އަލީ އަމީން: އޭނާ ހައްޔަރުކުރީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަގުމަތިން.
12 ޖެނުއަރީ 2025 - 13:24
ފެޑެކްސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ހ. ކަފުރުތޮޅިގެ، އަލީ އަމީން 32، އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ފެޑެކްސް ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެެއް ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން، ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 7 ވަނަ ދުވަހު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނުގައި އޭނާ ހުއްޓުވީ މާލޭގެ މަގުމަތިންނެވެ.
އޭނާ އަތުން އަތުލި ތަކެތީގެ ބަރުދަނުގައި 213 ގުރާމު ހުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އޭނާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދުގަނޭ
13 January 2025
ފުލުހުން ފޫނެތްފަޔަށް ފެންފުރާ ފުރުން ހުއްޓާލަން އެބަޖެހޭ. ބޭކާރު ވަގުތުތަކެއް. ބޭކާރު ފައިސާތަކެއް ތިކަމަށްވެސް ދަނީ. އެއީ ހައްޔަރު ކުރުމުގެ އަސްލު ބޭނުން ނުފެންނާތީ. ދޫކޮށްލަން ކުރާ ހައްޔަރެއް ފެނުމުން ތި މުއައްސަސާއަށް ކުރާ އިތުބާރު ގެއްލޭނީ. ހުކުމް ކުރުމަކީ އެހެން ބައެއްގެ ޒިންމާއެއްކަންވެސް އެނގޭ.
ރަދީފްއޮފިޝަލް
13 January 2025
މިހާރު އުޅޭ ކަނބަލުންނަށް ވެސް ރީތިވަނީ މިކަހަލަ ފިރިހެނުން.
މުލޭ
12 January 2025
މާދަމާ އޭނާ ހުންނާނެ މަގުމަތީގައި ބޯން. މިއަކު ޝައްކެއްނެތް. ފުލުހުންގެ ރެކޯރޑް ބަލާބަލަ ކިތައްފަހަރުތޯ އޭނާ ހައްޔަރުކުރީ ޑްްރަގް މައްސަލައިގަ. މީހުން އެއްޗެހި ގޮވާވަރުން ފުލުސް ރެކޯޑުގެ ވާހަކައެއް މިހާރު ނުބުނޭ.
ޑރ ވާންޗޯ
12 January 2025
ކޮބާތޯ ޕީޖީ؟. އިއުތިރާފުގެ އެއްބަސްވުން ހަދަން ރޭގަވެސް ހުންނެވީ ހޭލާތޯއްޗެ!!.