ބޮޑުތަކުރުފާނު މަގުގައި ވެހިކަލްތައް ޕާކުކޮށްފައި.-- ފޮޓޯ: މިހާރު
06 ފެބުރުއަރީ 2025 - 18:58
މާލެއަށް ކުރިމަތިވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް އަޅަން ނިންމާފައިވާ ޕާކިން ބިލްޑިންތައް އަޅާނީ އިންޑިއާގެ ސަރުކާރުގެ އެހީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފަ އެވެ.
ރައީސް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މާލޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޕާކިން މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިން ނުވަތަ ކުޑަ އިންޓްރެސްޓުގައި ދޭ ލޯނުގެ އެހީގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެއްޓާ ރަށްޓެހި އަދި އިއާދަކުރަނިވި ހަކަތައިން ޕަވަ ޖެނެރޭޓްކުރާ ޕާކިން ބިލްޑިންތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
"މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި އަހަރު ފެށުމަށް މަސައްކަތް ކުރެވެމުންދާކަން އުފަލާ އެކު ފާހަގަކޮށްލަން،" ރައީސް ވިދާޅުވި އެވެ.
ޕާކިން ބިލްޑިން އެޅުމަށް މާފަންނު ސަހަރާ އާއި ހެންވޭރު ސަހަރާ ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ.-- ފޮޓޯ: މަޖިލިސް
މާލޭގައި ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭގެ ތެރޭގައި ޕާކިން އިމާރާތް ނުވަތަ ޕާކިން ބިލްޑިން އެޅުން ވެސް ހިމެނެ އެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ހުޅުމާލޭގައި އެޗްޑީސީން ވަނީ 6،000 ޕާކިން ޖާގަ ލިބޭނެ ގޮތަށް 15 ޕާކިން ބިލްޑިން އަަޅަން ނިންމައިފަ އެވެ. އަދި އެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ވަނީ ކަނޑައަަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީގީމައްސަލަ
08 February 2025
ޕާކުކުރުމާއި ގަރާޖުކުރުމަކީ ދެކަމެއް. ޕާކުކުރުމަކީ ތަނަކަށް ކުޑައިރުކޮޅަކަށް މަޑުކޮށްލުން. ގަރާޖުކުރުމަކީ ބޭނުންކޮށް ނިމިގެން ބެހެއްޓުން. މާލޭ މަގުތަކުގައި އާންމުކޮށް ހުންނަނީ ގަރާޖުކޮށްފައި. އެކަން ބަދަލުކުރަންޖެހެނީ. އޭރުން ޕާކުކުރާނެ ޖާގަ އޮންނާނެ.
ސަލީމު އިދުރީސް
08 February 2025
މާލެ ވަރު ކުޑަތަންފުކެއްްގަ ފާކިން ބިލުޑިންގު އެޅުމަކީ ބޮޑު ޖޯކެއް! އެއްކިލޯމީޓަރައް ހިގާފަ ދާން ނުކެރޭބަކައް ޕާކިން ބިލުޑިންގު ބޭނުން ކުރެވޭނެތޯ؟
ދޯދި
07 February 2025
އަސްތަޤްފިރުﷲ. ދުވަހަކުވެސް ތި ބިލްޑިންގެއް ނޭޅޭނެ.
ކުޑަކަކޫ01
07 February 2025
ހަދާން. ނައްތާލަ - ތިކަމެއް ނުވާނެ!
ސައިބޯނި
07 February 2025
ތިހެން ކުރީގަވެސް އެޅި ޕާކިނގ ބިލްޑިނގ އަދިވެސް ހުރީ ހުހަށް ހުޅުމާލެގަ އެތަށް ޕާކިންގ ތަންތަން އެބަހުރި ބަރާބަރަށް ފޯރިމަރާ ބަލަހައްޓާ ޕާކިންގ ކުރުނ މަނާ
މިގައުމު
07 February 2025
މިގައުމުގެ ފައިސާއިން މިގައުމުން ކުރާނީ ކޮންކަމެއްބާ؟ ބިލިއަނުން ބަޖެޓް ހަދާފަ ހުރިހާ ކަމެއް ބޭރު ގައުމުތަކުގައި ސަލާންޖަހައިގެން ހެދީމާ ކަމުދޭތޯ؟
ކައުޓު
06 February 2025
އަނެއްކާ ޕާކިންގ ހުއްދަނަގަން، ގަރާޖްސިޓީ ހޯދަން އިންޑިޔާ އެމްބަސީއަށް ދާންނުޖެހޭނެބާ،
އައްލާން ރުޝްދީ
06 February 2025
މީ ކުރަން އެއްމެ ރަނގަޅު އެއްކަންތައް. މީގެ ސަބަބުން ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބޭނެ
ޑރ ވާންޗޯ
06 February 2025
އެހެންވީމަ ތީކީ އެހީއެއްނޫނެއްނޫންތޯ. އަނެއްލޯނު އިތުރުވީ.!!!.
ބިިި
06 February 2025
ތިކަން ތި ނުވީ…