ޚަބަރު / ފައްޔާޒް އިސްމާއިލް، އިކޮނޮމިކް މިނިސްޓަރު

ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު އޮތްގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު

ފައްޔާޒް: އޭނާ ވިދާޅުވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުން ރިވިއުކުރަން ޖެހޭ ކަމަށް. --ފޮޓޯ/މިހާރު

11 އޮކްޓޯބަރ 2020 - 11:51

47 comments
angry icon 81%

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު، ރާއްޖެ އިން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމަށާއި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި އޭނާ ހުންނަވައި، މިހާރު އެއްބަސްވުން އޮތް ގޮތަށް ތަންފީޒު ނުކުރައްވާނެ ކަމަށް ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ފައްޔާޒު ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކީ، އެ އެއްބަސްވުން މުރާޖައާ ކަމަށެވެ. އެކަމަކު، ވާހަކަ ދައްކައިގެން ރަނގަޅު ކުރެވިދާނެ ކަންކަން އެއްބަސްވުމުގައި ހުރި ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ހައި ލެވެލްގެ ކަމެއް މިއީ. މި ސަރުކާރުގައި އަޅުގަނޑަށް އެނގިފައި އޮތް ޕޮޒިޝަނަކީ އޭގައި ރިވިއު ކުރުމުގެ ވިސްނުންތަކެއް ކުރިއަށް ގެންދަވާކަން،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އުޅުއްވިއިރު ވެސް އެ އެއްބަސްވުމާ ދެކޮޅެވެ. އަމިއްލަ ހައިސިޔަތުން މިހާރު ވެސް ގަބޫލު ކުރައްވަނީ، އެއީ އެއްގޮތަކަށް ވެސް ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން ކަމަށާއި އެ އެއްބަސްވުން އޮތީ ޗައިނާގެ ކޮޅަށް ބުރަވެ ނިމިފައި ކަމަށް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، އެއްބަސްވުމުގައި ބައެއް ކަންކަން ރަނގަޅު ނަމަވެސް ޖުމުލަކޮށް ރާއްޖޭގެ އިގުތިސާދަށް މާ ބޮޑު ފައިދާއެއް ނެތް ކަމަށެވެ. ގާތްގަނޑަކަށް 1،000 ގަނޑުގެ އެއްބަަސްވުން މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅައިގެން ބަލައިލަން އޭރު ލިބުނީ ގަޑިއެއްހާއިރު ކަމަށް ވިދާޅުވި އެވެ.

"އޭގައި ކޮންމެވެސް ވަރެއްގެ ފައިދާތަކެއް ހުއްޓަސް ވަރަށް ގިނަ ގެއްލުންތަކެއް އެބަހުރި ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރާނެ. ޑިއުޓީ ފްރީ، އަގު ހެޔޮކޮށް ޗައިނާ އިން މުދާ އެތެރެ ކުރެވިދާނެ. ޗައިނާ ކަހަލަ ގައުމެއްގެ މުދަލުން ސުން ޕަސެންޓް އިނދެފައި، އެހެން ގައުމުތަކުގެ މުދަލުން ބޮޑު ޕަސެންޓެއް ޑިއުޓީއާ އެއްކޮށް އައީމާ ވާ ގޮތަކީ ޗައިނާ އަށް އެކަނި ތި ވިދާޅުވާ ބަރޯސާވުން އެއް ގައުމަށް ވެ ނިމެނީ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާއެކު ޒަމާނުއްސުރެ ގައުމުތަކާއި ރާއްޖެއާ އޮތް ވިޔަފާރީގެ ގުޅުން ހަލާކުވެ ނިމިދާނެ ކަމަށެވެ. އޭގެ ތެރޭގައި ސިންގަޕޫރާއި ދުބާއީ އާއި އިންޑިއާ ފަދަ ގައުމުތަކާ އޮތް ގުޅުން ހީނަރުވެ، ހުރިހާ ވިޔަފާރިތަކުން މުދާ ވައްދާނީ ޗައިނާ އިން އެކަނި ކަމަށް ވިދާޅުވި އެވެ.

"ކުރިން ފަށާފައި ހުރި ވިޔަފާރިތައް އަލުން ފައްޓާނެ ޖާގައެއް އޭރަކުން ނޯންނާނެ. އެހެންވެ އޭގައި އޮތް ގޮތަށް މިހާރު ކުރިއަށް ގެންދިއުން އެއީ އަޅުގަނޑު އިގުތިސާދީ މިނިސްޓަރަކަށް ހުރެ ކުރިއަށް ގެންދާނެ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވިއިރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދާދި ފަހުން ވިދާޅުވެފައި ވަނީ މި އެއްބަސްވުން ތަންފީޒު ނުވެގެން އުޅެނީ ބާރުވެރިކަން ހޯދުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް އަރައިރުމެއްގެ ސަބަބުން ކަމަށެވެ.

ސައީދުގެ މި ތުހުމަތު އައީ. އެފްޓީއޭ ތަންފީޒުކުރުމަށްޓަކައި މަޖިލީހުން ހަދަން ޖެހޭ ގާނޫނުތައް ނުހަދައި އޮތުމުން، އެ އެއްބަސްވުން މިހާރު ނެތް ކަމަށް މަޖިލީހުގައި ނަޝީދު ވިދާޅުވުމުންނެވެ.

ޑިސެމްބަރު 7، 2017- ކުރީގެ ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ބިޒްނެސް ލީޑާސް ފޯރަމްގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި، ޑިސެމްބަރު 18، 2014 ގަ އެވެ. އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގަ އެވެ.

ފްރީ ޓްރޭޑް އެގްރީމެންޓުގައި ރާއްޖެ އިން ސޮއިކުރުމާ މެދު މަޖިލީހުން ރުހުން ހޯދުމުގެ ކަންކަން ސަރުކާރުން އަވަސް އަރުވާލައިގެން އަދި ކުއްލި ގޮތަކަށް ކުރިއަށް ގެންދާތީ އޭރު ވެސް ފާޑުކިއުން އަމާޒުވި އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމިއިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އެކަމަކު މި ސަރުކާރުން ބުނަނީ، މަސްވެރިންނަށް މާބޮޑު މަންފާއެއް ވެސް އެ އެއްބަސްވުމުން ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

47 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެގުނުކަތީބު

12 October 2020

ގ މޯދީ ނުބުނާކަމެއް ކުރެވޭނެތަ؟

The name is already taken The name is available. Register?

12134

12 October 2020

ސައީދު މެންގެ އާރާއި ބާރު އޮތްއިރު އެކަން ނުކުރީކީއްވެ ؟ މިހާރު ތިދައްލަނީ ދެން ކޮންވާހަކައެއް؟

The name is already taken The name is available. Register?

ހަބީބު

12 October 2020

ރައްޖެޔައް އެންމެބޮޑައް ގެއްލުންވަމުން މިދަނީ ޕާޓީ ސިސްޓަމު އައުމުން ފުރަތަމަ އިސްލާމްދީންވެސް މަނާކުރައްވާ ބައިބައިވުން ނޫފެއްދުމައް ދެބައުޑުނުވުމައް ފިތުނަފަސާދަނުއުފެއްދުމައް މިރާއްޖެޔައް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ ޕާޓީ ސިސްޓަމަކުން ޕާޓީތައް އުވާލާފަ ޔާމީނުފަދަ ތަރައްގީ ގެނެވޭނެކަން ޔަގީންބޭފުޅަކާ ގައުމު ހަވާލުކޮއް ޕާޓީހަދަން ބޭނުންކުދިން އިނގިރޭސި ވިލާތްނުވަތަ އިންޑިޔާއައްދޭ ގެރިގާޑިޔާ ދުއްވަން

The name is already taken The name is available. Register?

ހައްގުބަސް

12 October 2020

ލަންކާ މިހާރު ޗައިނާޔާ އެކީ މިނިވަން ވިޔަފާރިއެއް ގާއިމްކޮއްފި ލަންކާގެ މުސްތަގްބޮލް ވަރައް އުޖާލާ

The name is already taken The name is available. Register?

ގޯސް

12 October 2020

ދައްޕަރަކީ މީހުންދިރިއުޅޭ ރަށެއްގެ އެއްބައި. އެރަށުމީހުން ކައިރި ހޭވެސް އަހާނުލާ އިންޑިޔާގެ ބުޑިސްޓުން ތިޔަ އާބާދުކުރަނީ މަދު ފަެިސާ ކޮޅަކަށް. ތިޔަކަންހުއްޓާލާ

The name is already taken The name is available. Register?

ބޭބެ.

11 October 2020

ކުރީ ސަރުކާރުން އެ ކުންޕެޓްގެ ހިދުމަތް 8 އިން 2 ކަށް މިހާރު 10 އިން 2 އަށް އެމްޑީޕީ ސަރުކާރު ހަ އްތަހާ ފަހަތަ އް ދަނީ ، އިންތި އުފާދީ

The name is already taken The name is available. Register?

ނާސިރު ބޭނުމީ މިނިވަންކަން.

11 October 2020

ދެން އަންނަ ސަރުކާރަކައް ވެރިކަން ނުކުރެވޭވަރައް ޤާނޫނުތައް އިންޑިޔާއިން ބޭނުންވާގޮތައް ބައްޓަން ކުރަނީ. މީ ވަރައް ދެރަވަރުކަމެއް

The name is already taken The name is available. Register?

ކުރިއެރުން

11 October 2020

"މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ގައުމު ހިންގުމާއި ގާނޫނުތަކާއި އިންފްރާ ސްޓްރަކްޗަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށާއި މި ބަދަލުތަކަކީ ވޭތުވެދިޔަ 10-15 އަހަރާ ނުބައްދަލު ކަމަށް ވިދާޅުވި އެވެ." އަނގައޮތިއްޔާ ވާހަކަ ދެއްކިދާނެ. ވާނުވާ ނޭގޭކަމާ އިގްތިސާދަށް އަންނަ ބަދަލު ނޭގޭކަން ތި ވާހަކަ ތަކުން އެނގެނީ. މުޅި ގައުމުގެ އިގްތިސާދު ހުއްޓުމަކަށް އައިސް އެއްވެސް ކާދަކުން އެއްވެސް ޕޭމެންޓެއް ނުހެދޭ ގައުމެއްގަ ތިއަބުނާ ކުރިއެރުން ނުހޯދޭނެ

The name is already taken The name is available. Register?

ތެދުވެރިޔާ

11 October 2020

ރާއްޖެ ފުނޑާލަން އުޅޭ ބައެއްމީ

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

11 October 2020

އިންޑިޔާގެ ކޮޗިން ފެރީން ގެނޭ ސިމެންތިވެސް. ރާއްޖޭގަ އުފައްދާ އެއްޗެތި ގެނެސްގެން ރައްޖެގެ ވިޔަފާރިތަ ފުނޑާލަން ތިއުޅެނީ. ރާއްޖެގެ ވިޔަފާރި ވެރިންނައްވެސް ޑިއުޑީ ފްރީކޮއްދީބަލަ. ވަރައް އަގުހެޔޮކޮއް މުދާ ރައްޔިތުންނަ އެމީހުން ދޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!