އިނގިލަތައް ބުރިކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން ފައިސާ ފޭރުނު މައްސަލާގައި ހައްޔަރުކުރި ދެމީހުން.
20 ސެޕްޓެމްބަރ 2024 - 17:59
ފައިސާ ނުދީފި ނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް އިންޒާރުދީ، ބިރުދައްކައިގެން ބިދޭސީންތަކެއްގެ އަތުން ފޭރުނު ދެ ދިވެއްސަކު ފުލުހުން ރޭ މާލެ އިން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ފައިސާ ނުދީފި ނަމަ އެ މީހުންގެ އިނގިލިތައް ބުރިކޮށްލާނެ ކަމަށް އިންޒާރުދީ، އެ ތަނުން މީހެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ރޭ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ:
- ސ. ހިތަދޫ އަތިރީއާގެ، އަހުމަދު ސިވާތު، 37
- ސ. ހިތަދޫ ޑިލައިޓްފޭސް، މުހައްމަދު ސާލިމް، 37
ފުލުހުން ބުނީ ބިދޭސީ މީހާގެ އަތުން އެ ދެމީހުން ފޭރުނު ފައިސާ ހޯދާފައިވާ ކަމަށެވެ.
ރޭ ދަންވަނިކޮށް، ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރުނު ދިވެއްސެއް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ބިދޭސީއެއްގެ ފޯނު ފޭރިގެން ހައްޔަރުކުރި މީހާ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލ. މާމެންދޫ ރިހިވެލި، އަހްމަދު ނިޒާރު، 31 އެވެ.
ފުލުހުން ބުނީ ބިދޭސީއެއްގެ ފޯނު ފޭރުނު އެ މީހާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރީ އާންމުންގެ އެހީތެރިކަމާ އެކު ކަމަށެވެ. އަދި ފުލުހުން ސީނަށް ދިޔައީ ވެސް އާންމުންގެ ބަަޔަކު އޭނާ ހިފަހައްޓައިގެން ތިބި ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އާންމުންގެ އެހީތެރިކަމާ އެކު އެ މީހާ ހައްޔަރުކޮށް، ފޯނު ވަނީ ވެރިފަރާތާ ހަވާލުކޮށްފައި،" ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައިޑްލައިން
20 September 2024
ވަކި މީހަކަށް ނުވަތަ ވަކި ފަރާތަކަށް ޒާތީ ގޮތުން ނިސްބަތްކޮށްފައި ހުންނަ ލިއުންތައް. ހީވޭ؟
މުއްތުކުމާރު
20 September 2024
މާބޮޑަށް ގަދަވެގެން ދާދަވެގެން އުޅެނިކޮށް އެހެންމީހުން އިގިލިނޫނަސް އެހެންތަންތަން ބުރިކޮށްލަފާނެ
އަފީފު ކޮބާ
20 September 2024
އަފީފު ދީދީ ކޮބައިތަ ؟ ރަށު ކުދިން މާލެ އަރާ މިތަން ނާމާން ތާކަށް ހަދައިފި . މިކަހަލަ ކުށްވެރިން މާލެ ނާދެވޭ ގޮތަށް ރަށު ކޮޅަށް ހަމަ ފޮނުވަން ވީ . ތިރީގަ އިން މީހެއް ބަލާބަލަ . ހީވަނީ .. އެޑިކުޓު ވެފަ ބުއްދިރަން ވެފައިން މީހެއް ހެން.މިއުދަގުލުން މާލޭގަ ދިރިއުޅޭ މުޅި ރާއްޖޭ ރައްޔިތުން ނާ އެހެން މީހުން ގެ ހައްގު ތަށް ކޮބައިތަ؟ކޮންމެ ސަރުކާރަކުން ވެސް ހަމަ ވަނީ އެއްގޮތް. ބަސް ވަރަށް ގިނަ . އަމަލުން ސުމެއް .
ބައޯކަލޯ
20 September 2024
މިދުވަސްކޮޅު ޓުރެންޑަކަށް މިއޮތީ އިނގިލިބުރިކުރުން. މީގެ ދުވަސްކޮޅެއްކުރިން ޓުރެންޑަކީ ގޭގެއަށް ވައްދާ ރަހީނުކޮށް އޮރިޔާންކުރުން.
އޮނަރަބްލް
20 September 2024
ހުސް އޮނަރަބްލްގެ ރަށުބޭފުޅުން ދެއްތޯ މިމާލެޚަރާބުކުރަނީ؟.
އިބުރާ
20 September 2024
މިއީ އިނގިލިބުރި ގޭންގުގެ ނުފެނި ތިބި މީހުން ތޯއްޗެއް
ރަންނަ
20 September 2024
ތިމީހުން މާދަމާ ނުވަތަ ލސްވެގެން ހަފްތާއެއް ފަހުން ހައްޔަރުކުރާނެ އަނެއްކާ ހަމަ ތިކަލަ ކަމެއްގަ. ފުލުހުންވެސް ކުއްވެރިންގެ ހައްގުތަކަށް އަރައިގަނެ އެމީހުން ހައްޔަރުކުރާތީ ދެރައީ. ލާރި ގެންގުޅުން ނުވަތަ ފޯނެއް ގެންގުޅުމަކީ އެމީހުންގެ ކުށެއްކަން މިގައުމުގެ އަދުލުއިންސާފުން ސާފް.
ޢެޑްމުންޑޯ
20 September 2024
މިހާރުދެން ފިނިމައިޒާނެއްގައިވެސް ހިތްހަމަޖައްސާލަން މަޑުކޮއްލެވޭކަށް ނެތް މިފޭރޭ މީހުންނާއި ހެދި ،
ހާސަރު
20 September 2024
ހެޔޮނުވާނެ ކޮންމެފަދަ ގާނޫނެއް ފާސްކޮށްގެންވެސް މިމީހުން ހައްޔަރު ކޮށްފަބައިތިއްބާބަލަ. މިހާރު ދެންގާނޫނެއް ނުހެދިގެންނޭ ކިޔާކަށް އެއްވެސް ޖާގައެއްނެތެއްނުން.
ކޮރަލް
20 September 2024
ތިޔަ ފޭރުނު މީހުން ހަފްތާ އެއް ފަހުން މަގުމަތީން ނުފެންނާނެ ކަަމަށް އުއްމީދު ކުރަމެވެ. ދަންވަރު ބޭރުގަ އުޅޭ ބިދޭސީންނާ ސުވާލު ކުރަން ވީ އެވެ. ސަރުކާރު އޮފީސް ތަކުން ބައެއް ހިދުމަތް ތައް މިލިބެނީ ބިދޭސީންނަށް ފައިސާ ދީގެން އެބިދޭސީން ދަންވަރު ގަޑީގަ ސަރުކާރު ބައެއް އޮފީސް ތަކުގެ ބައެއް މީހުންނާ ބައްދަލު ކޮށް ރެސްޓޯރަންޓް ފަދަ ތަންތަނުގަ ކޯޓާ ނެގުމާ ލައިސަންސް ހެއްދުމާ ބެހޭ ގޮތުން ވާހަކަ ދައްކަ އެވެ.