ޔޫރަޕިއަން ޔޫނިއަންއިން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ރައީސް މުއިއްޒު އާ މިއަދު ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
29 ޖުލައި 2024 - 17:39
ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖޭން ބައިވެރިވުމާ ގުޅިގެން، ރާއްޖޭން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
އީޔޫން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ޔޫރަޕުގެ އިއްތިހާދާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އެގޮތުން ސަމޯއާ އެއްބަސްވުމުގައި ސޮއިކުރެއްވުމާ ގުޅިގެން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ،" އެ އޮފީހުން ބުންޏެވެ.
ސަމޯއާ އެގްރީމަންޓަކީ އީޔޫ އާއި އެ އިއްތިހާދުގެ މެމްބަރު ގައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ މެންބަރު ގައުމުތަކުގެ މެދުގައި އެކުލަވާލާ އެއްބަސްވުމެކެވެ.
މި މަހުގެ ފުރަތަމަ ދުވަހު ސޮއި ކުރި މި އެއްބަސްވުމުގެ ސަބަބުން، ރާއްޖެ އާއި އީޔޫއާ ދެމެދު އިގުތިސާދީ، ދެމެހެއްޓެނިވި ތަރައްގީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަދި އޯއޭސީޕީއެސްގެ މެމްބަރު ގައުމުތަކަށް އީޔޫގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމްތައް ރާއްޖެއަށް ލިބުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.
އޭގެތެރޭގައި، ރާއްޖޭން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކަށް ހެޔޮ އަގެއް ހޯދަން އިތުރު ދޮރުތަކެއް ހުޅުވިގެން ދިޔުން ހިމެނޭ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިމްދާދް
30 July 2024
ގައުމު މިވަގުތު މިއޮތް ހާލަތުން މަސްވެރިންނަށް ދަތިވެގެން އުޅެނީ.. މިކަންކަން ހައްލުކޮށްގެން މަސްވެރިންނަށް ހަމަ އަގު ދެވޭނީ.. މި ސަރުކާރުން އެ މަސަކަތް ކުރާތަން ފެނިގެން ދިއުމަކީ އުފާކުރާ ކަމެް
ލޮލްް
30 July 2024
ޔޫރަޕު މީހުންތީ! އެމީހުން އުޅޭގޮތަށް އުޅުމުން ނޫނީ އެންމެ އިންޗިއެއްވެސް ދޫދޭކަށް އެމީހުން ބޭނުމެއްނުވާނެ. މިހެން ބުންޏަސް އަމާ ބުނީތީ ފަރަށްދާ އުސޫލުން ނޫންގޮތަކަށް ޑިއުޓީ ކުޑަކޮށްދޭނެއެކޭ ނުބުނާނަން.
މުހައްމަދު މަފާޒް ހުސައިން ސަލީމް
30 July 2024
ސަރުކަށް އަނެއްހެން މަ ތާއިދު ނުކުރިޔަސް ގައުމަށް ލިބޭ މިކަހަލަ މުހިއްމު ފައިދާ ހުރި ކަންކަމުގައި މަ އެއްބާރުލުން ދޭނަން. މަގޭ ޕާޓީ އެމްޑީޕީ މިކަމާ ދެކޮޅަސް ހެޔޮ
ސިއްބަތު އަޒީޒް
30 July 2024
އިދިކޮޅަށް ހަޖަމެއް ނުވާނެ މިކަހަ ގައުމަށް ފައިދާވާ މުހިއްމު އެއްބަސްވުންތަކުގައި މިސަރުކާރުން ބައިވެރިވަންޔާ. މިއީ ކިހާ ބޮޑު ފައިދާއެއް. މަހަށް ހައްގު މިންވަރު މީގެން ލިބިގެންދާނެ ހަމަ ގައިމިވެސް.
އިދުހާމް ހަސަން
30 July 2024
ވަރަށް މުހިއްމު ކަމެއް. އޭރަށް މީގެ ސީދާ ފައިދާ އަހަރުމެންނަށް ކުރާނީ.
ހަސަން ނިހާމް
30 July 2024
ބަޔަކަށް ހަޖަމް ނުވިޔަސް ކުޑަ މުއްދެއްތެއްގައި މަސްވެރިންނަށް އެއްމެ ގިނައިން ފައިސާ ދިން ވެރިކަމަކީ މިއީ. 1 ބިލިޔަނަށްވުރެ ގިނައިން 7 މަހުން ދީފި
ޝިޔާޒް އަލީ
30 July 2024
މަހުގެ އަގު ހަމަޔަށް އަޅުވާ މަސްވެރިންނަށް އަދި މުޅި ސިނާއަތުގެ ކުރިއެރުމަށް މި ސަރުކާރުން މި ކުރަނީ ފާހަގަކޮށްލެވޭ މަސައްކަތެއް.
އާޒިމް މުހައްމަދު
30 July 2024
ދިވެހި މަހަށް ހައްގުވާ މިންވަރު ހޯދާނީ މިސަރުކާރުން.
އެމްސް
30 July 2024
ޤައުމީ ފެންވަރުގަވެސް ސަލާމްޖެހުމީ ރީތިކަމަކަށް ހަދައިފިއެވެ!
ދާއިން
29 July 2024
އަގުހެޔޮކޮށް ސީފުޑް އިމްޕޯޓް ކުރުމުން އަޅުގަނޑު ފަދަ ރެސްޓޯރެންޓްތަކުން ކަސްޓަމަރުންނަށް ރަނގަޅު އަގުތަކެއް ހުށަހަޅައި، އަޅުގަނޑުމެންގެ މެނޫތައް ފުޅާކުރުމުގެ ފުރުސަތު ބޮޑުވޭ. މިއީ ވިޔަފާރިތަކަށާއި ކޮންސިއުމަރުންނަށް ވެސް ވިން ވިން ހާލަތެއް
އެމްސް
30 July 2024
އިޤްތިސާދަށް ފައިދާ ބޮޑީ އިމްޕޯޓް މަދުކުރެވުނުވަރަކަށެވެ! %99 މޫދު އޮތް ތަނަކަށް އެވަރަށް މަހުގެބަަވަތްތައް އެތެރެކުރަން ޖެހުނީ ކަނޑުމަހުގެ ބާވަތްތަކުގެ އަގު މަސް މާރުކޭޓްގަ ބޮޑުކަމުންނާއިވެސް އެކުއެވެ! އެއްގޮތަކަށްވެސް ކުކުޅު މީރުވެގެންނެއް ނޫނެވެ!