މަސްދަޅު ކޭހުގެ ހަރަދުގެ ބަދަލަށް ކަރަންޓާއި ފެނުގެ ބިލްތައް ބޮޑު ކުރާނެ ކަމަށް ބުނެ ދައްކާ ވާހަކަތައް ރައީސް ދޮގުކުރެއްވި.
ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުރައްވަން މިރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގެން އެ ރަށުގެ މީހުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
23 ފެބުރުއަރީ 2025 - 22:47
ކުރިއަށް އޮތް މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
ސަރުކާރުން ވަނީ މިދިޔަ އަހަރު ރޯދަ ހަދިޔާއެއްގެ ގޮތުގައި ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފަ އެވެ.
ދ. އަތޮޅަށް މިއަދު ހަވީރު ފެއްޓެވި ދަތުރުފުުގައި މިރޭ ކުޑަހުވަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރު ވެސް އެ ހިދުމަތްތަކަށް އެ ޑިސްކައުންޓް ސަރުކާރުން ދޭނެ ކަމަށެވެ.
"ކުރީ ރޯދަމަހު ދިން ގޮތަށް މި އަހަރުގެ ރޯދަމަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނަން. އެކަން އެގޮތަށް ކުރިއަށް ދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ވަނީ މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ވެސް ދޫކުރަން ފަށައިފަ އެވެ. ރަށްރަށުގައި މަސްދަޅު ކޭސްތައް ގޭގެ އަށް ބަހާފައިވާއިރު، މާލޭގައި އެ ބެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރައީސް މިރޭ ވިދާޅުވީ ކޮންމެ ގެއަކަށް ބަހާ މަސްދަޅު ކޭހުގެ ހަރަދުގެ ބަދަލަށް ކަރަންޓާއި ފެނުގެ ބިލްތައް ސަރުކާރުން ބޮޑު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ދަކަމުންދާ ކަމަށާއި ނަަމަވެސް، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އޭގެ ބަދަލުގައި މި ސަރުކާރުން ކަރަންޓާއި ފެނު ބިލުން ދޭނީ ޑިސްކައުންޓް ކަން ރައީސް ފާހަގަކުރެއްވި އެވެ.
ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުރައްވަން މިރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގެން އެ ރަށުގެ މީހުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ގެދޮރުވެރިކަމާ ގުޅޭ ގޮތުން ވެސް ރޯދަމަހުގެ ކުރިން ރައްޔިތުންނަށް އުފާވެރި ޚަބަރުތައް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ މަނިކުފާނު ވަނީ ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ކުރިއަށް އޮތް ރޯދަމަސް ފެށުމުގެ ކުރިން އާންމު ކުރައްވާނެ ކަމުގެ ޔަގީންކަން މިރޭ ވެސް ދެއްވައިފަ އެވެ.
ރައީސް މުއިއްޒު މިއަދު ހަވީރު ކުޑަހުވަދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ހުޅުމާލޭގައި އަޅަން ފަށާފައިވާ 4،000 ފްލެޓް ލިބޭ ފަރާތްތައް މި ހަފުތާގެ ތެރޭގައި، މި ހަފުތާ ނިމުމުގެ ކުރިން ލިސްޓު އަޅުގަނޑުމެން ބަލަން ޖެހޭ ކަންކަން ބަލައި އެ ލިސްޓު އިއުލާން ކުރާނެ ކަމުގެ ޔަގީން ކަން މިރޭ ވެސް އަޅުގަނޑު އަރުވަން. އެކަން އެގޮތަށް ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.
ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުން ގޯތި ލިބުނު މީހުން ރަޖިސްޓަރީ ކުރުމުގެ ކަންކަމާއި އެކަން ލަސްވާން ދިމާވާ ސަބަބުތައް ހައްލު ކުރަން ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ ބުނީ
24 February 2025
ރައީސްގެ ދީލެތި ދެންވުންތަކަށް އުފާލުރަމުން ހިތާމަކުރަށްޖެހޭ ކަމެއަވެސްވެއެވެ އެއީ ދަޢުލަތް މުއްސަދިކަމުން އެއްރައީސް ވިންތަށް ހިލޭ ބަހާލީއެވެ ރައްޔިތުން އެކަމަށްއެދިގެނެންނޫނެވެ މިރައީސް ގައުމުގެ ދަރަނިހަނދުމަކޮށްދެމުން ބެހުމުގެ ސިޔާސަތު ކުއްވެރިކުރަމުން ދަޅުމަސް ކަރަންޤ ފެން ހިލޭކޮށްދެނީއެވެ ޤަޢުމުގެ އަސުލު ޙަޤީގީ ޙާލަތަކީ ކޮބައިތޯއެވެ ހަގީގީ ލާބަކުރަނިވިސިޔާސަތެއް ދެންކުވީ ރައީސް ނަޝީދެވެ ޝުކުރިއްޔާ ރައީސް ނަޝީދު 2028 ރައީސް ނަޝީދު we've :
ޑޮކްޓާރ. ބަނާނާ
24 February 2025
ކަރަންޓާއި ފެނުން ސަބްސިޓީޒް ދެއްވުމަކީ އުފާކުރާކަމެއް! ޢެހެންނަމަވެސް ސަރުކާރު ގެ އޮފީސް ތަކާއި ވިޔަފާރި ކުންފުނި އަދި ޕްރައިވެޓް ސެކްޓަރ ގެ އޮފީސް ފަދަ ތަންތަނުގައި އޭސީ ތައް މިދުވަސްވަރު ބޭނުންކުރައްވާއިރު އެންމެ ދަށުގެ ޓެމްޕްރޭޗަރ އަކީ 25 ޑިގްރީ ސެލްސިއަސް ކަމުގައި ހައްދަވައިފިނަމަ ވަރަށް ބޮޑަށް އެނަރޖީ ކޮންޒާރވް ކުރެވިދާނެ ކަމަށް ފެނެއެވެ.
ކާމިލް މޫސާ
24 February 2025
އަހަަރުންގެ ބިލެއް ބޮޑެއް ނުވޭ އެއްވެސް އިރަކު. ހަމަ އަބަދުވެސް އަރާވަރު އަރަމުންދަނީ. މިސަރުކާރު އައި ފަހުން ޑިސްކައުންޓެއްވެސް މި ލިބެންފެށީ
ޝާހިލްް
24 February 2025
ކަރަންޓު ބިލަށް މިއަންނަ ބަދަލުތަކުގެ ހައްލު ހޯދަން ސަރުކާރުން ހާޒިރު ކުރަންޖެހޭ ފަރާތްތަށް ހާޒިރުކޮށްގެން އެކަންތަށް ވަރަށް ގާތުން ބައްލަވަމުންދަނީ. ރައްޔިތުންގެ ޝަކުވާވެސް އެއްމެ ގާތުން އަޑުއައްސަވާ ވެރިއަކީވެސް ރ.މުއިއްޒު
ޒަކިއްޔާ އައްބާސް
24 February 2025
ދީލަތި ރައީސެއް ކޮންމެއަކަސް. އަބަދުވެސް އަޑުއިވިގެން ދަނީ ރައީސް މިވެނި އެއްޗަކުން ޑިސްކައުއްޓް ދެއްވާފިޔޭ ރައީސް މިވެނި އެއްޗެއް ހިލޭ ބައްސަވަނީއޭ. މިވަރަކަށް ގަައުމެއްގެ ވެރިއެެއް ރައްޔިތުންނަށް ހެޔޮ އެދޭނީ
ސަފްވާން ހަމީދު
24 February 2025
ވަރަށް ބޮޑު ޑިސްކައުންޓެއް ކުރިންފަހަރުވެސް ލިބުނު. ރައީސް ގެންދަވަނީ ވީހާވެސް ރަައްޔިތުންނަށް ލުއިފަސޭހަ ގޮތްގޮތް ހޯއްދަވާ ދެއްވަމުން
ޝަފްރާޒް ހަސަން
24 February 2025
މި އޯގާތެރި ރައީސާމެދު ދިވެހިން ފަހުރުވެރިވާހާ ގިނަކަންކަން ރައްޔިތުންގެ ހިދުމަތުގައި ކުރަމުން ދާތަން ފެނިގެންމިދަނީ
ހައްމާދު މޫސާ
24 February 2025
މިފަދަ ކަންތައް އަދުގެ ރައީސް ކުރައްވާތީ އިދިކޮޅުގެ ތިބި މީހުންނަށް ހަޖަމް ނުވެގެން އުޅެނީ، ދޮގާ މަކަރު ހަދައިގެން ރައްޔިތުންނަށް އޮޅުވާލާނެ ތަނެއްނެތް. ރައްޔިތުންނަށް އެބަ ފެނިގެންދޭ ރައީސް މުއިއްޒުގެ އޯގާތެރިކަން
އަހައްމަދޫ
24 February 2025
މިއުޅޭ އިދިކޮޅުންތައް ތާދޯ ރަތް މޫނު މިދައްކަނީ
ޝުއައިބާ
24 February 2025
މިނޫނީނެތް ރައްޔިތުންނާ ދޭތެރޭ މިހާ އޯގާތެރިވި ރައީސްއެއް. ކޮންމެކަމެއްގަ އިސްކުރަނީ ރައްޔިތުންނަށް ފައިދާވާ ގޮތް. އަދި ރާއްޖެއްއަށް އައި އެންމެ ބެސްޓު ރައީސް މީ
ވިފާދް
24 February 2025
ރޯދަމަހަކީ ކަރަންޓުގެ ހަރަދު ވަރަށް ބޮޑުވާ މަހެއް، މިފަދަ ދީލަތި އެހީއެއް ދިނުމަކީ ރައްޔިތު މީހާއަށް ލިބިގެންދާނެ ބޮޑު ލުޔެއް