ލޮސް އެންޖެލިސްގައި ރޯވެ އަނދަމުންދާ އިމާރާތެއް ކައިރިން މީހަކު ސައިކަލެއްގައި ދަނީ: ޓްރަމްޕް ވިދާޅުވީ އަލިފާން ނިއްވާނުލެވެނީ ސިޓީގެ ވެރިންގެ ސަބަބުން ކަމަށް. -- ފޮޓޯ: އޭއެފްޕީ
13 ޖެނުއަރީ 2025 - 06:16
އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖެލިސްގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ނިއްވާނުލެވިގެން އުޅެނީ އެ ސިޓީގެ ވެރިންގެ ނާގާބިލްކަމާހުރެ ކަމަށް ވިދާޅުވެ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
"އެލްއޭ ގައި އަދިވެސް އަލިފާންގަނޑު އެ ދަނީ ފެތުރެމުން. އެ ނާގާބިލް ސިޔާސީ މީހުންނަށް އެ އުޅެނީ އަލިފާން ނިއްވާލާނެ ގޮތެއް ނޭނގިގެން،" ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އިއްޔެ ލިޔުއްވާފައިވެ އެވެ.
"މިއީ މި ގައުމުގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާ. އެ މީހުންނަށް އެ އުޅެނީ އަލިފާން ނިއްވާނުލެވިގެން. ކޮންކަހަލަ ބައެއްތަ އެއީ؟"
އެލްއޭގައި އަނދަމުންދާ އަލިފާންގަނޑުތައް ފެތުރޭލެއް ހަލުވިކަމާއި އަލިފާންގަނޑު ފެތުރިފައިވާލެއް ބޮޑުކަމުން އެކަން ވެފައި ވަނީ އަލިފާން ނިއްވާ މީހުންގެ ގާބިލްކަމާއި ވަސީލަތްތަކުގެ ޓެސްޓަކަށެވެ. އަދި މިފަދަ ހާލަތަށް ތައްޔާރުވެފައިވާ މިންވަރާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ކެމްޕެއިން ރެލީއެއްގައި: އޭނާ ވަނީ އަލިފާނުގެ މައްސަލައިގައި އެލްއޭގެ ވެރިންނަށް ފާޑު ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
އަލިފާން ނިއްވަން ބޭނުންކުރާ ހައިޑްރަންޓްތަކުން ފެން ހުސްވުމާއި ފަސް ދިމާލެއްގައި ރޯވެ އަނދަމުން ދާއިރު މި ވަގުތު ދިމާވެދާނެ އެހެން ކަމަކަށް އިޖާބަ ދިނުން މިހާރު ވެފައިވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.
އަންނަ ހަފްތާގައި ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ތައްޔާރީތައް ވަމުން ގެންދަވާ ޓްރަމްޕް ވަނީ ކެލިފޯނިއާގެ ޑިމޮކްރެޓިކް ގަވަރުނަރު ގެވިން ނިއުސޯމްއަށް ބޮޑެތި ތުހުމަތުތައް ކުރައްވައިފަ އެވެ. އެއާ އެކު އޭނާ ވަނީ އެލްއޭ އަށް ވަޑައިގެން، އަލިފާނުގެ ގެއްލުންތައް ބައްލަވައިލެއްވުމަށް ޓްރަމްޕަށް ދައުވަތު ދެއްވައިފަ އެވެ.
އަލިފާނުގެ ހާދިސާތަކުގައި މިހާތަނަށް 16 މީހުން މަރުވެ، 150،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި، 12،000 އަށް ވުރެ ގިނަ އިމާރާތް ހަލާކުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.
"އަގު ބޮޑު، ހިތްގައިމު އެތައް ހާސް ގެއެއް ގެއްލި، އިތުރު އެތައް ގެއެއް އިސާހިތަކު ގެއްލިދާނެ. މުޅި ހިސާބުގައި މީހުންތައް އެ ދަނީ މަރުވަމުން،" ޓްރަމްޕްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އަލިފާން ނިއްވާ މީހުން ކެނޑިނޭޅި މަސައްކަތްކުރަމުން ދާއިރު ވެސް ޕެލިސޭޑްޒްގައި ރޯވި އަލިފާން ދަނީ ގެޓީ ސެންޓަރުގެ އާޓް މިއުޒިއަމްގެ އަގުބޮޑު ކަލެކްޝަންތަކުގެ އިތުރުން، އާބާދީ ބޮޑު ސަން ފެނާންޑޯ ވެލީއާ ދިމާލަށް ފެތުރެމުންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފާންފޮށި
13 January 2025
އަދިވެސް ތިމާމެން ވަރުގެ ބަޔަކު ނެތިގެން އުޅޭތި. އަލިފާނުގެ ވެރި ރައްބު، އިޒްރާއީލްގަ މި ފަދަ ގަދަ ހޫނު އަލިފާންގަނޑެއްލައްވާ އެބައިމީހުންނަށް އަޒާބު ދެއްވާންދޭވެ.
ނަރަކަ
13 January 2025
އައްޒާއަށް ނަރަކަ ދައްކާލާނަމޯ ބުނި ޓްރަމްޕު ގަދަބަސްބުނެފަ އޮއްވާ އިސާހިތަކު އެމަރިކާއަށްމިވީ ކިހިނެތްބާ ؟މި ޓްރަމްޕު ޒައާމަތިގައި ހަނގުރާމައެއްނުފަށާނަމޯ ކިޔާފަ ފޮނިބޮޑިވެ ބަސްބުނާއިރު ވަރަށްހީވޭ ބޮޑިހަނގުރާމައެއްފަށައި މުޅިދުނިޔެ ނުރައްކަލަކަށްވައްޓާނެހެން ( އީރާނުގެ ހަނގުރާމަ )
އެހެ
13 January 2025
ރަގަޅަށް ނަރަކަ ފެނިފަ މިހާރު ހުންނާނީ
ފަރާތް
13 January 2025
އެމެރިކާއަށް އަލިފާން ގައްޒާ އަށް ގަދަ ފިނި
ހަވަނަ
13 January 2025
ނޭނގެ މާ ގަދަ ބަޔަކޯ... އަދިވެސް މިބައި މީހުން އިތުރަށް ނިކަމެތި ކުރެއްވާށެވެ..
އޮޅުވާލި68
13 January 2025
މުޅިދުނިޔެ ބަނޑުދަށުލައިގެން އުޅޭމީހުނަށް ކަމެއްނުވިތާ. ބަލަ ޓުރަންޕާ ބާރުވެރި ފަރާތުން ކަންކަން އަންނަން ފެށީމާ ދެން މަމެން އިންސާނުންނަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ. އަލިފާން ނިވާނޭ އެންމެ ފަހުގެ ވަސީލަތްތައް ހުއްޓަސް، މުސްލިމުންނަށް ގެއްލުންދީ ހިތުހުރިގޮތެއް ހަދަމުންދާއިރު ދެރައީ ބާރުގަދަ ފަރާތެއް ވާކަން ނުދަތީމަ. ދެން ހަމަ ލަލަލާ. ބޮޑަށޤ ރަނގަޅީ އަދިވެސް އެމެރިކާއަށް ބޮޑެތި ބޮޑެތި ގެއްލުން ލިބުނީމަ. ތީ ދުނިޔޭގެ ބޮޑުހަލާކު.
ފަޅޮލޭ
13 January 2025
ދެން އަލިފާން ކޮންޓްރޯލްކޮށް މިކަން ނިންމީމަ ދެން ބުނާނީ ކީކޭ
ތޮއްޓޭ
13 January 2025
މިހާރު އަލިފާން ނިިއްވުނަސް އެމީހުންނަށް ދުވަހަކުވެސް ނުވާވަރުގެ ބޮޑު ގެއްލުންވެފަ އޮންނާނީ. އަލިފާން ނިވުނަސް އެއާއެކު ނިކުންނަ އެހެން މައްސަލަތައް އަވަހަކަށް ނުނިމޭނެ.
މުލޭ
13 January 2025
ޓުރަމްޕަަަށް ހީވަނީ އިންސާނުންނަށްވުރެ ބާރުގަދަ ފަރާތެއް ނުވާކަމަށްތަ!. ޓުރަމްޕު ދޭބަލަ ނިއްވާލަން.