އެމްޑީޕީގެ އެކްޓިވިސްޓް އަހުމަދު ރަޝީދު އެ ޕާޓީ ދޫކޮށް ޕީއެންސީއާ ގުޅުނު ފޯމު، ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރެއްވުމަށް ބޭއްވި ހަފްލާގައި މަޖިލިސް ރައީސް އަބްދުއްރަހްމާ އަބްދުﷲ އަދި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު.-- ފޮޓޯ: ޕީއެންސީ
12 ޖެނުއަރީ 2025 - 20:52
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓު އަހުމަދު ރަޝީދު (ދޮންކޮޅު) އެ ޕާޓީ ދޫކޮށް ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނޭޝަން ކޮންގްރެސް (ޕީއެންސީ)އާ ގުޅިއްޖެ އެވެ.
ޕީއެންސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދޮންކޮޅު އެ ޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށެވެ.
ޕާޓީގެ ފޯމު އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހަވާލު ކޮށްފަ އެވެ. މުލިއާގޭގައި އެކަމަށްޓަކައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެމްޑީޕީގެ އެކްޓިވިސްޓް އަހުމަދު ރަޝީދު އެ ޕާޓީ ދޫކޮށް ޕީއެންސީއާ ގުޅުނު ފޯމު، ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރައްވަނީ.-- ފޮޓޯ: ޕީއެންސީ
އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މެމްބަރުންތަކެއް އިއްޔެ ވަނީ އަލުން އެމްޑީޕީ އާ ގުޅިވަޑައިގެންފަ އެވެ.
ދޮންކޮޅު އެމްޑީޕީން ކެނޑުނު ސަބަބު ހާމަ ނުކުރިޔަސް، އެމްޑީޕީ އާ އަލުން އެ މެމްބަރުންތައް ގުޅުމުން އޭނާ ވަނީ ސޯޝަލް މީޑިއާގައި ޕީއެންސީއާއެކު މަސައްކަތް ކުރުން މާ ރަނގަޅު ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އެމްޑީޕީގެ އެކްޓިވިސްޓް އަހުމަދު ރަޝީދު އެ ޕާޓީ ދޫކޮށް ޕީއެންސީއާ ގުޅުނު ފޯމު، ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީއެންސީ
ޑިމޮކްރެޓްސްއިން ވަކިވެ އެމްޑީޕީއާ ގުޅުނީ އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލަތީފް އާއި ނައިބު ރައީސް ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ އެމްޑީއަކަށް ކުރިން ހުންނެވި ހުސެއިން އަމްރު އަދި އެ ޕާޓީގެ ޕީޖީ ލީޑަރުކަން ކުރެއްވި ކުރީގެ މެންބަރު އަލީ އާޒިމް އެވެ. މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ދޮންކޮޅު ފުރަތަމަ ހުރީ ފެނަކަ ކޯޕަރޭޝަންގެ މަގާމެއްގަ އެވެ. ނަމަވެސް، ފެނަކައިގެ އިސްވެރިންތަކަކާ ޖެހުނު މައްސަލަތަކަކަށްފަހު، އޭނާ ވަނީ ފަހުން ވަނީ ހައުސިން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމިޒް
01 February 2025
އެމްޑީޕީ ވައިކަރަދޫ ދާއިރާގެ މެމްބަރުވެސް ޕީއެންސީއާ ގުޅުނު ވާހަކައެއް އަޑުއެހިން، ހީހީހީ.
ބަބްސް
13 January 2025
މިއީ ކާކުބާ ؟؟ އެކްޓިވިސްޓެއް ކަމަށް ބެލެވެނީ ކޮން ސަނަދެއް ލިބުނީމަބާ ؟؟
ފައިސަމް
13 January 2025
އެމްޑީޕީއަކީ މަސައްކަތް ކޮށްދޭ މިހުންގެ އަގުވަޒަން ކުރާ ބަޔެއް ނޫން. މިސާލަކަށް މޭޑޭގަ އުޅުނު ފްލެގްމޭން ފުދޭ
ބަބްސް
13 January 2025
ތިހެން އަގުވަޒަން ކުރަން މަޤާމްތަށް ދީގެން ޤައުމު މިއޮތީ ދަރާފަ.
ރަމިޒް
01 February 2025
ދޮންކޮޅު މިހާރު މިގުޅުނީ އަގުވަޒަންކުރަން ދަންނަ ޕާޓީއާ، އަގުވަޒަން ވެގެންދާ ގޮތް ކުރިޔަށް މިއޮތް ދެއަހަރު ތެރޭ ފެންނާނެ.
އެކްޓިވް އެކްޓްރެސް
13 January 2025
ފެށުނީއްސުރެ އެމްޑީޕީގަ މި އުޅެނީ އަދި އެންމެ ކޯ އިންފެސިގެން މަގުމަތީ ހަރަކާތްތަކުގަ އުޅެވިއްޖެ. ތިޔަ ސޮއެކުރި މީހަކީ ކާކު ކަމެއް ނުދަންނަން. އޭނާ އަކީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް ތިޔަ އިސްތިހާރު ކުރަނީ ކިހިނެއް މިނެފަތޯ. އެމްޑީޕީގަ އެތައް ހާސް އެކްޓިވިސްޓުން އުޅޭއިރު އެހާ ނުދަންނަ މީހަކު ސޮއެކުރަން އެހާ ބޮޑު ހަފްލާއެއް ތިޔަ ބާއްވަނީ ކާކަށް އޮޅުވާލަންތޯ?
ރަމިޒް
01 February 2025
ޕީއެންސީ އުޅެނީ ދެހަޅަ ޖަހާފަ ވައިއުތުރަށް އަރަން ކަމަށް ފެންނަނީ، މަމެން ތިބޭނަން އަތްޖަހަން.
ގުދުގުދުލީބެއްޔާގެ ތެދުބަސް
13 January 2025
ދޮނެއްކަޅެއް އަންގާނުލާ ދޮންކޮޅު ޕާޓީ އެބަދުކޮށްލީ. ޑިމޮކުރަސީއަކީ މިއީބާ؟
ވާސިފާ އަޒީޒްް
13 January 2025
ހާދަހާ އަސަރެކޭ ހކ އަށް ކުރަނީ ދޮންކޮޅު ޕީއެންސީއަށްއައިމަ. މިހާރު އަމިއްލަ ޕާޓީގެ މެމްބަރުންނަށްވެސްް އެމީހުންގެ އިތުބާޜު ގެއްލިޖެ.
ޖޫންޖުލާ
13 January 2025
އެމްޑީޕީ ދުކޮށް އަންނަ މިފަދަ ކޮޅުދާލި ތަކަށް ޕީ އެންސީ ފަދަ ބޮޑު ޕާޓީއަކުން މަރުހަބާ ކިއުމުން ދޭހަވަނީ އަސްލު ޕާޓީގެ ބަލިކަށިކަން....މިފަދަ މީހުްނަށް އިތުބާރުކޮށް ޕާޓީގެ ލީޑަރޝިޕުން ތިޔަދައްކާ ކަންތަކަކީ ޢާންމު މެމްބަރުން ބަލައިގަންނަ ކަމެއްނޫން
ޒަވިޔަނި.
13 January 2025
ޕީ.އެން.ސީ ގެ ހަލާކު ތިފެށެނީ. ބަލަން ތިބޭތި. މާކަގިނަދުވަހެއްނުވާނެ ޕީ.އެން.ސީ ދެފަޅިވެ ފަޅައިގެއްދާނެ. ތިބައިގަނޑު ތިއެބުރިގަތީ ޕާޓީ ހަލާކު ކޮއްލަން. ޕީ.ޕީ.އެމް އައްވެސްޖެހުނީ ހަމަ އެހާލު. އެމް.ޑީ.ޕީ. ގެ ކަތުރުފަނި ތަކައް ދަޢުވަތު ތިދެވުނީ. ބަލަން ތިބޭ ދެންވާގޮތް.
ހައްގު ތެދު
13 January 2025
އެމްޑީޕީން ދިންހެން ޑިމޮކްރެޓްސް އަކައްނޫން ދިނީކީ އެމްޑީޕީ ކުދިކުދި ވިޔަސް އެހެންޕާޓީތައް އެހެން ނުވާނެ. އަދި އެމްޑީޕީއައް ވެއްދީ ފެއިލްވެފަ އަގު ވެއްޓިފަ ތިބި މީހުން އެމީހުންގެ ކަމަކައްވާނީ އަންނިޔައް އަލުން ޕާޓީ ހޯދާ ދިނުން
ނަވީހް
13 January 2025
އަހަރެމެން ދަންނަ ސޮރެއް ނޫން ތިޔައީ.. ގައުމުގެ ނޫނީ އެމްޑީޕީގެ ކިތައް މީހުންނަށް ތިޔަ ސޮރު އެނގޭ؟
ނޭނގުން
13 January 2025
އަހަރެން ދަންނަން އެކަމަކު އެމްޑީޕީ ނޫން މީހަކައް ނޭނގޭނެ
ފޮނިފޮނިޓައްޕު ކުމާރު
13 January 2025
އެކްޓިވިސްޓަކަށްވާތީތަ ރައީސާ ބައްދަލުކުރާއިރު ޓީޝާޓުކޮޅެއް ލައިގެން ދެވެނީ؟