އެންސިސް ކުންފުނީގެ މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓު ކުރުމުގެ އެއްބަސްވުވުމުގައި ސޮއި ކުރަނީ. --ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
22 ފެބުރުއަރީ 2025 - 07:07
ރާއްޖެ އާއި ޗައިނާ އާ ދެމެދު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން އެންސިސް ފިޝަރީޒްގެ މަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް އެކްސްޕޯޓު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެންސިސްގެ މަހުގެ އުފެއްދުންތައް ޗައިނާ އަށް އެކްސްޕޯޓު ކުރުމަށްޓަކައި، އެއްބަސްވުމެއްގައި ސޮއިކުރީ ބެއިޖިންގެ ޝިންގުއާންގް ޝޯ ކޮމާޝަލް މެނޭޖްމަންޓް ކުންފުންޏާ އެކު އެވެ.
އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަޒީލް ނަޖީބުގެ އިތުރުން ސްޓޭޓް ފިޝަރީޒް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
A major step forward for Maldives fisheries! Ensis Fisheries Pvt Ltd has signed a contract with Xinguang Show (Beijing) Commercial Management Co., Ltd to export premium Maldives Tuna to China, following the activation of the China-Maldives Free Trade Agreement.
— Ministry of Fisheries and Ocean Resources (@MFORmv) February 21, 2025
Maldives… pic.twitter.com/Iyo09CL9Ki
އެ މިނިސްޓްރީން ބުނި ގޮތުގައި، މިއީ އެފްޓީއޭގެ ދަށުން ރާއްޖޭގެ މަހުގެ ބާވަތްތައް ޗައިނާ މާކެޓަށް ގެންދިޔުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި އަހަރުން ފެށިގެން އަމަލުކުރަން ފެށި އެފްޓީއޭގެ ދަށުން، ރާއްޖެ އިން ޗައިނާ އަށް އެކްސްޕޯޓްކުރާ މަހުގެ ހުރިހާ ބާވަތަކަށް ޑިއުޓީ މާފުވާނެ އެވެ. އޭގެ ތެރޭގައި ތާޒާ، ފިނިކޮށްފައި އަދި ގަނޑުކޮށްފައި ހުންނަ ކަޅުބިލަމަހާއި ފާނައިގެ ބާވަތްތަކާއި އަދި ކަންނެލީގެ ބާވަތްތަކާއި މަސްދަޅާއި ވަޅޯ މަހާއި ލޮނު މަހުގެ އިތުރުން ސީފުޑްގެ ބާވަތްތައް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ވެސް، ސުން ޕަސެންޓު ޑިޔުޓީގައި 7،000 އަށް ވުރެ ގިނަ އައިޓަމް ޗައިނާ އަށް އެކްސްޕޯޓް ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މީގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޝައްރަފް
23 February 2025
ފެނިގެން މިދަނީ ހުސްވާހަކަ ނުދައްކާ ނަތީޖާ ނެރުމުގައި އަވަދި ނެތި އުޅޭ ސަރުކާރެއްގެ މިންނެތް މަސައްކަތުން ގައުމަށް މުހިއްމު ކަމެއް ވެގެން ދާތަން
މުހައްމަދު ހުސައިން.
23 February 2025
މިވާނެ މިގައުމުގެ އިގްތިސާދު ބަދަލްކޮށްލާނެ އެއްޗަކަށް. އެހެން ވެރިން މިކަހަލަ ކަމެއް ނުކުރި ސަބަބު ނޭނގޭ. މީގެ ސަބަބުން މުދާ މިގައުމުގެ އެބުރި ފައިސާ އެބުރި އިގްތިސާދުގެ ދުވެލި ބާރުވެގެން ދާނެ
ޝައުކަތް
23 February 2025
ޗައިނާ ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދެގައުުގެ ދެމެދުގައި ގިނަ ވިޔަފާރި ކުރެވޭނެ. މިހާރަށްވުރެ 1 ބިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ.
ނިހާލް ހަލީމް
23 February 2025
ބަޔަކު ބުނި މިކަންވެސް ވާނީ ބޭކާރު އެއްޗަކަށޭ ދޯ؟ އެކަމަކު މިވަރަކަށްނު މީގެން ގައުމަކަށް ފައިދާވާނީ.
އަހްމަދު ކެޔޮޅު
23 February 2025
ވަރަށް ދެރަ! އެފްޓީ އެއްބަސްވުން ހަދާފަ! މިފްކޯގެ ކެޕޭސިޓީ އާ ނުބައްދަލު މަސްދަޅު ބެހުމަށް މަޖުބޫރުކުރުމުން. ހުރިހާގޮތަކުން ގައުމަށް ގެއްލުން. ގައިމު މިފްކޯ އޭގެ ޒާތުގަ ވިޔަފާރިކުރަން ދޫކޮށްފަ، މަސްދަޅުގެ ބަދަލުގަ ޔުޓިލިޓީ ބިލަކުން އެޖަސްޓްކުރިނަމަ ދޯ.
ކައްޓަފުޅި
22 February 2025
މިފްކޯ ކުންފުނީގެ މާރކެޓް ހޯދައިދޭ ކުންފުނި ހަމަނޭވައި ނުލެވެނީސް ނިދިފައި ވަނިކޮށް ކުންފުނީގެ ވިޔަފާރި އެހެން ބަޔަކު ދަމައިގެންފި. މިފްކޯގެ މާރކެޓިން ކުންފުނީގެ މެނޭޖަރ ނިކަން ތެދުވެ ހޭއަރައިބަލަ. މުސާރަ އެބަ ލިބޭދޯ.
އަދުލީ
22 February 2025
މިކަން ކުރަން ރަގަޅު ގޮތަކީ ސީދާ އޮޑިވެރިޔާ އާއި ޗައިނާއިން މިގަންނަ ބޮޑެތި ކުންފުނިތަކާ ގުޅުވާދިނުން. އަދި އެކްސްޕޯޓް ކުރުމުގެ ޕްރޮސީޖާތައް އޮޑިވެރިންނަށް ކިޔާދިނުން. އޮޑިވެރިން އަމިއްލައަށް އެކްސްޕޯޓް ކުރަން ދަސްކޮށްދީ.
ބަބްސް
23 February 2025
އޮޑިވެރިޔާ ޗައިނާ މީހާގެ ގެޔަށްގޮސް ކައްކާ ކާންދޭގޮތްވެސް ހެދިދާނެ.
މަފްކީ
22 February 2025
ކޮބާބާ ސަރުކާރު މަސް ކުންފުނި މިފްކޯ. ފްރީ އެކސްޕޯޓުގަ ބައިވެރިއެއް ނުވޭބާ؟
އުސްމާނުބެ
22 February 2025
ސަރުކާރު ކުންފުނިން ، މިފްކޯއިން މަކަން ނުކުރެވެނީބާ ، އެތަން އުފެދުނު ދުވަހުން ސުރެ ފައިދާ ވީ ކިތައް އަހަރު ކަމެއް ނޭންގެ. ގައިމު އޭރުން ސަރުވާރައްވަންނަ ބޭރުފައިސާގެވެސް އާމްދަނީ ބޮޑު ވާނެ ، އަމިއްލަ ބަޔަކު ކޮއްގެން އޭގެން ގައުމައް ފައިދާވާނެ ވަރު ކުޑަވާނެ ، އަދި ހަމަ އަނެއްކާ އެމީހުންނައް 15.42 ގައި ލިބޭ ޑޮަލަރުކޮޅުވެސް ދައުރުވާނީ ކަޅު ބާޒާރުގަ އޭރައްގަ ހުރި ގަގަކައް ،
ލަންސިމް
22 February 2025
އަހަރުންނަށް އޮތީ ކޮން ފައިދާއެކޭ؟ ދެން އަދި އަމުދުން ނުލިބޭނެ ލާހިކު އަގެއްގައި މަސްކޮޅެއް ގަންނަން ބާޒާރުން.