ޔާމީންގެ ޝަރީއަތުގެ ތެރެއިން
26 ފެބުރުއަރީ 2025 - 16:35
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ފާސްކުރި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ބާ ކައުންސިލުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެ ބިލާ ގުޅިގެން ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނީ އަދި ދުސްދޫރީ ބޮޑެތި ކަންބޮޑުވުންތަކެއް އެ ބިލުގައި ހިމެނޭތީ އެ ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްުޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އާއި ބަންޑާރަ ނައިބާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ބާ ކައުންސިލްގެ ބަޔާނުގައި ބުނީ، އެ ބިލް ހުށަހެޅި ސަބަބާއި އެ ބިލުން ހާސިލުކުރަން ބޭނުންވި މަގުސަދު ސާފުކޮށް އެނގެން ނެތް ކަމަށެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރައާތު ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައި ވާއިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރު ނުވަނީސް، ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ބާ ކައުންސިލްގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް ގާބިލު ނޫން ކަމަށް ނުވަތަ އެކަށިގެންވާ ފަދަ އަމަލެއް ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ހުށަހެޅުމުން މަޖިލީހަށް ފާސްކުރުމުން ކަމަށް އެ ބަޔާނުގައިވެ އެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކުގައި ވެސް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި އުސޫލުން އަލުން އެކަން އިއާދަވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
"ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނުއަސާސީގެ 148، 149، 154 ވަނަ މާއްދާއާ ހިލާފު އަދި ގާނޫނީ އަދި ދުސްތޫރީ ހަމަތަކާ ހިލާފު އިސްލާހުތަކެއް ކަމުގައި މި ކައުންސިލުން ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.
ބާ ކައުންސިލުން ބުނީ އަމިއްލަ ފަރުދަކު ވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުކުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އެކަމަކު އެ ބިލަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭފަދަ ބިލެއް ކަމަށް ބާ ކައުންސިލުން ބުންޏެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ބިލުގައި ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި 7 ފަނޑިޔާރުންގެ ތެރެެއިން ދެ ފަނޑިޔާރަކު އެ މަގާމަށް ގާބިލު ނޫން ކަމަށް ކަނޑައަޅައި، ފަސް ދުވަސް ތެރޭގައި އެކަން މަޖިލީހަށް އަންގަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތުމަކީ ގާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނާ ވެސް ހިލާފް ކަމެކެވެ.
"ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ގާނޫނުއަސާސީއާ ހިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ވާނީ ބާތިލު އެއްޗެއް ކަމާއި އެފަދަ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެެއްގެ ބާރެއް ނުހިނގާނެ ކަމާއި އަދި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއް ކަމަށް ބަޔާންކޮށްފައި ވާތީ އިސްވެ ހަވާލާދެވުނު ބިލަކީ ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ވަރަށް އަސާސީ ކަންކަމާ ހިލާފް ބިލެއް ކަމަށް މި ކައުންސިލުން ދެކެމެވެ،" ބާ ކައުންސިލުން ބުންޏެވެ.
އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފް ބިލެއް ކަމަށް ދެކޭތީ އެ ބިލް ތަސްދީގު ކުރުމުގެ ބަދަލުގައި އެ ބިލާ މެދު އަލުން ވިސްނައި ބިލް އިސްލާހުކުރަން އަލުން އަނބުރާ މަޖިލީހަށް ފޮނުވާލުމަށް އެދި ރައީސަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ، ހުށަހެޅުއްވި ބިލް މިއަދުގެ ޖަލްސާގައި ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. އެ ބިލަށް ތާއީދު ކުރެއްވީ ޕީއެންސީގެ މެންބަރުން އެކަންޏެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުން ދަނިކޮށެވެ. އެ މައްސަލާގެ އަޑުއެހުމެއް މިއަދު ތާވަލް ކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މިއަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
28 February 2025
ތިޔަބެންޗުގަ އެމްޑީޕީ ވެރިކަމަށް އައިއިރުތިބީ 5، އެ 5 ފަޑިޔާރުން ބޭރުކޮށްފަ ބެންޗު އެމްޑީޕީގެ 7 ފަނޑިޔާރުން ލައިގެން ދަމާ ދިގުކުރިއިރުގަ ގާނޫނާ ޚިލާފުނުވެފަ މިއަދު 5 އަށް މަދުކުރީމަ ޚިލާފުވީ އެމްޑީޕީއަށް ތިޔަ ބާކައުންސިލަކުން ކުރާ ސަޕޯޓެއްގެ ބޮޑުކަމުންތޯ؟.
ރާވެރިބެ
27 February 2025
ދެން އަންނާނީ ބާރ ކައުންސިލް ފަހަތުން. ވަރަށް ރުޅިގަދަވެފަ ރުންކުރުވާނެ.
ައައްސޭ
27 February 2025
ތިޔަ ބާ ކައުންސިލް ވެސް އުވާލަން ފެންނަނީ. މާ ވަރުގަދަ ބަޔަކަށް ވެފަ އުޅޭ ބައެއް.
ތުއްތޮންބެ
27 February 2025
ތެދުފުޅެއް ރީންދޫބާގައިގެ މީހުންނަށް އެކަންވާނީ ގާނޫނާހިލާފު ކަމަކަށް ނަމަވެސް ވިލުނޫބާގައިގެ މީހުންނަށް އެކަންވާނީގާނޫނާ އެއްގޮތްކަމަކަށް. މުސްކުޅި ހަރުބަހެއްގައޮވޭ"ދެގެރި ތަޅަންޏާމު ކައްގަލަށް ބާރުކުރާނޭ" އަހަރެމެންމިތިބީ ކުޅިބަލަން.
ކުޑަމަހު
27 February 2025
މުޢިއްޒަކީވެސް ތަޢައްޞުބުން ފުރިފަ ހުރި މީހެއް.
ބޮޑު ވޭނެއް!
27 February 2025
ޗޮއް! ނަންވާނީ ޓެކްސީ ޑްރައިވަރުން!
ފަތުހުﷲ
27 February 2025
ބާރ ކައުންސިލް ސިޔާސީ ނުކުރޭ!
ކަރީމ
27 February 2025
މަށަކަށް ނޭގެ އެހެން ގައުމުތަކުގެ ގޮތެއް. ހަމަޔަގީނުންވެސް މިގައުމުގައި ގާނޫނަކީ އެގާނޫނުހަދަން ތިބޭ މީހުން ބޭނުންވާގޮތަށް ހަދާއެއްޗެއް. އެބަދަލުކުރަން ފެންނަންޏާ އެކަންވެސް ކުރަނީ އެމީހުން. އެހެންވީމާ ގާނޫނާ ކިލާފުވާގޮތެއް މަށަކަށް ނޭގުނު. އެހެންނޫނަސް ސަރުކާރުންކުރިކަމެއް ގާނޫނާޚިލާފުކަމަށް ކޯޓަކުން ނިންމީ. އެކަމަކު އެއަކަށް އަދަބެއް ނޯވޭ. ގާނޫނާޚިލާފުކަމަށް ކަނޑައެޅީ. ޚިލާފުވިނަމަ އެކަމުގެ އަދަބެއްވެސް އޮންނަންވޭނެތާ؟
ޒަޔާނު
27 February 2025
ދެން މި މީހުން ހިއްހަމަ ނުޖެހުނީމަ އެވީ ގާނޫނާ ހިލާފުކަމަކަށް
މޮރިޝަސް
27 February 2025
ކަނޑު މައްސަލައިގެ ރަޢުޔު ކޮބާ؟