ވަކީލުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް މިއަދު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 ފެބުރުއަރީ 2025 - 18:45
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް މިއަދު ދެއްވައިފި އެވެ.
ވަކީލުކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެ މަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި އެފަދަ ޖަލްސާތަކުން ކުރިއަށް އޮތްތަނުގައި ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެެވެ.
"އަޅުގަނޑަކީ މިހާރު ދުވަސްވީ މީހެއް. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި 32 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، އެ ދާއިރާ އަށް އަލަށް ނުކުންނަ މީހުންނަށް ދެއްވަން ބޭނުންފުޅުވާ ގިނަ ނަސޭހަތްތަކެއް އެބަހުރި ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް ކަމަކީ އެ މަނިކުފާނު ވިދާޅުވިގޮތުގައި ސިއްރު ހިފެހެއްޓުމެވެ.
ވަކީލު ކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދި ބާ ކައުންސިލްގެ ނައިބު ރައީސް މިޒްނާ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެ މަނިކުފާނު ވަކީލަކަށް ވެވަޑައިގެންނެވިއިރު ވެސް ގިނަ ބަޔަކު ދެއްވި ނަސޭހަތަކީ ސިއްރު ހިފެހެއްޓުން ކަމަށާއި މުއައްސަސާތަކާއި މީހުންގެ ސިއްރު ހިފަހައްޓަން ޖެހޭ ހާލަތްތަކުގައި އެކަން ކުރެއްވުން ކަމަށް ވިދާޅުވި އެވެ.
"ސިއްރު ހިފަހައްޓައްޗޭ. ވަކީލުން، ވަކީލުކަން ކުރާއިރު ސިއްރު ހިފަހައްޓައްޗޭ. ވަކީލުން ވަކީލުކަން ކުރާނީ ހަމައެކަނި ކޯޓަަށް ގޮސް ކުރާ ވަކާލާތެއް ނޫން. އޭގެ އިތުރުން ކުންފުނިތަކުގެ މަސައްކަތްތަކާއި އެކިއެކި އެ ނޫން ވެސް ސިއްރު ހިފަހައްޓަންޖެހޭ މުއައްސަސާތަކާއި މީހުންގެ މަސައްކަތް ކުރުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ވަކީލުކަމާ އަލަށް ގުޅުނު ވަކީލަކާ ބާ ކައުންސިލްގެ ނައިބު ރައީސް މިޒްނާ (ކ) ވަކީލުކަމުގެ ލިޔުން ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެހެންވެ، ވަކީލުންގެ ކިބައިން އުއްތަމަ ފަނޑިޔާރު ވެސް އެދިވަޑައިގަތީ އެކަކުގެ ވާހަކަތައް އަނެކާގެ ގާތުގައި ނުދެއްކުމަށެވެ. ބޮޑެތި ކުންފުނިތަކާ އެކު މަަސައްކަތްކުރާއިރު އެ ތަންތަނުގެ ހިސާބުކިތާބު ފެންނާނެ ކަމަށާއި އެކަމަކު އެ ވާހަކަތައް ތިން ވަނަ މީހެއްގެ ގާތުގައި ނުދެއްކެމަށް އެދިވަޑައިގަތެވެ.
"އެ ކުންފުންޏެއްގެ އިތުބާރާއި ޔަގީންކަން ވަކީލަކަށް އޮންނަން ޖެހޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ މަނިކުފާނު މަސައްކަތް ފެއްޓެވިއިރާ މިހާރުގެ ހާލަތާ ވަރަށް ތަފާތެވެ.
އެ މަނިކުފާނު ވިދާޅުވީ ވަކީލުންނަކީ ރާއްޖެ އަށް އަންނަ ބަދަލާއި ތަރައްގީއާ އެކު، ކުރިއަރައިގެންދާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އޭގެ ތެރޭގައި ގާނޫނުތަކަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވުމަކީ މުހިއްމު ކަމެއް ކަމަށާއި ކުރިއަށް ދާނީ އެ މަގުން ކަމަށް ވިދާޅުވި އެވެ.
ވަކީލު ކަމާ އަލަށް ގުޅުނު ޒުވާނުންތަކެއް މިއަދު ވަކީލުކަމުގެ ހުވާ ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ގާނޫނަށް މި އަންނަ ބަދަލުތަކާއި ފެމިލިއާވެ، ޑިވެލޮޕްމަންޓާ އެއްވަރަށް ހިފަހައްޓާލައިގެން ކުރިއަށް ދެވޭނީ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެ މަގުން ދެވިއްޖެ ނަމަ ވަކީލުންނަށް ދާއިރާގައި ކުރިއެރުމާއި ބާއްޖަވެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
މެޖިސްޓްރޭޓުންގެ ހުވާކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތުގައި ވެސް އުއްތަމަ ފަނޑިޔާރު ވަނީ ނަސޭހަތް ދެއްވައިފަ އެވެ.
އެ މަނިކުފާނު ވަނީ ފަނޑިޔާރުން ހުކުމްތައް އިއްވާއިރު އިހުސާންތެރިކަމާ އެކު މަސައްކަތްކުރި ނަމަވެސް އިންސާފުވެރިވާން ވާނީ ޖަޒުބާތުގައި ނުޖެހި ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަދުރޭ
18 February 2025
އެއްވެސްމީހަކަށް ނޭނގޭދޯ ޝަރުޢީދާއިރާ ހިނގާގޮތެއް. ކޯޓުތައް ހިންގަނީ ޖޭއެސްސީންކަމެއް. އިދާރީމީހުންގެ ކަންކަން ބަލަހައްޓަނީ ޑިޕާތްމަންޓުންކަމެއް. ގާނޫނުން މަތިކޮށްފަ އޮންނަކަމެއް. އުއްތަމަފަނޑިޔާރާ ބެހޭކަމެއްނޫންކަމެއް. ތަނެއްދޮރެއް ނޭނގޭތީ ވާގޮތެއް. އެއްޗެއް ލިޔެވެނިކޮށް ނިމުނީ. މީހަކާ ދިމާޔަށް ކޮންމެފަދަ އެއްޗެއެްކިޔަންވެސް މީހުން ޖެހިލުމެއްނުވޭ މިހާރަކު. އެބޭފުޅާގެ ސިއްހީ ހާލުކޮޅު ހުރިގޮތެއްވެސް ނޭނގޭއިރު ކޮންހާ ނުރަނގަޅުވާހަކަތަކެއްތިލިޔަނީ
ކަތްދައްތަ
18 February 2025
މިއީ ދަރަވަންދޫގޭ ޞަލާހުއްދީނުގެ އަދުނާނުގެ މުޢުތަޞިމް. މާލޭގެ ބޮޑުއާއިލާއެއް. ފުދިއިތުރުވެގެންވާ ތަނަވަސްކަން އެބައޮތް. އެހެންވެ ނަޒާހަތްތެރިކަން ދެއްކުމުގެ ގޮތުން ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާ މެދު އިންތިހާއަށް އިހުމާލުވަމުންދާ ބޭފުޅެއް. ކޯޓުތައް ހުުއްޓި ޚިދުމަތްދެވެން ނެތްއިރުވެސް ތައްކިޔަނީ މަރިޔަބުހޭވެސް އަހާލުމެއް ނެތް. ހުންނާންވާނެ ލިޔެފަ އޮތީމާ ހުުންނަވާ ބޭފުޅެއް.
ކާޅުކެއުން
18 February 2025
އުއްތަމަ ކަން ކުރެވުނު ކަމަށް ވާނީ ދަންވަރު ހުކުމްތައް ނެރެ އެހެން ކޯޓުތަކުގައި ހިނގާ މައްސަލަތައް ހުއްޓުވާ ފައިލް ގެނެސް! ހުކުމްތަކުގައި ސޮއިކޮށް އަނެއް ތިން ފަޑިޔާރުންނަށް ލަނޑުދީ ސޮއި އަނބުރާ ގެނެސް!!އަމިއްލަ އަށް ދާއިމީވެ!!! ކުއްލިއަކަށް ނެރޭ ހުކުމަކުން ޖަލުގައި ތިބި ގައިދީންތައް ދޫކޮށްލާ!!! މިޒާތުގެ ކަމެއް ނުކޮށް ހުންނަ އުއްތޭންނަކީ ދިވެހިންނަށް ކަމުދާނެ ބައެއް ނޫން!!! ދިވެހިންނަށް ނުބޭ ކަންތަކާ ކާޅުކެއަސް ސޮއްނުގޮވާށޭ ބުނާ ބަސް މާޒީވެއްޖެ
ކޮރަލް
17 February 2025
ރާއްޖޭގަ އަމިއްލަ އަށް ފެނިގެން ރިޓަޔަރ ކުރުމަކީ ވ މަދުން ވާ ކަމކެވެ. ގިނަ އެއިރަކު އޮންނަ ސަރުކާރަކުން ވަޒީފާ އިން ވަކި ކުރާނަމޭ ނޫނީ ރިޓަޔަރ ކުރާށޭ ބުނަނީ އެވެ.
ކަލޯގެޔާ.
17 February 2025
ދުނިޔެ މައްޗަށް ހޭވެރިކަން ވެގެން އުޅެބަލަ, ތިއީ މަަޝްހޫރު ބޮޑެތި ޑިމޮކްރަސީ ތަކުގައިވެސް ކަންތައްތައް ވާގޮތް.
ޙުއްބުލްވަތަން.
18 February 2025
ވައްތަރީ ހަމަ ރިޓަޔަރ ކުރާށޭ އެހެންނޫނީ ވަކިކުރާނަމޭ ބުނީކަމަށް. ގޮނޑިގެއްލޭ މައްސަލަ ސްޕްރީމް ކޯޓުގައި ފެށިފަހުން އައި ވިސްނުމެއްކަމަށް ފެންނަނީ. އޭގެ ކުރީގެ ވިސްނުމެއްނަމަ ފަނޑިޔާރުންގެ މަހާސިންތާގަ އެވާހަކަ ވިދާޅުވާނެ. ހަމަ ކުއްލިޔަކަށް އައި މިސައިލް ހަމަލާއަކާ ވައްތަރީ.
މަހާ
17 February 2025
ސްޕްރިމް ކޯޓުގައި އަބަދުވެސް އެހެން ފަނޑިޔާރުންގެ ރައުޔަށް ތާއީދުކޮށް ހިހޫ ތަނުން ކައިގެން އުޅޭ ފަނޑިޔާރަކު އެބަ އުޅޭ. މިފަނޑިޔާރަށްއަމިއްލައަށް އެބޭފުޅާގެ ފެންވަރު ވިސްނިގެން ނަމަވެސް އިސްތިއުފާ ދިނިއްުޔާ ރަނގަޅު.
ސުހާމާަަ111
17 February 2025
ބިރުދެއްކީ ދޯ އުއްތޭއަށް
ވޯލް
17 February 2025
މިހާރު މިއޮތް ބެންޗްއިން އެންމެ މީހެއް މަދުވުމަކީވެސް ރައީސްއަށް ސުޕްރީމްކޯޓަށް އަތްބާނަން ލިބޭ ބޮޑު ފުރުސަތެއް. ހެޔޮ ނުވާނެ އިސްތިއުފާ ނުދޭތި. ކޮންމެންޓް ތަކުންވެސް އެނގޭ މިހާރު އޮތް ބެންޗަަށް ގިނަ ރައްޔިތުން އިތުބާރުކުރާކަން.
އިބްރާހީމް عفيف
17 February 2025
އުއްތަމަފަނޑިޔާރު އަލްއުސްތާޛް މުޢުތަސިމް ޢަދުނާނަކީ ނަޒަހަތްތެރި ކަމުގައި ނަމޫނާ ޝަޚްޞިއްޔަތެކެވެ. ހަމަގައިމުވެސް ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގެވިކަމުގެ އަޑެއްވެސް މިހާތަނަށް އިވިފައެއް ނުވެއެވެ. އެމަނިކުފާނު ފަދަ އުއްތަމަ ފަނޑިޔާރެއް މިރާއްޖެއިން ދެން ހޯދުމަކީ ވަރަށް ނާދިރުކަމެކެވެ. މާތް ﷲ އެމަނިކުފާނަށް ފުރިހަމަ ސިއްހަތެއް މިންވަރު ކުރައްވާށިއެވެ.
އޮނަރަބްލް އަފީފު ދީދީ
17 February 2025
މިއީ ރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި ފެނުނު އެންމެ ރަނގަޅު ސުޕްރިމްކޯޓް ބެންޗް ކަމަށް ދެކެން. ސުޕްރިމްކޯޓް ގައި ތިއްބެވި ގިނަ ފަނޑިޔާރުންނަކީ އާއިލީ ގޮތުންވެސް އެބޭފުޅުންގެ އާއިލާތަކާއި ފަނޑިޔާރުކަން ކުރުމުގެ ފަޙުރުވެރި ތާރީޙް އޮތް ބައެއް. މީގެތެރެއިންވެސް ކުރިން ފަނޑިޔާރުކަމާއި ދައުލަތުގެ ބަންޑާރަނައިބްކަން ކުރައްވާފައިވާ މަޝްހޫރު ޤާނޫނީވަކީލު ހުސްނު އަލްސުޢޫދު ފާހަގަ ކޮށްލަންޖެހޭ. އުއްމީދަކީ މުސްތަޤުބަލްގެ ޗީފްޖަޖަކީ ސުޢޫދު ކަމަށް ވެގެންދިއުން.
އޮނަރަބްލް އަފީފު ދީދީ
17 February 2025
ދައުލަތުގެ ސުޕްރީމްކޯޓްގެ ޗީފް ޖަޖްގެ ސިއްޙީ ޙާލުކޮޅާއިބެހޭގޮތުން އަޅުގަނޑަށް އެއްވެސް މަޢުލުމާތެއް ނެތްކަމުގައިވިޔަސް "މަނިކުފާނަކީ އުމުރުންދުވަސްވެ މުސްކުޅިފުޅި ވުމުގެސަބަބުން" މަޤާމްގެ ޤާނޫނީޒިންމާ އަދާކުރުމަށް ނުކުޅެދުންތެރިވެ މަޤާމްގައި ދެމިހުންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާވަރަށް ދުވަސްވެ މުސްކުޅިފުޅު ވެވަޑައިގެންފައިވާ ބޭފުޅެއްކަމަކަށް ޤަބޫލުނުކުރަން. މަޤާމުން އެކަހެރިވެވަޑައިގަންނަވާނަމަ ކަމުގެ ޙަޤީގަތް ހާމަކުރައްވާނެ ކަމަށް ހީކުރަން.
ކކކކކ
17 February 2025
އެބޭފުޅާ އެވިދާޅުވީ ކީއްވެކަން. ދެން ޓުވިސްޓު ކުރަން އުޅުމުގެ ބޭނުމަކީ ކޮބައި.
ލައިޓް
17 February 2025
އުއްތަމަ ފަނޑިޔާރު ކޮރަޕްޓް ވާހަކައެއް މިއޮތް ކޮރަޕްޓް ޤައުމުގައިވެސް ނުދައްކާ!