ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ޑީއާރްޕީގެ ދަރަންޏަށް ޒިންމާވާނެ މީހެއް ނެތުމުން ހައުސިންއަށް ދޭންޖެހޭ ފައިސާގެ މައްސަލަ ކުރިއަށް ނުދިޔަ
29 ޖެނުއަރީ 2025 - 11:09
އުވާލާފައިވާ ޑީއާރްޕީގެ ދަރަންޏަށް ޒިންމާވާނެ މީހަކު ނެތުމުން، އެ ޕާޓީން ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ހޯދުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ޑީއާރްޕީއަށް ދަރުބާރުގެ ކުއްޔަށް ދޫކުރި މުއްދަތަށްވާ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 83،000ރ. އެއް މަސް ތެރޭ ދައްކަން ޖެހޭ ކަމަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރި ނަމަވެސް، އެ ހުކުމަށް ޑީއާރްޕީ އަމަލު ކޮށްފައިނުވާތީ އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކޯޓުން އިސްވެ ކުރިއަށް ގެންދަން ނިންމި އެވެ.
އެ މައްސަލަ ކުރިއަށް ދަނިކޮށް 2023 ވަނަ އަހަރު ޑީއާރްޕީ އުވާލާފައިވާތީ، އެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައިދޭން ވެސް މިނިސްޓްރީ ތަމްސީލުކުރާ ދައުލަތުން އެދިފައިވެ އެވެ. ނަމަވެސް ސިވިލް ކޯޓުން ބުނީ އެއީ ހުކުމް ތަންފީޒުކުރާ މައްސަލައެއްގެ ތެރެއިން ގޮތެއް ކަނޑައެޅޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންވެ، ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ ޑީއާރްޕީގެ މައްޗަށް ސާބިތުވި ދަރަނީގެ މައްޗަށް ޒިންމާވާން ޖެހޭ ފަރާތެއް ކަނޑައެޅުމުގެ ކުރިން، އެ މައްސަލާގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ޑީއާރްޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުކޮށް، އޭނާގެ އެކައުންޓުން 5،000ރ. ކޯޓަށް ޖަމާކުރުވި އެވެ. ނަމަވެސް، އޭނާގެ ނުރުހުމުގައި އެކަން ކުރާނެ ހަމައެއް ނެތް ކަމަށް ފަހުން ކަނޑައަޅައި، އެ ފައިސާ ކޯޓުން އަނބުރާ ނަޝީދަށް ވަނީ ދީފަ އެވެ.
ޑީއާރްޕީގެ ދަރަންޏާ ގުޅޭ މައްސަލައެއް މިހާރު އޮތީ ސުޕްރީމް ކޯޓާ ހަމައިގަ އެވެ. އެއީ އެ ޕާޓީން އެމްޓީސީސީއަށް ދައްކަން ޖެހޭ މިލިއަނަކަށް ގިނަ ރުފިޔާއަށް އެ ޕާޓީގެ ކުރީގެ ރައީސް މަައުމޫން އަބްދުއްގައްޔޫމް ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެމްޓީސީސީން ހައި ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ނިންމައިދޭން އެދި މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިސަން
31 January 2025
ޟި ސުވާލިގެ ޖަވާބު ބޭނުނެވޭ. ޢިސްތިއުނާފަފް ކުރަން ޖެހޭނެ
ހަސަންޓޭ
29 January 2025
ހަބޭހަށް ދަރުވާލާފަ ބޯދަމައިގަތީމަ ނިމުނީ ދޯ… ހަހަހަ
ްައަލްޖިބްރރާ
29 January 2025
ވަކިބަޔަކަށް ވަކިގޮތެއް.
ޙަސަން ހަސަން
29 January 2025
ޑީއާރުޕީ ގެ ރައީސަކަށް މުހައްމަދު ނަޝީދު ހުރި އިރެއް ހަބަރު ލިޔުނު ކުއްޖާ ބުނެދީބަލަ
ދޮންދޮން
29 January 2025
އެކޮއި ހަސަނާ! މުޙައްމަދު ނަޝީދު ކިޔާ އެތައް ބަޔަކު މިރާއްޖޭގައި އުޅޭ. ހަބަރުގައި އެއޮތީ ކާނަލް ނަޝީދުގެ ވާހަކަ.
ތުނޑުހަސަނު
29 January 2025
ޑީއާރުޕީގެ ދަރަނި މައުމޫނު ދައްކަންޖެހެންޏާ ދައުލަތުގެ ދަރަނިތައް ވެސް ދައްކަންޖެހޭނީ އެ ދަރަނި އުފެއްދި ރައީސެއް. ޑީއާރުޕީއަކީ ވަކި ޝަޚުސެއް. ދައުލަތުން އެދަރަނި ބޭނުންނުވާތީ ދަރަނި އަދާނުކުރަނީސް ޕާޓީ އުވާލީ. އެއްބައެއްގެ އަތްމަތިން އަނެއް ބައެއްގެ އަތްމައްޗަށް ޕާޓީ ނަގުލުވަމުން އައީ ޕާޓީގެ ވަސީލަތްތަކާއެކު. ފައިދާއެއް އޮތަސް ދަރަންޏެއް އޮތަސް ޕާޓީގައި އޮންނާނީ. އުވާލުމުގެކުރިން ހޯދަންއުޅުނުނަމަ އޭރު ޕާޓީގައި ތިބިމީހުން ދަރަނިދައްކަންހެހުނީސް.
ޢަހާ
29 January 2025
ހުރިހާ ޕާޓީތަކެއް އުވާލާ. ޕާޓީސިސްޓަމުން މިގައުމުގައި ފިތުނަ ފަސާދާއާއި ވައްކަމާއި ކޮރަޕްޝަން ހައްދުންނައްޓާލައިފި.
ތަކުރުބޭ
29 January 2025
ފަޑިޔާރުންނަށް ކަންކުރަން ނޭނގިގެން އުޅެނީ މަރުމޯލުން ތިބީމަތޯ؟ ހަރަދު ކުރި ދުވަސްވަރުގެ ޑީއާރުޕީގެ ކައުންސިލުގައި ތިބި މީހުންނާއި ޕާޓީގެ ލީޑަރޝިޕުގައި ތިބި މީހުން އަތުން ތިޔަ ފައިސާ ދައުލަތަށް ނަގައިދެވެންވާނެ، މިކަން ކުރަން ނޭނގޭ ފަޑިޔާރުން އަވަހަށް ރިޓަރު ކުރުވަންވީ އެއްވެސް ފައިސާއެއް ނުދޭގޮތަށް،
އޮަޓޯ
29 January 2025
ޕާޓީއަކާ ބަޔަކު ހަވާލުވަނީ އެ ޕާޓީއެއްގައި އޮތް ދަރަންޏާއި އަރަނި ބަލައިގެން. އެކަން އެނގިގެން. އެބަޔަކު ހަވާލުވުމަށްފަހު ޕާޓީ އުވާލަންވާނީ އެ ޒިންމާތައް އަދާކުރުމަށްފަހު. ޕާޓީއަކީ އުފައްދާ މީހާގެ ފަހަތުން ދުވާ އެއްޗެއް ނޫން. ތި ވިސްނުމުން ވިސްނައިފިއްޔާ ޕާޓީ އުފެއްދި މީހާ މަރުވެއްޖިއްޔާ ޕާޓީވެސް އުވޭނެ. އެ މީހާ ޕާޓީން ވަކިކުރީމާ ޕާޓީވެސް އުވެންވާނެ.
ދޭހިލޭ
29 January 2025
ޑީއާރޕީ ޖާބިރުގެ ޒިންމާއެއް ތިކަމުގައި ނެތީ ކީއްވެ؟ ދަރަންޏެއް އޮތް ހާލަތުގައި ޕާޓީ އުވާލަން ހުއްދަ ދިން ފަރާތްތަކުގެ ޒިންމާއެއް ނެތްތޯ؟ ޕާޓީއެއް އުވާލެވެންވާނީ، ދަރަނި ހުރިތޯ ބަލައި ކަށަވަރުކުރުމަށްފަހުގައި ނޫންތަ؟
ރަސްދޫ
29 January 2025
މިގައުމުގެ ކޯޓްތަކުގެ ހާލަތު މޮޅުކަން މިފެއްނަނީ..
އެންމެން ހެޕީ
29 January 2025
ސޭކުސްތާނުގަ ތިކަހަލަ ކަންތައް ހިގައެވެ.