އިނގިރޭސި ވިލާތުގައި މީގެ ފަސް އަހަރު ކުރިން ބޭއްވި އެގްޒިބިޝަނެއްގައި ދައްކާލަން ބެހެއްޓި 2.9 މިލިއަން ޕައުންޑުގެ ރަން ފާހާނާ ތަށި: މި ވަގަށް ނެގި ގޮތަށް އަދިވެސް ނުފެނޭ.
25 ފެބުރުއަރީ 2025 - 07:37
އިނގިރޭސި ވިލާތުގައި މީގެ ފަސް އަހަރު ކުރިން ބޭއްވި އެގްޒިބިޝަނެއްގައި ދައްކާލަން ބެހެއްޓި 2.9 މިލިއަން ޕައުންޑުގެ ރަން ފާހާނާ ތަށި އަދިވެސް ނުފެންނަ ކަމަށް، މި ވަގަށް ނެގި ކަމުގެ ތުހުމަތުވާ މީހުންގެ މައްޗަށް ހުށަހެޅި ދައުވާގެ ލިޔުންތަކުގައި ބުނެފި އެވެ.
ހަމަ އާދައިގެ ފާހާނާ ތައްޓެއް ގޮތަށް ބަރާބަރަށް މަސައްކަތްކުރާ ގޮތަށް ހަދައި، "އެމެރިކާ" ގެ ނަން ދީފައިވާ އެ ފާހާނާ ތައްޓަކީ 18 ކަރެޓް ރަނުން ހަދާފައިވާ އެއްޗެކެވެ. އޮކްސްފޯޑް ކައިރީގައި އޮންނަ ވުޑްސްޓޮކްގެ ބްލެންހައިމް ޕެލަސް އިން އެ ވަގަށް ނެގީ އެގްޒިބިޝަނަށް ދާ މީހުންނަށް އެ ބޭނުން ވެސް ކުރެވޭ ގޮތަށް ބަހައްޓާފައި ހުއްޓަ އެވެ.
މި ފާހާނާ ތައްޓަކީ 18 ވަނަ ގަރުނުގެ ތެރޭ، ބޮޑުވަޒީރު ވިންސްޓަން ޗާޗިލްގެ އުފަން ރަށް އަދި ޑިއުކްސް އޮފް މާލްބަރޯ އުޅުއްވި ތަނުގައި އިޓަލީގެ އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކެޓެލަން ބޭއްވި އެގްޒިބިޝަނެއްގައި ބެހެއްޓި އެންމެ ޝައުގުވެރި އުފެއްދުން ކަމަށްވި އެވެ.
އެ ވަގަށް ނެގިކަމުގެ ތުހުމަތުވާ އުމުރުން 39 އަހަރުގެ މައިކަލް ޖޯންސް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ދައުވާ ލިބޭ އިތުރު ދެ މީހުން ކަމަށްވާ ފްރެޑްރިކް ސައިންސް އާއި ބޯރާ ގުކޫކް ވެސް ވަނީ ކުށް ކޮށްގެން ހޯދާފައިވާ މުދާ ލިބިގަތް ކަމުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ. ދައުވާ ލިބޭ ހަތަރު ވަނަ މީހާ ކަމަށްވާ ޖޭމްސް ޝީން މީގެ ކުރިން ވަނީ ވައްކަމުގެ ކުށަށް އިއުތިރާފުވެފަ އެވެ.
ޕްރޮސެކިއުޓަރު ޖޫލިއަން ކްރިސްޓޯފާ ކޯޓުގައި ވިދާޅުވީ މި ވައްކަމަށް ހޭދަވީ އެންމެ ފަސް މިނެޓު ކަމަށާއި އެކަން ކުރި މީހުން ދިޔައީ ބޮޑެތި މަރުތެޔޮތައް އެތަނަށް ދޫކޮށްލާފައި ކަމަށެވެ.
"އެއީ އޭރު މި ސަރަހައްދުގެ އަގަށް ބަލާއިރު 2.8 މިލިއަން ޕައުންޑް (3.5 މިލިއަން ޑޮލަރު) ގެ ރަނުން ހަދާފައިވާ އެއްޗެއް... އަދި ހަ މިލިއަން ޑޮލަރަށް ވަނީ އިންޝުއަކޮށްފައި."
އޭނާ ވިދާޅުވީ އެ ތަށި އަދިވެސް ނުފެންނަ ކަމަށާއި ބެލެވޭ ގޮތުގައި އެ ވަނީ ކުދިކުދިކޮށްލައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންމަތީ ބްރޯ
25 February 2025
ރަން ތިރީސް އަހަރު ނިމުނުއިރު ތިފަތަ ރަން ފާހާނާ ތައްޓެއް ހުރިކަމަށް ބަޔަކު ސުވާލު އުފެއްދި. (ސުވާލު އުފެއްދި ބަޔަކު އެބުނާ ފާހާނަ ތަށި އެބުނާ ތަނުގަ ނެތްކަމަށް ފަހުން ހަބަރުތަކުން ފެނުނީ)
ބަކުރުހަގ
25 February 2025
ޙަހަހަ
ގަރީނު
25 February 2025
ކުދިކުދި ނުކޮށް ވިރުވައިލިއްޔާ މާ ފަސޭހައެއްނު
ޛަޒްލީ
25 February 2025
ހަހަހަހަހަ، ކުޑަ ވަގުތު ކޮޅެއް ނަގާނީ އެ ކުދިކުދި ކޮށްލަން. އެކަމަކު ވިރުވާނަމަ ކިހާ ވަގުތަކާއި އާލާތްތައް ބޭނުންވާނެބާ؟