ޑްރަގްސް އެތެރެކުރި 65 އަހަރުގެ މީހާ: ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި.
21 ސެޕްޓެމްބަރ 2024 - 17:12
ރާއްޖެ އިން ބޭރުން ޑްރަގްސް އެތެރެކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެންމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް، ބަންދު މުއްދަތު ޖަހާފައި ވަނީ އައްޑޫ ހިތަދޫ، ވެހެތާނުގޭ އަބްދުﷲ ސޯދިގުގެ އެވެ.
ފުލުހުން ބުނެފައި ވަނީ މިދިޔަ ހޯމަ ދުވަހު ސްރީ ލަންކަން އެއާލައިންސުން އައި އަބްދުﷲ ސޯދިގު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 349 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކަސްޓަމްސް އިން ފާސްކުރިއިރު ފެނުނު ޑްރަގްސް
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ރާއްޖެ އަށް ޑްރަގްސް އެތެރެކުރާ މީހުން ފުލުހުންނާއި ކަސްޓަމްސް އިން ވެސް އަންނަނީ އަތުލައިގަންނަމުންނެވެ.
މިދިޔަ ބުދަ ދުވަހު ރާއްޖެ ގެނައި އެއާކާގޯ ޝިޕްމަންޓަކާއި ޕޯސްޓް ޕެކޭޖަކުން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ހެރޮއިން އާއި ސިންތެޓިކް ކެތިނޯން އާއި ކެނަބިސް އަދި އެކްސްޓަސީއަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަހުޒީބުވަމާ
22 September 2024
މިތާނގައި ކޮމެންޓުކުރާ ގިނަމީހުންގެ ހުރީ ހުޅަނގުގެ ނަސްލީ ތަފާތުކުރުމުގެ ސިޔާސަތު. އެގޮތުން މުސްލިމަކު ކުށެއްކޮށްފިނަމަ ހަބަރުތަކުގައި މުސްލިމެއްކަން ވަރަށްބޮޑަށް ފާހަނގަކުރާނެ. އެހެންދީނެއްގެ މީހަކު ކުށެއްކުރިޔަސް އޭނަގެ ދީނުގެ ވާހަކައެއް ނުދައްކާނެ. ހަމައެގޮތަށް ވަކިއަތޮޅަކަށް ނިސްބަތްވާ މީހަކު ކުށެއްކޮށްފިނަމަ ކޮމެންޓުތައް އޮއްސާލާނެ. ކުށްކުރާނީ އިންސާނުން. އެއީކީ ދީނަކަށް، ރަށަކަށް ކުލައަކަށް ހާއްސަކަމެއް ނޫން.
އަފީފ
23 September 2024
މީ އަފީފު ލިޔެފަ އޮތް ކޮމެންޓެއް
ގުދުގުދާބެއްޔާ
22 September 2024
އަފީފުދީދި މެންރަށު ގޫބައްޑާއެއް މިއީ! އަފީފު ދިދީ ކަލޭމެން ހަމައެކަނި ބަޣާވާތް ކުރަން މޮޅުބައެއްނޫން! ޑުރަގް ވިޔަފާރިއަށް ވެސް ކަލޭމެން ތީ އަރާހުރި ބައެއް!
އަބްޑޫޅް +
22 September 2024
ހޫނ ސޯދިގު ދޯ؟
ފިނިފެންމާގަސް
22 September 2024
ތިކުދިން ދީދީޔާ ތިހާދިމާނުކޮށްބަލަ. ޕިސް ޕިސް
ވޯލް
22 September 2024
މިކަހަލަ މީހުންގެ އެސެޓް ތަކާއި ބޭންކް އެކައުންޓްތައް ހާމަ ކުރަންޖެހޭ. އޭރަށްތައް މީހުންނަށް އެނގޭނީ މީނަމީ މި ކަމުގެ ކިހާ ހިސާބެއްގައި ހުރި މީހެއްކަން.
ޑުރަގު
22 September 2024
މި އުމުރަށް ދިޔާމައި އަޅެފަހެ މިއީ ކޮންކަމެއް؟ ﷲ މީނާޔަށް ހެޔޮ މަގު ދައްވާށި! އުމުރާ އަކަށް ދިއުމުގެ ފުރުސަތު ތަނަވަސް ކުރައްވާށި!
ހަލާކުވެއްޖެ
22 September 2024
ޑުރަގު އެތެރެކުރީމަވެސް އުމްރާއަށް ފޮނުވައިދޭންވީ!؟ ދެން އޭރުން ހުރިހާ މުސްކުޅިން ފަށާނީ މިކަން ކުރަން! ކުށްކުރީމަ ފިރުމާފަ ރަނގަޅުގޮތް ހަދައިދޭތީ ގައުމު މިއޮށް ހަލާކުވަނީ!
ލަދުހަޔާތް ކުޑޭ
22 September 2024
ކޮބާ ހޭ ސިރިސަވަނަ އައްޑޫ އަނގަމޮޅު ރޯނުއެދުރު އޮނަރަބަލް އަފީފުދީދީ ؟ މުޅި އައްޑޫ ދެކުނުގައި ކުށްކުރުން އިންތިހާއަށް. މީނާ މާލެމީހަކު ކަމެއްކޮށްފިއްޔާ ހީވާނީ ގައިގައި ރެވިތެޔޮލެވިގެން އުޅޭހެން
އަހުމަދު އަތީގު
22 September 2024
ހީނުވޭ މާލޭ މީހުން ކުރިވަރާ ގާތަކަށް ބެސް ކުރެވިދާނެ ހެން. ރާއްޖޭގަ ހިންގި ހަކުރު ގެ އެންމެ ވަރުގަދަ އޮޕަޜޭށަން ކޮން ބައެއް ބާ. ހީވަނީ ކަލޯ , ކަލޭ ނޫސް ނުކިޔަނީހެން, ނުވަތަ މިނަށް ވުރެ ގަޅީ. ހައްހައް
އަފިއްބެ
22 September 2024
65 މިވީ ބޯޓުދަތުރުކުރަންދާން އުމުރު ބޮޑުކޮށްގެންހެން ހާދަ ހީވެޔޭ
އައްޑޫ ބޮޑުގުޅަ އޮނަރަބަރު އަފީފް ދީދީ
21 September 2024
ކޮބާ އަފީފް ދީދީ އަނގަ ބަންދުވެފަތަ؟؟؟ ހަހަހަހަ
ހެއްހެއްހެއް
21 September 2024
މުސްކުޅިން ވެސް ކުށައް އަރައި ގަންނަނީ . ލަދުގެ ކަންފުޅެއް ހުރިމީހަކު ވެސް ހަނު ހުންނާނީ
ގުދުގުދާބެއްޔާ
22 September 2024
މިއީ އެ އަފީފު ދީދީމެންގެ ފެންވަރު! އަދިވެސް މާލޭ މީހުންނާ ޖައްސާލައިގެން އުޅެވޭތޯ ބަލާ! އަފީފުދީދީ ކަލޯއަށް މާލޭ މީހުންކައިރީގަ ފަތިގަނޑުވެސް ފިރުކާނުލެވޭނެ!
ޔޫނުސު.
21 September 2024
އޮނަރަބްލް އަފީފު ދީދީ މިފަހަރު ކީކޭބާ ބުނާނީ ؟ ކ.މާލޭ މީހެއްގެ ސަބަބުން އޭނާއަށް ލިބުނު ލަނޑެކެ ނުބުނެފިއްޔާ ރަނގަޅު.
އަފީފ
22 September 2024
ކ. މާލޭ މީހުންނަށް ގޯތި ބަހައިގެންނޭވެސް އަފީފު ބުނެފާނެ!