އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސައިން ޝާފިއު (މ) ގައި ޕާޓީގެ އެހެން ބައެއް ސަޕޯޓަރުންނާ އެކު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 ޑިސެމްބަރ 2024 - 16:10
މީހަކަށް ބިރު ދައްކާ ކަމަށް ދޭހަވާ ގޮތަކަށް "އެކްސް"ގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސައިން ޝާފިއު (ތުއްތު) ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ގާތްގަނޑަކަށް ގަޑިއެއްހާއިރު ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ފުލުހުންގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް މަޑުކުރުމަށް ފަހު ޝާފިއު ނުކުތުމުން އޭނާގެ ވަކީލުން މީޑިއާއަށް ބުނީ ފުލުހުން އޭނާގެ މައްޗަށް، ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ތަފާތު ތިން ތުހުމަތެއް ކުރާ ކަމަށެވެ.
އެއީ، އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ކުށާއި މީހަކު މަރުވެދާނެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމެއްގެ ބިރެއް ކުރިމަތި ކުރުވުމުގެ ކުށް އަދި ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއު ކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެފަދަ އެއްޗެއް ފޯރުކޮށްދިނުމުގެ ކުށުގެ ތުހުމަތެވެ.
ޝާފިއު ފުލުހަށް ހާޒިރުކުރުމުން އެމްޑީޕީގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން ޕޮލިސް ސްޓޭޝަން ކައިރީގައި ނުރުހުން ފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝާފިއު ވަނީ އޭނާ ފުލުހުންނަށް ދިން ބަޔާން ދެންމެ އެކްސްގައި ޕޯސްޓުކޮށްފަ އެވެ.
އެ ބަޔާނުގައިވާ ގޮތުގައި، ޝާފިއު ވަނީ އޭނާ ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަދި އޭނާ ކުރި ޕޯސްޓަކީ ވަކި މީހަކަށް ނިސްބަތްކޮށް ކުރި ޕޯސްޓެއް ނޫން ކަމަށާއި އެއީ މީހެއްގެ ހިތުގައި ބިރުވެރިކަން އުފެދޭނެ ވަރުގެ ޕޯސްޓެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
"ޗާލީތުއްތު އަކީ އެކްސްގައި އަޅުގަނޑު ބޭނުންކުރަމުން ގެންދާ ހޭންޑްލް އެވެ. މީގެ އިތުރުން އަޅުގަނޑު ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. މި ހިސާބުން ހަނު ހުންނަމެވެ،" އޭނާ ފުލުހުންނަށް ދިން ބަޔާނުގައިވެ އެވެ.
އޭނާ ފުލުހަށް ހާޒިރުކުރާތީ އެމްޑީޕީގެ ބައެއް އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް މިއަދު ވަނީ ފުލުހުންގެ އިދާރާ ކައިިރިއަށް އެއްވެ، ނުރުހުން ފާޅުކޮށްފަ އެވެ.
ޝާފިއު ފުލުހަށް ހާޒިރުކުރީ މި މަހުގެ އަށް ވަނަ ދުވަހު އޭނާ އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެއީ ސިނގިރޭޓު އަގުބޮޑުވުމާ ގުޅިގެން ނުރުހުން ފާޅުކޮށް އޭނާ ކޮށްފައިވާ ޕޯސްޓެކެވެ. އެ ޕޯސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ހަޑިހުތުރު ބަހެއް ބޭނުންކޮށް، ސިނގިރޭޓު ފޮއްޓެއް ގަތީ 270ރ. އަށް ކަމަށް ބުނެފައިވެ އެވެ. އެ ޕޯސްޓު ނިންމާލަމުން "މަށަށް ކަލޭ މަގެއް މަތިން ނުފެއްނާތި" ކަމަށް ބުނެ އިންޒާރު ދެ އެވެ.
ޝާފިއުއަށް ފުލުހުން ފޮނުވި ޗިޓާ އެކު، އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި އިއްޔެ ވިދާޅުވީ ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިހާރު ވެފައިވާ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުރަސް އެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙބހޖސި
03 December 2024
އޭނަ ކީ ކޯއްޗެއްތަ؟ އެ ވެސް ލިޔުނުނަމަ ދޯ ވާނުވާ އެނގޭނީ.
އަލީ2655
03 December 2024
"މަށަށް ކަލޭ މަގެއް މަތިން ނުފެއްނާތި" މިއީ އިންޒާރެއްކަމަށް ވާނަމަ ދިވެހިބަހުގަ ވަނީ ހުސް އިންޒާރު
އޮޑިހަނު ތުއްތު
03 December 2024
ތަހުގީގުގަ ބޭސްގާނާ ހަނަކަށްވީމަ، ދެން ތަހުގީގު އެ ނިމުނީ އަވަހަށް ޕީޖީއަށް ފޮނުވާ ދަޢުވާކުރަން. އެއްގޮތަކަށްވެސް ދޫކުރާނެކަމެއްނެތް. މާދަމާ އިންޒާރު ދޭނީ ކާކަށްކަމެއްވެސް ނޭގެ. އެއަށްފަހު އަންނިއަށް ހެދިހެން ހަދާލަފާނެ. އޭގެކުރިން ފިއަވަޅު އަޅަންޖެހޭ އެބަ.
މިޝްކް
02 December 2024
ހައްޔަރު ކުރަން ވީ ހަމަ މިހާރުން މިހާރަށް. ޝަރީއަތެއްވެސް ކުރިޔަތް ގެންދާނެ ކަމެއް ނެތް. މުޖުތަމުގެ ހަމަޖެހުން ނަގާލަން އުޅޭ މިކަހަލަ މީހުން ހިފާ ހައްޔަރު ކުރުން ނޫން ގޮތެއް ނެތް
ރައްޔަަ
02 December 2024
މަ ހަމަ އަޖައިބުވެ އަންތަރީސްވެއްޖެ އެމްޑީޕީގެ ބޮޑުން އިބޫއާއި ފައްޔާޒާއި ޝާހިދުއާއި އަދިވެސް މީހުން މީނަގެ ދިފާއުގައި ކުރަމުންދާ މަސައްކަތް ފެނިފަ. އެވަރަށް ބޮޑު ކުށުގެ ރިކޯޑެއް ހުރި މީހެއް ދިފާއުކުރުމުގަ މިމީހުންގެ ލަދުކޮބާ.
ބާސިތްް
02 December 2024
ހަނުހުރީ ދައްކާނެ އިތުރު ވާހަކަޔެއް ނެތީމަ. ސިނގެރޭޓަކާހެދި މީހާއަށް ކިޔޭ ނުކިޔޭ ހިސާބަށް ދިޔައިމަ އޭގެ މާނައަކީ އެ ނުބޮއެ ދޫކޮށްލަންޖެހޭކަން.
ފަސީމްް
02 December 2024
މީތަ ތިބުނާ ޗާލީ ތުއްތުގެ ފެންވަރަކީ. މީނައެކޭ ޖާބިރެކޭ ހުރި ތަފާތެއް ނެތް.
ފާރިޝް ފަތުހީ
02 December 2024
މި ޝާފިއު އާ އެއްކޮޅަށް ވަކާލާތް ކުރަން ނިކުމެ ތިބި މީހުން ހަދާން ނެތުނީތަ މިބައިމީހުންގެ ވެރިކަމުގެ ހައްޔަރު ކުރިހާ މީހުން؟ އެވެސް އެއްވެސް ކުށެއް ނެތް ބަޔަކު ހިފާ ހައްޔަރު ކޮށް ހެދީ. ހަނދާނެ ނެތޭހާ ދުވަސް ނުވޭ އަދި. މާދަންވެސް ތި ސޮރުގެ ވާހަކަ ނިމޭ އިރަށް އޭނަގެ އެއްވެސް ބޭނުމެއް ދެން ނޯންނާނެ. ދަޑިވަޅުގެ ބޭނުންކޮށްގެން ސިޔާސީ މަންފާއެއް ހޯދަން ތި ތެޅެނީ. ވެރިކަމާ ހެދީ އުޅުނަސް ތި ބޮޑު ވަރު.
މުންޝިދްް
02 December 2024
އަސްލު ރިއަލިޓީއާ ފޭސްކުރަން ބިރުގަންނަބަޔެއް އެމްޑީޕީއަކީ. ޔަގީން ސްޓޭޝަންތެރޭ ގަޔަށް ރެވިފަ ހުރީ.
އަދްނާންް
02 December 2024
ހަހަހަހަހަހަހަހަހަހަ. އެހުރިހާ ފޮނެއް އެރުވީ ހަނުހުންނަންތަ؟