"ޖޮއިން ޓީމް އެމްޓީސީސީ" ފެއާގައިި ހުރި ސްޓޯލެއް: ލިބެންހުރި ވަޒީފާގެ މައުލޫމާތުތައް މި ފެއާގައި ދޭނެ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
04 މާޗް 2017 - 18:55
އެމްޓީސީސީގައި ހުރި ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށް އަންގައިިދިނުމަށްޓަކައި ބާއްވާ ޖޮބް ފެއާ މިއަދު ފަށައިފި އެވެ.
"ޖޮއިން ޓީމް އެމްޓީސީސީ"ގެ ނަމުގައި ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ ފެއާ މިއަދު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފެއާ ހުޅުވައިދެއްވީ އެމްޓީސީސީގެ ޗެއާމަން އަހުމަދު ނިޔާޒު އަދި ޔޫތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަލީ ޒަކީ އެެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޓީސީސީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އެގްޒެކެޓިވް އަބްދުﷲ ފުއާދު ވިދާޅުވީ 700 ވަޒީފާއަކަށް މީހުން ބޭނުންވާ ކަމަށާއި އެ ވަޒީފާތަކަކީ އެ ކުންފުނިން މިއަހަރު ހިންގަން ހަަމަޖައްސާފައިވާ އެކި ޕްރޮޖެކްޓްތަކާ އެކު ފަހިވާ ފުރުސަތުތަކެއް ކަމަށެވެ. އަލަށް ވަޒީފާއަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް އެމްޓީސީސީއަކީ އެންމެ ރަނގަޅު ކުންފުންޏަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެއާ ހުޅުވައިދެއްވުމަށްފަހު އެމްޓީސީސީގެ ޗެއާމަން، ސްޓޯލެއްގެ މަސައްކަތް ބައްލަވާލަައްވަނީ: ފެއާ ކުރިއަށްދާނީ މިރޭ 10:00 ޖަހަންދެން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ސަަރުކާރުގެ މެގަ ޕްރޮޖެކްޓުތަކާ އެއްކޮށް މިއަހަރު ގާތްގަނޑަކަށް 700 ވަޒީފާ ފަހިވެގެން ދާނެ. އެހެން ނަމަވެސް މިއީ ބަލްކް ކޮށް ނަގާ އެއްޗިއްސެއް ނޫން. މުޅި އަހަަރަށް ބަހާލައިގެން ކުރިއަށްގެންދާނީ،" ފުއާދު ވިދާޅުވި އެވެ.
މިދިޔަ އަހަރު ނިމުނުއިރު އެމްޓީސީސީގައި 1700 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.
ފެއާގެ ތެރޭގައި ވަަޒީފާތަކަށް ފޯމު ހުށަހެޅޭނެ އެވެ. އަދި ވަޒީފާތަކަށް އިންޓަވިއުކުރުމާއި އެމްޓީސީސީގެ އެކި ޑިޕާޓްމަންޓުތަކުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެކަމަށް ފުއާދު ވިދާޅުވި އެވެ.
"އެމްޓީސީސީން މިއަހަރު ހިންގާ ލޯންގް ޓާމް އަދި ޝޯޓް ޓާމް ޓްރެއިނިން އަކީ ކޮބައިކަން ކިޔައިދެވޭނެ. ކެރިއަ ގައިޑެންސަކީ ކޮބައިކަމާއި އެ ކުދިންގެ ފިއުޗާ ބައްޓަން ކުރާނީ ކިހިނެއްކަން ވެސް ކިޔައިދެވޭނެ. ހޯލް ޕެކޭޖެއް އަޅުގަނޑުމެން މިއަދު މި ފަހިކޮށްދެނީ،" ފުއާދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެންޓަލް ކޭސް
05 March 2017
މިދުވަސް ކޮޅު އޮވެދާނެ 700 ނޫން 1000 ވެސް، އެކަމު ހަގީގަތުގަ އެވަރަކަށް ނުވެސް އޮންނާނެ، އިންތިހާބެއް ކައިރިވޭތާ އެބަ
އިބޫ
05 March 2017
1700 މުއައްޒަފުން +700މުައްޒަފުން ކުއްލި އަކަށް އިތުރުވަނީ %40 ގިނަވަނީ އަނެއްކަ ހަމަ ފަހި ޕްރޮޖެކްޓް ތަކެއްބާ؟؟
ދަންނާތި
04 March 2017
އެމްޓީސީސީ ޖޮބްފެއަރ ގައި ގިނައީ ޓެކްނިކަލް ޖޮބްސް ތަކެވެ. އެކަމަކު ފެއަރ އަށް ދިޔަ ގިނަ ކުދިންނަކީ އެއީ އަންހެން ކުދިންނެވެ. މިރާއްޖޭގެ ފިރިހެން ކުދިން ބަލަނީ ވަޒީފާ އަދާ ނުކޮށް އަޗާ ތަޅައިގެން ރެސްޓޯރަންޓް ތަކުގައި ފެގް ބޯން ތިބެގެން ވަރަށް ފޯރާ ކަމަށް އެހެން މީހުންނަށް ދެއްކިގެން އެގޮތަށް ލައިފް ލައިން ދުއްވާލެވޭތޯ މައިން ބަފައިން ފެލާލައިގެން. ރާއްޖޭގެ މައިންބަފައިން ވެސް ދަސް ކުރަަން ޖެހޭ އެއްޗަކީ ދަރިފުޅު އޭލެވެލް ނިމުމުން ރާއްޖޭން ބޭރުން އެކުއްޖާ ކިޔަވަން ވެސް ދާން ޖެހޭނީ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހު އުޅެ ތަޖްރިބާ ހޯދުމަށް ފަހުގައެވެ. އަދި ކިތަންމެ ފޯރާ މައިން ބަފައިންގެ ކުދިން ވެސް ބޭރަށް ކިޔަވަން ފޮނުވަން ޖެހޭނީ އެކުއްޖާ އަދާ ކުރާ ގޮތަށް ސަރުކާރުން ސްޓޫޑެންޓް ލޯން ނަގައިގެން ނެވެ. އެއިރުން އެފަދަ ކުދިން ބުރަ ކޮށް މަސައްކަތް ކޮށްގެން ލައިފެއް މޭކް ކުރަން ދަަސް ކުރާނީ. އެނޫން ނަމަ ނުކުރާނެއެވެ. މިކަން ޖެހޭނެ ދަނެގަންނަން މައިންބަފައިން.
ޖައްސާތި
04 March 2017
އެމްޓީސީސީ ޖޮބްފެއާގައި ވަޒީފާގެ 700 ފުރުސަތު އޮތުމުން އެއްވެސް ކުއްޖަކު މިފުރުސަތު ނަގާނުލާ އަވަހަށް އެމްޓީސީސީ ގެ ވަޒީފާ އަށް ދާންވީއެވެ. ސަރުކާރުގެ ކުންފުނި ތަކުގެ ތެރޭން މަސައްކަތް ދަސް ކުރަން އަދި ޓަފް ކެރިއަރ އެއް ބިލްޑް ކުރަން ބޭނުންވާ ކުދިން ޔަންގް އޭޖް ގައި ގުޅެން އެންމެ ރަނގަޅީ އެއީ އެމްޓީސީސީ އާއި އެވެ. ސިވިލް އިންޖިނިއަރިންގް، އާރިކިޓެކްޓްރަލް އިންޖިނިއަރިންގް، އޯޝަންގްރަފީ، އަދި މެރިން އިންޖިނިއަރިންގް، އަދި ލޭންޑް ސާރވޭއިންގް އަދި ބެތީމެޓްރިކް ސާރވޭއިންގް، ޔޫ ނޭމް އިޓް. އޯލް އާރ ދެއާރ.. ހުރިހާ ވައްތަރެއްގެ ޓަފް އިންޖިނިއަރިންގް އޭގެ އާރޓް އެޖް އާއި އެކު ކުރަނީ އެއީ އެމްޓީސީސީން ނެވެ. ކަން މިހެން ހުރުމުން އެމްޓީސީސީ ގެ ވަޒީފާ އަށް ވަދެ ކެރިއަރ ބިލްޑް ކުރަންވީއެވެ. އުމުރުން 25 އަހަރު ވާއިރު ހުންނަން ޖެހޭނީ މިފަދަ ޓަފް ކަންކަން ކުރަން ދަސް ކުރަން ފެންބޮވައިގެން ފައި އަދި އުމުރުން 30 އަހަރު ވާއިރު ހުންނަން ޖެހޭނީ މިފަދަ ކަންކަން ހިތު ދަސްކޮށް ނިމިފައި. ލަވިންގް ޓަފް ޖެންޓުލްމެން ޖޮބް މީންސް ގެޓިންގް އަ މަނީ ޕްރިންޓިންގް މެޝިންގް..