މަންޑޭ: އޭނާގެ ޝަރީއަތް މިއަދު ވަނީ ފަށާފައި. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް އެންމެ ގިނައިން ދައުވާކުރާ މައްސަލަ.
30 ޖުލައި 2024 - 09:58
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.
ކޭ ޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އެއީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް އެންމެ ގިނައިން ދައުވާކުރާ މައްސަލަ އެވެ.
މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ. އެ ދެ މީހުންގެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފެށީ އެއްކޮށެވެ. މިއަދުގެ އަޑުއެހުމުގައި އެ ދެ މީހުން ވެސް އެދުނީ ވަކީލަކު އައްޔަން ކުރަން ފުރުސަތެއް ދިނުމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އަމިއްލައަށް ވަކީލަކު ހަމަޖެއްސޭ ފަދަ މާލީ ތަނަވަސްކަން ނެތް ނަމަ ދައުލަތުގެ ހަރަދުގައި ވެސް މި ބާވަތުގެ މައްސަލަތަކުގައި ވަކީލުން ހަމަޖައްސައި ދެވޭނެ ކަމަށެވެ. އަދި ބޭނުންވަނީ ކޮން ގޮތެއްތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
މަންޑޭ އާއި ޖައިޝަން މިއަދުގެ އަޑުއެހުމުގައި
އެ ދެ މީހުން ވެސް ބުނީ ބޭނުންވަނީ އަމިއްލައަށް ވަކީލަކު ހަމަޖައްސަން ކަމަށެވެ.
ގާޒީ ނަދީމް ވިދާޅުވީ އެންމެ ގިނަވެގެން އެކަމަށް ދެވޭނީ 10 ދުވަސް ކަމަށާއި އަދި ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކު ނެތަސް، މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އވެެ.
ގިނަ ބައެއްގެ އަތުން މަންޑޭ ފައިސާ ނެގި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރުގެ ފަރާތުންނެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކޮށް، އަދި އޭނާގެ ގޭގައި ހުރި އަގުހުރި ސާމާނުތަކާއި ދަބަހާއި ސެންޓާއި އަގުބޮޑު އެޕާޓްމެންޓެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.
މަންޑޭ މިހާރު ހުރީ ބަންދުން ދޫކޮށްލައިފަ އެވެ.
އެ ދައުވާތައް ސާބިތުވެއްޖެނަމަ މަންޑޭގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިއްޕާ
01 August 2024
އަދީބަށް ހެދިހެން ސިންގަޕޫރަށް ފޮނުވާލާނީ.
ނަންޑޭ
30 July 2024
ތިހާ ދައުވާ ގިނަވިއްޔާ ޓިއުސްޑޭއެއްގަ މަންޑޭ ދޫވާތަންވެސް ފެނިދާނެ
އަައަސަދު
30 July 2024
ތިހާ ބައިވަރު ދައުވާ ކުރަންޔާ މާދަން މިނިވަންވާނެ. އަދީބުވެސް 1000 އަހަރަށް ޖަލަށް ލެވޭނެ ކަމަށް ސަމީމު ބުނި
ޑރ ވާންޗޯ
30 July 2024
500 މިލިއަން އަށްވުރެ ގިނައިން ޚިޔާނާތްވެ 500 އަހަރުގެ ހުކުމެއް އަންނާނެކަމައް ބުނިމީހާ ގައުމުގެ ރައީސް މާފުދީގެން ސަލާމަތްވާ ގައުމުމީ!!!. އަވަހަށް ކަޅުދަބަހެއް ހޯދާ.
ބަރުބާދު
30 July 2024
40 އަހަރުގެ ޖަލުހުކުމެއް އައުމުގެފުރުސަތު. ކޮބާތޯ އެއްކަލަ 500 އަހަރުގެ ޖަލުހުކުމެއް އަންނާނެކަމަށް ވިދާޅުވި ބުރޯ؟
123456.
30 July 2024
ބައެއް ކުންފުނިތަ މީހުން އަތުން ލާރި ނަގާފަ އުޅެނީ ފިލައިގެން
ކޮރަލް
30 July 2024
ވަކީލުން މާސްކް އަޅައިގެން މިހުންނަނީ މޫނިފޮވރުވަންތޯ އެވެ؟ މިހާރު ކޮވިޑްގެ ހާލަތު އުވާލައިފި އެވެ. ކޯޓް ތަކުން ވެސް އާންމު ހާލަތައް ދާން ވީ އެވެ.
ރަދީފްއޮފިޝަލް
30 July 2024
ބްރޯ އެއީ ވަކީލެއް ނޫން. އެއީ މިމައްސަލައިގަ ހިމެނޭ 2 ވަނަ މީހާ. 2 މީހުންނަށް ވެސް ވަކީލުން ހަމަޖައްސަން ގާޒީ 10 ދުވަސް ދިންކަން ލިޔުން ކިޔާލީމަ ސާފްވޭ.ކޮމެންޓް ލިޔުނީ ފޮޓޯ ކެޕްޝަން އަދި އާޓިކަލް ރަނގަޅަށް ކިޔާފަތަ؟؟ އެސްއެސްސީ ދިވެހި ޕޭޕަރުގެ ދޭހައިން ލިބުނީ ކިތައް މާކްސްތޯ އާހަލަން ބޭނުން. ވ.ވެދުން
ފަނާ
30 July 2024
ތަހުޤީޤަކާނުލާ ޢުމުރަށް ޖަލަށްލާންޖެހޭ މީހުންމީ،
ޒަހީނު82828
30 July 2024
މި މައްސަލައިގައި މަންޑޭ އަށް ކޮރެއާ މީހަކު ވަނީ ކެހިދީފަ. މި ސްކޭމްގެ ބޮޑު ފައިދާ އެއްނެގީ އެ ބިދޭސީ މީހާ. ޢޭނާ ވަނީ ފިލައިގެން ގޮސްފަ
ހުވާނިބުނީ
01 August 2024
ހިނިއަންނަނީ .މަންޑޭ ކަލޭ އަމިއްލައަށް ކޮމެންޓު ނުކޮށްބަލަ.
ރަޖަބް
30 July 2024
މިފަދަ ގަޣްމީ ބަތަލުން އަށް ސިންގަޕޫރު ގައި ސަރުކާރު ހަރަދުގަ އެޕާރޓްމެންޓް ގަނެފަ. ދައުލަތުގެ ހަރަދުގަ މި ބައިމީހުން ގެ އާއިލާ ބަލަހައްޓަން ގޮވާލަން.