މިނިސްޓަރު ޒަމީރު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަނީ.
29 ޖުލައި 2024 - 10:34
ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ދަތިކަމަކީ ވަގުތީ ހާލަތެއް ކަމަށާއި އެ ހާލަތުން އަރައިގަތުމަށް ރަހުމަތްތެރި ގައުމުތަކުން އެހީވަނީ، ރާއްޖެ އޮތީ މި ހާލަތުން ނުކުމެވޭނެ އެންމެ ރަނގަޅު މަގުގައި ކަމަށް ދުނިޔޭގެ ލީޑަރުން ގަބޫލުކުރައްވާތީ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ އިސްލާހީ އެޖެންޑާ ދުނިޔެ ވަނީ ބަލައިގެންފަ އެވެ.
ޒަމީރުގެ އިތުރުން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގާއި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން ރައީސް މުއިއްޒަށް ފޮނުއްވި ޖަވާބުގައި ރާއްޖެ އިން ބޭނުންވި ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން، ޗައިނާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ތަރައްގީގެ އެކި މަޝްރޫއުތަކަށް ރާއްޖެ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ދިނީ، ޒަމީރު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ އިސްލާހީ އެޖެންޑާ ހަރުދަނާ ކަމަށް ޗައިނާގެ ސަރުކާރަށް ގަބޫލު ކުރެވޭތީ އެވެ.
ޗައިނާގެ އިތުރުން އިންޑިއާ އިން މިހާރު ވެސް ވަނީ ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ދަރަނި ފަސްކޮށްދީފަ އެވެ.
"...ދުނިޔޭގެ ބޮޑެތި އިންވެސްޓަރުންނާއި ގައުމުތަކުގެ ވެރިން އަދި ލީޑަރުން ގަބޫލުކުރައްވާ، އަޅުގަނޑުމެންނަށް މިވަގުތު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން ނުކުމުގެން ދާން ޖެހޭ މަގުގައި ކަން އަޅުގަނޑުމެން މި ތިބީ،" ޒަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ތަރައްގީގެ އެޖެންޑާގައި ކުލަ ޖެއްސުމަށްޓަކައި، ބޭރު ގައުމުތަކާ މަޝްވަރާކޮށް އެހީތެރިކަން ހޯދުމަށްޓަކައި ހާރިޖިއްޔާގެ ގާބިލު ޓީމުން ދަނީ ކެނޑެނޭޅި މަސައްކަތް ކުރަމުން ކަމަށެވެ.
މިގޮތުން، ޒަމީރު ވިދާޅުވި ގޮތުގައި، ރާއްޖޭން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުން އިންވެސްޓުމަންޓުތައް ހޯދުމާއި ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ވެސް އެކި މަޝްރޫއުތައް ހިމެނޭ ގޮތަށް މިހާތަނަށް 160 މިލިއަނެއްހާ ޑޮލަރު ރާއްޖެ އަށް ދޭނެ ކަމަށް އަންގާފައިވާ ކަން މިނިސްޓަރު ހާމަކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އާއިޝް
29 July 2024
ކާކުތަ ވެރިއަކަށް ހުރީ؟ އަޖައިބެއް ނުވާނެތަ. ކިޔަވައިގެން ހުރި މީހެކޭ ވެރި އަކަށް ހުރީ
އިރޫޫ
29 July 2024
އިނގޭ އެކައްޗެއް އެބައިން. ޗައިނާ އާއި އިންޑިއާ އިށް ދައްކަން ޖެހޭ ދަރަނި އަނބުރާ ދެއްކުން ފަސްކުރުމުން އަހަރުން ދިވެހީންނަށް ހަމަ ނޭވާލާން ފުރުސަތެއް ލިބިގެންދާނެ،
އިބާދާތް
29 July 2024
މިވަގުތު ރައީސް މުއިއްޒުގެ އަވަސް ފިޔަވަޅުތަކާ އެކީ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައި، އިގްތިސާދު ހަމަ މަގަށް އަޅުވާނެ ކަމާ މަދު ޝައްކެއް ނެތް
ޔޫހާންް
29 July 2024
ފުރިހަމަ އިގްތިސާދީ އިސްލާހުތައް ތަންފީޒުކޮށްގެން ސަރުކާރުން މިދަނީ ދެމެހެއްޓެނިވި ކުރިއެރުމާއި ހަމަޖެހުމަށް ބިންގާ އަޅަމުންނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު އަނބުރާ ލިބިގެން ދާނެ
ހިލްމީ
29 July 2024
ވެރިކަމުގައި ހާމަކަން ބޮޑުކަމާއި ޖަވާބުދާރީވުން ދެމެހެއްޓުމަކީ އާންމުންގެ އިތުބާރު އުފެދި، އިގްތިސާދީ އިސްލާހުތައް ފައިދާހުރި އިންސާފުވެރިކަމާއެކު ތަންފީޒު ކުރަމުންދާ ކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް ލިބިގެންދާނެ ކަމެއް
ވިދާދު
29 July 2024
ޗައިނާފަދަ ގައުމުތަކުން ރާއްޖެއަށް އެހީވާނެކަމަށް އެ ބުނަނީ ރައީސް ޑރ މުއިއްޒުގެ ޕްލޭންތަށް ފުރިހަމަކަމުން. މީ މިގައުމު ކުރިއަރުވާނެ ރައީސަކީ.
ވާފިރާ
29 July 2024
ކުރީ ސަރުކާރު ވެރިކަމުން ފޭބިއިރު މި ގައުމު އޮތް ހާލަތު ފެނިފަ އެހީވާނެ ގައުމުތަކެއް ހުރުންވެސް އެއީ ހައިރާންވީ ވަރު ކަމެއް.މި ގައުމު ހަމަޔަކަށް މި އަޅުވަނީ ރައީސް މުއިއްޒު.
ނާހިޒް މޫސާ
29 July 2024
ރައީސް މުއިއްޒުގެ ރިޔާސީ ދައުރު ފެށިގެންއައި އިރު މި ގައުމު އޮތީ ފޫބައްދަން އުނދަގޫ އަނދަވަޅަކަށް ވެއްޓިފަ. މި ގައުމުގެ ހައްގުގައި މިއަދާ ހަމަޔަށް ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ފެންނަނީ މި އަނދަވަޅުން އަރައިގަނެ ގައުމުގެ އިގްތިސާދު ކުރިޔަށް ޖައްސަމުން ދާތަން.
މާއިން ރުޝްދީ
29 July 2024
ކަން ކުރަން އިނގޭ ބަޔަކު ވެރިކަމާ ހަވާލުވީމަ އިނގޭނެ ދިމާވެފައިވާ މައްސަލަތަކަށް އެންމެ އެކަށީގެންވާ ހައްލު ގެންނަން އަޅަންވީ ފިޔަވަޅުތައް. އެ ކަމުގެ ނަތީޖާ މި އަންނަނީ ފެންނަމުން.
ދެނޯ
29 July 2024
ތިބޭފުޅުން މަޢުލޫމާތު ހާމަނުކުރާތީ "ދުނިޔެއަކަށް" ނޭނގޭ ކިހާ އިސްރާފުބޮޑު ބައެއްކަން ކަލޭމެންނަކީ. އެކަމަކު ދިވެހިރައްޔިތުންނަށް އެނގޭ ކިހާވަރެއްގެ ސަރުކާރެއްކަން. ވަރަށް ވާހަކަ
ތެދުބެ
29 July 2024
ކުރީ ސަރުކާރު ދޯ. މި އަނދަވަޅަށް ވައްޓާލި ސަރުކާރާ ދިމާ އަށް އެއްޗެސް ނުކިޔާ މި ސަރުކާރާ ދިމާއަށް ބަސް ކިޔަން އަންނާނެ ކަމެއް ނެތް.