަތްކަތަށް ހިތްވަރުދީ ކާމިޔާބު ދެއްވާތޯ ދުއާކޮށްބަލަ
އަދ
26 February 2017
ކޮބާތަ ލޮކޭޝަން ޑިވައިސްތައް؟ ނިދީތަ؟ މިފަދަ ހިދުމަތްތަކުގެ ބޭނުން ފުރިހަމަގޮތުގައި ނުކުރެވޭކަން މިފެންނަނީ! ޑޮކްޓަރު ޝައިނީ މިކަމަށް ޖަވާބުދާރީ ވާންޖެހޭ!
ޛަޑިބު
26 February 2017
އަޑުއިވޭ ގޮތުގައި ލޮކޭޝަން ޑިވައިސް ހަރުނުކޮށް ލައިސަންސް އެއްނުދޫކުރޭ. އެކަމު އެއީ ނަމެއްގައި ކުރާކަމެއްކަމަށް ގިނަމީހުން ބުނަނީ. މިނިސްޓްރީއިން ދެނީ ކޮންމެވެސް ވިޔަފާރިވެރިއެއްގެ އަތުންގަނެފަ ޑިވައިސް ދިރާގުން ހަރުކުރަނީ. ޙަރުކުރާއިރު އޭތި އޮން ނުކުރޭ ދެންއެގޮތަށް އޮންނަނީ