އެސްޓީއޯ އިން މިދިޔަ މަހު މާލޭގެ މާފަންނު ސަރަހައްދުގައި ހުޅުވި އާ ފާމަސީ: އެސްޓީއޯ އިން ބޭސް ސަޕްލައި ކުރުމުގައި ކުރިމަތިވެފައިވާ އެއް ގޮންޖެހުމަކީ ފައިސާ ނުލިބުން.
10 ޖެނުއަރީ 2025 - 08:16
ސަރުކާރުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނަށް ވިއްކާފައިވާ ބޭސްތަކާއި އެހެނިހެން ކަންކަމަށް އެސްޓީއޯ އަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެއް ބިލިއަން ރުފިޔާ އަރަނީ ހެލްތު މިނިސްޓްރީ އާއި ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި އާސަންދަ ކުންފުންޏާއި އެންސްފާގެ އިތުރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް އެސްޓީއޯ އިން ފޯރުކޮށްދީފައިވާ ބޭހާއި އެހެން ހިދުމަތްތަކަށެވެ.
ރައްޔިތުންގެ މަޖިލިހުން އެދިގެން އޭގެ ބައެއް ތަފުސީލްތައް އެސްޓީއޯ އިން މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީއާ ވެސް ހިއްސާ ކޮށްފައިވާއިރު، ސިއްހީ ހިދުމަތް ދޭ ތަންތަނަށް އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ބިލްތަކަށް ލިބެން ޖެހޭ ފައިސާ ލިބުން ވަރަށް ބޮޑަށް ލަސްވުމުގެ މައްސަލަ ބޮޑު ކަމަށް އެ ކޮމިޓީގެ މެމްބަރަކު ވެސް "މިހާރު" އަށް ވިދާޅުވި އެވެ. މިއީ، އެސްޓީއޯ އިން ބޭސް ގެންނަން ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި އެ ކުންފުންޏަށް ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އެކި އިދާރާތަކުން އެސްޓީއޯ އަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާ ކަން ހިސާބުތަކުން އެނގެ އެވެ.
އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ހެލްތު މިނިސްޓްރީ އާއި އާސަންދަ ކުންފުންޏާއި އެންސްޕާ އިންނެވެ. އެ ކުންފުނިތަކުން އަހަރަކަށް ވާ ފައިސާ ނުދައްކާ އޮތްއިރު ބިލްތަކުގެ އަގު 200 މިލިއަން ރުފިޔާ އިން މައްޗަށް އަރަ އެވެ. އެސްޓީއޯގެ ހިދުމަތްތަކަށް އައިޖީއެމްއެޗުން ނުދައްކާ އޮތް ބިލުތަކުގެ އަގު 192 މިލިއަން ރުފިޔާ އަށް އަރަ އެވެ.
1- ހެލްތު މިނިސްޓްރީ- 289 މިލިއަން ރުފިޔާ
2- އާސަންދަ ކުންފުނި- 252 މިލިއަން ރުފިޔާ
3- އެންސްޕާ- 238 މިލިއަން ރުފިޔާ
4- އައްޑޫ ހޮސްޕިޓަލް- 5،369ރ.
5- ހުޅުމާލެ ހޮސްޕިޓަލް- 24 މިލިއަން ރުފިޔާ
6- އައިޖީއެމްއެޗް- 192 މިލިއަން ރުފިޔާ
އޮފިޝަލް ވިދާޅުވި ގޮތުގައި ބިލްތަކަށް ފައިސާ ނުލިބި ލަސްވެ، ބޭސް ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުން އެދިގެން އެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއާ ވެސް އެސްޓީއޯ އިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިއްސާ ކޮށްފަ އެވެ. އެ މަހާ ހިސާބަށް ނުލިބި ހުރި ފައިސާގެ ތަފުސީލުތައް ހިއްސާކުރީ، ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ބޭސް ލިބުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން މަޖިލީހުން އޮޅުންފިލުވަން ބޭނުންވުމުންނެވެ.
އެސްޓީއޯ އިން ވަނީ ކީމޯތެރަޕީ އަށް ބޭނުންވާ ބޭސް ރާއްޖެ އެތެރެކޮށް، ކުންފުނީގެ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އެކަމަކު "ޓާގެޓެޑް ތެރަޕީ" އަށް ބޭނުންވާ ބޭސް ހޯދުމުގައި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ކެންސަރު ބަލި މީހުންނަށް ފަރުވާދެނީ ޑޮކްޓަރު ކަނޑައަޅާ ވަކި ހާއްސަ ޕްލޭނެއްގެ ދަށުން ކަމަށާއި އެ ޕްލޭނަށް ބޭނުންވާ ބޭސް އެ ކުންފުނިން ގެންނަނީ ކޮންމެ ބަލި މީހަކަށް ޑޮކްޓަރު ދޫކުރާ ބޭސް ސިޓީއަށް ކަމަށެވެ.
މި ބޭސްތަކުގެ ވަކި ސްޓޮކެއް ގެނެސް ގުދަންކޮށް ބެއްޓުމަކީ ވެސް ދަތިކަމެކެވެ. ބޭސް ގެނެސް ބަހައްޓާ ނަމަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) ގައި ރަޖިސްޓަރީ ކުރަންޖެހެ އެވެ. އެކަމަކު ރާއްޖޭގައި ބޭސް ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފޯރުކޮށްދޭން ބޭސް އުފައްދާ ކުންފުނިތަކުން އުޒުރުވެރިވާ ކަމަށް ވެސް މަޖިލީހަށް އަންގާފައިވާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ކޮމިޓީގެ މެމްބަރު ވިދާޅުވި އެވެ.
އެސްޓީއޯ އިން އަންނަނީ ކެންސަރު ބަލީގެ މީހުންގެ ފަރުވާ އަށް ދަތިނުވެ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުތްއާދަނު
23 January 2025
އެމްއެފްޑީއަކީ ބޭކާރު ތަނެއް.
ދައިގަންނަގުރާ
12 January 2025
ތީދެން ސަރުކާރުގެ އެެއް އެކުންޓުން އަނެއް އެކައުންޓަށް ޓުރާންސްފާރ ނުކޮށް އޮތް އޮތުމެއްނުން؟
ޖިޒީ
10 January 2025
މައްސަލަ ދިމާވެގެން އުޅެނީ ނަސްލީ ތަފާތު ކުރުމާ ހަސަދަވެރިކަމުގެ ސިޔާސަތެއްގެ މައްޗަށް ބިނާވެގެންވާ "ރާއްޖެތެރެއާއި، ގުރޭޓާ މާލޭގެ" ސިޔާސަތު- ރާއްޖެތެރޭ ރައްޔިތުން ތައުލީމާ، ބޭސްފަރުވާއާއި ވަޒީފާ ހޯދަން އަންނަންޖެހޭނީ "ގުރޭޓާ މާލެ" އަށް ކަމުގައި ހެދުމާއި ލިބޭ އާމްދަނީ އާއި އިތުރަށްވެސް މާލެއަށް ކުލި ދައްކާ ދަރަނިވެރިވެ އާއިލާތަޢް ބައިބައި ކޮށް ހިޖުރަކުރަން މަޖުބޫރުވުން. އެފަނާކުރަނިވި ވިޔަފާރި ސަރުކާރުން ފުޅާކިށް މާލެ ކާރީން ކަނޑު ހިއްކަން އުޅުން
ކަރުކެހި
10 January 2025
އައްޑޫ ހޮސްޕިޓަލް- 5،369ރ. މިދެން ލިޔާވަރުގެ އަދަދެއްތަ އެހެން ތަންތަނުން ލިބެންޖެހޭ އަދަދުތަކާ އަޅާ ބަލާއިރު.
ޖާބޭ،
10 January 2025
ވަން ޑޮލަރ އެކައުންޓު ނަމްބަރ ފޮނުވާލައްޗޭ
ޑަންބެލް
10 January 2025
މާކެޓް އަގަށްވުރެ 2ގުނަ ބޮޑުކޮށް މާފަންނުގައި 2 ބުރީގެ ތަނެއް ބޭސްފިހާރަ ހަދަން އެސްޓީއޯ އިން ނެގިކަމަށް އެބަބުނޭ.. އެހެންވީއިރު، އެއީ ރައީސް ވިދާޅުވި ފަދައިން ކޮރަޕްޝަން ހިމެނޭ ކަމަކަށް ވެދާނެ. ބެލެންޖެހޭ ކަމެއް.
ކިއްލި ދައިތަ
10 January 2025
ޓީވި ޗެނަލެއް ހެދީމަ މިހާރު ހުންނާނީ ދަރަނި އާދާކުރެވި ބޭސްފަރުވާވެސް ކުރެވިފަ... އެވިއްޔަ ނުކުރެވިފަ އޮތްކަމަކީ މިހާރު
ރޯސް
10 January 2025
އެސްޓީއޯ މެޑިކަލް އޮޑިޓް ކުރަން ޖެހޭ ބޭރޔ ބަޔަކު ގެންނަންޖެހޭ. ވެރީން ބޭރަށް ދަތުރު ކުރަނީ ލާރި ނަގަން.
ހަންބޯ
10 January 2025
އެމް އެމް ޓީވީ ހަދަން ހަރަދުކުރި ވަރު ޖަހާލިނަމަ.
ހަސަން
10 January 2025
އެސްޓީއޯއިން ވެރީން އަތު ޖެހުނު ދިމާލަކުން ވައްކަން. ބޭރު ބަޔަކު އޮޑިޓް ގޮވާލަން.
ދޮން
10 January 2025
ތިފެންނަ އިަމާރަތް ކުއްޔަން ހިފީ 2 ލައްކަ ރުފިއާ މަހަކު, 25 ހާސް މަހަކި ނުލިބޭނެ ތަނެ.