ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފައި.-- ފޮޓޯ: ސްޓެލްކޯ
30 ޖެނުއަރީ 2025 - 10:23
މާފަންނު މަދަރުސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމާ ސަބްސްޓޭޝަނަކަށް ވަދެ، އެތަނުން ވައްކަން ކުރަން އުޅުނު މަންޒަރު ސީސީޓީވީ ކެމެރާ އިން ފެނުމުން އޭނާ ހުއްޓުވައި ހައްޔަރުކޮށްފި އެވެ.
ސްޓެލްކޯ އިން ބުނީ ރޭ ދަންވަރު 2:50 ހާއިރު ޓްރާންސްފޯމާ ސަބްސްޓޭޝަނަކަށް ވަދެ، ވައްކަން ކުރަން މީހަކު އުޅޭ މަންޒަރު ސީސީޓީވީ ކެމެރާ އިން ފެނިގެން އެކަން ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަަށެވެ.
ފުލުހުން ގޮސް، އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓާ ކުރާ ތަންތަނެވެ.
އެކަމަކު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަން ފަދަ ތަންތަނުން ކުރެވޭ އެފަދަ ވައްކަން ހުއްޓުމަށް އާންމުންގެ އެހީ ބޭނުންވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިހާތަނަށް އެތަނުގައި ކެމެރާ ހަރުކޮށްފައި ނުވެ އެވެ.
ޓްރާންސްފޯމާ ސްޓޭޝަންތަކަށް ވަދެ ވައްކަން ކުރުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމަކަށް ވާތީ، އެކަމުން ދުރުހެލިވާން ވެެސް ސްޓެލްކޯ އިން އިލްތިމާސްކުރި އެވެ. އަދި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ މިފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައް ވެސް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އެ ކުންފުނިން ގޮވާލި އެވެ.
ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި މި ކުންފުނީގެ ޓްރާންސްފޯމަރ ސަބްސްޓޭޝަނަށްވަދެ، ވައްކަމުގެ ޢަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގުމާ ގުޅިގެން އެ ފަރާތް ވަނީ ހައްޔަރުކުރެވިފައި. މި ކުންފުނީގެ މާލޭގެ…
— STELCO (@STELCOMALDIVES) January 30, 2025
ވަގުން ކަރަންޓު ޓްރާންސްފޯމަރުތަކަށް ވަދެ، ވައްކަން ކުރާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު މީގެ ދެ ހަފްތާއެއް ކުރިން ވަނީ ހުޅުމާލޭ 2 ގެ ކަރަންޓް ޓްރާންސްފޯމަރަކުން ވައްކަންކޮށްފަ އެވެ. އެފަހަރު ވައްކަން ކުރިކަން އެނގުނީ ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ ނަރު ބުރިކޮށްލުމުން އެމްޕީއެލް ފްލެޓްތަކުން ކަރަންޓު ކެނޑުމުންނެވެ.
އެ ފަހަރު ވެސް ސްޓެލްކޯގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް ވަނީ އެކަމުގައި އުޅުނު އެކަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މީގެ ކުރިން ވަނީ ކަރަންޓު ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން މީހަކު މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލަންތިބޭ
30 January 2025
މާދަމާ ގޮވާލަފާނެ އިންޖީނުގެ އެތަނަކު މިހާރަކުނެތޭ ބަޔަކު ވަގަށް ގެންގޮސްފިޔޭ .
ބާ ބާ
30 January 2025
މަހަކު 1 ފަހަރު ދޮޅު ފޫޓު ކޭބަލު ކޮޅެއްގެ ސަބުސިޓީ ކޭބަލު ވަގު ބޭފުޅުންނަށް ދީގެން ނަމަވެސް އެކުރާ ވައްކަން ހުއްޓުވޭތޯ ބެލުން މުހިންމު
ބަޖިޔާސް
30 January 2025
އެތަނަށް ނުވަދެވޭ ގޮތެއްނުހެދޭތަ؟ އިއުލާނުކޮށްލަންވީނު؟ ތިކަންކޮށްދޭނެ ފަރާތްތަށް ވާނެ. ވަދެއުޅެނިކޮށް ހިފުމަށްވުރެ ނުވަދެވޭގޮތް މުހިއްމެއްނޫންބާ؟
ޑރ ވާންޗޯ
30 January 2025
ތީސަތުކާރުން ހުއްޓުވަން ބޭނުންނުވާތީ ނުހުއްޓުވިފައޮތްކަމެއް، ހީވާގޮތުން ޓްރާންސްފޯމަރގެ މަރާމާތުންލިބޭ ކޮރަޕްސަންގެބައިބޮޑީ!. އެހެންނޫންނަމަ މާލޭގަ ހުޅުމާލޭގަ ތިތަކެތި ގަންނަ ތަންތަންއެނގޭއިރު ރެއިޑްކޮށް ޗެކްނުކުރެވެންވީކީއްވެ. ބާތަކެއްޗާ ބުރިކޮށްގެން ނަގާފަހުރި އާތަކެތި ވަކިވާނެ.
ބަޑިތަކުރު
30 January 2025
އެތާ އެތެރޭގައި ހުއްޓާ އަތުލިޔަސް އަދި ލަންބާޗޯޅާ އިޖްރާޢަތްތައް ފަހަނަޅާދާއިރު އޭނާ އެތަނަށްވަނީ ވައްކަންކުރަންކަން ސާބިތުވާނެބާވައެވެ. ކުޑަކުދިންނާބެހޭ ކުށް ސާބިތުކުރަން ޚާއްޞަ އުސޫލުތަކެއް ހުންނަހެން މިކަމަށްވެސް ފަސޭހައިން މާގިނަ އިޖްރާޢަތްތަކެއް ފުރިހަމަނުކޮށް ކުށްސާބިތުކޮށް ހައްގު އަދަބު ދެވޭނެ ގޮތެއް ހަދަންވެއްޖެއެވެ. އަދި ވައްކަން ކުރުމުގެ ކުރިން އަތުލިޔަސް އެތަނަށް ހުއްދަނެތި ވަންކަން ސާބިތުވުމުން ހުރިހާ އަދަބެއް ދެވެންވީއެވެ.
ޙިން
30 January 2025
ތިކަން ކުރަން އެމީހުން ދަސްކޮށްދިނީ ޖަލުގަ ދޭ ޓްރެއިނިންގް ތެރެއިންތޯ. ކުއްވެރިންނަށް ދެވޭ ޓްރެއިނިންގ ގެ ތެރޭގައި ކަރަންޓް ފަދަ ކަންކަން ނުހިމެނުން މުހިއްމު.
ލާމަސީލު
30 January 2025
ސްޓެލްކޯއިން އަހަރީ ރިޕޯރޓް ނެރޭއިރު މިލިއަނުން ފައިދާވޭ. އެކަމަކު ފޭސް 2 ގެ ފޯރމަރ ހުންނަތަނުގެ މޮނިޓަރ ކުރަން ކެމެރާގަނޑެއްވެސް ހަރުކޮށްލަން ނުކެރޭ.
ފޮނިފޮނިޓައްޕު ކުމާރު
30 January 2025
މިކަމުގާ މިއުޅެނީ އެއްބައެއްތަ ދެބައެއްތަ؟
ފެންނަގޮތް
30 January 2025
އެމީހުނަށް ފަސޭހަވާ ގޮތަށް އޭގަ ތޮށި ދަމާފަ ބަހައްޓަންވީ.. ނުރައްކާ ބޯޑު ޖަހާފަ.
މަބުނީ
30 January 2025
ޕޮލިސްގޮސް ހުއްޓުވުމުގެކުރިން އޮންނާނީ ހުއްޓިފަތާ. ދުނިޔެ ރަންވެފަ ތިބޭބަޔަކަށް އެވެސް ފެންނާނީ ރަންބުރިއެއްހެން.