އިއާދަކުރަނިވި ހަކަތައިގެ ތަޖުރިބާ ދަތުރަކަށް ދިވެހި ދަރިވަރުން އިންޑިއާއަށް ފުރުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
03 ސެޕްޓެމްބަރ 2024 - 13:49
ވޯލްޑް ބޭންކުގެ އެހީގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހިންގާ އެސްޕަޔާ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ހަ ސްކޫލެއްގެ 16 ކުދިން އިޔާދަކުރަނިވި ހަކަތައިގެ ތަޖުރިބާ ދަތުރެއްގައި އިންޑިއާ އަށް އިއްޔެ ފުރައިފި އެވެ.
ނިއު ދިއްލީ އަށް ކުރާ އެ ދަތުރުގައި ބައިވެރިވަނީ ހދ. ކުޅުދުއްފުށްޓާއި ބ. އޭދަފުށްޓާއި ޅ. ހިންނަވަރާއި ގދ. ތިނަދު އާއި އައްޑޫ އަދި ފުވައްމުލަކުގައި މަތީ ސާނަވީއަށް ކިޔަވާ ކުދިންނެވެ. އެއީ އެސްޕަޔާ ޕްރޮޖެކްޓުގެ ތިންވަނަ ފިޔަވަހީގެ ދަށުން މަސައްކަތްކުރާ ރަށްތަކުން ހޮވި ކުދިންނެވެ.
އިއާދަކުރަނިވި ހަކަތައިގެ ތަޖުރިބާ ދަތުރަކަށް ދިވެހި ދަރިވަރުން އިންޑިއާގައި.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަކަތައިގެ ދާއިރާ އަށް ކުދިން ޝައުގުވެރި ކުރުވައި، އެ ދާއިރާގެ ފުރުސަތުތަކާ ގުޅިގެން ކުދިން ހޭލުންތެރިކުރުމަކީ އެސްޕަޔާ ޕްރޮޖެކްޓުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ހާއްސަކޮށް އަންހެނުން އެ ދާއިރާގައި މަސައްކަތްކުރުމަށް ބާރުވެރިކުރުވުމަކީ ވެސް އަމާޒެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"އެގޮތުން 16 ދަރިވަރުންގެ ތެރެއިން 10 ދަރިވަރުންނަކީ އަންހެން ދަރިވަރުން ކަމުގައި ފާހަގަކޮށްލެވެ އެވެ،" މިނިސްޓްރީން ބުންޏެވެ.
އިއާދަކުރަނިވި ހަކަތައިގެ ތަޖުރިބާ ދަތުރަކަށް ދިވެހި ދަރިވަރުން އިންޑިއާގައި.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
މި ދަތުރު ރާވާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އިންޑިއާގެ ޓާޓާ ޕަވާ ޑީޑީއެލްއާ ގުޅިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ ދަތުރުގައި ހަކަތައިގެ ދާއިރާއާ ގުޅޭ އިންޓްރޮޑަކްޓަރީ ކްލާސްރޫމް ސެޝަންތަކާއި ޓާޓާ ޕަވާގެ އެކި ކަހަލަ ފަންނީ ފެސިލިޓީސްތަކަށް ކުދިން ގޮސް އެ ތަންތަނުގައި މަސައްކަތްކުރާ ގޮތް ދައްކާލުން އޮންނާނެ އެވެ. ހަކަތައިގެ ދާއިރާއާ ގުޅޭ 13 މާއްދާއެއް އެ ދަތުރުގައި ދަރިވަރުން ކިޔަވާނެ އެވެ.
އިއާދަކުރަނިވި ހަކަތައިގެ ތަޖުރިބާ ދަތުރަކަށް ދިވެހި ދަރިވަރުން އިންޑިއާގައި.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
ސްމާޓް ގްރިޑް ލެބް، ސްކާޑާ ކޮންޓްރޯލް ސެންޓަރު، ޓްރާންސްފޯމަރު ވޯކްޝޮޕް އަދި އިޔާދަކުރަނިވި ހަކަތައިގެ އެހެން ބައެއް ސައިޓުތަކާއި އިލެކްޓްރިކް ވެހިކަލް ޗާޖިން ސައިޓުތައް ކަހަލަ ތަންތަނަށް ދިއުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، ނޮއިޑާގައި ހުންނަ ޝިވް ނާދަރް ޔުނިވާސިޓީ އޮފް އެމިނެންސްގެ ދައުވަތަކަށް ދެ ދުވަހަށް ދަރިވަރުން އެ ޔުނިވާސިޓީގެ ކެމްޕަސަށް ޒިޔާރަތްކޮށް، އެ ޔުނިވާސިޓީގެ ޕްރޮގްރާމްތަކާއި ފެސިލިޓީސްތައް ބެލުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. ނިއު ދިއްލީގެ ބައެއް ތަންތަން ބަލާލުމާއި އާގްރާގެ ތާޖު މަހަލްއަށް ދަރިވަރުން ދިޔުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަޖުރިބާ
05 September 2024
ތަޖުރިބާ ދަތުރުތައް ދިއުމަކީ މިހާރަކަށްއައިސް ބަޔަކު ވަރަށް ރުޅިއަރާ ކަމެކެވެ.
ދިނުމޭދޯ
04 September 2024
އިއާދަކުރަނިވި ހަކަތަ އިންޖިނިއަރިންގް ގައި އެންމެ ފަސޭހަ ސަބްޖެކްޓް ދެން މިމާބޮޑު އެއްޗަކަށް ހަދައިގެންނޭ ސަރުކާރުން އުޅެނީ މީ ބޮޑު ވިޔާފާރި ގަނޑެކޭ ހިންގާ ކުރިން އެނަރޖީ މިނިސްޓަރަކަށް ހުރި އަައްޑޫ އަންހެނަކު ބުނި ހުޅުމާލޭގެ ހައިވޭ ގައި ސޯލަރ ޖެހުމުން ސްޓެލްކޯ އިން މަހަކު 150 މިލިއަން ސަލާމަތްވާނެއޭ އެކަންވެސް ކޮށްފި އެންމެ ރުފިޔާ އެއްވެސް ތެލަށް ކުރާ ޚަރަދުން ސަލާމަތްނުވޭ ކުރާވެސް ކަމަކީ ސޯލަރ ޕެނަލްޖެހި ތައި ކުންފުންނަށް މަހަކު 15 މިލިއަން
ބްރެއިން
03 September 2024
ކުރީ ސަރުކާރުގަ ސަރުކާރު ހުރިހާ އޮފީހަކާ މުއައްސަސާއެއް. މިސަރުކާރުގަ ދަރިވަރުންގެ ބްރެއިންވޮޝްކުރުން އޮތީ